15:31

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް އިތުރު ހަތިޔާރު އެތެރެކޮށްފި.

 

15:25

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމައާތުގެ މުޖާޙިދުން އިސްރާއީލްގެ މަގެން އަށް ވަދެއްޖެ.

15:15

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމައާތުގެ މުޖާޙިދުން އިސްރާއީލްގެ ސިޓީއެއް ކަމަށްވާ އަޝްކެލޮން އަށް އަރައި ބަޔަކު މަރާލައިފި.

15:13

ހަމާސް އިން އިސްރާއީލްގެ ސީރޫތަށް 100 ރޮކެޓް ހަމަލާ ދީފި.

14:54

އިސްރާއީލްގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި ތައިލެންޑްގެ ދެ މީހަކު މަރުވެ، އަށް މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި. ތައިލެންޑުން ބުނެފައި ވަނީ އެ ގައުމުގެ 11 މީހަކު ރަހީންކޮށްފައިވާ ކަމަށް.

14:37

މިސްރުގެ ފުލުހުން، އިސްރާއީލްގެ ދެ ފަތުރުވެރިންނަށް ހަމަލާދީ މަރާލައިފި.

14:28

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އިތުރު މުޖާހިދުންތަކެއް އިސްރާއީލަށް ވަދެ، އިތުރު ހަމަލާތައް ދޭން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި.

14:00

ފަލަސްތީނާއި އިޒްރޭލާ ދެމެދު އަވަހާ ސުލްހަ ގާއިމްކޮށް ދެފަރާތުން ހުއްޓާ ނުލައި ދެމުންދާ ހަމަލާތައް އަވަހާ ނިމުމަކަށް ގެނެސް އެކަށީގެން ފިޔަވަޅުތައް އަޅަން ޗައިނާއިން ގޮވާލައިފި.

13:38

ހަމާސްގެ ތަރުޖަމާނު އޮސާމާ ހަމްދާން ވިދާޅުވީ ހަމާސް އިން އިސްރާއީލްގެ އާންމު ރައްޔިތުންނަށް ހަމަލާ ނުދޭ ކަމަށް. އަދި އެމީހުންގެ ހަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލްގެ ސިފައިންނަށް ކަމަށް ބުނެފައިވޭ.

13:36

ހަމާސް އިން ދެންމެ ބުނީ އިސްރާއީލްގެ ސީރޫތަށް 100 މިސައިލް ފޮނުވާލާފައިވާ ކަމަށް.

 

13:34

އިސްރާއީލްގެ ސަރަހައްދަކަށް ދެންމެ ފޮނުވާލި ރޮކެޓް ހަމަލާއެއްގައި މީހަކު ޒަހަމްވެފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލް އިން ރިޕޯޓުކޮށްފި.

13:21

ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިހާރު އިސްރާއިލާ ދެކޮޅަށް ކުރިއަށްދާ ޖިހާދާއެކު ބޮޑު ކާމިޔާބީއަކާ ދިމާލަށް ދެވެމުންދާ ކަމަށް އެ ޖަމާއަތުން ބުނެފި.

13:13

އިސްރާއީލުން ފަލަސްތީނުގެ ޚާން ޔޫނިސްގައި ހުންނަ މިސްކިތެއް ބިމާ ހަމަކޮށްލައިފި.

12:48

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މިހާތަނަށް އައިއިރު ޣައްޒާ އިން 313 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ދެންމެ ބުނެފި.

11:48

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލްގެ 100 މީހަކު ހައްޔަރުކޮށްފި.

11:28

ފަލަސްތީނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު 20 އަށް އަރައިފި. އަދި 120 ކުޑަކުއްޖަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވޭ.

 

10:58

ލުބުނާންގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން އިސްރާއީލަށް އަމާޒުކޮށް ހަމަލާ ދޭން ފަށައިފި.

10:51

ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށާއި އެ ތަން ބިމާ ހަމަ ކުރާނެ ކަމަށް އިސްރާއީލުން މިއަދު ބުނެފި

10:45

ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 256 އަށް އަރައިފި. އަދި މި ހަމަލާތަކުގައި 1788 މީހުން ޒަހަމްވެފައިވޭ.

10:36

ލުބުނާނުން ވެސް ވަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައި. އަދި އެ ހަމަލާތަކުގެ ޒިންމާ ހިޒްބުﷲ ޖަމާއަތުން ވަނީ އުފުލާފައި.

10:20

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ދިން ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ 26 މީހަކު މަރާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ކަށަވަރުކޮށްދީފި.

10:15

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނަނީ މިހާތަނަށް އައިއިރު އިސްރާއީލް ސިފައިންގެ 26 މީހަކު މަރާލާފައިވާ ކަމަށް.

10:13

އިސްރާއީލުން ވަނީ ވައިގެ މަގުން ޣައްޒާ އަށް ހަމަލާދީ ތިން މިސްކިތަކާއި ދެ ބޭންކަކަށް ވެސް ހަމަލާ ދީފައި. އަދި ބައެއް ޓަވަރުތަކަށް ވެސް ހަމަލާދީ ވައްޓާލާފައިވޭ.

10:12

އިސްރާއީލުން ލުބުނާނަށް ހަމަލާތައް ދޭން ފަށައިފި.

10:03

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިއްޔެ ފެށި އަސްކަރީ އޮޕަރޭޝަނަށް އިރާނުން އެހީތެރިކަން ފޯރުކޮށް ދިން ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފި.

09:49

ފަލަސްތީނުގެ ޣައްޒާ އަށް ކާބޯތަކެތި އެތެރެ ކުރުން އިސްރާއީލުން މަނާކޮށްފި.

05:37

އިސްރާއީލް މީހުންގެ ގާތު އަލިފާނާ ނުކުޅުމަށް ތަކުރާރުކޮށް ބުނެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ވަރަކަށް އަޑު އަހާފައި ނުވާ ކަމަށް ހަމާސްއިން ބުނެފި.

އިސްރާއީލް މީހުން އަލިފާނާ ނުކުޅޭށޭ ބުނިން، ކާމިޔާބު ލިބޭނީ އަހަރެމެންނަށް- ހަމާސް

 

05:22

ޣައްޒާއިން އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާ-- ފޮޓޯ: ރޮއެޓާސް
ޣައްޒާއިން ފޮނުވާލި ހަމަލާއެއްގައި އިސްރާއީލުގެ ސަރަހައްދެއް ސުންނާފަތިވެފައި-- ފޮޓޯ: ރޮއެޓާސް

05:20

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއް-- ފޮޓޯ: ރޮއެޓާސް

04:02

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި އޮޕަރޭޝަންގައި މަރާލި އިސްރާއީލް މީހުންގެ އަދަދު 300 އަށް އަރައިފި.

މަރާލި އިސްރާއީލް މީހުންގެ އަދަދު 300 އަށް އަރައިފި

03:17

އިސްރާއީލުން ޣައްޒާއަށް އެންމެ ވަރުގަދަ ހަމަލާ ދިނީ ކޮން އަހަރަކު؟

 

02:30

އިސްރާއީލުގެ އަޔަން ޑޯމް އެންޓި މިސައިލް ސިސްޓަމުން ޣައްޒާއިން ފޮނުވާލި މިސައިލްތައް ހުއްޓުވަނީ-- ފޮޓޯ: ރޮއެޓާސް

02:29

ހަމާސް ޖަމާއަތުން އިސްރާއީލަށް އިއްޔެ ހެނދުނު ދިން ކުއްލި ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ ރޭވުމެއް ރާވަމުން އަންނަ ކަމަށް، އަސްކަރީ އެނަލިސްޓަކު ބުނެފި.

ބަދަލު ހިފުމަށް އިސްރާއީލުން ވަރުގަދަ ރޭވުމެއް އެބަ ރާވާ- އެނަލިސްޓް

01:53

ހަމާސް ޖަމާއަތާއި އިސްރާއީލުން ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު މަރާލައިފ.

އިސްރާއީލުގެ އަސްކަރިއްޔާގެ އިސް މީހަކު މަރާލައިފި

 

01:44

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން އެތަން ދޫކޮށް އެހެންތަނަކަށް ދިއުމަށް އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޏާހޫ ގޮވާލައިފި.

އޭނާ ބުނި ގޮތުގައި އިސްރާއީލުން އަންނަނީ ހަމާސް ޖަމާއަތުގެ މީހުން ތިބި ސަރަހައްދުތައް ސުންނާފަތި ކޮށްލުމަށް މަސައްކަތް ކުރަމުން.

01:38

ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހޮސްޕިޓަލްތައް ފުރި ބާރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފި.

 

01:22

ހަމާސްއިން އިސްރާއީލަށް ދެމުން އަންނަ ހަމަލާތަކަކީ މީގެ ކުރިން އެޖަމާއަތުން ދީފައިވާ ހަމަލާތަކަށްވުރެ ވަރުގަދަ ހަމަލާތަކެއް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޏާހޫ ބުނެފި

ހަމާސްގެ ހަމަލާތަކަކީ މީގެ ކުރިން ފެނިފައިނުވާ ވަރުގެ ވަރުގަދަ ހަމާލަތަކެއް- ނަތަންޏާހޫ

 

00:06

އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީއެއް އެގައުމަށް ދޭނެ ކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑެން ބުނެފި

އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީއެއް ދޭނަން- ބައިޑެން

 

23:52

ޣައްޒާގެ 22 ސަރަހައްދެއްގައި ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

23:50

 

23:32

ހަމާސްއާއި އިސްރާއީލާއި ދެމެދު ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި.

މަރާލި އިސްރާއީލް މީހުންގެ އަދަދު 250 އަށް އަރައިފި

 

23:28

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ތިބި ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން، ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅައި ޝަހީދު ކޮށްލި ފަލަަސްތީން މީހުންގެ އަދަދު 232 އަށް އަރައިފި

މަރާލި އިސްރާއީލް މީހުންގެ އަދަދު 200 އަށް އަރައިފި

 

23:21

ހަނގުރާމައަށް ހާއްސަ ކޮށްގެން އިސްރާއީލުގައި އިމާޖެންސީ ސަރުކާރެއް އެކުލަވާލަން ނިންމައިފި.

ހަނގުރާމައަށް ހާއްސަ ކޮށްގެން އިސްރާއީލުގައި އިމާޖެންސީ ސަރުކާރެއް އެކުލަވާލަނީ

22:47

ފަލަސްތީންގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް އަމާޒުކޮށް 150 ރޮކެޓް ހަމަލާ ދީފި.

22:40

ތެލް އަވީވް އަށް އަމާޒުކޮށް ހަމާސް އިން ފޮނުވާލި ރޮކެޓް ހަމަލާތަކާ ގުޅިގެން ބައެއް ތަންތަނުގައި ވަނީ ރޯވެފައި.

22:38

 

އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ފުލުފުގައި ޣައްޒާ އިން ހަމަލާ ދީފި. މި ހަމަލާތަކާ ގުޅިގެން އިސްރާއީލް ސަރުކާރުން ކުރިއަށް ގެންދާ ބައްދަލުވުމެއް ވަނީ ހުއްޓާލާފައި.

22:37

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި އޮޕަރޭޝަންގައި މަރާލި އިސްރާއީލް މީހުންގެ އަދަދު 150 އަށް އަރައިފި.

22:18

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން މިއަދު ފެށި އޮޕަރޭޝަނަކީ ފަހުރުވެރިވުން ހައްގު އޮޕަރޭޝަނެއް ކަމަށް ބުނެ އީރާނުން ހަމާސް ޖަމާއަތަށް ތާއީދުކޮށްފި.

21:28

ފަލަސްތީނިއަން ރެޑްކްރެސެންޓް (ޕީއާރުސީ) އިން ބުނީ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ފަލަސްތީންގެ 33 މީހަކަށް އަނިޔާވެފައިވާ ކަމަށް. އޭގެ ތެރެއިން 14 މީހެއްގެ ބޮލަށް ލައިވް ވަޒަން އަރާފައިވާ ކަމަށް ބުނެފައިވޭ. ހަ މީހެއްގެ ގަޔަށް ރަބަރު ވަޒަން އެރި އިރު، އަށް މީހަކު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ކަރުނަ ގޭހުގެ ސަބަބުން ނޭވާލާން އުނދަގޫވެގެން.

21:26

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފި.

21:24

އަލްޖަޒީރާ ޓީމު ތިބި އިމާރާތާ ކައިރީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ވައިގެ ހަމަލާއެއް ވަނީ ދީފައި. މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ވެސް މި އިމާރާތުގައި ހުރި އެޕާޓްމަންޓަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފައިވޭ.

މިއަދު އެ އިމާރާތަށް ދިން ހަމަލާގައި އިމާރާތް އެއްކޮށް ވަނީ ބިމާ ހަމަވެފައި.

21:21

އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް 22 ސަރަހައްދެއްގައި ކުރިއަށްދާ ކަމަށް އިސްރާއިލް އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފި. މި ކުރިމަތިލުންތައް ކުރިއަށް ދަނީ ޣައްޒާގެ ބޯޑަރު ކައިރީގައި.

އޭނާ ބުނި ގޮތުގައި އިސްރާއީލްގެ ސިފައިންނާއި ކޮމާންޑަރުންތަކެއް ވަނީ މަރާލާފައި. އަދި އިސްރާއީލުން ޖަލުތަކުގައި ބަންދުކޮށްފައި ތިބި ބަޔަކު ވަނީ މިނިވަންކޮށްފައި.

މީގެއިތުރުން އިސްރާއީލް ސިފައިންތަކެއް ރަހީންކޮށްފައިވާ ކަމަށް އަލްޖަޒީރާ އިން ވެސް ރިޕޯޓު ކުރޭ.

21:03

ހަމާސް: މިއީ ހަމަލާ ދީފައި ނިންމާލަން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ނޫން. އަހަރުމެން މި ހަމަލާތައް ދިނުމުގައި ދެމިތިބޭނަން. އަހަރުމެންގެ އޮތީ އެންމެ ޓާގެޓެއް. އެއީ އަހަރުމެންގެ މިނިވަން ކަން އަހަރުމެންނަށް ލިބުމާއި މުސްލިމުންގެ މާތް ބިންތައް މިނިވަން ވާން.

21:02

ހަމާސް: އިސްރާއީލްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ތިބި ފަލަސްތީންގެ ހުރިހާ އެންމެން މިނިވަން ކުރާނަން. އަހަރުމެންނަށް މައުލޫމާތު ލިބިފައި އޮތީ އިސްރާއީލް ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އާއި ޣައްޒާ އަށް އެއްގަމު މަގުން އަރަން އުޅޭ ކަން. އަހަރުމެން ވާނީ އިސްރާއީލް ސިފައިންގެ ސީނިއާ އޮފިސަރުންތަކެއް ރަހީންކޮށްފައި. ދުޝްމަނުން އެއް ގަމުން އަރަން ހިފައިފި ނަމަ، އެކަން ވާނީ ރަނގަޅު ސިނާރިއޯއަކަށް.

19:42

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ދިން ހަމަލާތަކުގައި އިސްރާއީލް ސިފައިންގެ އިސް އޮފިސަރުންތަކެއް އަތުލައިގެންފައިވާ ކަމަށް ހަމާސް އިން ބުނެފި.

19:13

ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު 100 އަށް އަރައިފި. އަދި ޒަހަމްވި މީހުންގެ އަދަދު 900 އަށް ވުރެ މައްޗަށް އަރައިފި.

18:47

އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 198 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި. މިހާރު ޒަހަމްވި މީހުންގެ އަދަދު ވަނީ 1،600 އަށް ވުރެ މައްޗަށް އަރާފައި.

18:10

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ގައުމުގެ ރައްޔިތުންގެ ހައްގުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް މިއަދު ދިން ހަމަލާތަކުގައި އިސްރާއީލްގެ 40 މީހުން މަރާލައި، 700 މީހުން ޒަހަމްކޮށްލައިފި.

17:42

ހަމާސްގެ ކުއްލި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ ސްކޫލްތައް މިއަދު ބަންދުކޮށްފި.

17:36

ފަލަސްތީންގެ މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ގޮތުގައި އިސްރާއީލުން މިއަދު ހެނދުނުން ފެށިގެން ޣައްޒާ އަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 160 މީހުން ޝަހީދުވެ، 1000 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުން.

17:34

އިސްރާއީލްގެ އާންމުންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ބުނެ، އެމެރިކާ އިން ހަމާސްގެ އަމަލުތައް ކުށްވެރިކޮށްފި.

17:01

ހަމާސް ޖަމާއަތުން އަންނަނީ އެކިއެކި ވީޑީއޯތައް އާންމު ކުރަމުން. އޭގެ ތެރޭގައި އިސްރާއީލްގެ ރައްޔިތުން ރަހީނުންގެ ގޮތުގައި ޣައްޒާ އަށް ގެންދާ މަންޒަރުތައް ހިމެނޭ ވީޑިއޯތައް ހިމެނޭ. ރަހީނުންގެ ތެރޭގައި ގިނަ އަދަދެއްގެ އިސްރާއީލް ސިފައިން ވެސް ހިމެނޭ.

މީގެއިތުރުން ޣައްޒާގައި ގާއިމުކޮށްފައިވާ އެކިއެކި އިސްރާއީލްގެ އަސްކަރީ ޕޯސްޓުތަކަށް ހަމަލާދޭ މަންޒަރު ވެސް ދަނީ އާންމު ކުރަމުން.

16:24

ހަމަލާ ބަދަލު ކުރުންތަކުގައި ގިނަ ބަޔަކު ޝަހީދު ވެގެން ޣައްޒާގެ އަލް ޝިފާ ހޮސްޕިތަލަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ޝަހީދުވެފަ.

އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: އަލްޖަޒީރާ
އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: އަލްޖަޒީރާ
އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: އަލްޖަޒީރާ

16:21

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރެވެމުން އަންނަ ހަމަލާ ބަދަލު ކުރުންތައް ވަގުތުން ހުއްޓާލަން ސައުދީ އަރަބިއްޔާއިން ގޮވާލައިފި.

 

16:20

ޣައްޒާއިން ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކުގައި ހަމާސްގެ 17 އަސްކަރީ މަރުކަޒަކަށް ހަމަލާދީ، ގިނަ ތަންތަން ސުންނާފަތި ކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެފި.

15:39

އިސްރާއީލުގެ ސިފައިންތަކެއް-- ފޮޓޯ: އޭއެފްޕީ
އިސްރާއީލުގެ މެޑިކަލް އޮފިސަރުންތަކެއް-- ފޮޓޯ: އޭއެފްޕީ

 

15:37

އިސްރާއީލުގެ ތިން ސިފައިން ރަހީނު ކޮށްފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި.

މިއަދު ހެނދުނުން ފެށިގެން ހަމާސް އިން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ހަމަލާ ދެމުން އަންނައިރު، ހަމާސްއިން މިހާރު ވަނީ އިސްރާއީލުގެ ބައެއް ސިފައިން ވެސް ރަހީނު ކޮށްފަ.

ހަމާސްއިން އާންމު ކޮށްފައިވާ ވީޑިއޯއަކުން ފެނިގެންދާ ގޮތުގައި ބަރު ހަތިޔާރު ހިފައިގެން ތިބި ތިން މީހަކު ތިބީ އާދައިގެ ހެދުމުގައި ތިބި ބަޔަކާއި ދިމާލަށް ބަޑި ދިއްކޮށްގެން.

15:33

 

15:32

ފަލަސްތީނުން މި ފެށީ ބޮޑު ހަނގުރާމައެއް ކަމަށާއި، މި ހަނގުރާމައިގައި ކާމިޔާބު ލިބޭނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޏާހޫ ބުނެފި.

މިއީ ބޮޑު ހަނގުރާމައެއް، ކާމިޔާބު ލިބޭނެ - ނަތަންޏާހޫ

 

14:56

ޣައްޒާއިން އިސްރާއީލަށް ދިން ހަމަލާތަކުގައި މިހާތަނަށް 500 މީހަކު ޒަހަމް ވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައިފި.

14:48

އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ފެށުމަކީ ހަމާސްއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި އޭގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ބުނެފި.

އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ފެށުމަކީ ހަމާސްއަށް ހެދުނު ވަރަށް ބޮޑު ގޯހެއް، ބަދަލު ހިފާނަން: އިސްރާއީލް

14:45

ޣައްޒާއިން އިސްރާއީލަށް ދިން ހަމަލާތަކުގައި 22 މީހަކު މަރާލައިފި.

ޣައްޒާއިން ދިން ހަމަލާތަކުގައި އިސްރާއީލުގެ 22 މީހަކު މަރާލައިފި

14:35

ހަމާސްގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް އެތައް ހާސް ރޮކެޓްތަކެއް ފޮނުވާލުމާއެކު "ހަނގުރާމައިގެ ކުއްލި ނުރައްކަލުގެ ހާލަތު" އިސްރާއިލުން އިއުލާންކޮށްފި.

އިސްރައީލްއިން 'ހަނގުރާމައިގެ ކުއްލި ނުރައްކަލުގެ ހާލަތު' އިއުލާންކޮށްފި

14:16

އިސްރާއީލްގެ އަންހެނަކާއި އޭނާގެ ދަރިންތައް ރަހީނު ކޮށްގެން ޣައްޒާއަށް ގެންގޮސްފި.

13:44

 

13:39

ޣައްޒާއިން އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ފްރާންސުން ކުށްވެރި ކޮށްފި.

އިސްރާއީލަށް ހަމަލާދިނުން ފްރާންސުން ކުށްވެރި ކޮށްފި

 

13:18

ޣައްޒާގެ ބޯޑަރުގެ 7 ސަރަހައްދެއްގައި ހަމަލާ ބަދަލު ކުރުންތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފި.

ޓައިމްސް އޮސް އިސްރާއިލުން ބުނެފައިވާ ގޮތުގައި އިސްރާއީލް އަސްކަރިއްޔާގެ ގިނަ ބަޔަކު އަންނަ ޣައްޒާ ބޯޑަރުގެ 7 ސަރަހައްދެއްގައި ހަމާސްގެ ހަނގުރާމަވެރިންނާއި ކުރިމަތިލަމުން.

 

13:17

ހަމަލާތަކުގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

13:11

އިސްރާއީލުން ދިން ހަމަލާގައި ޣައްޒާގެ އެކަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެ.

ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އިސްރާއީލުން އުތުރު ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލަށް ދިން އެ ހަމަލާގައި ޣައްޒާގެ މީހަކު ވަނީ ޝަހީދުވެފަ. އަދި މި ހަމަލާގައި ބައެއް ފަރާތްތަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ.

13:09

ހަމާސްގެ ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޣައްޒާއަށް ހަމަލާ ދެމުން އަންނަ ކަމަށް އިސްރާއީލުން ބުނެފި.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމާސްއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ތިބި ހަމާސްގެ މީހުންނަށް އަމާޒުކޮށް، ޖެޓްތަކުން ހަމަލާ ދެމުން އަންނަ ކަމަށް.

އިސްރާއީލުން އެފަދައިން ބުނި ނަމަވެސް، ޣައްޒާއިން އެކަން އަދި ކަށަވަރު ކޮށްދީފައެއް ނުވޭ.

13:08

ހަމާސްގެ ހަމަލާތަކަށް އިސްރާއީލުން މާ ބޮޑު ރައްދެއް ދީފައި ނުވާ ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތަނުގައި އުންމީދު ކުރަންވީ ކޮން ކަމަކަށް ކަމެއް ނޭނގޭ ކަމަށް ޣައްޒާގެ ރައްޔިތުން ބުނެފި.

ޣައްޒާގެ ރައްޔިތެއް ކަމަށްވާ ރަނާ ޝުބެއިރް ބުނެފައިވަނީ ހަމާސްއިން އިސްރާއީލަށް ހަމަލާ ދޭން ފަށާފައިވާއިރު، ބަދަލު ހިފުންތަކެއް އަންނަ ވަގުތު ރައްކާތެރިކަމުގެ ގޮތުން ވަންނާނެ ޝެލްޓަރުތައް ވެސް ނެތް ކަމަށް.

މީގެ ކުރީގެ ހަމަލާތަކަށް ބަލާއިރު، އެކި މީހުން އެމީހުން ދިރިއުޅޭ ގެތައް ދޫކޮށް ދާ ކަމަށް އޭނާ ވަނީ ބުނެފަ. ނަމަވެސް ކޮންމެ ސަރަހައްދަކީ ވެސް ހަނގުރާންމަތީ މައިދާނެއް ކަމަށް އޭނާ ވަނީ ބުނެފަ.

 

13:04

ހަމާސް އިން ދެމުން އަންނަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުން "އޮޕަރޭޝަން އަޔަން ސްވޯޑްސް" ނަމުގައި އޮޕަރޭޝަނެއް ފަށައިފި.

މި އޮޕަރޭޝަނުގެ ތެރެއިން ބައެއް ސަރަހައްދުތައް ބަލައި ފާސް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

އިސްރާއީލްގެ ސިފައިންތަކެއް މަގުމަތީގައި-- ފޮޓޯ: އޭޕީ

12:56

އިސްރާއީލްގެ ވެހިކަލެއް ގޮއްވާލުމަށްފަހު, ފަލަސްތީނުގެ ރައްޔިތުން އުފާ ފާޅު ކުރަނީ-- ފޮޓޯ: ރޮއެޓާސް

12:56

ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާއި ގައްޒާ ބޯޑަރަށް ވަންނަނީ-- ފޮޓޯ; ރޮއެޓާސް
ހަމާސް އިން ހަމަލާދީފައިވާ ސަރަހައްދެއްގައި އިސްރާއީސް ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: ރޮއެޓާސް

12:54

ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ފޮނުވާލި ރޮކެޓެއް-- ފޮޓޯ:އޭޕީއޭ

12:53

ޣައްޒާއިން އިސްރާއީލަށް މެދު ނުކެނޑި ހަމަލާދެމުން އަންނަތާ 3 ގަޑިއިރަށްވުރެ ގިނަ އިރު ވެއްޖެ ކަމަށް ރިޕޯޓްތަކުން ބުނެފި.

12:49

އިސްރާއީލުގެ ދެކުނުގެ ބައެއް އަވަށްތަކަށް ޣައްޒާގެ ހަނގުރާމަވެރިން އަރަން ފަށައިފި

އިސްރާއީލްގެ ދެކުނުގެ އަވަށްތަކަށް ހަނގުރާމަވެރިން އަރަން ފަށައިފި

 

12:36

ޣައްޒާއާއި އިސްރާއީލް ދެމުދެގައި މިހާރު ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލް އިން ޒަހަމްވި މީހުންގެ އަދަދު 100 އަށް އަރައިފި

އިސްރާއީލް އިން ޒަހަމްވި މީހުންގެ އަދަދު 100 އަށް އަރައިފި

 

12:27

ޣައްޒާއިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ އަދަދު 7000 އަށް އަރައިފި.

އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ އަދަދު 7000 އަށް އަރައިފި

 

12:23

އިސްރާއީލާއި ޣައްޒާއާއިން ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގެ ތެރެއިން 20 ވަރަކަށް މިނެޓު ތެރޭ ޣައްޒާއިން އިސްރާއީލަށް 5،000 ރޮކެޓް ހަމަލާ ދީފި.

20 މިނެޓް ތެރޭ އިސްރާއީލަށް 5000 ރޮކެޓް ހަމަލާ ދީފި

 

12:23

ފަލަސްތީނުގެ ޒުވާނުންތަކެއް ނުކުމެ، އިސްރާއީލް ސިފައިންގެ ބަޔަކު ރަހީނު ކޮށްފި.

ފަލަސްތީނުން ނުކުމެ އިސްރާއީލް ސިފައިންގެ ބަޔަކު ރަހީނު ކޮށްފި

 

ޣައްޒާއާއި އިސްރާއީލް ދެމުދެގައި މިހާރު ކުރަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކުގައި ޣައްޒާއިން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި ފެށި މި ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލުގެ ބައެއް ސިފައިން ވެސް ވަނީ ރަހީނު ކޮށްފައެވެ. އަދި ޣައްޒާއިން ވަނީ އިސްރާއީލަށް 20 ވަރަކަށް މިނެޓު ތެރޭ 5000 ރޮކެޓް ހަމަލާ ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޙިޔަލަ

    الحمدلله

    54
    1
  2. ސސސސސޯ

    الحمدلله

    53
    2
  3. ޞިނާ

    މާތްﷲ ޣައްޒާގެ މުޖާހިދުންނަށް ނަސްރު ދެއްވާ، ޔަހޫދީން ބަލިކުރައްވާށި. އާމީން

    90
    3
  4. ވިކިލީކްސް

    ނަތަންޔާހޫ ބުނީ މިހަނގުރައިގައި ކާމިޔާބު ހޯދާނެކަމަށް.

    7
    50
  5. އަވަށުމީހުން

    އަނެއްކާ ހިޒްބުއްލާ އިން ވެސް ލެބަނޫންގެ ދެކުނު ބޯޑަރުން އިޒްރޭލްތެރެއަށް ވަންނަނީ

    54
    2
  6. ބޮލުގާރިއްސާ

    الحمد لله

    55
    2
  7. ތަރަ

    ށާ ސާބަހޭ ހިއްވަރުގަނދަ ޣައްޒާގެ ފަހުލަވާނުންނޭ...

    60
    2
  8. މުޖާހިދު

    މުސްލިމުންނަށް ނަސްރާ ފަތަޙަ ދެއްވާށި..އާމީން

    70
    2
  9. ވިސް

    ޔާ الله، ޣައްޒާގެ މުޖާހިދުންނަށް އިބައިލާހުގެ ނަޞްރާއި ކާމިޔާބީ މިންވަރު ކޮށްދެއްވާ، ޣައްޒާގެ އެންމެހާ މުސްލިމުންނަށް ރައްކާތެރިކަން މިންވަރު ކޮށްދެއްވާ، ނުލަފާ ޖައްބާރު އިޒުރޭލު ސިފައިން ބަލިކޮށްދެއްވާ، އެ ސިފައިންތައް ގެއްލެނިކޮށްދެއްވައި ވިއްސިވިހާލި ކޮށްދެއްވާ ވަރުގަދަ ބައްޔަކުން ބަލިކޮށްދެއްވާންދޭން. އާމީން.

    29
  10. އަހުމަދު މުހަންމަދު

    އަންލައިކް މިޖަހަނީ އަނެއްކާ ޖައްބާރު އިޒުރޭލު ސޮރެއްތަ

  11. Anonymous

    ފަލަޞްތީން ކާމިޔާބު ހޯދާ އިޒްރޭލު(ބަނީ އިސްރާއީލު ބާގައިގެ އަހުލުވެރީން) ނާކާމިޔާބުވެ ވިއްސިވިހާލި ވެއްޖެނަމަ ފަހެ އެއީ ޤިޔާމަތްވުމުގެ ޢަލާމާތެކެވެ.

  12. މަބަލްދީބް

    އަލްހަމްދުލިއްﷲ. އިރާދަކުރެއްވިއްޔާ ކާމިޔާބް ލިބޭނެ.