ފޮޓޯ: އިންސްޓަގްރާމް

މީގެ ދެ ދުވަހެއް ކުރިން އެންމެ ގަދަޔަށް ދެކުވުނު އެއް ވާހަކައަކީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒްވި ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ބުރުގާ ނެގި ޙަބަރެވެ.

އެ ޚަބަރާއެކު އެތައް ބަޔަކަށް ސިހުން ގެނެވި ނަމަވެސް، އޭނައަކީ ބުރުގާ އެޅުމުގައި މީހުންގެ ފާޑުކިޔުންތަކަށް ބެލެމެއް ނެތި އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަމުންދިޔަ މީހެކެވެ، މިއަދު އޭނާ ބުރުގާ ނަގާލުމުންވެސް ދިވެހިންގެ އެތައް ތައުރީފެއް އޭނާއަށް އޮހެމުން ދިޔައިރު، ފާޑުކިޔާ މީހުންވެސް ވަކި މަދެއް ނޫނެވެ.

އަޝްފާ ބުރުގާ ނަގާލުމުން "ވަގުތު" އިން ބަހެއް ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެކަމަށް މާބޮޑު ޖަވާބެެއްް ދީފައެއް ނުވެއެވެ، އަދި ޖަވާބެއް ދޭން ބޭނުން ނުވެއެވެ. އެހެން ނަމަވެސް ބުރުގާ ނެގުމަށްފަހު އާއްްމުންނަށް ފޮރުވިގެން އުޅެފައި ރޭގައި އޭނާ ވަނީ އާއްމުންނަށް އިންސްޓަގްރާމް މައި ސްޓޯރީ މެދުވެރިކޮށް އޭނާ ބުރުގާ ނެގުމަށްފަހު ފުރަތަމަ ފަހަރަށް ނެގި ފޮޓޯތައް އާއްމުކޮށްފައެވެ.

މިފަހަރުވެސް އޭނާ އަޅައިގެން ހުރި ހެދުމަކީ މަޝްހޫރު ފެޝަން ޑިޒައިނާ އަދި އަޝްފާގެ ފޭވަރޭޓް ސޭންޑީ ޑިޒައިންގެ ހެދުމެކެވެ. ބުރުގާ ނުނަގާނެކަމަށާއި އެފަދަ ޚިޔާލެއް ނެތްކަމަށް މީގެކުރިން އަޝްފާ ބުނެފައިވެއެވެ. އެހެން ނަމަވެސް މިއަދު ބުރުގާ އޭނާ ނެގިިއިރު، އެއީ ހައިރާން ވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ.

އެއީ އާއްމުކޮށް ބުރުގާ އަޅާފައި ނަގާ މީހުންނަކީ ބައްޔެއްގެ ސަބަބުންވެސް އެކަންކޮށް އުޅޭ ބައެކެވެ. ނަމަވެސް އަޝްފާ މިކަންކޮށްފައި ވަނީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިއީ މި ރާއްޖޭގައި އާ ކަމެއް ނޫނެވެ. މީގެ ކުރިންވެސް ބައެއް މަޝްހޫރު ތަރިން ބުރުގާ އަޅާފައި ބުރުގާ ނަގާފައި ވެއެވެ.

ADS BY ASTERS

143 ކޮމެންޓް

 1. ކަމަކުނުދޭ..........ދެންލަލަ

 2. އަރަބި ބަހުން ބުރުގާ އަށް ކިޔަނީ ބުޜްޤާ

 3. މަ ކުރި ކޮމެނޓް މާ ހުތުރުކަމުން ނުޖެހީތަ؟!؟! މަށަށް އެއަށްވުރެ މާ ހުތުރު މިކަހަލަ ޚަބަރެއް ޖެހީމަ!! މިހެން ބުނީމަ ހުތުރުކަމުން މިކޮމެންޓްވެސް ނުޖަހާނެދޯ؟؟؟

 4. މަމީ މިތާ ހުންނަ އެއްޗަކަށް ކޮމެންޓް ކުރާ މީހެއްނޫން. އެކަމަކު މި ހުރިހާ ކޮމެންޓް ފެނުމުން ހިތަށް އެރީ ރަންނަމާރި އެރިތާ 800 އަހަރު ވީ އިރުވެސް ރާއްޖޭގެ އަންހެނުން ހެދުން އަޅަންވީ ގޮތެއް ނޭގިގެން މިއުޅެނީ ކީއްވެ ބާއޭ

 5. ރާއްޖޭގަ ތިބި ބުދިސްތުން މަރާލާފަ އައިސް އަރާ ތިބި ބަޔަކު މިތަނުގެ ހުރިހާ އަންހެނުން އަޅުވެތިކޮށް ފޯނުކަވަރު ލައްވާހެން ކަވަރު ލައްވަން އުޅޭ އުޅުން ބަލިކުރައްވާށި.

 6. މި ދެން އަޅެ ކާކު... ދީނުގަ ހަރާން ކުރައްވާފައިވާ ކަމެއްކޮށްގެން މަޝްހޫރުވީމަ ވެސް އަދި އެވަރުން ނުވެގެން ބުރުގާ ގަނޑު ބޭލީ... ދެން ހަށި ވިއްކަން ފަށަންވީނުން. މާ ގިނަ ފިރިހެނުން އެވާހަކަ ދައްކާނެ.

 7. ބުރުގާއަށް އަރަބިބަހުން ކިޔަނީ ކޮންނަމެއް؟ (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެބަހީއޭ ބުނެ މާނަކޮށްދީފަ އެވަނީ ކާކު؟ ކީއްވެ؟

  • ނުހާ / ސ.މަރަދޫ

   މަގޭވެސް ސުވާލެއް. އަރަބި ބަހަކުން ތިޔާހެންނެއް އޮތް ހެނެއް ހިޔެއްނުވޭ

 8. އެމަންޖެ ދެން ކިތަންމެ ރީތިކޮށް ކިތަންމެ މޮޅަށް އަލުން ބުރުގާ އެޅިޔަސް މިތިބަ ޖާހިލުން އެކަމެއް ބަލައެއް ނުގަންނާނެ. އެމީހުންނީ ދީނީ ސިފަ ޖައްސައިގެންތިބި މާރިދުންތަކެއް.

 9. ޙުސައިން މ. މުލި

  އައްޗީޑަ ހާދަ ހަޑިޔޭ

 10. ތި މަންޖެ އަށާ ތޭރަ ވަލަށް ހަލާކު ހުރި!

 11. އޭނާ އެފޮތިގަނޑު ނެގޭ ބޮލުގައި ބިހިތަކެއް ނަގައި ހިރުވާތީ ޑޮކްޓަރަށް ދެއްކީމަ. ލިއުންވެސް ދީފަ އެބައޮތް. އެވާހަކަ ނުބުނެ ހުރީ އޭނާގެ ޒާތީ ކަމަކަށް ވެފަ އަނެކުންނަށް ފުރައްސާރަކޮށް ޣީބަ ބުނާ މީހުންގެ ހުރި ފެންވަރު އެންމެނަށް މިތާ ހާމަ ކުރުމަށް. ބުރުގާ އަޅައިގެން ތިއްބަކަސް ތުނބުޅިލައިގެން ތިއްބަކަސް ދީންމަތި ނުތިބެވޭކަން މިކަމުން އެބަ ފެނިގެންދޭނޫންތަ؟

  • މާތްﷲ ހަރާމް ކުރެއްވެވި ކަމެއްކުރުމުން އެމީހަކަށް އެކަމުން ފައިދާއެއް ނުވާނެ ދުނިޔޭގަވެސް އަދި އާޙިރަތުގަވެސް.

  • ދެން ގައެގަ ބިހިނަގާ ހިރުވާތީ އޭ ކިޔާފަ ހެދުންވެސް ނުލާ އުޅެންވީނު.

 12. އަބޫ އެހެންވިއްޔާ ޤުރުޢާނާއި ޙަދީޘްގަ އެބައޮތްބާ އަންހެނާގެ އައުރަނިވާކުރުމުގެ ގޮތުން ބުރުގާއަޅަން ޖެހޭކަން!އިސްތަށިގަނޑަކީ ބޮލުގަފަޅާފަ އޮތްއެއްޗެއް!ބުރުގާ އަޅަނީބޮލުގަ!ބުރުގާއަޅާއިރު މޭމައްޗާއި ކަނދުރާއާއި ބުރިކަށި ނިވާކުރަން ޖެހޭއިރު އިސްތަށިގަނޑު ނުފޮރުވޭނެ އެއްގޮތެއްވެސް ދއަްކަބަލަ!ތިހީކުރަނީ ބުރުގާއެއީ މަހަށްދާއިރު އަޅާ ކޯރިއެއް ކަހަލަ އެއްޗެއްކަމަށްތަ؟؟؟؟މި ކޮމެންޓު ނުވެސް ޖަހައިދޭނެ ކަންނޭނގެ!

  • މުޙައްދަދު.../........

   ހަދީސާއި ގުރުއާނުގައި އޮތް އެއްޗެއް މިތާ ލިޔެބަލަ. ކަލޭމެން އަދިވެސް ތިއުޅެނީ ގޮތް ދޫނުކޮށް އޮޅުވާލަންވެގެން. އިސްތަށިގަނޑު ފެނިއްޖެއްޔާ ކަލޭމެންގެ އެދުން ފުދިއިތުރުވާތީ. ތިބުނާ އެކައްޗެއްވެސް އެގޮތަކަށް ނެތޭ

  • މުޙައްދަދު.../........ އަށް

   އަދި މުޢުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަޖުރުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި )އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި( އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުމަތީގައި ،
   އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށްނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަހުންނަށް، ނުވަތަ އެކަނބަލުންގެ އަހުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޙްތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އައުރަ ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ )ގަހަނާއާއި( ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން )ބިމުގައި( އެކަނބަލުން ނުތަޅާހުށިކަމެވެ - ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގެ މާނަ

  • ތިހެންވީއިރު ބުރުގާގެ މަތީން އިސްތަށިގަނޑެއް ނޫނީ ވިގެއް އަޅުވާލީމަ އޯކޭވީނު

  • މޮހައްދަދު ދީދީ އަށް ކަލޭ ހިތުން ތިޔަ ރައްދު ދެވުނީތަ؟ ތިކަމުންވެސް އެނގެނީ ޖަހާލަތުކަން ހުރިވަރު. އަޅެ ނިކަން ބުނެބަލަ މަ ޖާހިލު މީހާއަށް މި ނޭގިގެން އުޅޭ ކަންތައް )އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި( ބުރެކެޓް ޖަހާފަ އެބަހީ: އޭ މިތާ މިލިޔުނީ އަރަބި ބަހުން އެހެން އޮތީމަތަ؟ އަރަބި ބަހުން ބުރުގާއަށް ކިޔަނީ ކީކޭތަ؟

 13. ބުނަންތަ އަޝްފާ ތީ ވީ ރަނގަޅަށް ބުރުގާ އެޅި އިރުވެސް އޭގެ އެއްވެސް ބޭނުމެއް ނެތް ބުރުގާ ބޭލުމަކުން ވީކަމެއްނެތް.ބުރުގާ އޭކިޔާފަ ބޮލުގަ ފޮތިގަޑެއްއޮތަސް ބުދެއްހެން ވާނާތައް ފާޅުކޮށގެން އެހެންހުރުމަށް ވުރެ ބުރުގާ ނެތީމަ އެފެޝަނަށް މާފެތޭނުދޯ

 14. ﷲ އަށް ބިރުވެތިވެ މީސްމީހުންނަށް އާޑަފުރައްސާރަކޮށް ހަޑިހުތުރުބަސްތަކުން އަނެކާއަށް މުޚާތަބު ނުކޮށް ތިބޭކަށް ނޯވޭތަ އަންގަވާފަ؟ ތިޔަހާ މޮޅަށް ކަންތައް ދަންނަ މީހުން އެވަރު ނޭގެނީ ކީއްވެތަ؟ ދެފުށްކެހެރި ޖާހިލުކަން ހުރިވަރު މިތަނުން އެބަ ފެނިގެންދޭ

 15. މަންޖެ އަލުން އަޅާ އަވަހަށް ތުބުއްޅަމެން ރުއްސަން

 16. މިދިވެހިންނަކީ ރޯނުފިލާބައެއްތަ؟ ކިހާދެރަކަމެއް އައުރަނިވާކޮއްގެން ހުރެފަ
  ބަރަހަނާވީމަވެސް އެކުރަނީ ހަބޭހައް ތައުރީފް ސަޅިދޯ!!!

  • ތިޔަ ހުކުން ރޯފިލިގޮތެއް ބުނެބަހަލަ. ޖަހާލަތުގެ ބަސްތައް މިތާ އިއްވަން ލަދެއްވެސް ނުގަނޭތަ؟ މީ ޔަހޫދީ އިންޓަނެޓް ކަމެއް ނޭގޭތަ

 17. ހީވަނީ މާމާ އެއްހެން މިހާރު

 18. އޭނަ ބުރުގާ އެޅިޔަސް ނޭޅިޔަސް އެއީކީ މުޅި ދިވެހި ރައްޔިތުން އެކަމާ ބެހެންޖެހޭ އަދި ނޫސްތަކުގއި ލިޔަން ޖެހޭ ކަމެެއްވެސްނުން.. މީހުންގެ ޒާތީ ކަންތަކަށް އިހުތިރާމެއްވެސް ކުރަން ނޭގޭތަ؟

 19. މަށަށްވެސް ދަންނަ ކޮންމެސް މީހަކާ ވައްތަރު ކަމުން ވިސްނާލިއިރު މީނަ ވައްތަރުވަނީ މިއަންމާގެލީޑަރު އަންސަން ސޫކީއާ

 20. ކަލޯ މީތޭރަ ވާ ގެ ތޭރަ ޑްރެކިޔުލާ ސޫޗީ ދޯ. މިއަންހެނާ އޭނާގެ ފިރިމީހަ އާއި އާއިލާމީހުން ދައްޔޫސުންނަށް ހަދަންވެގެންތޯއްޗެ އެހާވަރު އެ އަރުވަނީ

 21. ާައަސްފާގެ ކޮއްކޮ

  ލިޔުން ތެރިޔާ އެބުނީ ރަނގަޅަށް..ބައްޔެއް ޖެހިގެން ބުރުގާ ބޭލީ..ބޮލަށް ބެރިއެއް ވެއްޓިގެން..ދައްތަގެ ބޯ ހުރީ ބަރަބޮލަކަށް ވެފާ ޗަކޮއި..

 22. ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އުޅޭހެން ހީވަނީ

 23. އަހުމަދު ސާހު

  ޢަނެއްކާ ބުރުގާ އަޅައިގެން ހުރި އިރު މާލޯބި ހިތްހެޔޮ ސިފައެއް ޖަހަނީ

 24. އަހުމަދު ސާހު

  "މިއަދު އޭނާ ބުރުގާ ނަގާލުމުންވެސް ދިވެހިންގެ އެތައް ތައުރީފެއް އޭނާއަށް އޮހެމުންދޭ" އަޖައިބު ވެއްޖެ ބުރުގާ ކަމަކާ ނުލަަ ނެގީމަ ދިވެހިންގެ ތަޢުރީފް ލިބެންވި ގޮތެއް ނޭންގުނު. ޑިވެއްސަކު ހޭބަލިވެފަ ހުންނާނީ ބުރުގާ ނަގައިގެން ތައުޜީފް ކޮށްފިޔާ

  • ބުރުގާ ނަގައިގެން ތާރީފު ލިބޭ ސަބަބަކީ އިސްތަށިގަނޑަކީ އައުރައެއް ކަމަށް އެއްވެސް އާޔަތެއް ހަދީސެއްގައި ފެންނަން ނެތުން. ދެން ވަކި ބަގައެއްގެ މީހުން ރާއްޖެ އަރާ އަންހެނުން އަޅުވެތި ކުރުވިކަން. އެމަޅީން އޭނާ ސަލާމަތްވެގަތް ކަން

  • ކޮންމެސް މީހެއް

   މޫނާއި ދެއަތްތިލަ ފިޔަވާ އެހެންހުރިހާ ތަނަކީ އަންހެނާގެ އައުރަ.. ކީރިތި ޤުރްއާނުގައި އެވާހަކަ ވަރަށް ރީތިކޮށް އެތަށްތަނެއްގައި އައިސްފައިވޭ. ޤުރޮއާނާ ބެހޭ އިލްމު ނޭނގޭ ނަމަ އަދި ދީނީ ކަންތައްތައް ނޭނގޭ ނަމަ ދީނުގައި އޮންނަ ގޮތޭ ކިޔައި ވާހަކަ ދެއްކުމުން އެޔަށް ކިޔަނީ ބިދުއަ. އެވަރު އިނގޭނެ ކަމަށް ދެން މިބަލަނީ. ބިދުއަ ކުރާ މީހުންނާ މެދު ކަންތަށް ވެގެންދާގޮތް ބަލާލުން ވަރަށް ރަނގަޅު. ހަމަ ކީރިތި ޤުރުއާނުގައި އޮންނާނެ އެވާހަކަ. މީހުން ނުބައި ކަންތައްތައް ކުރުމުން އެކަން ނަހީކޮށް ހެޔޮކަންކަމަށް އަމުރުކުރަން ވެސް ހަމަ ޤުރުއާނުގައި އައިސްފައިވާނެ. ޢަދި ހަމަ އެހެންމެ ނުބައި ކަންތައްތައް ކުރުމުން އެކަމަށް ތާއީދު ނުކުރަންވެސް އަންގަވާފައިވޭ. ދީނީ ކަންތަކާބެހޭ ގޮތުން ވާހަކަ ދައްކަވާނަމަ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ވާހަކަ ދެއްކެވުމަކީ ވަރަށް ރަނގަޅު ކަމެށް. އާޚިރަތް ދުވަހު އެމީހަކު ކުރި ކަމެއްގެ ޖަޒާ އެމީހަކަށް ލިބޭނެ.

 25. މިދެންކާކު.މީހަކު ނޫޅޭ މީނަގެ ވާހަކަދައްކާކަށް.ސައިކޯ

 26. ޢޯ މައި ގޯޑް... ޝީ އިޒް ނޮޓް އީވަން ބިއުޓިފުލް... އަގްލީ.

 27. މި އޮތީ ވާ ކަމެއް .. ކިތައް އަންހެނުން އުޅެނި ބުރުގާ އަޅައަިގެން އައުރަ ނިވާ ނުކޮއް .. ހަމަ އެންމެ މީހެއްގެ ވާހަކަ ގޮވަމުން ދުވަން..

  • ތިބުނާ އެންމެން ތިއްބައެއްނޫންތަ މި ކޮއެގެ ވާހަކަ ނޫހުގަ ލިޔެފަ އެއޮތީ. މީހުން ކޮމެންޓް އެލިޔަނީ ނޫހުގަ އޮތް ޚަބަރަށް.

 28. އެއްވެސް ރީއްޗެއް ނޫން. ވަރަށް ހަޑި. ޗީޗީޗީ..

 29. ކަލޯ މީ އަމިއްލަޔަށް ހިތުން ވަރަށް ރީތިވެގެނަ އުޅޭ ގޮލެއް ދެއްކެން އަދި ރީތި މީހެއް ނަމަ ތޭރަޔަށް ހިފާއްޓާވެސް ނުލެވޭ ނެ އެހެން ނޫނަސް އެއީ ހަމަ އެކަހަލަ ގޮލެއް

 30. ކީކޭބުނާނީ ހެޔޮވިސްނުން ނެތީ.

 31. ކިހާ ދެރަ ކަމެއް

 32. ކޮންކަމެއް

 33. ތޭރަވާ ހާދަ ޕްރައުޑް ވާނޭ ދޯ؟ 😂

 34. އަންގސަން ސޫކީ އާއި ވައްތަރީ

 35. ވަގުތު ހާދަ ވަރެއް އެބަހުއްޓޭ ދޯ މިކަމަކާ ހެދި

 36. ނަޝްމީވެސް ބުރުގާ ނެގީ ސިއްޙީ މައްސަލަޔަކާ ހެދިކަމަށްވަނީ! ﷲ އަށް ބިރުވެތި ނުވަނީދޯ އަސްމާ ދައްތަވެސް ! ހެޔޮމަގަށް މަގު ދައްކަވާށި! އާމީން !

 37. ހާދަ އޯލްޑް ވުމެން އެކޭ ދޯ. އިޓްސް ނޮޓް އަ ގާރލް ދޯ. މޮޑެލިސްޓެކޭ އައި ޑޯން ނޯ ވަޓް ޓު ސޭ. މަމެން ގެ ގްރޭނީ އަށް އަދި މިވީ އެންމެ އެއިޓީން އޭ ކުދިންނޭ އިނގޭތޭ ތަމެންނަށް. ރިއަލީތޭ. ޔޭއް ޔޭއް ޔޭއް އޮނެސްޓްލީ އިޓްސް އަ ވައިޓް ލައި.

 38. އޭނަ ބުރުގާ ބޭލިއްޔާ ނޫނީ ނުބޭލިއްޔާ ކަލޭމެނަށްވާކީތް. އޭންގެ ފަތް ހިފައިގެން ކަލޭމެން ދާންޖެހެނީތަ؟

 39. މި މަންޖެ މީ ދިވެހި އަންހެންކުދިންގެ ބުރުގާއެޅުމަށް ހުތުރު ސިފަތަކެއް ގެނުވި ވިޔާނުދާ އަންހެނެއް ... މީނާ ބުރުގާ އަޅަމުން ދިޔައީ ބޮލުމަށްޗަށް ބަނދެފައިން ފެންގުޅިއެއް އަރުފާ އިންނަހެން

 40. އޭނަ ގެ ފިރިމީހާ ގެ ޢީރަތްތެރި ކަމެއް ނެތީތާ

 41. ބޯ ހަލާކު! މަށަކަށް ނެތެންނު ދުނިޔޭގަ އުޅެވޭ ކަށް.
  ބުރުގާ އެޅިޔަސް އެވަރު، ބޭލިޔަސް އެވަރު.

  • ބުރުގާ އަޅައިގެން އުޅުނީ މީހުން ބުރުގާ އަޅާ ވައްތަރަކަށް ނޫން އެހެންވީމަ މީހުންގެ ފުރައްސާރަ ނުކޮށެއްވެސް ނުތިބޭނެތާ.....

 42. ދެން މީނައަށް މަގުމައްޗަށް ނުކުންނަން ކެރޭނެބާ؟؟ ގައިމު ދުނިޔޭގެ ލަދަކީ އާޚިރަތުގެ ޢަޒާބަށްވުރެ މީހުން ޖެހިލުންވާކަމެއް؟؟ އެހެން ވީމަތާ އެއްވެސް ރަޙްމެތް ނެތި ތުއްތު ތުއްތު ކުދިންވެސް އެމަރާލަނީ، އެކަން އެހެން ބަޔަކަށް ނާންގަން ވެގެން ، ގައިމު ﷲ މޮޅަށް ދެނެވޮޑިގެންވާ ކަންވެސް އިނގޭ ހާލު!! އެފަދަ ބޮޑެތި ފާފަތައް ކުރަމުން އެދަނީ ، ދުނިޔޭގެ މަލާމާތައި ފުރައްސާރައަށް ކެތްކުރަން އުނދަގޫ ވާތީތާ!!

 43. ދަޅުބުއީއަހަރެން

  ލޯ މަތިން ފެންނަނީ ފޮރުވިފަ ވާ ހިތާމަ ތަކެއް، ހިތުގެ ނުތަނަވަސްކަން.. ހަޤީޤީ އުފަލާ ހިންހަމަޖެހުން ނުލިބިގެން އުޅޭ ފުރާނައެއް ފަދަ.....

  ނީލަމެއްގާ އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ؟
  ހީލަމުން އެންމެން ބަލާ އަޖުމައިގެ ޙުރުމަތަކީ ކޮބާ؟
  ފީނަމުން ނެގުމުން އެ އަގު ނާރާނެ ރަން މުތަކީ ކޮބާ؟؟
  ހިދާޔާތް ދައްކަވާށި...

 44. ވ.ރީތި! ހަސަވެރިންއުޅެނެ، އަޅާލާނެކަމެއްނެތް

 45. ލުކިން ގުޑް. 😍😍👍👍👍

 46. އަޝްފާ އަކީ 35 އަހަރުން މަތީގެ ބޮޑު އަންހެނެއް.. ދެން މުސްކުޅި ވައްތަރުވެސް ޖަހާނެ ދޯ

 47. މަށަށް ވެސް ވަރަށް ވައްތތަރު ނީނަ މިޔަންމާގެ ލީޑަރު އަންސަންސޫކީ އާ

 48. ހިތުން ވަރަށް ރީތި ވެގެން އުޅޭ މަންޖެ އެއް

 49. އަޝްފާ އެކަނިތަ ބުރުގާ ނެގީ!! މަޖްލިސް މެމްބަރު އަސްމާ ދައްތަ ވެސް ބުރުގާ ނަގައިފި!! އެކަމަކު ތިވަރެއްނުވޭ ދިވެހިންނަން😂

 50. މިހާރު ހީވަނީ މިޔަންމާގެ ލީޑަރު އަންސަންސޫކީ ހެން

 51. ަަަަަަަާަަާާާާާާާާާާާާާާާާާާާާާާާާާާީޯަަަާާމުހަމަދު

  ހަހަ

 52. ކަމަނާގެ ރިތިކަން ކަމަނާގެ ފިރިސޮރަށް ދައްކާ. އެކަންކުރެވޭނެ ވަރަށް ހަމާކަން ކުޑަ ގޮތަށް. ކަމަނާއާއި ކަމަނާގެ ފިރިމީހަޔަށް ހެޔޮވިސްނުން ދެއްވާށި!

 53. ޢަޝްފާ އަދި ބޮޑު ނުވަނީ... ބޮޑުވީމަ ރަނގަޅުވާނެ.

 54. ބުރުގާ ނެގީމަ މާމުސްކުޅި ވައްތަރުޖަހަނީ. . . . ހަމަ ބުނެލީ

 55. ﷲ ޞުބްހާނަހޫ ވަތަޢާލާއަށް ބިރުވެތިވެބަލަ. މިނޫންވެސް ދުވަހެއް އެބައޮތްކަން ހަނދާންކޮށް ތަޢުބާވެބަލަ.

 56. ބުރުގާ ނެގީމަ މާމުސްކުޅި ވައްތަރުޖަހަނީ. . . . ހަމަ ބުނެލ

 57. އަޝްފާ އެއަޅާ ބުރުގާ އެޅުމަށް ވުރެ ހަމަ އެންމެ ރަންގަޅީ ބުރުގާ ނެގުން. ދެން މިހާރު ދައްކަން ބޭނުންވާ ހުރިހާ އެއްމެންނަށް ދެއްކޭނެތާ!

 58. ހަހަ..ސަންތިމަރިޔަނބު ވައްތަރު ޖަަހަނީ....

 59. އަދިވެސް ސުރުހީގައި އެބުނި ރީތި ފޮޓޯ ނުފެނޭ!!

 60. ނުވިސް ނޭނެ.އެއަށް ވުރެން އެމީހުން ބޭނުން ވަނީ މަޝްހޫރުކަން.
  ާ

 61. މާތުއިވެފައި ފޮޓޯނަގާކަށް މާ މޮޅުކަމެއްނޫން ތިޔަކުރީ. އަންހެނާގެ އައުރައަކީ މޫނާއި ދެ އަތްތިލަ ފިޔަވާ ހުރިހާ ތަނެއް!

 62. ތިބޭފުޅުންގެ ހުރިހާ ހިޔާލުތަކެއްވެސް ބަލައިގަންނަން. ދެން ވަރަށް ސުކުރިއްޔާ 😊

 63. މިހާރު ވައްތަރީ މިޔަންމާގެ ދަގަނޑު އަންހެނާ، އަންގ ސަންގ ސޫކީ އާ. ވަރަށް ހުތުރު.

 64. ބުރުގާ ނެގީމާ މިހާ ހުތުރު މަންޖެއެއް މަދުވާނެ.

 65. ނަސީބެއް މީނާ ޖީންސު ނުލާކަން . އެހެން ނޫންނަމަ މިރާއްޖެއަށް ބިންހެލޭވަރުން ނުކުޅަދާނަ ވާނެ

 66. ޥަރަށް ރީތިވާނެ އޭނާގެ ފިރިމީހާއަށް އޭނާ މިހާރު..ނަސީބެއް އޭނާ ބުރުގާ ނެގިކަން..ﷲ އޭނާ އަށް ތެދުމަގު ދައްކަވާނދޭ ޢާމީން

 67. ހައްހާ.... ދެން އޯކޭ. ލައްކަ ދުވަހު ކެއްކޮއްފި އޭތިކޮޅު ނުނެގިގެން... ތިނޫނަސް ދުނިޔޭގެ މަޖަލުގެ ތެރެއަށް ގެބި އޮޔާދާ ކިތައްމެ އިންސާނަކުވެސް އުޅޭ... ވ ސަލާން

 68. ވަރަށްރީތި މިހާރު ބުރުގާނެގީމަ ވަރަށްތަފާތުވެފަ ރީތި އުފާވެއްޖެ

 69. މީނަ އަދި ބަރަހަނާ ފިލްމްވެސް ކުޅޭނެ

 70. ކަލޭ އަންހެނުންނަށް ވުރެ މާ ރީތި

 71. މުސްލިމް އަޚާ

  އަޝްފާ!!! ﷲއަށް ބިރުވެތިވޭ. މުސްލިމް އަޚެއްގެ ހައިސިއްޔަތުން އަލުން ބުރުގާ އެޅުމާސް ނަސޭހަތްތެރިވަން. ސަލާމަތްކަން އޮތީ އެގޮތުގަ. އަޝްފާއަށް މަތް ﷲ ހެޔޮވިސްނުން ދެއްވާށި. އާމީން.

 72. އަދި އަޝްފާ ޔަށްވެސް މާތް ﷲ ހެޔޮވިސްނުންދެއްވާށި .!

 73. މުސްކުޅިވާ ވަރަކަށް ބޮޑަށް ދެއްކެން އުޅުމާއި ޅަފިރިހެން ކުދިންނަށް ހިތްކިޔުމަކީ ބައެއް އަންހެނުންނަށް ވާގޮތެއް..!

 74. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ...
  ތިބާގެ ޒީނަތްތެރިކަން ތިބާގެ ހަލާލު ފިރިމީހާގެ ކުރިމަތީމެނުވީ ފާޅު ނުކުރާށޭ،،،،،

 75. ހީވަނީ ކޮށްގެން މިއުޅެނީ މާމޮޅުކަމެއްހެންނެވެ. އެމީހަކު އުޅޭނެ ގޮތެއް އިނގޭނީ އެމީހަކަށެވެ. ހަމަ ގައިމުވެސް ކުރިމަތީގައި ބޮޑުވެގެންވާ ދުވަހެއްވާކަން އެބަ އިނގެއެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވެވީ މާތްﷲ އަށް އަޅުކަން ކުރުމަށާއި ދުނިޔެ އާރާސްތު ކުރުމަށެވެ. މާތްﷲ ގެ ހަޟްރަތަށް ފަރުޟު ފަސްނަމާދު އަދާ ނުކުރާ މީހަކަށް އެެއްވެސް އުފަލެއް ނެތެވެ. އަދި އެމީހަކީ ކިތައްމެ ރީތި އަދި މަޝްހޫރު މީހަކަށް ވިޔަސް އެކަން އޮތީ ހަމަ އެގޮތުގައެވެ.

 76. ޙެޔޮވިސްނުން ދެއްވާށި....

 77. ޙުރިހައި ކަމެއް ހަމަވީތާ... ބުރުގާ އެޅީމަ މާރީތި...

 78. އަޝްފާ އެއަޅާ ބުރުގާ އެޅުމަށް ވުރެ ހަމަ އެންމެ ރަންގަޅީ ބުރުގާ ނެގުން. ދެން މިހާރު ދައްކަން ބޭނުން ހުރިހާ ތަނެއް ދެއްކޭނެނުން.

 79. ތި ރީތި ކަމެއް އަބަދަކު ނުހުންނާނެ. ކައްވަޅަށް ދާއިރުވެސް ތި ޑިޒައިނާ ހެދުން ލައިގެންބާ ދަނީ. މީހުން މަގުފުރައްދަން މާ މޮޅު ހަބަރު ތަކެއް ކަމަށް މި ކަހަލަ ވާހަކަ ތި ޖަހަނީ.

 80. ބަލި ތިޔައީ ބުރުގާ ނެގުމަށް އޮތް ހަމަ އެކަނި ބަހަނާ އަކީ..
  ބުރުގާ އަޅައިގެން ނޫޅެވޭވަރުގެ ބައްޔެއް ލައްވަވާފައިވާނަމަ, ތިޔަ ބުރުގާއެއް އެޅުމަކަށް އިސްލާމްދީނުގައި އަންހެން ވެރީންނަކަށް އަމުރު ކުރައްވާފައެއްނުވިސް...

  ޙުސް ބަހަނާ ހަމަ..
  ދުވަހަކުވެސް ނުނަގާނަމޭ.. ނެގުމުގެ ޚިޔާލެއް ނެތޭ ކިޔާފަ, ބުރުގާ ނެގުމަކީ ހަމަ ހައިރާންވާންޖެހޭ ވަރުގެ ކަމެއް އިނގޭ.. "ވަގުތަށް" އެއީ މާ އާއްމު ކަމަކަށް ވިޔަސް..

  • ބަލިބަލީގެ ސަބަބުން ބުރުގާބާލާ މީހުންވެސް އުޅޭ. މިފަދަމީހަކަށް ކުރިމަތިފަރާތް ނިވާކޮއްގެން ނޫޅެވޭކަހަލަ ބައްޔެއް ޖެހިއްޖިއްޔާޔޯ؟

 81. ކޮއްމެ ގޮތަކަށް އުޅުނަސް 13ވާ އަށް ހަމަ އޯކޭ،

 82. ރީއްޗެއް ނޫން

 83. ބުރުގާ ނެގިމެއި ރިޔެތިކަން ގެއލިފެއި ތެހިށީ. ބުރުގާ އެޑަގަން ހިށިކޯ އަންހެނުންނަށަސް ބެލެއި ނަލަކަމުން މިކޯ ފިރިހެނަކަސް ނިބަލާހަށް ހަޑިކަމުން، އަދި އެޑަގަން،

 84. ހީވަނީ ނިދާތެދުވެ ފެންނުވަރާ ހުރިހެން

 85. އޭނަ އެއީ ބުރުގާ އަޅައިގެން އުޅޭ މީހެއްނޫން. ބޮލުގަ ފޮތިކޮޅެއް އޮޅާލިޔަކަސް ނުކިޔާނެ ބުރުގާ އެކޭ. މީހަކު ބޮލުގަ އިސްތަށި ނެތިގެން ލަދުން ވެސް އޭނަ ތި އޮޅާ ގޮތައް އޮޅާފާނެ. މިހާރު ބޮލުގަ އިސް ތަށި ކޮޅެއް ފެޅީކަމައް ވާނީ. އެ ފޮތި ކޮޅު ނެގީ. ނޯޓް:ބުރުގާ ނުކިޔާނެ ބޮލު ފުއްކިބައިގަ ފޮތިކޮޅެއް އޮތަކަސް. އެއީ އެއައް ވުރެ ފުރިހަމައައް ކުރަން އަންގަވާފަ އޮންނަ ކަމެއް.

 86. ވަރަށް މުސްކުޅި . އެއްވެސް ރީއްޗެއްނޫން

 87. ބުރުގާ ނަގާ ބައްޔަށް ކިޔަނީ "ކަސްބީ" ކަން..!

 88. ވ ހަޑި

 89. ސޭންޑީ ވެލި ވޮށި

  ތިވާނީ ސޭންޑީދައްތަބުނެގެން އޮރިޔާން ހެދުންލާހިތުން ކަމަށް ބުރުގާނެގީ...

 90. ބުރުގާ ނެގީމަ ހާދަ ހަޑިއޭ. ކުރިން މާރީތި. ކޮންމެ ގޮތަކަށް ހެދުން އަޅާ ބުރުގާ އެޅިއަސް.

 91. މިހާރު މާ ރީތި އަސްލު ތިހެނޭ ހުންނަންވީ ބުރުގާ އެޅީމަ ހީވަނީ ރިޔާނެގި ބައްތެއްޔެއްހެން އަޝްފާ ތިކަމުން ސަލާމަތްވީމަ އުފާކުރަން އެކަމު މުއްލާތައް ވަރަށް ކެކޭނެ

  • އޯހް!!މޮހޮދޭ ބުނެގެނެއްނޫނޭ މުސްލިމު އަންހެނުން ބުރުގާއަޅަން ޖެހެނީ!ﷲގެ އަމުރުފުޅަކަށް ވީމަ،އެއަމުރުފުޅަށް ބޯލަނބާ ކިޔަމަންވުމަކީ ވާޖިބެއްކަމުގަވާތީ އެކަންކުރަނީ!މޮހޮދޭއަށް ކެރޭނެބާ ﷲގެ ހަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަހު ތިބަސް ހަމަތިބުނިގޮތަށް ބުނަން!!!!މިކޮމެންޓު ކެރޭނެބާ ޖަހާލަން!!!

  • ތީ ކަލެއަށް ހީވާ ގޮތް. ހަމަ މި މޮހޮދޭ ބުނެގެން މުސްލިމު އަންހެނުން ބުރިގާ އެޅީ އަދި ހަމަ މި މޮހޮދޭ ބުނެގެން އެ ބާލާނީވެސް އެނގިއްޖެތަ ވީމާ ވީ ޕްރެސެންޓް ޔޫ ދަ މޮޑަރޭޓް އަޝްފާ. ފޯމާ ހެޑްބޭގް ޖިހާދީ ބްރައިޑް އެންޑް ޕޮޓެންޝަލް ޓެރޮރިސްޓް ޓާންސް އޮވަރ އަ ނިއު ލީފް. ޔެސް އަޝްފާ މަރުހަބާ

  • މޮހޮދޭއަށް ގުރްއާން އެއްޗަކައް ނުވީޔާ އާޚިރުގަ ތާހިރެއް ނުވާނެ

 92. މިފަދަ ޚަބަރުތަކުން ބިރުގަންނަންޖެހެއެވެ. ދީނީކަންކަމަށް އެއްވެސް ވަރަކަށް އިޙްތިރާމް ނުކުރާކަން ވަރަށް ސާފްކޮށް މިދަނީ ފެންނަމުންނެވެ. މީ ވަރަށް ބޮޑު އިންޒާރެއްގެ މެސެޖެއް: ﷲ މޮޅަށް ދެނެވޮޑިގަންނަވައެވެ. ހުރި ހިތާމަ އެއްގެ ބޮޑުކަމާއެވެ.

  • މުޙައްދަދު.../........

   ދީނީކަންތައް ކުރަންވާނީ މަކުރިގޮތަށް. ބުރުގާ އަޅަންވާނީ އާކުރުބޭގެ އައިސަކޮއި އެޅިހެން.

 93. ބުރުގާ ނަގަން ޖެހޭ ފަދަ ބައްޔެއް ހުންނަ ކަމަކަށް ގަބޫލެއް ނުކުރާނަން.. މާތްﷲ މީހަކަށް ތަކްލީފް ލިބޭ ފަދަ ކަމެއް ކުރުމަށް ލާޒިމް ނުކުރައްވާނެ ދެއްތޯ.. ބައްޔެއްގެ ސަބަބުން ބުރުގާ އަޅައިގެން އުޅެން އުނދަގޫ ވިޔަސް އެކަމަށް ކެތްތެރިވާން ޖެހޭނެ ދެއްތޯ.. ކެތްތެރީންނަކީ ﷲ ގެ ހަޟްރަތުގައި ލޮބުވެެތިވެގެންވާ ބައެއް.. ހުރިހާ ކަމެއް ދެނެވޮޑިގެންވާނީ ﷲ.. އަޝްފާ އަށާއި އޭނާގެ ފިރިމީހާ އަށް ތެދުމަގު ދައްކަވާށި.

 94. އަޝްފާގެ އެ ބުރުގާ

  ލަދުަހަޔާ ކުޑަ އަނެހެެެނެއް

 95. އަދި ދުޅެންވީ ރަނގަޅުގިތް ނޭންގޭތީ ތި ނެގީ.. ހެޔޮވިސްނުން ދެއްވުން އެދި ދުއާކުރަން

 96. ކޮން ރީއްޗެއް، އެއްވެސް ރީއްޗެއް ނޫން...

 97. ހެެއްދެވިފަރާތަށް މިއަދު މަލާމާތްކޮށްފަ މިއަދު ތިބާ ތިއުޅެނީ ކޮން ކަމެއްޙާސިލްކުރަންތޯ؟

 98. މިހާރު ހީވަނީ ހަމަ މުސްކުޅިއެއްހެން

 99. ޗީޗީ ޖަހާވައްތަރު!

 100. ދުވާފަރު މީހާ

  ލަދުން ބޯ ހަލާކު ..

 101. ކިހާ ބޮޑުވެއްޖެ ކަމެއް. ކަލޭމެން އޭނާ މާ މޮޅުކަމެއް ކުރީމަތަ ތިހޭބލިވަނީ

 102. ނަރަކައިގެ ދިވެހިރައްޔިތެއް

 103. މަބުނީ ސެލެބްރިޓީންގެ ސޯސިއަލް ނެޓްވޯކްތަށް ޕްރައިވެޓް ކޮށްފައި ހުރޭތަ

 104. އަޝްފާގެ ބޯހަމަ ބޮޑީއޭދޯ! ކަޑަ، ކަޑަ!!!

 105. ވަގުތު އިން އަޝްފާ ބުރުގާ ނެގީމާ އެކަން ޕްރޮމޯޓް ކުރަނީ ދޯ! ދެން ނެތީތަ ޚަބަރެއް ގެނެސްދޭން. މާތް ﷲ ނަހީކުރައްވާފައިވާ ހުރިހާ ކަމެއް ކުރަމުންދާ ވިޔާނުދާ މީހުން ޕްރޮމޯޓް ކުރަމުން ދުވާން.

  • ދެން މީ ކޮންކަމެއް؟؟؟ މިފަދަ މީހުން ޕްރޮމޯޓް ކުރުމުގެ ބަދަލުގަ މީނައަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާ ކޮށްބަލަ.. މިހާރު އޭނާ އެހެރީ ރީތިކަން ގެއްލި މަގުފުރެދިފަ...!!!