އާންމު ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ފާހަނާ ކުރަން ޖެހޭއިރު ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފާހާނާ ކުރަން ބޭނުންކުރާ ތަށީގެ ތަފާތު ކަމާއިއެކު އަގުވެސް ވަނީ އުފުލިފައި އެވެ.

ސްމާޓް ޑިވައިސްތައް ފަދައިން "ސްމާޓް ޓޮއިލެޓް" އެއް ވަނީ އާންމުވެފައި އެވެ. ޓޯކިޔޯގެ ނަން މަޝްހޫރު ޓޮޓޯގައި މަސައްކަތްކުރަމުންދާ 36 އަހަރުގެ ޓޮޝިހިކޯ ޔޮޝިޓޮމީ ވަނީ އެންމެން ހައިރާންކުރުވަނިިވި ވަރުގެ މޮޅު ފާހަނާ އެއް ތައްޔާރުކޮށްފައި އެވެ.

ނިއުރެސްޓް އެންއެސް 2 ނަމުން ނަން ދެވިފައިވާ 11،000 ޑޮލަރު (އެއްލައްކަ ހަތްދިހަ ހާސް ރުފިޔާ) ގެ މި ފާހާނާގެ ކުރިމައްޗަށް އެރުމުން އަމިއްލައަށް ހުޅުވިގެންދާއިރު ފާހާނާކޮށް ނިމިގެން ދިޔުމުން އަމިއްލައަށް މަތިގަނޑު ލެއްޕިގެން ދެއެވެ. އޭގެ އިތުރުން ސާފުކުރަން ނުޖެހޭ މި ފާހަނާ އަމިއްލައަށް އައޮނައިޒްޑް ފެނުން ސާފުވެ، އަލްޓްރާވައެލެޓް އަލީގެ އެހީގައި ނަޖިސްތައް ފުހެލާފައި މީރުވަސް ދުވާނޭ ކަމަށް ޓޮޓޯއިން ބުނެފައި ވެއެވެ.

އޭގެ އިތުރުން ޓޮއިލެޓް ޕޭޕާގެ ހަރަދު ވެސް ބޭނުންނުވާ މި ފާހަނައިން ފާހަނައިކޮށް ނިމުމުން ސާފުކޮށް އެއާ ޑްރައިޔާއިން ހިއްކައިދެއެވެ. އަދި ސީޓް ހޫނުކޮށް ބަހައްޓައިދިނުމަށް ވެސް އެހީވެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެން ހަޑުވާގަނެގެން ވަންނަ އިރު ސެންސަރު މައްސަލަ ޖެހިގެން ނުހުޅުވިއްޖެއްޔާ ތަށިމައްޗައްތަ ހަޑާނީ...