ކޮސްޓަރީކާ އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ރޭގެ ވަގުތެއްގައި މި ބިންހެލުން އައިސްފައިވަނީ ކޮސްޓަރީކާގެ ދެކުނުގައި އޮންނަ ޖަކޯ އަވަށަށެވެ.

މި ބިންހެލުމާ ގުޅިގެން ދެ މީހަކަށް އަނިޔާވި ކަމަށް އެގައުމުގެ ޕަބްލިކް ސޭފްޓީ މިނިސްޓްރީން ހާމަކުރެއެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓް ވެސް ވަނީ ކެނޑިފައިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ނަމަވެސް ބިންހެލުމާ ގުޅިގެން އިމާރާތްތަކަށް މާބޮޑު ގެއްލުންތަކެއް ލިބިފައިނުވާ ކަމަށް ވެސް ރިޕޯޓުތަށް ބުނެއެވެ.

ކޮސްޓަރީކާއަށް ބިންހެލުމެއް އައިސްފައިވާއިރު މި ދުވަސްވަރަކީ ދެކުނު އެމެރިކާގެ ބައެއް ގައުމުތަކަށް ދޭތެރެ ދޭތެރެއިން ބިންހެލުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޗިލީ އާއި މެކްސިކޯ އަށް ވެސް ބިންހެލުންތަކެއް ވަނީ އައިސްފައެވެ.

 

 

 

 

Comments are closed.