ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މާތް ﷲ ގެ ގެފުޅު - ފޮޓޯ: އަޝްވާގް އިބްރާހިމް
ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މާތް ﷲ ގެ ގެފުޅު - ފޮޓޯ: އިބްރާހިމް އަޝްވާޤް

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކޮންމެއަހަރަކުވެސް އެތައް މިލިއަން މުސްލިމުންނެއް މައްކާއަށް ދެއެވެ. މުސްލިމް ޤައުމުތަކުންނާއި ޣައިރު މުސްލިމް ޤައުމުތަކުގެ މުސްލިމުން ހިންގާ ޖަމިއްޔާ ޖަމާޢަތް ތަކުން ކޮންމެ އަހަރަކުވެސް ޙައްޖު ކޯޓާއަށް އެދި ސައުދީ ޢަރަބިޔާ އަށް ހުށައަޅައެވެ.

ސައުދީ އަރަބިޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީގެ 700000 ޙައްޖާޖިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.3 މިލިޔަން ހައްޖާޖިން ވަނީ މައްކާގެ މާތް ބިމަށް ގޮސްފައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް އެދޭ އެންމެނަށް ހައްޖު ކޯޓާ ނުލިބުނު ނަމަވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކޮންމެ އަހަރަކުވެސް ކޮންމެ 1 މިލިއަން މުސްލިމަކަށް 1000 ކޯޓާގެ މަގުން ޤައުމުތަކަށް ކޯޓާ ދޫކުރަމުންނެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެ ދުވަހުގެ ނިޔަލަށް ޖުމްލަ 888،165 ޙައްޖާޖީއަކު ވަނީ ވައިގެ މަގުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އެ ޤައުމަށް ގޮސްފައެވެ. އެއްގަމު މަގުން 12802 ހައްޖާޖީއަކު ސައުދީއަށް ގޮސްފައިވާއިރު، 8637 ހައްޖާޖީން ވަނީ ކަނޑުމަގުން ސައުދީއަށް ގޮސްފައެވެ.

makka

މިއަހަރު އެންމެ ގިނަ ޢަދަދެއްގެ ޙައްޖާޖިން ގޮސްފައިވަނީ އިންޑޮނޭޝިއާ އިންނެވެ. އެޤައުމުގެ 168،000 ހައްޖާޖީއަކު މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާނެއެވެ. މި ލިސްޓްގެ ދެވަނައިގައި ޕާކިސްތާނު އުޅޭއިރު އެ ޤައުމުގެ 143،368 ޙައްޖާޖީއަކު މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ. އިންޑިއާ އިން ވެސް 136020 ޙައްޖާޖިން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވެއެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ މި މަހުގެ 23 ވާ ބުދަ ދުވަހެވެ.

ADS BY SHEESHA

 

ADS BY ASTERS

2 ކޮމެންޓް

  1. ރާޢްޖެތެރެ މީހާ

    މާޝާﷲ