ރެސްޓޯރެންޓެއްގެ ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ކުއްޖަކު އުމުރުން ދުވަސްވީ މީހަކަށް އެހީތެރިވިދިން ކަމަށްޓަކައި އޭނާ ހީނުކުރާވަރުގެ ބޮޑު އިނާމެއް ލިބިއްޖެއެވެ.

އޭނާ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އުމުރުން 78 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާ އެ އަންެހެން ކުއްޖާ ކައިރީ ބުނީ، އަތުން މާބޮޑު މަސައްކަތެއް ނުކުރެވޭތީ އޭނާ އެ ރެސްޓޯރެންޓުން އޯޑަރު ކުރި ކާ އެއްޗެހިތައް އޭނާއަށް ކެވޭނެހެން ކޮށާދިނުމަށެވެ.

އެ އަންހެން ކުއްޖާ ވަގުތުން އޭނާ ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު އެ މީހާ އަށް އެހީތެރިވިއެވެ.

އެ މަންޒަރު އެންމެ ގާތުން ފެނުނު ލައުރާ ނަމަކަށް ކިޔާ އަންހެނަކު ވަނީ އެ ވެއިޓަރުގެ މަސައްކަތް ފާހަގަކޮށް މީސް މީޑިޔާގައި އެކަން ހިއްސާކޮށްފައެވެ. ވަގުތުން އެ ޕޯސްޓް މީސް މީޑިޔާގައި ދައުރުވާން ފެށިއެވެ. އަދި އޭނާގެ މަސައްކަތް ބަލައިގަނެ އޭނާއަށް އެހީތެރިވާން އާއްމުން ބޭނުންވިއެވެ.

އެގޮތުން އެ އަންހެން ކުއްޖާ އެ ރެސްޓޯރެންޓްގައި މަސައްކަތް ކުރަނީ އޭނާ ކިޔެވުމަށް ފައިސާ ހޯދަން ކަމަށްވާތީ ޓެކްސަސްގެ ސަދަން ޔުނިވާސިޓީން ވަނީ އޭނާ އަށް 16000 އެމެރިކާ ޑޮލަރުގެ ސްކޮލާޝިޕެއް ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާޝާﷲ