ދުވާލަކު ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން ޓީވީ ބަލާ ފިރިހެނުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި, ހަތަރު ގަޑިއިރަށް ވުރެ ގިނައިން ޓީވީ ބަލާ ފިރިހެނުންނަށް، އަންހެނުންނަށް ވުރެ ގޮހޮރުގެ ކެންސަރު ޖެހުން ގާތެވެ. މިގޮތުން، ފިރިހެނުންނަށް މި ކެންސަރު ޖެހުމުގެ 35 އިންސައްތަ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް އަންހެނުންނަށް މި ކެންސަރު ޖެހުމުގެ ފުރުސަތު އޮތީ 11 އިންސައްތަ އެވެ.

މި ދިރާސާ ކުރިއަށްގެންދިޔަ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މިހެން ދިމާވާން ޖެހޭ މައިގަނޑު ސަބަބަކީ، ފިރިހެނުން ޓީވީ ބަލާ ވަގުތުތަކުގައި އަންހެނުނަށްވުރެ ގިނައިން ދުންފަތުގެ އިސްތިޢުމާލު ކުރާތީއާއި އަދި މާ ގިނައިން "ޖަންކު ފުޑް" ބޭނުން ކުރާ ކުރުމަކީވެސް އޭގެ ސަބަބެއް ކަމަށް ދިރާސާ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.

The researchers suspect men are more likely to smoke, drink and eat junk food than women while watching TV

މިހެންވެ، ފައިދާހުރި ޑައިޓަކަށް ކެއުމުގެ އާދަތައް ބިނާކުރުމާއި އެކު، ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތިން ދުރުވެ ތިބުމަކީ މި ނުރައްކަލުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތް ކަމަށް ދިރާސާގެ ބައިވެރިން ބުނެފައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެއްތާކު މާ ގިނައިރު ޓީވީ ބަލަން އިނުމުން އެހެން ބަލިތަކަށް ވެސް މަގުފަހި ކުރުވާ ކަމެވެ. އެގޮތުން އެކަމުގެ ސަބަބުން ބަރުދަން އިތުރުވެ، ހެލިފެލިވެ އުޅުމަށްވެސް ދަތި ފަހަރު އާދެއެވެ.މި ކަމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވާ ނިޒާމަށް ބުރޫ އަރައި، ސެލްތައް ހެދި ބޮޑު ވުމަށް ހުރަސް އެޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންހެނުންނަށް އިންޒާރެއް ނެތްތަށް؟