މިސްރުން ދިން ހަމަލާގައި މަރުވި 3 ކުޑަކުދިން

ލީބިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް މިސްރުން ވައިގެ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އެ ހަމަލާތަކުގައި މިހާތަނަށް އާއްމުންގެ 7 މީހަކު މަރުވެއްޖެ އެވެ.

ADS BY AVID COLLEGE ADVERTISEMENT

މިސްރުން ލީބިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާދޭން ފަށާފައިވާމިވަނީ، ލީބިޔާއިން ރަހީނުކުރި މިސްރުގެ 21 މީހެއްގެ ބޯ އައިއެސް އިން ބުރިކޮށްލުމާ ގުޅިގެން އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.

މިސްރުން ލީބިޔާގެ ދަރްނާ ދިން މި ހަމަލާތަކުގައި މަރުވި އާއްމުންގެ 7 މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ. މީގެއިތުރުން މި ހަމަލާތަކުގައި އާއްމުން ދިރިއުޅޭ ތަންތަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ފޮޓޯތަކެއް މިހާރު ވަނީ ސޯޝަލް މީޑިޔާގައި ދައުރުވާން ފަށާފަ އެވެ.

ނަމަވެސް މިސްރުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ހަމަލާތަށް ދީފައި ހުންނާނީ ލީބިޔާގައި އައިއެސް އިން ހަރަކާތްތެރިވަމުންދާ ތަންތަނަށް އެކަނި ކަމަށެވެ.

"ހަމަލާތަށް ދީފައި ހުންނާނީ އައިއެސްގެ ކޭމްޕްތަކަށާއި، އެމީހުން މީހުން ތަމްރީނުކުރުމަށް ބޭނުންކުރާ ސަރަހައްދަށާއި އަދި ހަތިޔާރު ރައްކާކޮށްފައި ހުރި ތަންތަނަށް" އަސްކަރިއްޔާއިން ބުންޏެވެ.

މިސްރުން ދެމުންގެންދާ ހަމަލާތަށް ކުށްވެރިކުރައްވާ، ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި އުފައްދާފައިވާ ސަރުކާރުގެ އިސްވެރިޔާ އުމަރު އަލް ހާސީ ވިދާޅުވީ، މިސްރުން ދެމުންގެންދާ ހަމަލާތަކަކީ ޓެރެރިސްޓް ހަމަލާތަކެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ވެސް ހިލާފަށް މިސްރުން ދެމުންގެންދާ ހަމަލާތަކެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

މީގެ 3 އަހަރު ކުރިން ލީބިޔާގެ ވެރިކަމުގައި ހުރި ގައްޒާފީ ވެރިކަމުން ދުރުކޮށް އޭނާ މަރާލިފަހުން އެގައުމަށް މިހާތަނަށް ހަމަޖެހުމަށް އައިސްފަ އެއް ނުވެ އެވެ. އޭގެ ފައިދާ ނަގާ ހަނގުރާމަވެރި ޖަމާއަތްތަކުން ދަނީ އެގައުމަށް އަތްގަދަ ކުރުމަށް މަސައްކަތްކުރަމުންނެވެ.

ގިނަ އަދަދެއްގެ ހަނގުރާމަވެރި ޖަމާއަތްތަކުން އެގައުމުގައި ހަރަކާތްތެރިވަމުންދާއިރު، އެގައުމުގައި އައިއެސްގެ ބާރު އޮތީ ކިހާވަރަކަށް ކަން އަދި ސާފުނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސްރުގެ 21 މީހެއްގެ ބޯ ބުރިކޮށްލި މައްސަލައާ ގުޅިގެން، މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވަނީ އެމީހުންގެ ބޯ ބުރިކޮށްލި މީހުންނަށް ހައްގު އަދަބު މިފަހަރު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަސްދަރު: އަލްޖަޒީރާ

ADS BY MONARK

2 ކޮމެންޓް

  1. ކާފަރުންތަކެއް މަރުވީމަ ސީސީ މަރަމުންމިދަނީ މުސްލިމުން .އެކަމަކު ކާފަރުން މުސްލިމުން މެރީމަ ކާފަރުން މަރާކައް ސީސީ އަކައް ނުކެރޭ.މިއީ މިބައިމީހުންގެ މުނާފިގުކަން ހުރި ވަރު

  2. ސީސީގެ ބޯވެސް ބުރިކޮށްލަންވާނެ......