މަޝްހޫރު ލަވަކިޔުންތެރިޔާ, ޖަސްޓިން ބީބާ ވަނީ ފޯނާ ކުޅެމުން ކާރު ދުއްވުމުގެ ސަބަބުން ޖޫރިމެނާ ކޮށްފައެވެ.

މިކަން ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ޖަސްޓިން ބީބާ އޭނާގެ މާސިޑީސް ޖީ ވޭގަން ކާރު ދުއްވަމުން ދަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖަސްޓިން ބީބާ ވަނީ މިކަން މާބޮޑު މައްސަލައަކަށް ނުހަދާ, ޖޫރިމަނާގެ ފައިސާ ދައްކާފައެވެ.

ނަމަވެސް ކާރު ދުއްވި އިރު އޭނާ އިނީ ފޯނުން ވާހަކަ ދައްކަން ކަމެއް މެސެޖު ކުރަން ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ބެވާލީ ހިލްސް ޖަސްޓިން ބީބާ ޖޫރިމެނާ ކުރެވިފައިވާއިރު ފޯނު ބޭނުން ކުރަމުން އުޅަނދުތައް ދުއްވާނަމަ އެތާނގައި ޖޫރިމެނާގެ ގޮތުގައި ދައްކަން ޖެހޭނީ 162 ޑޮލަރެވެ.

މިއީ ޖަސްޓިން ބީބާ ޤާނޫނާ ޙިލާފްވި ފުރަތަމަ ފަހަރެއް ނޫނެވެ. 2014 ވަނަ އަހަރު އޭނާ ވަނީ މަޔާމީގައި ރާބޮއެގެން ކާރު ދުއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން އޭނާގެ ފޭނެއްގެ ހެދުމުން ނޭފަތް ފޮޅުމުގެ ސަބަބުންނާ ފޮޓޮގްރާފަރެއްގެ ގައިގައި ޖެހުމުން އޭނާ ވަނީ ހައްޔަރު ކުރެވިފައެވެ. ހަމައެއާއެކު 2015 ވަނަ އަހަރު ދުއްވަން ޖެހޭ ސްޕީޑަށްވުރެ ބާރާށް ދުއްވުމުންވެސް އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ.

ކުޑައިރު މަޝްހޫރުވި ކެނެޑާގެ ލަވަކިޔުންތެރިޔާ, ޖަސްޓިން ބީބާ މިހާރު ވަނީ އިނގިރޭސި ވިލާތުގައި ބޭއްވި އޭނާގެ "ޕާޕޮސް ވޯލްޑް ޓުއާ" އަށް ފަހު ބްރޭކެއްގައެވެ. އޭނާ މި ޓުއާގެ ދެން އޮތް ބައި ކުރިއަށް ގެންދާނީ ޖުލައި މަހުގެ 29 ގައި ނޯތް އެމެރިކާގައެވެ. ނަމަވެސް މިހާރު އޭނާ ވަނީ އޮސްޓްރޭލިއާއަށް ގޮހެވެ.

Comments are closed.