އާ އަހަރު ފެށިގެން އައި އިރު ގިނަ ބަޔަކު، "ނިއު އިޔާ ރިސޮލިއުޝަން" ތަކެއް ކަނޑައަޅާނެއެވެ. މާޒީގައި ކުރެވިފައިވާ ކުށްތައް ރަނގަޅުކޮށް އުފާވެރު ދިރިއުޅުމެއް އުޅެން އުންމީދު ކުރާނެއެވެ. އެހެންނަމަވެސް ރަނގަޅު ކުރަން ކަންތައްތަކެއް ކަނޑައެޅުމުން ނިމުނީކީ ނޫނެވެ. އެ ގޯލް އެއް ހާސިލް ކުރުމަށްޓަކައި މަަސައްކަތްތަކެއްވެސް ކުރަން ޖެހޭނެއެވެ.

އެއް އަހަރު ތެރޭގައި ހާސިލް ކުރަން ކަނޑައަޅާ މި ގޯލް ތަކުގެ ވަކި ހިސާބަކުން އޭގެ މަތިން ހަނދާން ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ އެކަން ކުރާނެ ހިތްވަރު ނެތިގެން ނުވަތަ ފޫހި ވެގެން މި ގޯލް ހާސިލް ކުރުމުން ހުއްޓާލުން ވެސް އެކަށީގެން ވެއެވެ. އެހެންނަމަވެސް މިފަދަ ކަންތައް މެދުވެރި ވުމުން ދުރުވެ ކަނޑައަޅާފައިވާ ގޯލް ހާސިލް ކުރާނީ ކިހިނެއް ހެއްޔެވެ؟

1:ވަކި އަމާޒެއް ކަނޑަ އެޅުން

އެންމެ ފުރަތަމަ ތިމާ ބޭނުންވާ ގޯލެއް ނުވަތަ އަމާޒެއް ކަނޑަ އަޅާށެވެ. އަދި އެގޯލެއް  ގައި ހާސިލް ކުރަން ބޭނުންވާ ހާއްސަ ކަން ފާހަގަ ކުރާށެވެ. ބަރުދަން ލުއި ކުރުން ކަމުގައިވާނަމަ ލުއި ވާން ބޭނުންވަނި ކިހާ މިންވަރަކަށް ކަން ކަނޑައަޅާށެވެ. ފައިސާ ރައްކާ ކުރަން ބޭނުންވާ ނަމަ ކޮންމެ މަހަކު ރައްކާ ކުރާނީ ކިހާ ފައިސާއެއްތޯ ކަނޑައަޅާށެވެ. މިގޮތަށް ކަންތައް ކުރާނަމަ ތިމާގެ ޓާގެޓަށް ހާސިލްވުމަށް ފަސޭހަ ވާނެއެވެ.

2: އަމާޒުތަށް ބައި ބަޔަށް ބަހާލުން

ތިމާ ހާސިލް ކުރަން ބޭނުންވާ ގޯލް ކަނޑައެޅުމަށް ފަހު އެ ގޯލް ބައި ބައި ކޮށްލާށެވެ. ކޮންމެ ދުވަހަކު ވެސް ހާސިލް ކުރެވޭނެ ފަދަ ގޮތަކަށް ގޯލް ބައި ކޮށްލުމުން ، ގޯލް ހާސިލް ކުރަން ފަސޭހަވެ ކޮންމެ ދުވަހަކުވެސް މިކަން ކުރެވޭނެއެވެ. އަދި ހަމައެހެންމެ ތިމާގެ "ބޮޑު ގޯލް" ހާސިލް ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

3: އަމާޒުތައް ލިޔާށެވެ

ބައެއް މީހުން ބުނާގޮތުގައި ނުލިޔެ ހުންނަ ގޯލް ތަކަކީ ހަމައެކަނި ކުރާ އުއްމީދެކެވެ.  އެހެންކަމުން ތިމާގެ ގޯލް ކާމިޔާބު ކުރަން އެދެނަމަ އެ ގޯލް ތައް ގަޑެއްގައި ނޯޓު ކޮށްލާށެވެ.އަދި އަބަދުވެސް ފެންނަ ހިސާބެއްގައި ބައިންދާށޭވެ. އޭރުން މުޅި އަހަރު ތެރޭގައި ވެސް އެ ގޯލް ތައް މަތިން ހަނދާންވެ ހާސިލް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

4: އެހެން މީހުންނާއި ތިބާގެ އަމާޒު ހިއްސާ ކުރުން

އެހެންމީހުންނާއި ތިބާގެ ގޯލްތަކާއި ހުވަފެންތައް ހިއްސާކުރުމަކީ ގޯހެއް ނޫނެވެ. އާއިލާ މީހުންނާއި ތިބާ އިތުބާރު ކުރާ ރަހުމަތްތެރިންނާ ހިއްސާ ކުރާ ކަމުގައިވާނަމަ ތިބާއަށް ގޯލްތައް ކާމިޔާބު ކުރުމުގައި އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. އެމީހުންގެ ފަރާތުން ހިތްވަރާއި އެހީތެރިކަންވެސް ލިބިގެންދާނެއެވެ.

5:އަމާޒު ކާމިޔާބު ކުރާނެ ގޮތަކާ މެދު ވިސްނުން

ގޯލް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާއިރު ، މަސައްކަތް ކުރެވެނީ އެންމެ ރަނގަޅަށްތޯ ބަލާށެވެ. އަދި ގޯލް ކާމިޔާބު ކުރުމަށް ކިހާ މަައްކަތެއް ކުރެއްވިއްޖެ ތޯ އެކި ދުވަސް ދުވަހުން ބަލަންވާނެއެވެ. ތިބާއަށް ތިބާ ބޭނުންވާ ކަން ހާސިލް ވަންދެން މަސައްކަތް ކުރާށެވެ. އެއްފަހަރު ފެއިލް ވިޔަސް ދެވަނަ ފަހަރަށް ވެސް މަަސައްކަތް ކުރާށެވެ. ހަނދާންކުރާށެވެ. ކޮންމެ ކަމެއް ކާމިޔާބު ކުރުމަށްވެސް ގަދަ އަޅާ މަސައްކަތް ކުރަން ޖެހޭނެއެވެ. އަބަދުވެސް މަސައްކަތް ކުރާށެވެ. އޭރުން ތިބާގެ ގޯލްތައް ކާމިޔާބު ކުރެވޭނެއެވެ.

ތިބާ ބޭނުންވާ  ގޯލް ކާމިޔާބު ކުރެވުމުން، އަމިއްލަ އަށް ތިބާއަށް ހަދިޔާއެއް ގަންނާށެވެ. މިފަދަ ގޮތަށް ކަންތައް ކުރާ ނަމައަބަދުވެސް "މޯޓިވޭޓް" ވާނެއެވެ.

ADS BY SHEESHA

 

ADS BY ASTERS

Comments are closed.