ޗައިނާގެ ދެމެފިރިއެއްގެ ދަރިއެއް އެދެމަފިރިން މަރުވިތާ 4 އަހަރު ފަހުން އުފަންވެއްޖެއެވެ.

މިދެމެފިރިން މަރުވެފައިވަނީ 2013 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައެވެ. މިދެމެފިރިން މަރުވުވުމުގެ ކުރިން ހަށިގަނޑުން ބޭރުގައި ދަރިމައި ކުރުމަށް (އިންވިޓްރޯ ފަރޓިލައިޒޭޝަން) ވަނީ ފިރިހެން މީހާގެ ދަރި ފަންޏާއި އަންހެން މީގެ ބިސް ނަގާ ދަރިމައި (ފާރޓިލައިޒް) ކޮށްފައެވެ. މިދެމީހުން މަރުވެފައިވަނީ ބިސް ފާރޓިލައިޒް ކުރި ފަހުންނެވެ.

ނަމަވެސް އެހޮސްޕިޓަލުން އެކުއްޖާގެ މާމައަށާއި ކާފައަށް މި އެންބުރިއޯ ދިނުމަށްވަނީ ދެކޮޅު ހަދާފައެވެ. އަދި މި ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވީ 4 އަހަރު ފަހުން ކޯޓު މަރުހަލާ ކަޑައްތު ކުރުމަށްފަހުގައެވެ.

މި އެންބުރިއޯ ލިބުނު ނަމަވެސް ދަރިމައިކޮށްފައިވާ ބިހެއްް ބޭނުންކޮށް އެހެން މީހެއްގެ ހަށިގަނޑު ބޮޑު ކުރުމަކީ (ސަރޮގޭޓް މަދާ) ގާނޫނީ ގޮތުން ޗައިނާގައި މަނާ ކަމަށް ވުމާއެކު މިކަންކޮށްފައިވަނީ ލާާއޯސް ގައެވެ. ލާއޯސްގައި މިގޮތަށް ވިހުމަކީ ހުއްދަކަމެކެވެ.

މިދަރިމައިކޮށްފައިވާ ބިސް ގެންދިއުމުގައި ވެސް އެކުއްޖާގެ މާމައިންނަށްވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ލިކުއިޑް ނައިޓްރޮޖެންގައި ބަންދުކޮށްފައިވާ މިބިސް ގެންދިއުމަށް އެއަރލައިންތަކުން ދެކޮޅު ހެދުމުން އެންމެ ފަހުން ބިސް ގެންގޮސްފައި ވަނީ ކާރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު