އިންސާނާގެ ކަށިތަކަކީ އެއަށް ރަނގަޅު ފަރުވާ ލިބެންޖެހޭ އެއްޗެކެވެ. ކަށިތައް ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްކުރަން ޖެހެއެވެ. ވަގުތު އޮއްވާ އެއަށް ރަނގަޅަށް ބަލަން ޖެހެއެވެ. ނޫނީ މުސްކުޅި ވާ ދުވަހު ނޫނީ އުމުރުން ދުވަސްވާ ވަރަކަށް ކަށިތައް ފީވެ ދާނެއެވެ.

ގިނައިން ކެލްސިއަމް ބޭނުންކުރޭ

ކަށިތައް ވަރުގަދަ ކުރުމަށް ހަށިގަނޑަށް ގިނަ އަދަދަކަށް ކެލްސިއަމް ބޭނުންވެއެވެ. އުމުރުން 19 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުން ދުވާލަކަށް 1000މިލިގްރާމް ކެލްސިއަމް ބޭނުންވެއެވެ. މި ބޭނުން ކުރުމުން ކަށިތައް ވަރުގަދަކޮށް ބަހައްޓައި ދެއެވެ.

-ހެނދުނު އިރުގެ އަލިކަން ބޭނުންވޭ

ހެނދުނުގެ އިރުގެ އަލިކަމަކީ ކަށިތައް ވަރުގަދަ ކުރުމަށްޓަކައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެކެވެ. 15-10 މިނެޓާއި ދޭތެރޭ އިރުގެ އަލިކަން ހަށިގަނޑަށް ލިބިގަންނާށެވެ. މީގެ އިތުރުން ބިސް، ސީރިއަލް އަދި ކިރުގެ ބާވަތްތައް ބޭނުން ކުރުން މުހިއްމެވެ.

-ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުން

ދުންފަތަކީ އެއިން އިންސާނާގެ ހަށިގަނޑަށް ގިނަ ގުނަ ގެއްލުންތަކެއް ލިބިދޭ އެއްޗެކެވެ. މިބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑު މުޅިން ހަލާކުކޮށް ނެތިކޮށްލައެވެ. މީގެ އިތުރުން ކަށިތަކަށް ވެސް ނޭދޭވޭ އަސަރު ކުރެއެވެ.

-ޤަވާއިދުން ކަސްރަތުކުރުން

ADS BY SHEESHA

ދުވާލަކު މަދުވެގެން 30 މިނެޓު ކަސްރަތުކުރުމަކީ ކަށިތައް ވަރުގަދަކޮށްދޭ އެއްކަމެވެ. މޫދަށް ދިޔުމުގެ އިތުރުން ދުވަން ދިޔުމާއި ނޫނީ ގޭގައި ތިބެގެން ކަސްރަތު ކުރުމަކީ ވެސް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.

Comments are closed.