ތާރު އަޅައިގެން މަގުތައް ހެދުމުގެ މަސައްކަތަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އާންމު ގޮތެއްގައި މާއަވަހަށް ނިމޭ މަސައްކަތެއް ނޫނެވެ. އެހެންކަމުން އަވަހަށް މަސައްކަތް ނިންމުމަށްޓަކައި މިފަދަ މަސައްކަތް ކުރާ ކުންފުނިތަކުން އާގޮތްތައް އަބަދުވެސް ދަނީ ބޭނުން ކުރަމުންނެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯއެއްގެ ސަބަބުން ވަރަށް ގިނަ މީހުން ދަނީ އެމީހުންގެ ސިޓީތަކުގައި ވެސް މިހައި އަވަހަށް މަގުތައް ހެދޭނެނަމަ ވަރަށް ރަނގަޅު ކަމަށް ބުނެ ވާހަކަދައްކަމުންނެވެ.

މިވީޑިއޯ އަކީ ވެސްޓަން އޮސްޓްރޭލިއާގެ މަގެއް ހެދުމުގެ މަސައްކަތް ކުރަމުން ދިޔައިރު ނަގާފައިވާ ވީޑިއޯއެކެވެ. ވީޑިއޯ އިން ފެންނަނީ ނިކަން އަވަހަށް މަގު ހަދާލާ މަންޒަރެވެ. ތާރު އަޅައިގެން މަގުގެ ފަށަލައެއް ދުއްވާލުމަށް ފަހު އޭގެ މަތިން އަނެއްކާ އެހެން ފަށަލައެއް ދުއްވާލަނީ ލޮލު ފިޔަ ޖަހާލާހާ އަވަހަށެވެ.

4.9 ކިލޯމީޓަރުގެ މަގު މިކުންފުނިން ހަދައި ނިންމާލީ އެންމެ ދެދުވަހުންނެވެ.

މިމަގު ހެދުމުގެ މަސައްކަތް ކޮށްފައި ވަނީ މޫރާ ކިޔާ ކުންފުންޏަކުންނެވެ. އެކުންފުނިން ބުނީ މިއީ ކުންފުނީގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލާނެ ކަމުގެ ހެއްކެއް ކަމަށެވެ. ނަމަވެސް މަގު ހެދުން މިހައި އަވަހަށް ނިންމާލަނީ ކޮން ކަހަލަ އުކުޅެއް ބޭނުން ކޮށްގެން ކަމެއް އެކުންފުނިން ނުބުނެއެވެ.

ADS BY SHEESHA

މިވީޑިއޯ މިހާރު ވަނީ 14 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައެވެ. ތިރީގައި އެވަނީ މިވީޑިއޯއެވެ.

Comments are closed.