(ފުވައްމުލައް ސިޓީ) އެއީ ޏ. ފުވައްމުލައް ސިޓީގައި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރެއްވުމުގައި ދެމިހުންނެވި ފަރުދެކެވެ. އިޖްތިމާއީ ގިނަ ހަރަކާތްތަކުގެ މުގުލުގައި ހުންނެވި މޭސްތެރިޔެކެވެ. ގިނަ ބައެއްގެ އިހްތިރާމް ހޯދާފައިވާ އެ ސިޓީއަށް އުފަން ރައްޔިތެކެވެ. ވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ "ވަން ފުވައްމުލައް" ޖަމިއްޔާގެ އެއް މަސްއޫލުވެރިޔާއެވެ. އޮންލައިން ވިޔަފާރިތައް ރާއްޖެއަށް ތައާރަފް ކުރި "އައިބޭ" ގެ ބާނީއަކީ ވެސް މިއީއެވެ. އިސްމާއީލް ރަފީގް (އިއްސެ) ގެ ޚިދުމަތްތައް އެހެން ފަންތިއަކަށް ގެންދިއުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ. އިއްސެ ނިިންމެވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާށެވެ. މާލޭގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، މީގެ ހަތަރު އަހަރެއްހާ…