ދުނިޔެ ސުންނާފަތި ވެގެން ދާވަރުގެ ގިނިހިލައެއް މީގެ 48 އަހަރު ފަހުން 2068 ވަނަ އަހަރު ދުނިޔެއަށް ވެއްޓިދާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފިއެވެ.

ޖައްވުގެ ކަންކަން ދިރާސާކުރާ ޔުނިވަސިޓީ އޮފް ހަވާއީގެ ސައިންސްވެރިން އާއްމު ކުރި ދިރާސާ ކަރުދާހެއްގައި ބުނެފައި ވަނީ މިގިނިހިލަ ދުނިޔެއަށް ވެއްޓޭނެ ކަމަށް ލަފާކުރެވެނީ 2068 ވަނަ އަހަރުގެ އޭޕްރީލް 12 ވަނަ ދުވަހު އެވެ. މި ގިނިގިލަ ދުނިޔޭގައި ޖެހި ގޮވުމެއް ގޮވައިފި ނަމަ އެތައް މިލިއަން ޓަނެއްގެ ޓީއެންޓީ ގޭސް ބޭރުވެގެން ދާނެއެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ދުނިޔޭގެ ހުރިހާ ދިރުންތަކެއް ނެތިގެން ދާނެއެވެ.

ދުނިޔެއަށް ވެއްޓިދާނެ ކަމަށް ލަފާކުރެވުނު ގިނިހިލަ ދުނިޔެ އާއި ކައިރިން ދަތުރު ކުރިނަމަވެސް އެގިނިގިލަ ދުނިޔޭގައި ނުޖެހޭނެ ކަމަށް މީގެ ކުރިން ކުރި ދިރާސާއެއްގައި ސައިންސްވެރިން ބުންޏެވެ. ނަމަވެސް މިހާރު އެންމެ ފަހުން ލިބުނު މައުލޫމާތައް ބަލާފައި ސައިންސްވެރިން ބުނަނީ ގިނިގިލަ ދުނިޔޭގައި ޖެހުމުގެ ފުރުސަތު ނުވަތަ ދުނިޔެ އަށް ވެއްޓުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށެވެ.

މިގިނިހިލަ ސައިންސްވެރިންނަށް ފުރަތަމަ ހޯދުނީ 2004 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހު އެވެ. މިގިނިހިލަ ހޯދީ އެރިޒޯނާގައި ހުންނަ ކިޓް ޕީކް ނޭޝަނަލް އޮބްޒަވޭޓްރީގެ ސައިންސްވެރިންނެވެ.

މި ގިނިހިލައިގައި 800 މިލިއަން ޓަނުގެ ޓީއެންޓީ ގޭސް ހުންނާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. ގިނިހިލައިގެ ބޮޑުމިން އެއްހާސް ފޫޓް ވަރުވެއެވެ.

ދުނިޔެ ސުންނާފަތި ވެގެން ހިނގައިދާނެ ފަދަ ގިނިހިލައެއް ދުނިޔެ ވެއްޓިދާނެ ކަމަށް ސައިންސްވެރިން ލަފާކުރި ނަމަވެސް އޮތް އުފާވެރި ޚަބަރަކީ އިރުގެ ގަދަ ހޫނުގެ ސަބަބުން މި ގިނިހިލަ ކުދިކުދިވުމުގެ ފުރުސަތު ނުވަތަ ގިނިހިލައިގެ މިސްރާބު ބަދަލު ވުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް އެއީ ވެސް 50/50 ފުރުސަތެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި ގިނިހިލަ ދުނިޔޭގައި ޖެހުމުގެ އޮތީ 150000 ގެ ތެރެއިން އެއް %1 ފުރުސަތެކެވެ.