ސެލްފީ ނެގުން ވެފައި ވަނީ އާއްމު ކަމަކަށެވެ. އެކަމަށް ހާއްސަ އެތައް ސޮފްޓެވެއާއެއް އީޖާދުކޮށްފައެވެ. އެހެން ނަމަވެސް ސެލްފީ ނަގަން ނުރައްކާ ހިސާބުތައް އަންގައިދޭ އެެއްވެސް ސޮފްޓްވެއާއެއް ނެތް ކަހަަލައެވެ. ބައެއް މީހުންނަށް އެ މީހުންގެ ފުރާނައަށްވުރެ މުހިންމު ވަނީ ފޮޓޯއެވެ.

މިފަހަރު ވެސް މި ވަނީ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ބްރިޖަކުން ވެއްޓި ކުޑަކުއްޖަކު މަރުވެފައެވެ. އެ ހާދިސާގައި މަރުވެފައި ވަނީ 13 އަހަރުގެ ކުއްޖެކެވެ.

އިންޑިއާގެ ޑޮމުހަނު ކޯރުގެ މަތީގައި ހަދާފައިވާ ބްރިޖް މަތީގައި އެ ކުއްޖާއާ އިތުރު ބަޔަކު ސެލްފީ ނަގަން މަޑުކޮށްގެން ތިއްބާ އެ ކުއްޖާ ވެއްޓުނު ގޮތަށް ސަލާމަތެއް ނުވިއެވެ.

އިތުރު ތިން ކުއްޖަކާއެކު އެ ކުއްޖާ ސެލްފީ ނަގަން ހުއްޓާ ކޮންޓްރޯލުން ނައްޓާލައިގެން އެ ކުއްޖާ ވެއްޓުނީ ކަމަށް ވެއެވެ. އެއީ ވަރަށް ފަހުން ތަރައްގީ ކުރި ބްރިޖެކެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެކަން އިތުރަށް ބަލަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.