މި ދުނިޔެއަށް އުފަން ވުމަށް ފަހު އެންމެ ފުރަތަމަ ކަމަކަށްވެސް އަހަރެން ކުރާ ކަމަކީ ރުއިމެވެ. މަޑުމަޑުން އަހަރެމެން ބޮޑު ވަމުން އައިސް، ފުރާ ވަރަށް އަރައި އެއްކޮށް ބޮޑުވުމުން ރޮއި ހަދަނީ ވަރަށް މަދު މީހުންނެވެ. ނަމަވެސް، ސައިންސްވެރިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ރުއިމަކީ އޭގެ ސަބަބުން ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭ ކަމެކެވެ.

މިދައްކަނީ ކުޑަކުދިންގެ ވާހަކަ އެއް ނޫނެވެ. މީހަކު ރޯތަން ފެނުމުން އަހަރެމެން ހާސްވެގެން އެކަމެއް ހުއްޓުވަން މަސައްކަތް ކުރާ ނަމަވެސް، އެއީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ސަބަބެއް ކަމަށް ސައިންސްވެރިން ބުނަނީ މީހަކު ރުއިމުން އޭނާގެ ހަށިގަނޑުގައި ކޮންމެވެސް ސަބަބަކާއި ހުރެ ކުރަމުން އައި ހިތާމަތަކަށް ލުޔެއް ލިބޭތީއެވެ.

ކުދިކުދި ކަންތައް ތަކާއި ވެސް ރޯ މީހުން އެހެން މީހުންނާއި މުވާސަލާތު ކުރުމުގައި ފަސޭހަ ގޮތްތަކެއް ގެންގުޅޭ ކަމަށް ފާހަގަވެފައި ވާއިރު، މިފަދަ މީހުންގެ މޫޑުވެސް ގިނަ ފަހަރަށް ފެންނާނީ ވަރަށް އުފާވެރި ކޮށެވެ.

މީގެ އިތުރުން، ރުއިމުން ހަށިގަނޑު އަރާމު ކުރުމަށް އެހީވެދީ، ހަށިގަނޑުގައި ހުންނަ ބޭކާރު ވިހަ މާއްދާތައް ބޭރު ކުރުމަށްވެސް ބޮޑު އެހީ އަކަށް ވެދެއެވެ.

މިކަންކަމަކީ ރުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތައް ނަމަވެސް، ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ކޮންމެ ކަމެއް ކުރާ އިރުގައިވެސް ވަކި ހައްދެއް އޮންނަން ވާނޭ ކަމެވެ. ކޮންމެ ދުވަހަކު އެއް ފަހަރު ރުއިމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، މިކަން ހައްދުން ބޭރުގައި އަބަދާއި އަބަދު ކުރަން ވެއްޖެ ކަމުގައި ވަނީ ނަމަ، ފައިދާގެ ބަދަލުގައި ހަށިގަނޑަށް ގެއްލުން ވެދާނެއެވެ.