ނިކޯން ކެމެރާއަކުން އައިއެސްއެސް ގައި ހުރި އެސްޓްރޯނަޓް އެއް ނަގާފައިވާ ދުނިޔޭގެ މަންޒަރެއް - ފޮޓޯ: ނާސާ
ނިކޯން ކެމެރާއަކުން އައިއެސްއެސް ގައި ހުރި އެސްޓްރޯނަޓް އެއް ނަގާފައިވާ ދުނިޔޭގެ މަންޒަރެއް - ފޮޓޯ: ނާސާ

ކެމެރާއާއި ފޮޓޯގްރަފީގެ އެކި ސާމާނުތައް އުފެއްދުމުގައި މަޝްހޫރު ކުންފުނި "ނިކޮން ކޯރޕަރޭޝަން" އަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން "ފައްކާ" ވީޑިއޯއަކާއި އަހަރީ ދުވަހުގެ އާ ވެބްޕޭޖެއް ލޯންޗްކޮށްފިއެވެ.

2017 ޖުލައި 25 ގައި ނިކޮންއަށް 100 އަހަރު ފުރޭއިރު އަލަށް ނެރުނު މި ވީޑިއޯއިން އެތައް ކަންތައްތަކެއް ފެނިގެންދެއެވެ. ވީޑިއޯ ފެށެނީ ޖައްވީ މަންޒަރަކުންނެވެ. އެއަށްފަހު ބައެއް މަޝްހޫރު ފޮޓޯގްރާފަރުންނާއި ނިކޮން ކުންފުނީގެ ޓެކްނޮލޮޖީތައް ދައްކާލައެވެ. އަދި ކުންފުނީގެ ތާރީޚު، ވެތުވެދިޔަ 100 އަހަރު ތެރޭގައި ވެފައިވާ ކަންތައްތަކާއި އުފެއްދުންތައް ފެނެއެވެ. އޭގެއިތުރުން ނިކޮންގެ ކެމެރާތަކުން ނަގާފައިވާ ދުނިޔޭގެ މަޝްހޫރު ނޫސްމަޖައްލާ ތަކުގެ ބޭރުގަނޑުތައްވެސް ފެނިގެންދެއެވެ.

އަލަށް ލޯންޗްކުރެވުނު ވެބްޕޭޖުގައި އެތައް ބައިވަރު މައުލޫމާތުތަކެއް ހިމެނިފައިވެއެވެ. އެގޮތުން ނިކޮން އުފެދުނު ގޮތާއި ނިކޮންގެ ތާރީޚުގެތެރެއަށް ބަލާލާފައިވެއެވެ. އަދި ނިކޮންއިން އުފެއްދި މައިކްރޮސްކޯޕްތަކާއި ޓެލެސްކޯޕްތައް އަދި ދުރުމިތަކުގެ މައުލޫމާތު ވަރަށް ތަފްސީލުކޮށް ހިމަނާފައިވެއެވެ. މީގެތެރޭގައި ދުނިޔޭގައި ކާމިޔާބުކަމާއެކު އެންމެ ފުރަތަމަ މައިކްރޮސްކޯޕް ވިއްކަން ފެށި ކުންފުންޏަށް ވުމާއި، ދުނިޔޭގެ ފުރަތަމަ ޓައިޓޭނިއަމް އައިނު ދުނިގަނޑު ހެދުމާއި، ނާސާއިން ޖައްވީ އިދާރާގައި އެކުންފުނީގެ ކެމެރާތަކާއި ލެންސްތައް ބޭނުންކުރަން ފެށުން ފާހަގަކޮށްލެވެއެވެ.

ADS BY SHEESHA

ނިކޮންގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް މި ވީޑިއޯއާއި ވެބްޕޭޖް ވެގެންދާނީ ކުންފުނީގެ މާޒީއަށް ކޮށްލެވޭ ދަތުރެއްގެ އިތުރުން ނިކޮންއަކީ ހަމައެކަނި ކެމެރާ އުފައްދާ ކުންފުންޏެއް ނޫންކަން ހަނދާންކޮށްދިނުމަކަށެވެ.

ADS BY ASTERS

Comments are closed.