އިސްދޫ ހައްތެލި – ވަގުތު އިމޭޖްސް : އަމީން ފަހްމީ

(ލ.އިސްދޫ) މިރަށުގައި ހުރި އިސްދޫ ހައްތެއްޔަކީ ރާއްޖޭގައި ވެސް ހުރި މިފަދަ ދެ ހައްތެލީގެ ތެރެއިން އެއް ހައްތެއްޔެވެ. އިސްދޫ ބޮޑު ހައްތެއްޔާއި އިސްދޫ ކުޑަ ހައްތެއްޔަކީ ރާއްޖޭގެ އެންމެ އެވޭލާ ތާރީޚް ފަސް އެޅި ފޮރުވިފައިވާ އެންމެ މުހިންމު އެއް ތާރީޚީ ބިނާއެވެ.

އިސްދޫ ހައްތެއްޔަކީ ބުނެވޭ ގޮތުގައި ރާއްޖެ އިސްލާމްވި އިރު ބުދު ފައްޅިއެއް ހުރި ތަނެކެވެ. އިސްދޫ މީހުން އިސްލާމްދީން ގަބޫލު ކުރުމަށް ފަހު ހައްތެލީގެ މައްޗަށް ވެލި އަޅާ އެހައްތެލި ފޮރުވާލިއެވެ. އިސްދޫގެ އުތުރު ކޮޅުގައި ފުއްޓަރު ފަރާތައް ވާގޮތައް ހުރި ހައްތެލި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މީގެ ކުރިން ހާއްސަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިއަދު އިސްދޫ ހައްތެލި ހިމާޔަތް ކުރަން އެއްވެސް މަސައްކަތެއް ނުކުރެވެއެވެ.

އިސްދޫ ހައްތެލި ހުންނަ ސަރަހައްދު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

އިސްދޫ ހައްތެލި ހުރި ސަރަހައްދަކީ މިހާރު ވާބޯ ޖަންގައްޔެކެވެ. އެސަރަހައްދު ސާފު ކުރުމަށް މަސައްކަތެއް ނުކުރެވެއެވެ. ހައްތެލި ހުރި ސަރަހައްދު ގިރަމުން ދާތީ އެސަރަހައްދުގެ ހިމާޔަތުގައި ވެލި ބަސްތާ އިން ތޮށިގަނޑެއް ޖަހާފައި ވީނަމަވެސް އެތޮށިގަނޑު ހަލާކުވެ އެސަރަހައްދު ގިރައިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

އިސްދޫ ކައުންސިލުން ވިދާޅުވީ ހައްތެލި ހުރި ސަރަހައްދަކީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުގައި އޮތް ސަރަހައްދެއް ކަމަށާއި ނަމަވެސް އެތަން ސާފުކޮށް ބަލަހައްޓާ އަދި ހިމާޔަތް ކުރަން ހެރިޓޭޖް ޑިޕާޓްމަންޓުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

އިސްދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އިބްރާހިމް ހަމީދު ވިދާޅުވީ ހައްތެލި ހުރި ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް މިހާރު އެމަސައްކަތް ނުކުރެވޭތީ ހައްތެލި ހުރި ސަރަހައްދުގެ މުސްތަގުބަލާއި މެދު ވަނީ ސުވާލު އުފެދިފައި ކަމަށެވެ.

އިސްދޫ ހައްތެލީގެ ހިމާޔަތުގައި ޖަހާފައިވާ ތޮށިގަނޑު – ވަގުތު އިމޭޖްސް : އަމީން ފަހްމީ

"ލޯކަލް ޓްއަރިޒަމް ވެސް ތަޢާރަފް ވަމުން އަންނަ މިފަދަ ދުވަސްވަރެއްގައި މިބިނާ އިން ރައްޔިތުންނަށް އިޤުތިޞާދީ ފައިދާތަކެއް ހޯދި ދާނެ. ނަމަވެސް އެފައިދާ ހޯދޭނީ ސަރުކާރުގެ އެއްބާރުލުމެއް ލިބިގެން. ކައުންސިލްގެ ބެލުމުގެ ދަށުގައި ނެތް ތަނެއް ކައުންސިލަކަށް ބެލެހެއްޓޭކަށް ނެތް. ކައުންސިލްގެ ބަޖެޓް ވެސް ކުޑަވުމުން މިސަރަހައްދު ސާފުކުރެވޭނެ ގޮތެއް ވެސް އަޅުގަނޑުމެންނަކަށް ނެތް." ހަމީދު ވިދާޅުވިއެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ އިސްދޫ ހައްތެލި ހުރި ސަރަހައްދު ބެލެހެއްޓުން ކައުންސިލާއި ހަވާލުކޮށް އެސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން ބަޖެޓެއް ދެއްވައިފިނަމަ އެއީ އިސްދޫ ރައްޔިތުންނަށް އިޤުތިޞާދީ މަންފާތަކެއް ހޯދިދާނެ ގޮތައް ތަރައްޤީ ކުރެވިފައިވާ ސަރަހައްދަކަށް ހެދި ދާނެ ކަމަށެވެ.

"އިސްދޫ ހައްތެލި ހުރި ސަރަހައްދު ހިމާޔަތްކޮށް އެސަރަހައްދުން ރާއްޖޭގެ އަދި މިރަށުގެ ތާރީޚް ދެއްކި ދާނެ. އޭރުން އަޅުގަނޑުމެންގެ ރަށަށް އިޤުތިޞާދީ މަންފާތަކެއް ކުރާނެ. ނަމަވެސް މިކަން ކުރެވެން އޮތީ ސަރުކާރުން މިކަން ކޮށްދެއްވައިގެން. އަޅުގަނޑުމެންނަށް އަމިއްލަ އަށް ކުރެވޭނެ ކަމެއް ނެތް." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހަމައެކަނި މޫދަށް އެރުމާއި މޫދު ކުޅިވަރަށް ބަރޯސާވެފައި އޮތް އޮތުމަށް މިހާރު ނިމުން އަންނަތަން އެބަފެނެއެވެ. މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކޮށް އެމީހުންގެ ދިރިއުޅުން ދެކިލަން ބޭނުންވާ ފަތުރުވެރިންގެ ނިސްބަތް މިއަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން އެފަރުވެރިންނަށް ރާއްޖޭގެ ތާރީޚާއި އާދަކާދައިގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިހާރަށް ވުރެ ފުރިހަމައަށް ތައްޔާރުވާން އެބަޖެއެވެ. އިސްދޫ ހައްތެލި ވެސް ހިމާޔަތްކޮށް ރަނގަޅަށް ބެލެހެއްޓޭނެ ގޮތެއް ހޯދަން އެބަޖެއެވެ. އޭރުން އިސްދު އަކީ ވެސް ފަތުރުވެރިންގެ މަންޒިލަކަށް ވެގެން ހިނގައިދާނެއެވެ. ނަތީޖާ އަކަށް ވެގެން ދާނީ އިޤުތިޞާދީ އެތައް ފުރުސަަތުތަކެއް އެކަމުގެ ސަބަބުން ހުޅުވިގެން ދިއުމެވެ.

ADS BY SHEESHA

"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

ADS BY ASTERS

9 ކޮމެންޓް

  1. އަމިއްލައަށް ޕާކުހެދޭ ކުޅިވަރަށް ޚަރަދުކރެވޭ. އެކަމަކު ތިތަން ހިމާޔަތްކުރަން މަހަކު މީހަކަށް ފަނަރަސަތޭކަ އެއްހާ ރުފިޔާ ނުދެވޭ. ކޮންމެކަމެއް ސަރުކާރު ބޮލުގަ އަޅުވައިގެންތިބީމަ ފަސޭހައެއްނުދޯ.

  2. ހަމީދޫ.............................. ދެ އަވަށް މެދުގައި ކޯރު ކޮނުނު ދުވަސްވަރު، އަލީ ސުލައިމާން ގެނެސްގެން އަންހެން ކުއްޖަކު ދީގެން، ބޭނުންވާގޮތަށް ހަބަރު ލިޔުނު ކަހަލަ ކަމެއްދޯ މިވެސް؟ ސޮޒް...

  3. ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބޮލަށް ހުރިހާ ކަމެއް ޖެހީމަ ވޭތަ؟ ކޮބައިތަ ފަރުދީ ޒިންމާ؟ ކޮންމެ ކަމަކަށް ބަޖެޓެއް ބޭނުމެއް ނުވާނެ! ބަޖެޓް ނެތިވެސް ތިޔަ ހަތްތެލި ހުރި ސަރަހައްދު ސާފުކޮށް ބެލެހެއްޓިދާނެ! ބޭނުންވަނީ އަމިއްލަ އިސްނެގުމާއި، އިސްވެއުޅުން. ކަމެއް ވާއިރަށް ބަޖެޓޯ ގޮވާނެ އިސްދޫ ކައުންސިލްގެ މީހުން... ލޮލް...

  4. ތިތަން ތަން ދޫކޮށް ލަންވެއްޖެ އެއްނުން ވޭތުވެ ދިތަނެއް އަބުރާނާންނާނެ.. ކުރިއަށް އަންނަން ކަންކަމަށް ވިސްނާ... ފަހަތުފަޔަށް ބަރުވެތިބެ ހިގާނެ ބޭނުމެއްނެތް.

  5. ތިޔަތަކެތި ވިއްޔާ ތިޔަތަކެއްޗެވެ. ތަރައްގީ ވިއްޔާ ތަރައްގީއެވެ. ތިޔަބާވަތުގެ ކުޅިޔާއި ، ހަތްތެއްޔާއި އަދިވެސް ކުރީޒަމާނުގެ މަމީތައްގިނަކޮށްގެން މިގައުމު ތަރައްގީވާނަމަ އޮތީހީ ވެފައެވެ. މިހާރު ތިޔަބާވަތުގެ ތަކެތި ނައްތާލައި އެއަރޕޯޓްތަކާއި ، ގެސްޓްހައުސްތަކާއި، އަދިވެސް ތަރައްގީއަށް ބޭނުންވާ ތަކެތި މިހާރުގެ ސަރުކާރުން

  6. އަސްލުވާގޮތަކީ ބައެއް ދިވެހިން ހަމަ ކަންނެތީ.

  7. ީއިބްރަަހިމްފުލުލު

    ޢިސްދުު ހަތްތެލި ހިމަަޔަތްކުރުމަކިިި އިސްދުުގެ ރައްޔިތުނގެ ޒިންމަ އެއް ސަރުކރުގެ ޒިމްމަަ ނެތިި

  8. ތިޔަ ބުނާ ހައްތެލި ބަލަހައްޓަން އިސްދޫގެ ރައްޔިތުން ތިބޭނެ. ހައްތެލި ކީއްކުރަން މުޅި އިސްދޫއާއި އިސްދޫގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ބަލަހައްޓަން ޖެހޭނީ އިސްދޫގެ ރައްޔިތުން. އެއީ އެހެން ބަޔަކާ ބެހޭ ކަމެއްނޫން.

    • ދެން އެމީހުން އެކަން ކުރަން ނިކުންނަ އިރަށް ސަރުކާރުން ކޮންމެވެސް އެއްޗެކޭ ކިޔާފަ ހިފަހައްޓަނީ ކީއްކުރާށޯލަ؟؟ ތިޔަ ބުނަނީ އިސްދޫއަކީ ދައުލަތުގެ ބެލުމުގެ ދަށުން ނެއްޓިފަ އޮތް ވަކި މިނިވަން މުސްތަޤިއްލު ތަނެކޭތަ؟ ދައުލަތުގެ އަދި ސަރުކާރު ޒިންމާ އޮންނާނެ ކޮންމެ ރަށެއް އަދި ކޮންމެ ތަނެއްގެ މައްޗައްވެސް... މޮޔަ ނުވާ ހިމޭނުން ހުރޭ