ވިހެއުމަށްފަހު ފައިވާން އަޅާ ފޮށްޓެއްގެ ތެރެއަށް ދަރިފުޅުލި އަންހެނަކު އެމެރިކާއިން ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ޕެންސަލްވޭނިއާގައި ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ، އުމުރުން އުމުރުން 21 އަހަރުގެ ކެލްސީ މާޓިން ނަމަކަށް ކިޔާ އަންހެނެއް ކަމަށް، އެމެރިކާއިން ފުލުހުން ހާމަކުރެއެވެ.

އެ އަންހެންމީހާ އާއި ހަވާލާދީ ފުލުހުން "ޕެނަލައިވް ޑޮޓްކޮމް" އަށް މައުލޫމާތުދެމުން ބުނެފައިވާ ގޮތުން އެ އަންހެންމީހާއަށް އޭނާ ބަނޑުބޮޑުކަން ކުރިއަކުން ނޭނގެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ހޮސްޕިޓަލަށް ދިޔުމުން "ޔޫރިން ޓްރެކްޓް އިންފެކްޝަނެއް" ހުރި ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި، އަދި ބޭސްތަކެއް ވެސް ދިން ކަމަށް އެ އަންހެންމީހާ އާއި ހަވާލާދީ ފުލުހުން ބުންޏެވެ.

ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ބަނޑުބޮޑުކަން އޭނާއަށް އެނގުނު ކަމަށާއި އަދި ދަރިފުޅު އޭނާ ވިހާފައިވަނީ ގެއަށް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި ދަރިފުޅު ވިހެއި އިރުވެސް ނޭވާނުލާ ކަމަށާއި، އެހެންވެ ފައިވާން އަޅާ ފޮށްޓެއްގެ ތެރެއަށް ލީ ކަމަށް އެ އަންހެންމީހާ ބުނިކަމަށް ފުލުހުން ބުންޏެވެ. އެކަން ކަށަވަރުކުރުމަށްޓަކާ ހެދި އޮޓޮޕްސީން އެ ކުއްޖާ އުފަންވިއިރު މަރުވެފައި އޮތްކަން ވަނީ ކަށަވަރުކުރެވޭ ގޮތް ނުވެފައެވެ.

ADS BY SHEESHA

މި މައްސަލައާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އޭނާގެ ވަކީލު ވަނީ އެ ހާދިސާއަކީ "ބުނެދޭން ނޭނގޭ" ފަދަ ހާދިސާއެއް ކަމަށް ބުނެފައެވެ.

ADS BY ASTERS

Comments are closed.