އެމެރިކާގެ އަގުބޮޑު އަޕާޓްމެންޓެއްގައި ކުލި ނުދައްކާ ދިރިއުޅޭތާ ހަތް އަހަރު ވެއްޖެ ކަމަށް އާއިލާ އަކުން ބުނެފިއެވެ.

މެންހަޓަންގެ ރީތި އެޕާޓްމެންޓެއްގައި އުޅެމުންދާ ޒަކަރީ ބެނެޓް އާއި އޭނާގެ އަނބިމީހާ ކަރެން ނޯރސް ބުނީ އެ ގެއަކީ އެންމެ ސަލާމަތާ ރައްކާތެރިކޮށް ހަދާފައިވާ ގެޔެއް ނޫން ކަމަށާއި އެކަހަލަ ގެޔެއް ކުއްޔަށް ދިނުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ.

އިމާރާތު ވެރިޔާ މިހާރު ދަނީ ދެމަފިރިންގެ ފަރާތުން ކުލި ދެއްކުމަށް ގޮވާލަމުންނެވެ. އެގޮތުން 410،000 ޑޮލަރު ކުލީގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް އޭނާ ބުނެއެވެ.

މުޅި އެ ސަރަހައްދުގައި ވެސް ދިރިއުޅެނީ އެ އާއިލާ އެކަންޏެވެ. ވަށައިގެން ވަނީ ހުސް ވިޔަފާރި ތަންތަނެވެ. އެއީ ވެސް ގާނޫނު މަނާ ކުރާ ކަމެއް ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ނަމަވެސް ގޭގެ ވެރިޔާ މިކަމާއި ދެކޮޅު ހަދައި ދެމަފިރިންނާއި ދެކޮޅަށް މެންހަޓަންގެ ސުޕްރީމް ކޯޓުގައި މިޙާރު ވަނީ ދައުވާ ކޮށްފައެވެ. އެ މައްސަލައިގަ ބުނަނީ ޒެކަރީ އަދި ކަރެން އޭނާ އަށް 80 މަހުގެ ކުލި އަދި ކަރަންޓް ބިލަށް ވާ ފައިސާ ދޭން ޖެހޭނެ ކަމަށެވެ.

"އެމީހުންނަށް ކުލި ދައްކައިގެން ހަމަ ރީއްޗަށް އުޅެވޭނެ، ގެ އެހުރީ ގާނޫނާ އެއްގޮތަށް، އަހަރެމެން ބޭނުމެއް ނޫން އެމީހުނަށް އަދަބެއް ދޭކޮށް،" ގޭގެވެރިމީހާގެ ވަކީލު ބުންޏެވެ.

ADS BY SHEESHA

ނަމަވެސް ދެމަފިރިންގެ ވަކީލު ބުނީ އެގެއަކީ ގާނޫގެ ހަމަތަކަށް ފެތޭގޮތަށް ހަދާފައިވާ ގެޔެއް ނޫން ކަމަށާއި އެހެންކަމުން ކުލި ދޭން ނުޖެހޭނެ ކަމަށެވެ.

Comments are closed.