ގަންނަ ކޮންމެ ކޯކު ފުޅިއަކަށް އުރީދޫގެ އީފައިސާ އާއި އެހެނިހެން އިނާމު ލިބޭ ބޮޑު ޕްރޮމޯޝަނެއް ކޮކާކޯލާ އިން އުރީދޫއާއި ގުޅިގެން ފަށައިފި އެވެ.

ރޭ އަލިމަސް ކާނިވަލުގައި އޮތް ހާއްސަ މިއުޒިކް ޝޯއެއްގައި މި ޕްރޮމޯޝަން ވަނީ ލޯންޗު ކޮށްފައެވެ.

"ކޮކާ ކޯލާ އުރީދޫ އެމްފައިސާ ކޭޝްބެކް ޕްރޮމޯޝަން" ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ހިނގާ ޑިސެމްބަރު 1 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.

މީގެ ކުރިން މިފަދަ ޕްރޮމޯޝަންތަކުގައި އިނާމު ލިބިގެން ދަނީ ގުރަވަތުން ގޮވޭ ދެތިން މީހަކަށެވެ. އެހެން ނަމަވެސް ކޮކާ ކޯލާއިން ބުނާ ގޮތުގައި މި ޕްރޮމޯޝަންގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް އިނާމު ލިބިގެން ދާނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ހަދަން ޖެހޭ ގޮތަކީ، ކޮކާ ކޯލާ، 300 އެމްއެލް، 500 އެމްއެލް އަދި 1250 އެމްއެލްގެ ރަން މަތިގަނޑު ޖެހި ފުޅީގެ މަތިގަނޑުގެ އެތެރޭގައި ޕްރިންޓުކޮށްފައިވާ ކޯޑް އުރީދޫ އެމްފައިސާ އެޕް މެދުވެރިކޮށް އެކަމަށް ހާއްސަކޮށްފައި ހުންނަ އޮޕްޝަން "ކޮކާ ކޯލާ ރިޑީމް ޕްރޮމޯ ކޯޑު" މި ތަނުގައި ޖައްސަވާނީ އެވެ.

މި ކޯޑު ޖެހުމާއެކު އުރީދޫގެ ހާއްސަ އޮފާތަކެއް ލިބިގެންދާނެ އެވެ. އެގޮތުން ހިލޭ އެމްފައިސާ ލިބުން އަދި އެހެނިހެން އިނާމު ލިބުން ވެސް ހިމެނެ އެވެ. ކޮންމެ ކޯކު ފުޅިއަކުން ވެސް ކޮންމެވެސް އެއް އިނާމު ލިބިގެންދާނެ އެވެ.

މީގެ އިތުރުން އެމްފައިސާ އެޕް އަލަށް ރެޖިސްޓާރ ކުރާ ފަރާތްތަކަށް ހިލޭ 20 ރުފިޔާގެ އެމްފައިސާ ލިބިގެންދާނެ އެވެ.

އެމް ފައިސާ އަކީ މޮބައިލް މަނީ ސާވިސް އެކެވެ. އުރީދޫ އެމްފައިސާ ހިދުމަތަކީ ވޮލެޓްގައި ހުންނަ ރުފިޔާ ވޮލެޓްގައި ގެންގުޅުމުގެ ބަދަލުގައި، ފޯނުގައި ހިދުމަތް ރަޖިސްޓާ ކޮށްގެން، އެކައުންޓަކަށް ރުފިޔާ ޖަމާކޮށް، މޮބައިލް ފޯނު މެދުވެރިކޮށް އެކި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެކެވެ. މި އެމްފައިސާ، ރުފިޔާއަށް ވެސް ބަދަލު ކުރެވޭނެ އެވެ.

3 ކޮމެންޓް

  1. ރާއްޖޭގައި ގައިންގައަށް ނާރާބަލިތަށް އިންތިހާ ވަނީ ގިނަވެފައި ، ރިސްކް ފެކްޓަރ ގައި އެނެޖީ ޑްރިންކާއި ހަކުރު ގިނައިން ހުންނަ ކޯކްފަދަ ޑްރިންކްތަށް އެންމެމަތީގައި ހިމެނޭ ، ވީއިރު ޒުވާނުން ގެ ސިއްޙަތަށް އެއްވެސް ބެލުމެއްނެތި ފައިސާ ހޯދަން މިފަދަ ބޮޑެތި ސިއްޙަތާއި ދެކޮޅު ކަންތައްކުރުން ހެޔޮވާނީ ކިހިނެއް ، ސަރުކާރުންވެސް މިފަދަ ޕްރޮމޯޝަންތައް އެބަޖެހޭ ހުއްޓުވަން ، ބަޔަކަށް މިލިއަނުން ފައިދާ ވާއިރު އެތެއް ޒުވާނުން ނެއްގެ ސިއްހަތު މިގުރުބާން ކުރެވެނީ

  2. މިހާރު ޓޭސްޓު ވަރަށް ނުބައި....

  3. ރަހަ މިހާރު ވ ސަކަރާތް...އަރަބި ގައުމު ތަކުގެ ކޯކު މީރީ...