ގްރޭސް ޕެކާ

އެޑޮޕްޓު ކޮށްފައިވާ 14 އަހަރުގެ އަންހެން ކުއްޖެއް ރޭޕް ކުރިކަމުގެ ތުހުމަތުގައި އެކުއްޖާގެ އެޑޮޕްޓް ކޮށްފައިވާ ދެމީހުން ހައްޔަރުކޮށްފިއެވެ.

ޕެންސައިލްވޭނިއާ ގެ އޮފިޝަލުން ބުނި ގޮތުގައި 44 އަހަރުގެ ޖެކޯބް ސުލިވިއަން  މިދިޔަ އާދިއްތަދުވަހު  ހައްޔަރު ކޮށްފައި ވަނީ ގްރޭސް ޕެކާ ރޭޕްކޮށް މަރާލި ކަމުގެ މައްސަލާގައެވެ.

ގްރޭސް ޕެކާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އޮކްޓޯބަރު މަހު ޖަންގަލި ތެރޭގައި ޝިކާރަ ކުރަން އުޅުނު ބަޔަކަށެވެ. ޖެކޯބް ގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި އެއްފަދަ ދައުވާއެއް 41 އަހަރުގެ ސަރާ ޕެކާގެ މައްޗަށްވެސް ވަނީ އުފުލާފައި ކަމަށްވެއެވެ. ސަރާ އަކީ ގްރޭސް އެޑްޕްޓްކޮށްފައިވާ މަންމަ އެވެ.

ކޯޓުގެ ޑޮކިއުމަންޓުތަކުގައި ވާގޮތުން ގްރޭސް މަރާލާފައިވަނީ ޖެކޯބް އަދި ސަރާ އެކުވެގެންނެވެ. އަދި މަރާލުމުގެ މަސައްކަތް 2015 ވަނަ އަހަރުން ފެށިގެން ވަނީ ފަށާފައެވެ. ޖެކޯބް  ބުނި ގޮތުގައި އޭނާއާއި ސަރާ އާއި ދެމީހުން 2016 ވަނަ އަހަރުގެ ޖުލައި 8 ގައި ގްރޭސް އެމީހުންގެ އައު ގެއަށް ގެންދިޔަ ކަމަށެވެ.

މިހާރު ހައްޔަރު ކުރެވިފައިވާ ޖެކޯބު ވަނީ ގްރޭސް ރޭޕް ކުރި ކަމަށް އެއްބަސް ވެފައެވެ. އެގޮތުން ގްރޭސްގެ މޫނު މަތީގައި ޖެހުމަށް ފަހު ގްރޭސް ރޭޕް ކުރި އިރު ސަރާ ބަލަން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭގެ ކުރިންވެސް ގްރޭސް ރޭޕް ކުރާ ކަމަށާއި މިކަމާއި ސަރާ ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ޖެކޯބް ބުނެއެވެ.

ސަރާ އަދި ޖެކޯބް ވަނީ ގްރޭސް މަރާލުމަށް އޭނާއަށް އަށް ޑްރަގު ދީގެން އޯވަޑޯސް ކުރަންވެސް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އޭގެ ފަހުން ގްރޭސް ދިރިހުއްޓައި ފެނުމުން ޖެކޯބު ވަނީ ގްރޭސްގެ ކަރުގައި ހިފައި މަރާލާފައިއެވެ.

ފުލުހުން ބުނި ގޮތުގައި ގްރޭސް ގެ ހަށިގަނޑު މައްޗަށް ބުޅަލުގެ ބޮޑުކަމުދާތަކެތި އަޅައި 4 މަސްދުވަސް ވަންދެން ފޮރުވާފައި ހުރި ކަމަށެވެ.

 

Comments are closed.