ބިހަކީ އާންމުކޮށް އަހަރުމެންނަށް ލިބޭ އެއްޗެކެވެ. އަދި ތަފާތު ގޮތްގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އޭގެ ބޭނުން ކުރެއެވެ. ބިސް ކައްކައިގެންނާއި ބިސްގަނޑުއެޅުމުގެ އިތުރުން ތަފާތު އެހެނިހެން ކާނާ ތައްޔާރު ކުރާއިރު ވެސް ބިސް ބޭނުން ކުރެއެވެ. އެހެންނަމަވެސް މިއިން ލިބޭ ސިއްހީ ފައިދާތައް އިނގެނީ ކިތަން މީހުންނަށް ހެއްޔެވެ؟

ބިހުގައި ކެލޮރީގެ މިންވަރު މަދު

ބިހުގައި ގިނަ ބާވަތްތަކެއް އެކުލެވިގެންވީ ނަމަވެސް، އޭގައި ކެލޮރީގެ މިންވަރު މަދެވެ.  އެހެންކަމުން، މިކަމުގެ ސަބަބުންބަރުދަން ލުއި ކުރުމަށްޓަކައި ބިހަކީ ވަރަށް މުހިންމު އެއްޗެކެވެ. ކެލޮރީސް ގިނަ ނުކޮށް ބައިވަރު ބިސް ކެވޭނެއެވެ.

ޕްރޮޓީން ގިނަ އެއްޗެއް

ބިހަކީ ޕްރޮޓީން އެންމެ ގިނައިން ލިބޭ އެކައްޗެވެ. މުޅި ބިހުގައި  ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާއިރު، ބިހުގެ ހުދު ބައިގައި އެކުލެވިގެންވަީ ހުސް ޕްރޮޓީންއެވެ. މިއީ އެންމެނަށްވެސް ވަރަށް ފައިދާ އެއްޗެކެވެ. ހާއްސަ ކޮށް މިއީ އަންހެނުންނާއި ކުޑަކުދިންނަށް ފައިދާ ހުރި އެއްޗެކެވެ.

ބިސް ބޭނުން ކުރުމުގެ ސަބަބުން "ސްޓްރޯކް" ޖެހުމުން ދުރުކޮށްދޭ

ބިހުގެ ސަބަބުން ހިތގެ ބަލިތައް ޖެހުމަށް މެދުވެރިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެއީ  އޭގައި ހުންނަ ކޮލެސްޓްރޯލްގެ ސަބަބުން ހިތަށް ގެއްލުންވާ ކަމަށް ބުނެއެވެ. އެހެންނަމަވެސް މިއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެންނަމަވެސް ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޑައިބެޓީސް ހުންނަ މީހުން ބިސް ބޭނުން ކުރާކަމުގައިވާނަމަ ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވެއެވެ.

ގިނައަދަކަށް އެމައިނޯ އެސިޑް އެކުލެވިގެންވޭ

އެމައިނޯ އެސިޑްއަކީ ހަށިގަނޑުގެ އެންމެ މުހިންމެ އެއްބައެވެ. އެއީ "އެނާޖީ" ލިބޭ މަގެވެ. "ފެޓްސް" އަދި "ކާބޯހައިޑްރޭޓްސް" އިން އެނާޖީ ލިބެނީ އެމައިނޯ އެސިޑްގެ ސަބަބުންނެވެ. މީގެ އިތުރުން ޓިޝޫތައް އުފެދުމާއި މަސްތައް އުފެދުމާއި، ހަނގަޑު އަދި އިސްތަށިގަނޑު  އުފެދުމުގައި ވެސް އެންމެ ބޮޑު ރޯލެއް އަދާކުރަނީ އެމައިނޯ އެސިޑްސްއެވެ. އަދި ހަމައެހެންމެ ހަށިގަނޑުގެ ހުރިހާ "މެޓަބޮލިކް ރިއެކްޝަން" އެއް ކުރިއަށް ގެންގޮސް "ރެގިއުލޭޓް" ކުރަނީ ވެސް އެމައިނޯ އެސިޑްސްއެވެ.

ވިޓަމިން  އޭ ލިބިދޭ

ގިނަ މިންވަރަކަށް ވިޓަމިން އޭ ވެސް ބިހުން ލިބިދެއެވެ.  ވިޓަމިން އޭ އަކީ ލޮލުގެ ފެނުމަށް އެންމެ މުހިންމު އެއް މާއްދާއެވެ. ލޮލަށް ފައިދާ ވުމުގެ އިތުރުން "ޖީން ރެގިއުލޭޓް" ކުރުމާއި ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދީ، "އިމިއުން ސިސްޓަމް" އަށް ސަޕޯޓުކޮށްދިނުމާއި ރެޑް ބުލަޑް ސެލްވެސް އުފައްދައިދިނުމުގައި ވެސް "ވިޓަމިން އޭ" ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

ބަނޑުބޮޑު އިރު ބޭނުން ކުރުމުން ދަރިފުޅަށާއި މަންމަ އަށް ފައިދާވޭ

ބިހުގައި ހުންނަ "ނިއުޓްރިޝަން"ގެ ސަބަބުން މަންމަ އަށާއި ދަރިފުޅަށް ވަރަށް ގިނަ ފައިދާ ތަކެއް ލިބެއެވެ. އަދި ވިހެއުމުގައި ދިމާވާ ބަައެއް މައްސަލަތައް ކަމަށްވާ "ސްޕައިނަ ބިފިޑިއަ" އިން ސަލާމަތް ކޮށްދެއެވެ،

ރަނގަޅު އިމިއުން ސިސްޓެމް އެއް

ADS BY SHEESHA

ބިހުގައި އެކުލެވިގެންވާ "ވިޓަމިން އޭ" އަދި "ވިޓަމިން ބީ 12 " އާއި، "ސެލެނިއަމް"ގެ ސަބަބުން އިމިއުން ސިސްޓެމް ރަނގަޅު ސިއްހަތެއްގައި ބަހައްޓައި ދެއެވެ.

ADS BY ASTERS

Comments are closed.