ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް
ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކައުންސިލަރު ކަމުގެ މަގާމަށް ހޮވިވަޑައިގެންނެވި ބޭފުޅުންވެސް ލަހެއް ނުވެ ސަރުކާރާއި ގުޅޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ADS BY OOREDOO

އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ކައުންސިލަރުންނަށް ރަށަށް ތަރައްގީ ގެނެވޭނީ ސަރުކާރާ ގުޅިގެންކަން އެއީ ލާމަރުކަޒީ ގާނޫނު ވެސް ބުނެދޭ އެއް ހަގީގަތް ކަމަށެވެ.

ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށް ކާމިޔާބު ކުރި ކެންޑިޑޭޓުން ސަރުކާރާ ގުޅޭނެ ކަމަށް ނިހާން ވަނީ ކުރިން ވެސް ވިދާޅުވެފައެވެ.

ADS BY SHEESHA

ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އިން މާލާގެ އެއްގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބު ކޮށްފައި ވާއިރު އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ. އަދި ފުވައްމުލަކުގެ އެއްގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ އެމްޑީޕީ އިންނެވެ.

ADS BY ASTERS

68 ކޮމެންޓް

  1. އިހަވަންދޫ

    އިހަވަންދޫ ރަށު ކައުންސިލަށް ހޮވުނު މެންބަރަކު ވަރަށް އަވަހަށް ޕީޕީއެމް އާއި ގުޅޭނެ.

  2. ލާރި ދިފަވެސް ގަނެވިދާނެ. ދިވެހި ރައްޔިތުންނަކީ ފައިސާ އަށް ވިކޭ ބައެއް ކަމަށް ބުނާ މީހުން މަދެއްނޫން. ގާސިމްވެސް މެމްބަރުން ގަންނަން އުޅޭ ވާހަކަ ދެކެވުނު އަޑު އިވުނުތާ. އެކަމަކު މިހާރު އެ މީހާ ގަނެވުނަސް ވޯޓު ދޭނެ ކަމުގެ ޔަގީން ކަމެއް ނޯވޭ. އެހެންވީމަ އެ ވާނީ ބޭކާރު ކަމަކަށް. އަނެއްކާ އެ ކައުންސިލަރަކީ އެންމެ މީހެއް. ރައްޔިތުން ވޯޓު ދެނީ. ރައްޔިތުންނަށް ހެޔޮ ގޮތް ހަދައިގެން ކައުންސިލަރުން ގެންނަން ވިސްނީމަ މާ ރަގަޅުވާނެ.

  3. ނިހާންމެންވާހަކަހުންނަނީ ހެދުނުވަކިރާގެއް ހަވީރުވަކިރާގެއް ބައެއްފަހަރުބުނަނީ ސަރުކާރުން ކޮންމެޕާޓީއެއްގެކައުންސިލަރުންތިއްބަސް ތަރަންގީކުރާނޭ މިހާރު އެމީހުންނަންބިރުދައްކަނީ ނިހާން އަހަރެންބުނަންއޮތީ އަހަރެންވެރިކަމުގަހުރެ ކޮންމެމީހަކު އަޔަސް އެއަންނަކަމެއްކޮންދޭންޖެހޭ އެއީ ދިވެއްސަކަންވެފާ ގައުމުގަހުންނާނީ އަމައަކުބަފަޔަކުފައިސާއެއްނޫން ނިހާނުއާއި އާއިލާ ގެމީހުންތިހެންއުޅޭ މާދަމާވެސް ވޯޓްބޭނުންވާނެ ކޮންމެރަށަކީވެސް ވޯޓްލެވޭމީންތިބޭރަށެއްވީމާ އެއްވެސްމީހާކުގޮތްދޫނުކޮންތިބޭތި ވާނެއެއްވެސްކަމެއްނޯންނާނެ މާތްﷲބަދުބަސްބުނާމީހުންބަލިކުރައްވާނެވެ ވީމާ ކޮންމެމީހަކީވެސް އާރަކާއިބާރެއްލިބިފައިވާމީހެއް ވީމާބިރުނުދައްކާ ވާއެތި 2018 ދައްކާލާނަން%20 ނުވަތަ %23 ޕަސެންޓް ފެންނާނެ މާތްﷲހުގެރަހުމަތުން އިރާދަކުރެއްވީޔާ ވަރަން ސަލާމް

  4. އެއްފަހު ބުނޭ، ކައުންސިލް އިނދިކޮޅު ފަރާތްތަކުގެ އަތުގައި ބާއްވާފައި އެމީހުން ކިހިލީގައި ޖަހައިގެން ކުރިއަށްދާނެ ވާހަކަ، މިފަހަރު ތިޔަހެން، އަނެއް ފަހަރަކު އެހެންވާހަކައެއް. ކޯއްޗެއް ތިޔަ ކިޔަނީ، ލިބުނު މިންވަރަށް ޝުކުރުކޮށްގެން ހުރިހާ ދިވެހިންނާއި ހުރިޙާރަށެއްގެ ކުރި އެރުމަށް އެއްވަރަކަށް މަސައްކަތް ކޮށްދެއްވުމުގައި ދެމިހުރެއްޖެއްޔާ ތިޔަ ކަންތައްތައް މާ އުނދަގުލަކާ ނުލައި އަތު ތެރެއަށް މެހިގެން އަންނާނެ. ކުލައަކަށް ނުބަލައި ރަށްރަށަށް ތަރައްޤީ އޮއްސާލަ ޚާއްޞަކޮށް ގއ. ދާންދޫ އަށް ބިން ހިއްކާލަ ދެއްވާ، އެމީހުންތިބީ މިކަމަށް ފެންބޮވައިގެންފައި.

  5. އިންތިހާބު ބާއްވައި، ނަތީޖާ ހޯދަން މި ޖެހެނީ ގަދަ ބާރުން ކަމަށް އެމްޑީޕީގެ ނިޔާއްޓޭ ކޮންމެހެން ކިޔާނެ ކަމެއް ނެތް އިނގޭ. ތިޔާ ބަސް ނާހާ ކުދިން އުޅޭ ގޮތެއް ނޫން ދޯ. ބަސް އަހަން ޖެހޭނެ ވަރަށް ރަނގަޅަށް. އަންހެން ކުއްޖަކާއި އިންނަން ވެއްޖެނަމަ ދެން މަންމަ ގާތު މިއަހަނީ މަންމާއޭ މަންމަ ގަބޫލުހޭ މަމެން ގެއަށް މިގެންނަ ކުއްޖާ އާއި މެދު. ދެން މަންމަ މިބުނަނީ ވިސްނާފައި ބައްޕަ އާއި ވެސް މަޝްވަރާ ކުރުމަށް ފަހު ޖަވާބެއް ދޭނަމޭ ދަރިފުޅާ ދުވަސް ކޮޅެއް މަންމަ އަށް ދޭށޭ. ދެން މަންމަ އެހެން ބުނުމުން އަބަދު އަބަދު ދޮންތަ މެން ގާތު ކިޔަން ނުޖެހޭނެ ދޯ މަންމަ އަދި ވެސް އެއްޗެކޭ ނުބުނެއޭ. މަޑުކުރަން ޖެހޭނީ މަންމަ އެއްޗެކޭ ބުނަން ދެން. އެމައްސަލަ އެއް ނެތޭ އަހަރު ދުވަސް މަންމަ މެން އެކަމުގައި ނެގިނަމަވެސް. ހަމަ އެގޮތަށް އީސީން ނަތީޖާ އިއުލާން ކުރަން ދެން މަޑުމަޑުން ބަސް އަހައިގެން ތިބެން ޖެހޭނީ ސިޔާސީ ޕާރޓީ ތަކުން އިނގޭ. ބިކޮޒް ސިޔާސީ ޕާރޓީ ތަކަކީ އެއީ އީސީގެ ދަރިން ދޯ. ދަރިން ޖެހޭނީ މަންމަ މެން ބުނާގޮތަށް ހަދަން އިނގޭ. އެނޫން ނަމަ މަންމަ މެން ބިޓާއި ކައިވެނި ކުރަން ނުގަބޫލު ވެއްޖެނަމަ ދެނޯ، ދެން ކިހިނެއް ހަދާނީ. އެއިރުން ހުންނާނީ ރަނގަޅަށް ރާކަނި މަސްކެވިފައި އޭ މަމެން ބުނަން ނެތީމު ދޯ. ތިބެބަލަ މައިތިރިވެގެން ދެން ވެސް އީސީން ވަކިއެއްޗެއް ބުނަން ދެން އިނގޭ.

  6. މޮޔަސޮރެއް ދޯ

  7. ދިވެހި ދަރިއެއް

    ބަލަގަ މިހިރަ މޮޔަޔާ ކަލޯ ކަލޭތީ ލާރިއަށް ތެޅޭ މީހެއް ކައުން ސިލަރަކު ލާރީދީފަ ގަތަސް 2018 ގައި ރައީސް ޔާމީނަށް ލިބޭނީ ކައުން ސިލަރުގެ ވޯޓް އެކަނި ކަލެއަށް އެނގޭތަ ތިޔަށް ވުރެއް ނަތީޖާ ރަނގަޅު ވާނެ ވައުދު ފުއްދަން ތިލާރި ހަރަދު ކުރިއްޔާ.. ކަލޭތީ ރައީސް ޔާމިނަށް ދޯކާދޭނެ އެކަކު މިފަހަރު އިންތިހާބުގަ ސިފައިންނާ ފުލުހުންގެ 1 ޕަސަންޓް ވޯޓްވެސް ކަލޭމެންނަށް ނުލިބޭ ސިފައިންނާ ފުލުހުންގެ ހުރިހާ މީހުން ކިތައް މީހުން ކޮންޓްރޯކް ކުރާނެކަން ވިސްނާލީންތަ 8000 އިންޓް 4 މަދުވެގެން 32000 ވޯޓް މިފަރު ވޯޓްލީ ރިވިއު ކޮށްފަ ވަރަށް ސަލާމް

  8. ގެޓުވެބެއަ

    މިކަލޭގެ މީ ދެން ކާކުތަ؟ ކަލޭމެނަށް ކިހެނެއް ނޫނެކޭ ބުމީމަތަ ގެޓުވަނީ؟ ތާއިދެއް ނެތޭ ދެން ގެޓުވެބެއަ!

  9. ކަލޭ ބޮޑު އަގަ

  10. ކޮންހާ ކޮސްވާހަކަތަކެއް ދައްކަނީ؟؟؟ ރައްޔިތުންގެ ބައިތުލްމާލުން ކަރަޕްޝަނަށް މަގުފަހިވާގޮތައް މުދަލާއި ފައިސާދީގެން ދެތިން ޕަޕެޓުން ގަނެލެވުނަސް ދިވެހިރައްޔިތުން ވޯޓްލައިގެން ހޮވާއެއްވެސްމަގާމަކަށް ޕީޕީމެންބަރަކު އިންތިހާބެއްނުވާނެ ދެނެއް!

  11. މިއޮއްހުރިހާދުވަހު ކިހިލި ޖަހައިގެން އިންތިޚާބުތައްގެންނަން ބުނިމީހުން މިހާރުމިކިޔަނީކީކޭބާ ؟ އަަދިވެސް ރައްޔިތުންގެ ތާއީދު ބޭނުމިއްޔާ ރައްޔިތުންގެ ޖީބައް ލުއިވާނެ ގޮތްތައް ބަލާ ދިރާސާކޮއް އެމަގުން ކުރިޔައްދޭ އޭރުން ކާމިޔާބުވާނެ !!!!

  12. ކައުންސިލަރުން ގަންނާނެ ލާރި ކޮޅެއް އެއްކޮށްލީ އަނެއްކާ މިފަހުން އެއްދުވަހަށް ކަނޑާލި ހުސްނުވާނޭބުނި އާސަންދައިންބާ؟؟؟ ތިދަރުބާރު ފެކުޝަނަށް ވޯޓުން ރައްޔިތުންގެ ތާއީދެއްނުލިބޭނެ އަބަދުވެސް ޖެހޭނީ ގަންނަށް

  13. ހްމްމްމްމް.ލާރި ދީގެން އެމީހުން ގަނޭ. ޢެމީހުންނަށް ރައްޔިތުންީ ވޯޓްދިނީީ އެމްޑީޕީީވީމަ

  14. އަދި ނުބުނެވޭ.ނިހާނު ލަސްތަކެއް ނުވެ އިދިކޮޅު ފަރާތްތަކާއި ގުޅެނީ.އިދިކޮޅު ފަރާތްތަކާއި އޭނަ ގުޅެން އުޅޭވާހަކަ ބުނަން އުޅެނިކޮށް އޭނައަށް ބުނެވުނުގޮތް އެއީ.ލޮލް

  15. ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވީ ހަގީގަތުގައި ޕީޕީއެމް އޮފީހާއި އަދި ޕީޕީއެމްގެ އެތައް ހާސް މެމްބަރުންނާއި ޕީޕީއެމް އޮފީހާއި ދެމެދު އޮތް ޑިސްޓެންސް ބޮޑު ކަމުންނެވެ. ޕީޕީއެމް އޮފީހުން ހީކުރާ ކަހަލަ އެންމެން ޓްވިޓަރ ބޭނުން ކުރާނެ ކަމަށް. މަމެންގެ ފޯނާއި ޓެބްލެޓް ގައި ޑޭޓާ ޕެކޭޖް ހުންނަ އިރު ވެސް މަމެން އެއޮން ކޮށްލަނީ ދެ ދުވަހުން އެއްދުވަހު ބައިގަޑިއެއް ހާއިރަށެވެެ. ދެން އޮފް ކޮށްލަނީ އެވެ. އަދި ރާއްޖެތެރޭގައި ޑޭޓާ ޕެކޭޖް ނާޅާ ތިބޭނެ އެތައް ހާސް ބަޔަކު. ކަން މިހެން ހުރުމުން ކުރީގައި ބޭނުން ކުރި ޓްރެޑިޝަނަލް މެތަޑް އިން އެސްއެމްއެސް ފޮނުވުން އަދި މެމްބަރުންނަށް ފޯން ކޮށްގެން މެމްބަރުން ކައިރީގައި ޕީޕީއެމް ހަރުގެ ޖަލްސާ އަށް އަންނަން ބުނުން އެއީ އެމީހަކު ގަބޫލުކުރާނީ ތިމަންނާ އަށް ދައުވަތު ދިނީ ކަމަށް ރަސްމީ ގޮތުން ޕީޕީއެމް އިން ޖަލްސާ އަށް އަންނާން. ގޭގޭގައި ތިބޭ ދެބައި އުމުރުގެ އަންހެން ވެރިން ޑޭޓާ ޕެކޭޖް އޮން ކޮށްގެން ފޯނާއި ނުކުޅޭނެ ޓީވީ ފެންނަން ހުރިއްޔާ. ކަން މިހެން ހުރުމުން މިފަދަ ރިލޭޝަން ޝިޕް ބިލްޑް ކުރުމުގެ ބައިވެސް ޕީޕީއެމް ގެ ކިބައިގައި ނެތް ކަން ޕީޕީއެމްގެ ބޮޑުން އެބަޖެހޭ ދޯ ގަބޫލުކުރަން. އެނޫން ނަމަ މެމްބަރުންނާއި ޕާރޓީގެ ބޮޑުން ކުރާ ކަންކަމާއި ގުޅުމެއް ނޯންނާނެއެވެ. އަނެއްކޮޅުން އިދިކޮޅު ފަރާތް ތަކުން މިއާއި ދެކޮޅަށް ކަންކަން ކުރާނަމަ އެކޮޅު ދޯ ގަދަވާނީ.

  16. ނީހާނުގެ މައްޗައް ރިޝްވަތު ދޭން އުޅުނުކަމުގެ ދައުވާ އުފުލަންޖެހޭ

  17. މިހާތަނަށް އަދި މިނިވަން އެއްވެސް މީހަކު ޕީޕީއެމްއަކާ ނުގުޅެ. އަނގަ ފޮނި ކަނޑައިގެން ރައީސްގެ ބޮލަށް ޗިޕު ނުޖަހާ އަމަލުން އެކަން ދައްކަބަލަ.

  18. ކިހާ ލަހެއް ވަންދެންތޯ ތިޔަ މަޑު ކުރަނީ. މައުމޫނާ އެމްޑީޕީން މީހުންތައް ނަގާ ހުސްކުރަންދެންދޯ.

  19. އަވަސްކުރޭ

    ޖަދަލު ކޮށް ބަދަލު ހިފާ ޕާރޓީ އެއް ނޫން ޕީޕީއެމް އަކީ އެއްގޮތަކަށް ވެސް. ވީ ގޮތަކީ އިދިކޮޅު ކްރިޓިކްސް ގެ ހުރިހާ ސިޔާސީ ފިގަރސް ތަކުން ނިކުތީ ސަރުކާރާއި ދިމާކުރަން ހުރިހާ ފްރަންޓަކުން. އެހެންވެ މިހެން މިދިމާވާން މިޖެހުނީ. ސީދާ ޚުދު ޕީޕީއެމް ތެރޭން ވެސް ކަންކަން ދިމާވީ މިހެންނެވެ. ކަން މިހެން ހުރުމުން މިހާރު ޕީޕީއެމް އަށް އެބައިނގޭ ޕީޕީއެމްގެ ސްޓޭންޑް ވަރަށް ރަނގަޅަށް. އެކަން އެގިގެން ތިބެ މިފަހަރު މަމެން ލޯކަލް ކައުންސިލު އިންތިޚާބާއި ކުރިމަތިލާނީ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ކަމުގައިވާ މާލެ ސަރަހައްދުން ފްލެޓްސް ނުވަތަ ބިން ކުޑަ އަގެއްގައި ކުއްޔަށް މީހަކަށް 800 އަކަފޫޓްގެ މަގުން 50 ހާސް މީހުންނަށް ހުޅުމާލެ 2 އިން ބިން ދީގެންނެވެ.

  20. ގަނެވޭނެ. އެވްރީ ތިންގް ހޭޒް އަ ޕްރައިސް ޓެގް ދޯ. އެކަމަކު އެހެން ރޫޓަކުން ގަންނަން ޖެހޭނީ. އެއީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ 16 ހާސް މީހުންނާއި އަދި އިތުރަށް 50 ހާސް މީހުންނަށް މިސަރުކާރުން ފްލެޓްސް ތައް ދޭނެ ކަމަށް އެކަމަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ސަރުކާރުން ސެރޓިފކެޓް އެއް ދޭނީ އެވެ. އޭގައިވާ ގޮތުން އެންމެ ފަހު ބެޗްގެ ފްލެޓްސް ތައް 2019 ގެ ނިޔަލަށް ދީ ނިންމާނެއެވެ. މާނައަކީ 2020 އަށް ހަނދު ބަލާއިރު މާލެ ސަރަހައްދުގައި މީހުންގެ ގެދޮރުގައި ކުއްޔަށް ދިރިއުޅޭނެ އެންމެ ދިވެއްސެއް ވެސް މާލެ ސަރަހައްދަކު ނުތިބޭނެއެވެ. އެންމެން ތިބޭނީ އެމެން އަމިއްލަ ފްލެޓްސް ގައެވެ. މި ފަދަ ބޯލްޑް ޑިސިޝަނެއް ސަރުކާރުން ހަދަން ކެރިއްޖެނަމަ ސަރުކާރަށް މޮޅު ވެވޭނެ ރައްޔިތުންގެ ހިތް ތަކުން.

  21. މޮޔަ ގޮވިނީ

  22. ކުރިން ޕީޕީއެމް އޮފީހުން ޕީޕީއެމްގެ މެމްބަރުންނަށް އެސްއެމްއެސް ފޮނުވައިގެން އެމެން ބަލާނެ އާންމު މެމްބަރުންނާއި ޕީޕީއެމް އާއި ދެމެދު ރަނގަޅު ގުޅުމެއް ބޭއްވޭތޯ. އަދި ގުޅައިގެންވެސް ބުނާނެ ޕީޕީއެމްގެ ޖަލްސާ އެއް އޮންނަނަމަވެސް. މީ ޕީޕީއެމް މެމްބަރުންނަށް އެކަމުން ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. އެކަމަކު މިހާރަކަށް އައިސް އެކަން މުޅިން ހެން ދަނީ ފުހެވެމުންނެވެ. މިލޯކަލް ކައުންސިލު އިންތިޚާބު އޮތް އިރު ވެސް ވޯޓް ލާން ދާން ޖެހޭނެ ކަމަށާއި އަދި ވޯޓް ދޭން ޖެހޭނެ ކެންޑިޑޭޓްގެ ނަންވެސް އެންމެ ކުޑަ މިނުން މެމްބަރުން ގާތު ޕީޕީއެމް އޮފީހަށް ބުނެދެވިފައި ނެތެވެ. ޕީޕީއެމްގެ އިދާރީ ހިންގުން ވެސް ދެން ވަރަށް ބަންޑާރަ އުސޫލު ޕާރޓީ އުސޫލު ވަރަށް ނެތް. ޕީޕީއެމް ޕާރޓީގެ ބޮޑުންނާއި އާންމު މެމްބަރުންނާއި ދެމެދު އޮންނަ ރިލޭޝަންސް ވަރަށް ކުޑަ އެވެ. މިކަން ކަން ރަނގަޅު ކުރަންވީ ފުރަތަމަވެސް. އެއިރުން ދެން ކަންކަން ރަނގަޅަށް ދާނީ.

  23. ކަލޭމީހުންނަށް ކެރޭނީ ލާރިން ގަންނަން.

  24. މައްސަލަދޯ

    ޕީޕީއެމް އެކަނި ނިކުމެ އަދި ޕީޕީއެމް އެތެރެއަށް ބޮޑު މައްސަލަ އެއް ދިމާވެފައި ވަނި ކޮށް މިިލިބުނު ކާމިޔާބީ އަކީ އެއީ ލޭންޑް ސްލައިޑިންގް ވިކްޓްރީ އަށް ބެލެވޭނެ ރަނގަޅަށް ޕޮލިޓިކަލް ސައެންސް ގެ އަލީގައި މިކަން ދިރާސާ ކުރާނަމަ. ސުޕަރ މެޖޯރިޓީ އެއް ޕީޕީއެމް އަށް އެނުލިބުނީ ސީދާ ރައްޔިތުންނާއި ގުޅިފައި ހުރި ކަންކަން ކަމުގައިވާ މާލެ ސަރަހައްދުން ފްލެޓްސް ތައް ދިނުމަށް ޓަކަައި ކުރިމަތި ކުރުވި 4 ލައްކަ ރުފިޔާ ދޭން ޖެހޭ ހުރަސް ތައް އަދި މިހާރު ފޯމް ލާފައި ތިބި މީހުންނަށް ވާނުވާ އެއް ވެސް ނާންގާ އޭގެ އެއްވެސް ވާހަކަ އެއް ކެމްޕެެއިން ތެރޭގައި ސްޕެޝަލީ އެލްސީއީ ކެމްޕެއިން ނިމެން ހަފްތާ އެއްވެފައި ވަނިކޮށް ވެސް މީގެ އެއްވެސް ޚަބަރެއް ނުވުން މިހުންނަނީ ވަރަށް ބޮޑެތި މައްސަލަ ތަކެވެ. ފަސްޓް ލޭޑީ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް މިކަން ކާމިޔާބު ނުކުރެވުނީ ހައުސިންގް މިނިސްޓްރީން މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭން ކަނޑައަޅާފައިވާ ކިބަޅީ ފަޑުއްކަ ޗަކަސް ޗަކަސް ސިޔާސަތުގެ ސަބަބުންނެވެ. އެއީ އެއްގޮތަކަށް ވެސް ޕްރެކްޓިކަލް އުސޫލު ތަކެއް ނޫނެވެ. މިކަންކަން ރަނގަޅު ކުރާނެ ކަމަށް އަދި ވެސް ސަރުކާރުން އިޝާރާތެއް ނުދެއެވެ. އަދި ވެސް އާ އުފާވެރި އުއްމީދު ތައް މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ މީހުންނަށް ސަރުކާރުން ކެތް ކުރެވޭ އަގެއް ގައި ފްލެޓްސް ތައް ދޭން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ނުކުރެއެވެ. މީ ވަރަށް ބޮޑު މައްސަލަ އެކެވެ.

  25. ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އެގޮން ޖެހުން ތަކުން ޖެހޭނެ އަރައިގަންނަން. އެގޮތުން ދެން މިސަރުކާރުގައި ހިނގާ ކޮންމެ ހަފްތާ އަކީ އެއީ ރައްޔިތުންނަށް އުފާވެރި ޚަބަރު ގެނެސް ދޭން ޖެހޭ ހަފްތާ އަކަށް ހަދަން ޖެހޭނެއެވެ. އެއްގޮތަކަށް ވެސް ކުޑަ ވެސް ދުލެއް ދީގެން ނުވާނެއެވެ. ރިޔާސީ އިންތިޚާބެއް ކާމިޔާބެއް ނުުކުރެވޭނެ ސަރުކާރުގެ ބަޔެއް ސިޔާސީ މަގާމް ތަކުގައި ތިބި މީހުން އެކަނި ނިކުމެގެން. އެންމެން ވެސް ދާން ޖެހޭނެ ޕީޕީއެމް ހަރުގެއަށް. އެކަކު ވެސް ނުގޮސް ހުރެގެން ނުވާނެ ސިޔާސީ މަގާމެއްގައި ހުންނަ މީހަކު ނަމަ. އެއިރުން ކަންކަން ދާނީ ރަނގަޅަށް ރަނގަޅު މަގުން ރަނގަޅު ފާލުން. ޕީޕީއެމް އެމްޕީން ނަށް ޕީޕީއެމް އަށް މަރުދޭ މެމްބަރުން މާލޭން ފެނުނީމާ ހައި ޖަހާލުމުން ވެސް ނޭގުން އަދި ސަރުކާރުގެ މިނިސްޓަރުންނަށް ޕީޕީއެމް ގެ ގަދަފަދަ މެމްބަރުން ނޭގުން މީ ރިލޭޝަން ޝިޕް ރަނގަޅަށް ބިލްޑް ކުރެވިފައި ނޯންނާތީވެ ވީ ގޮތެވެ. މިކަން އެބަޖެހޭ ފިކްސް ކުރަން. މާ ބޮޑަށް ބޮޑަލީ ކަމަށް ބެލެވޭނީ ޕީޕީއެމްގެ ސަރުކާރުގެ ކުންފުނި ތަކުގެ އެމްޑީން ވެސް. ހައި ޖަހާލުމުން ވެސް ނުފެންނަ ކަމަށް ހަދަނީ. އެއީ ދެން ކޯއްޗެއްތޭ ކޮން ބަޔެއްތޭ އެމެން ނިކުމެގެން މާލޭން 100 ގަނޑު ވޯޓް ލިބިެއްޖެނަމަ ވެސް މަމެން ހިނގާނީ އެކޮޅު ކޮޅުންނެވެ.

  26. ބަލަ މޮޔަޔާ... ތިޔަހެން މީހަކު ޕާޓީއަށް ވެއްދުމާ ފައިސާދިނީމަ ފޯމުގަ ސޮއި ކޮށްލަދިނުމާ... ވޯޓު ކަރުދާސްކޮޅުގަ ފާހަޖަ ޖެހުން މީ ވަރަށް ތަފާތު މުޅިން ވަކި ދެ ކަމެކޭ..

  27. ހޮވޭ ކައުންސިލަރަކު ޕީޕީއެމަށް ވަނުމެއް ނޫން މުހިންމީ... އެކަން މުހިންމު ވި ނަމަ މީގެކުރިން ބޮނޑި ބޮނޑިއަށް ފޯމުސެޓް ގެނެސް ޕީޕީއެމަށް ވެއްދި މީހުންގެ ވޯޓޫ ލިބުނިސްތާ.. ތިކަމަށް ތަސައްރަފް ނުފުދޭބައެއް ތީ.. ބައެއް މީހުން ފައިސާ ދިނީމަ ސޮއެ ދޭ ފޯމަކާ އެކު .. އެކަމަކު އޭނަގެ އަމިއްލަ އިޚްތިޔާރާއެކު އެކަނި ހުރެލާފަ ޖަހާ ފާހަގަ އެއީ އެހެން ގަނެލެވޭނެ އެއްޗެއް ނޫންކަން ސާބިތުކޮށްދިނީމަވެސް އެއްޗެއް އެނގޭކަން ނޫޅެ ދޯ.. މޮޔަ ބައެއްމީ... ތެންކިޔޫ ރ ޔާމީން. ތެންކިޔޫ މެޑަމް.

  28. ރައީސް މަގާމުން ދުރުކުރާނެ ކަމަށް ބުނުމުން ނަޝީދަށް އަދުރޭގެ ހޫނު ރައްދެއް ދިނުން އެއީ އުފާވެރި ކަން އިހްސާސް ކުރެވޭ ކަމެކެވެ. މިސަރުކާރުގެ މިނިސްޓަރުން ނާއި ހުރިހާ އެމްޕީން އެބަޖެހޭ އެއްވާން. އަދި ރަސްމީ ގޮތުން ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން އޮންލައިން ކޮށް އެބަކުރަން ޖެހޭ ޑޮނަލްޓް ޓްރަމްޕް މެން އޮން ލައިން ކޮށް ކުރި ގޮތަށް. އަދި އޮންލައިން ނޫސް ތައް މެދުވެރިކޮށް ވެސް ޕީޕީއެމްގެ ކެމްޕެއިން ޕޭޖްސް ތައް ލޯންޗް ކުރަންވީ އެވެ. އަދި މިނިސްޓަރުންނާއި އެމްޕީން ނާއި އަދި ސިޔާސީ މަގާމް ތަކުގައި ތިބި މީހުން ވެސް ބޮޑެތި ވަފްދް ތައް ހައްދަވައިގެން ރަށްރަށަށް ވެސް އަދި މާލެ ސަރަހައްދުގެ ހުރިހާ ގެތަކަށް ވެސް ޑޯރ ޓު ޑޯރ ކެމްޕެއިން ވެސް ޖައްސަން ފަށަންވީއެވެ. އެނޫން ނަމަ ޕީޕީއެމް އެކަނި ނިކުމެގެން މިނޫން ގޮތަކަށް މިކަން ކާމިޔާބު ނުވާނެއެވެ. ސަރުކާރުން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ނުދެވޭނަމަ އެއެންމެންނަށް މިސަރުކާރުން ދޭ ހަދިޔާ އެއް ކަމަށް ބުނެ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދޫކޮށްލަންވީ ކޮންމެ މީހަކަށް 800 އަކަފޫޓްގެ ބިން ހުޅުމާލެ 2 އިން. ހުޅުމާލެ 2 ފުރިއްޖެނަމަ އެނބޫދޫ ފަޅު ގެ އިރުން އޮތް ބޮޑު ފަޅު ހިއްކާ މާލެ އާއި އެތަނާއި މެދުވެސް ބްރިޖް އަޅާލެވޭނެ އެއް ނޫން ދޯ. އެމެން ރަންރީނދުލޭ މެންގެ ބިރުވެރި ވެރިކަމަށް ރާއްޖެ ގެންދިޔަ ނުދިނުމަށް ޓަކައި މިސަރުކާރުން އެބަޖެހޭ ބޮޑެތި ދޫ ތަކެއް ދޭން އިގްތިސާދީ ގޮތުން މާލެ ސަރަހައްދަށް. އެއީ ގޭމް ޗޭންޖް ކުރެވޭނެ ހަމައެކަނި ފޯރމިއުލާ އަކީ. އެމެން ރަންރީނދުލޭ މެންގެ ބިރުވެރި ވެރިކަމަށް މަމެން ދެން މިރާއްޖެ ގެންދާން ބޭނުމެއް ނޫނޭ. އެމެންގެ ވެރިކަން އިހްސާސް ކުރެވެނީ އެއީ ޑާރކްނެސް ފޯލް އެކްރޮސް ދަ ކަންޓްރީ، ދަ މިޑްނައިޓް އަވަރ އިޒް ކްލޯސް އެޓް ހޭންޑް، ކްރީޗަރސް ކްރޯލް އިން ސާރޗް އޮފް ކޮރަޕްޓް މަނީ، ދަ ފަންކް އޮފް ކޮރަޕްޓް ތްރީ ޔިއަރސް، އެންޑް ގްރިޒްލީ ގޫލްސް ފްރޮމް އެވްރީ ކޯނަރ، ޔުއަރ ބޮޑީ ސްޓާރޓްސް ޓު ޝިވަރ ފޯރ ނޯ މޯރ މޯރޓޯ ކޭން ރެސިސްޓް، ދަ އީވްލް އޮފް ރަންރީނދުލޭސް ވެރިކަން، ހާއްހަހާހާހާ ހާއްހަހާހާހާ ހާއްހަހަހާހާ އާއްހަހަހާހާހާ..

  29. މިހާރު ގޯތި ތަށް ލިބިއްޖެ ތަ؟ އިނދި ކޮޅު ކެންޑިޑޭޓުން ނަށް ވޯޓް ދޭއިރު އެއްވެސް އެއްޗެއް ނުލިބުނަސް ހެޔޮތަ؟

  30. އިންޑިއާ މީހާ

    ގޮންޖަހާލާފަ ބުނެފާނަން. ޕީޕީ އެމް ސަރުކާރު (އަހަރެންވެސް ވޯޓުލި ސަރުކާރު) އަމިއްަ އެދުން އިސްކޮށް ނިންމި އެއްނިންމުން ކަމުގައިވާ ޕާޓީގައި ވާދަކޮށް ނުހޮވިއްޖެނަމަ ވަކިން ވާދަ ނުކުރެވޭގޮތަށް ހެދިހެދުން، ހަމަ އެގޮތަށް ވޯޓުން ހޮވުނުއިރު ހުރި ޕާޓީ ނުވަތަ ފިކުރުން ބަދަލު ނުވެވޭގޮތަށް ހަދާކަށް މި ސަރުކާރަކަށް ނުކެރޭނެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގެނަސްދީފައިވަނީ އެމީހަކު ބޭނުން މީހަކަށް ވޯޓުލުމާއި ބޭނުން ސިޔާސީ ފިކުރެއް ގެންގުޅެވުމުގެ ޙާއްޤު. އެކަމު އެޙައްޤު ނިގުޅައިގަތުމަކީ އަހަރެން އެންމެ ނަފްރަތު ކުރި އެކަމަކު އަހަރެން ވޯޓުދިން ޕާޓީއިން ކުރި އެންމެ އެދުންވެރި ޢަމަލު.

  31. މިސަރުކާރު ދިފާއު ކުރުމަކީ އެއީ ހީވަނީ ހަމައެކަނި ޕީޕީއެމް ޕީޖީ ގްރޫޕްގެ ވަކި ބަޔެއްގެ ކަމެއް ހެން ދޯ. ދެން ކޮބާތޭ މިސަރުކާރުގެ މިނިސްޓަރުން. މިނިސްޓަރުން ކުރަނީ ކޮން ކަމެއްތޭ. މިނިސްޓަރުންނަށް ނުޖެހޭތޭ މިސަރުކާރު ދިފާއު ކޮށް މީޑިއާ އާއި ވާހަކަ ދައްކަން. ދެން ގޭގައި ނިދަން އޮވެ އޮވެފައި ރަނޑު ޓްވީޓެއް ކޮށްލުމުން އެއީ ސަރުކާރު ދިފާއު ކުރެވުނީ އެއް ނޫނޭ. ސީދާ ރާއްޖޭގެ އެންމެ މަޝްހޫރު ހަތަރު އޮންލައިން މީޑިއާސް ތައް ކަމަށްވާ "މިހާރު" "ސަން" އަދި "އަވަސް" އަދި "ވަގުތު" މި ނޫސް ތަކަށް ދުވާލަކު ނޫހަކަށް ގުޅައިގެން ނަމަވެސް ކޮންމެ މިނިސްޓަރަކު ވެސް އެބަޖެހޭ އެކްސްކްލޫސިވް އިންޓަރވިއު ތަކެއް ކޮންޓިނުއަސް ކޮށް ދީ ސަރުކާރުން ކުރަމުން ދާ މަސައްކަތް ތައް އާންމު ރައްޔިތުންނަށް އަންގާ ދޭން. އިކޮނޮމިކް މިނިސްޓަރު. ބަންގާޅުން ލޭބަރުން ގެނައުން ކުއްލި އަކަށް އެއްވެސް އެއްޗެއް ނާންގާ މޭޒު ދަށުން ދަމާ ކުޅެގެން ވަކި ބަޔަކަށް ޚާއްސަ ހުއްދަ ދެނީ އެއީ ކީއްވެގެންތޯ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ ކަމެއް މިނިސްޓަރު ގާތުން.

  32. ހިންނަވަރު ކައުންސިލު ވެސް ވަރަށް އަވަހަށް ލަހެއް ނުވެ އެމްޑީޕީ ކައުންސިލަރާ ގުޅޭނެ

  33. ތި މީހުން ގެންނަން ނުވާނެ ފިތުނަ އަކަށް ވެދާނެ. ނޫނަސް އެމިހުންގެ ފިކުރެއް ބަދަލެއް ނުކުރާނެ. ރައްޔިތު މީހާ ގެންނަންވީ ރުހުމުގަ.

  34. މިހާރު މިރާއްޖޭގައި ވެރިކަން ކުރަނީ އެއީ ޕީޕީއެމް އެވެ. އެހެން ކަމަށްވާނަމަ ޕީޕީއެމް އަށް އަދި ވެސް ރައްޔިތުންނަށް ފަސޭހަވާނެ އުސޫލުން ވަރަށް ގިނަ ކަންކަން ކުރެވޭނެއެވެ. ބިން ހިއްކި ރަށްރަށުން ހިއްކި ބިން ތަކުން ގޯތި ދޫކޮށްލަންވީ ބިން ތައް ފުރެން ދެން. ބިން ތައް ފުރިއްޖެނަމަ ބިން ތައް އަދިވެސް ބިން ހިއްކާލެވޭނެއެވެ. ހުޅުމާލެ 2 ގެ ހުސްބިން ތަކުން ވެސް ކުޑަ ކުއްޔަކަށް ގޯތި ތައް ދޫކޮށްލަންވީއެވެ. އެމެން ތިން އަހަރު ދުވަހު ކުރީ ބިރުވެރި ވެރިކަމެއް ކަން މަމެންނަށް އިނގޭއިރު ރައްޔިތުން އެބިރުވެރި ވެރިކަމުގެ ތެރެއަށް އަނބުރާ ދިޔަ ނުދިނުމަށް ޓަކައި ހުޅުމާލެ ދޭއްގައި ހުރި ހުސްބިން ތައް ފްލެޓްސް ތަކަށް އެދިފައިވާ 16 ހާސް މީހުންނަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދޭ ގޮތަށް ދޫކޮށްލުން އެއީ އެމެންގެ ބިރުވެރިކަމުގެ ވެރިކަމުން މަމެން ސަލާމަތް ވާން އޮތް ގޮތަކީ އިނގޭ. ޑާރކްނެސް ފޯލްސް އެކްރޮސް ދަ ކަންޓްރީ، ދަ މިޑް ނައިޓް އަވަރ އިޒް ކްލޯސް އެޓް ހޭންޑް، ކްރީޗަރސް ކްރޯލް އިން ސާރޗް އޮފް ކޮރަޕްޓް މަނީ، ޓިު ޓެރެރައިޒް އަވަރ ކަންޓްރީ، ދަ ފަންކް އޮފް ކޮރަޕްޓް ތްރީ ޔިއަރސް، އެންޑް ގްރިޒްލީ ގޫލްސް ފްރޮމް އެވްރީ ކޯނަރ، ޔުއަރ ބޮޑީ ސްޓާރޓްސް ޓު ޝިވަރ ދޯ. އާއްހަހާހާހާ ހައްހަހާހާހާހާ ހާހާހާހާ..

  35. ނިހާނެވެ. ތި ފާޑަށް މާ ދުލަށް ބާރު ލައްވަވާފާ ތި ވާހަކަ ވިދާޅު ވާނެކަމެއްނެތް. މިހާރުވެސް ތި ބޭފުޅާ ހުންނެވީ އިދިކޮލު ފަރާތާ ގުލެން ތައްޔާރަށް. އަދި އެކަމުގެ މަސްވަރާވެސް ކުރި ބަޔަކާ އެކު ކުރީމެންނު ދޮތަ. ނަމަވެސް ތި ބޭފުލާ އަށް ތަބަކަށް ލާފާ 2018 ގެ ޓިކެޓް ދޭން އެއްބަސް ނުވުމުން ތި ފާޑަށް ވާހަކަ ދައްކަނީ. ހީކުރަން މި މުހިންމު ކޮމަންޓް ޖަހާލަ ދޭނެކަމަށް.

  36. ދިޔާނާ / މާލެ

    މާލެއިން އެއްދުވަހާ ޕީޕީއެމްއާ ގުޅުނު 11000 މީހުންގެ ވޯޓް ޕީޕީއމް އަށް ލިބުނުނަމަ މާލޭގެ ހުރިހާ ގޮޑިއެއް ސަރުކާރަށް ލިބުނީހެވެ. އެވެރިންގެ އިޚްލާޞްތެރިކަމެއް ނެތީއެވެ. ނުވަތަ ޢިތުބާރާއެކު ވޯޓަށް ނުނިކުތީއެވެ.

  37. މަޖްލީހުގެ ރައީސް ގެ ވޯޓާއި ދިމާ ކޮށް އެވޯޓް ނަގަން ފެށުމުގެ ކުރިން މީޑިއާ ހޫނު ކޮށްލި ސިޔާސީ ޚަބަރު މައްޗަށް ވިލާ ގަނޑެއް ގޮތަށް އިކޮނޮމިކް ވިލާ ގަނޑެއް އެރުވުމަށް ޓަކައި މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތު ފެއްޓިނަމަ މަޑުމަޑުން ސިޔާސީ ކަންކަން އޮބިގެން ދާނެއެވެ. އެހެން ނަމަ ސަރުކާރެއް އޮތުމުގެ ހަގީގީ ބޭނުން ރައްޔިތުންނަށް އަމިއްލަ އަށް އިހްސާސް ކުރެވޭނެއެވެ. ބްރިޖް އަދި އައިޖީއެމްއެޗް 25 ބުރީގެ އިމާރާތް އެއީ އެންމެންނަށް. އެކަމަކު ވަކި ވަކި ފަރުދުން ބަލާއިރު 16 ހާސް މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ލިބޭނެ ކަމުގެ ލިޔުުން ހަވާލުކޮށް އަނެއް 16 ހާސް މީހުންނަށް ތަންކޮޅެއް ފަސޭހައިން ފޯރމް ލެވޭނެ ގޮތެއް ހަދާ އެކަން ކުރިނަމަ ަސަރުކާރަށް ލިބޭނެ މާލެ ސަރަހައްދުގެ ވޯޓް ވެސް އައްޑޫ ވެސް އަދި ފުވައްމުލައް ވެސް އަދި ތިނަދޫ ވެސް އަދި ކުޅުދުއްފުށި ވެސް.

  38. ދިޔާނާ / މާލެ

    މާލެއިން އެއްދުވަހާ ޕީޕީއެމްއާ ގުޅުނު 11000 މީހުން ޕީޕީއެމަށް ވޯޓްދިންނަމަ ހުރިހާ ގޮނޑިއެއް ސަރުކާރަށް ލިބުނީހެވެ. އެހެންވީމާ ޕީޕީއެމްއަށް ފޯމުފުރާމީހުންގެ އިޚްލާޞްތެރިކަން ކުޑައެވެ. ނުވަތަ ޢިތުބާރު އޮތްލެއްބޮޑުކަމުން ވޯޓަށް ނުނިކުތީއެވެ.

  39. ޕީޕީއެމްގެ ވެރިކަމުގައި މިހާރު އަޅަމުން ދާ ބްރިޖް އާއި އަދި އައިޖީއެމްއެޗް 25 ބުރީގެ އިމާރާތުގެ ކަންކަމަކީ އެއީ އިދިކޮޅު ފަރާތް ތަކުން އެކަމަށް ވަރަށް ބޮޑަށް ހިޔަނި އަޅުވާފައިވާ ރަނގަޅު ކަންކަމެވެ. އެކަމަކު އެކަންކަމުގެ ވާހަކަ ކޮށްލާ ޓްވީޓެއް ފިޔަވައި ޕްރޮމޯޓް ކުރަން ކަމާއި ބެހޭ މިނިސްޓަރުންނަށް ކުރެވުނު މަސައްކަތެއް ނެތެވެ. މިހާރު މިއޮތީ ކެމްޕެއިން ސީޒަން ފެށިފައި 2018 ގެ ރިޔާސީ އިންތިޚާބަށް. އެކަމަކު އަދި ވެސް މިފަދަ ކަންކަން ޕްރޮމޯޓް ުކުރަމުން ދާ ތަން އެއްގޮތަކަށް ވެސް ނުފެނެއެވެ. މީ ވަރަށް ބޮޑު މައްސަލަ އެކެވެ. މިކަން ކަން ފިކްސް ކުރަން ރައީސް އޮފީހުގެ މީޑިއާ ސެކްޝަނުން ކުރަނީ އެއީ ކޮން ކަމެއްތޭ. ކައިކައިގެން ނިދަނީ ތޭ ތަމެން.

  40. އިސާހިތަކު ހުރިހާ ދިވެހިންވެސް ޕީޕީއެމަށް ސޮއިކުރަން އަވަސްވެގަންނާނެ، ރާއްޖޭގެ 2018 ގައި ޔާމީން ހޮވޭނީ 100% އުންތާ ނިހާން ބުނާގޮތުން.. ދުނިޔޭން މުޔަވީކަންނޭންގެ ބަލިވީމަ.

  41. ޕީޕީއެމް އަށް ހުރި އެންމެ ބޮޑު ގޮން ޖެހުމަކީ އެއީ އަދިވެސް ގިނަ މިނިސްޓަރުންނަކީ ޕީޕީއެމްގެ އެކްޓިވިސްޓުން ވެސް ރަނގަޅަށް ދަންނަ ބަޔެއް ނޫނެވެ. ދެން ކޮންމެ ރެއަކު ހަރުގޭގައި ޖަލްސާ ބާއްވާނަމަ އެކަން ވެސް ކުރަންވާނީ ވަރަށް ސިސްޓަމެޓިކް އުސޫލުން ނެވެ. ހުރިހާ މެމްބަރުންނަށް އެންމެ ކުޑަ ވެގެން އެސްއެމްއެސް ފޮނުވައިގެން އެމެން ހަރުގެއަށް ގެންދަން މަސައްކަތް ކުރަން ޖެހޭނެއެވެ. ޕީޕީއެމްގެ އާންމު މެމްބަރުންނާއި މިނިސްޓަރުންނާއި އަދި އެމްޕީން ނާއި ގާތް ގުޅުމެއް އޮންނަން ޖެހޭނެއެވެ. އެގުޅުމެއް ނޯވެއެވެ. ވަރަށް ދުރު ޑިސްޓެންޓް އެއް ހުރެއެވެ. އަދި އެމްޕީން ޖެހޭނެ މިކަން ރަނގަޅު ކުރަން. ފުރަތަމަ މިކަން ރަނގަޅު ކުރަންވީ މާލެ ސަރަހަައްދުން. އެއިރުން ދެން އެކަން ރަނގަޅު ވާނީ މުޅި ރާއްޖެ އަށް ފުޅާ ކޮށްގެން މާލޭގެ ތިއަރީ. މިކަން ކުރަންވީ އެގްރެސިވް ކޮށް. އަދި އޮންލައިން މީޑއާ ތައް ސްޕޮންސަރ ކޮށްގެން މަދުވެގެން 4 އޮންލައިން މީޑިއާ އިން ކެނޑިނޭޅި ސަރުކާރުން ރައްޔިތުންނަށް ލުއި ފަސޭހަ ކޮށް ދިނުމަށް ޓަކައި ކުރާ މަސައްކަތުގެ ތަފްސީލް ތައް ގެނެސްދޭންވީ އަބަދު އަބަދު.

  42. ރިޒަލްޓްސް

    ފިކުރު ތަފާތު ވާން ނުޖެހޭނެއެވެ. އެއީ ސަރުކާރު ހިންގާ ރޫލިން ކޯލިޝަން އެއްގައި ތިބެވޭނެ ގޮތެއް ނޫނެވެ. އެމްޑީއޭ އަކީ މިސަރުކާރު ދިފާއު ކުރުމަށް ޓަކައި މިސަރުކާރަށް ވަރަށް ބޮޑު މަސައްކަތެއް ކޮށްދީ ޕީޕީއެމް އެމްޕީން ނަށް ވުރެން ރަނގަޅު ނަތީޖާ އެއް ސަރުކާރަށް ނެރެދީފައިވާ ވަރަށް ލޯޔަލް އެންޑް ޑެޑިކޭޓެޑް ޕާރޓީ އެކެވެ. މީގައި މައްސަލަ އަކީ ޕާރޓީ ތަކެއްވެސް ނޫން އަދި އެމްޕީން ގެ ބޮޑުންނެއް ނޫން. މީގައި މައްސަލަ އަކީ މިނިސްޓަރުންނާއި އަދި މާލެ ސަރަަހައްދުގެ ފަރުވާ ކުޑަ އެމްޕީން ތަކުގެ މައްސަލަ. މިސާލަކަށް ޕީޕީއެމްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާފަންނު ދެކުނު ދާއިރާގެ މެމްބަރު. މިމެމްބަރުން އެއްގޮތަކަށް ވެސް ދާއިރާގެ ރައްޔިތުންގެ ވިންދު ތަކާއި އެއްގޮތަށް މަސައްކަތް ކޮށްފައި އަދި ކުރަން ވެސް މަސައްކަތެއް ނުކުރުން އެއީ ވަރަށް ބޮޑު މައްސަލަ އެކެވެ. އެއީ މާލެ ސަރަހައްދު ފެއިލް ވުމުގެ ނަތީޖާ އަކީ.

  43. ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް ދިމާވީ އެއީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލު ފެއިލް ވުމުންނެވެ. ސްޕެޝަލީ ކޯ ޗެއަރ އެވަނީ ފެއިލް ވެފައެވެ. ސަބަބަކީ ކުރިމަތި ވަމުން އަންނަ ލޯކަލް ކައުންސިލު އިންތިޚާބަށް ސޯފާ ސެޓްގައި އިށީނދެގެން އިނދެ ސޯފާ ސެޓްގެ ހެޑް ގައި ދެއަތް އަޅުވާލައިގެން އިނދެ ވިސްނި ނަމަ އޭނާ އަށް އިނގެންވާނެ ދޯ މާލެ ސަރަހައްދުގައި ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ 16 ހާސް މީހުންނަަކީ އެއީ ނަގާފައިވެސް 50 ހާސް މީހުންގެ ވޯޓް ކަން. ދެން އެމެން އެންމެންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ކުޑަ އަގުގައި ލިބޭނެ ކަމަށް ނިންމާ ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން އެމެން އެންމެންނާއި ބޮޑެތި ޖަލްސާ ތައް ބާއްވައިގެން މިކަން ކުރި ނަމަ މިއަށް ވުރެން ބޮޑު ކެމްޕެއިން އެއް ސަރުކާރުގެ ރިސޯރސް ބޭނުން ކޮށްގެން ނުކުރެވޭނެއެވެ. އެހެންނަމަ މީ ތިން މަސްދުވަހުގެ ބޮޑު ޔޫފޯރިޔާ އެކެވެ. އެހެން ނަމަ ސިޔާސީ ކަންކަން އޮބިގެން އޭގެ މައްޗަށް މިކަން ވަކި ހިއްޕާނެެއެވެ. ސަރުކާރުގެ އިކޮނޮމިކް ކައުންސިލުގެ ކޯ ޗެއަރ ގެ ވިޝަން އެއް ނެތީ ކަމަށް ނުވަތަ މި ސަރުކާރު ދިފާއު ކުރަން ބޭނުން ނުވީ ކަމަށް މަމެން މިދެކެނީ. އެނޫން ނަމަ މިކަން ކުރާނެއެވެ. މާލެ ސަރަހައްދުގެ ގޮނޑި ތައް ގެއްލިގެން ނުވާނެ ކަމަށް މަމެން ދިޔައީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބުނަމުންނެވެ. އެކަމަކު އެކަމަށް އެއްވެސް ފެސިލިޓޭޓް އެއް ސަރުކާރުގެ އަތުގައި ބާރު އޮވެމެ ވާ ގޮތް ނުވުން އެއީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުގެ ކޯޗެއާރ ފެއިލް ވުމެވެ.

  44. ރާއްޖޭގެ ސަރުކާރުގެ ކަލްޗަރ އެއް އެއީ އަބަދުވެސް ރައްޔިތުން ހޮވާނީ ސަރުކާރު. އެކަމަކު ސަރުކާރުގެ ރައީސް ދުވަސް ކޮޅަކުން ކަންކަން ކުރައްވާނީ މިނިސްޓަރުން ވިދާޅުވާ ގޮތަށް. ރައްޔިތުން ދައްކާ ވާހަކަ އަށް ކަންކަންކުރައްވަން އަބަދުވެސް އެއިރެއްގައި ހުންނަ ރައީސް އަކު ޖެހިލުން ވާނެއެވެެ. އެކަމަކު އެކަން ވާންވީ އެހެނެއް ނޫނެވެ. ރައީސް ވެސް އަމިއްލަ އަށް ނިންމަވާނީ މިނިސްޓްރީން މިނިސްޓަރު ކުރަން ޖެހޭ ކަންކަމުުގެ %50 އަނެއް %50 މިނިސްޓަރަށް ދޫކޮށްލާނީ. މެކްރޯ ލެވެލް ގައި މިނިސްޓްރީން ކުރާ ކަންކަން މެނޭޖް ކުރަން ޖެހޭނީ ރައީސް އެވެ. މިހާރު އިކޮނޮމިކް މިނިސްޓްރީން ބަންގާޅު މަސައްކަތު މީހުން ގެނައުން ބަންދުކޮށް ގެން އުޅޭތާ 6 މަސް ދުވަސް ވާއިރު ވެސް އޭގައި ވާނުވާ ވިޔަފާރި ވެރިންނަށް ނާންގާ އޮތް އޮތުމުން ވިޔަފާރި ތަކަށް ދަނީ ނުހަނު ބޮޑެތި ގެއްލުން ވަމުންނެވެ. ބަންގާޅުން ފިލައިގެން ރާއްޖޭގައި އުޅެނީ އެއީ އިމިގްރޭޝަން އިން އެކަން ގަސްތުގައި އެހެން އެކަން ކުރާތީއެވެ. ޑެއިލީ ކޮށް މުޅި ރާއްޖޭގައި އާއި ރިސޯރޓްސް ތަކުގައި ފުލުހުންނާއި ގުޅިގެން އިންސްޕެކްޝަން ޕްރޮގްރާމް އެއް ހިންގާނަމަ އެކަކު ވެސް ނުހުންނާނެއެވެ. އެކަމަކު މިކަމަށް ހައްލެއް ނާންނަ އިރު އިކޮނޮމިކް މިނިސްޓްރީން މިކަން ނުބަލަނީ ކީއްވެގެންތޯ. މިހާރު އިމިގްރޭޝަން ކޮންޓްރޯލަރ ވެސް ލޮލަށް ނުފެނޭދޯ. އެއީ ރަނގަޅަށް ކާލަން ޑިޕޮޒިޓް ފައިސާ ގަނޑު ލިބުނީ ކަން ނޭގޭ ދޯ.

  45. ކާރޑާއި ކަރަންޓް ގެ އަގު ބޮޑު ކޮށްގެން ސަރުކާރަށް ގެއްލުނު ވޯޓްގެ އަދަދު ނާރާނެ 5 ހާހަށް ވެސް. އެއަށް ވުރެން ބޮޑު ޚަރަދެއް ރަށްފުށު މީހުން އަތުން މާލެ ސަރަހައްދުގައި އެމެން ކުއްޔަށް ދިރިއުޅޭ ތަނަށް ދައްކަން ޖެހޭ ކުއްޔަށް ޚަރަދު ވެއެވެ. އެއީ ވިސްނާލަން ޖެހޭނެ ކަމެކެވެ. ކަން މިހެން ހުުރުމުން މާލެ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭނެ އެކަކު ވެސް ނުހުންނަ ވަރު ކުރުމަށް ޓަކައި ސަރުކާރުގެ 4 އަހަރު ތެރޭގައި ނަތީޖާ ނުނެރެވޭ ނަމަ ހުޅުމާލޭ ދޭކުން ބިން ތައް ކުޑަ ކުއްޔަަކަށް ދިގު މުއްދަތުން އަގު ހަމަ ކުރާ އުސޫލުން ދޫނުކުރީ އެއީ ކީއްވެގެންތޯ. ސަރުކާރު އޮވެއްޖެނަމަ ލޯން ވެސް އަދާ ކުރެވޭނެއެވެ. މާލެ ސަރަހައްްދުގައި ހުރި ފަޅު ތައް ކުއްޔަށް ދީގެން ހުޅުމާލެ 2 ހިއްކި ފައިސާ ވެސް ލިބޭނެއެވެ. އެއީ އެއްވެސް މައްސަލަ އެެއް ނޫނެވެ. ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް މިކަން ނުވިސްނުނީ އެއީ ޒުހޫރު މެންގެ ވިޝަނެއް ނުހުންނާތީއެވެ. އޭނާ ވާހަކަ ދައްކާ އިރު ވެސް ވިޝަން އެއް ނުހުންނަ ކަން ފާހަގަ ކުރެވެއެވެ. ކަން މިހެން ހުރުުމުން ރައީސް އޮފީހުން ސީދާ ރައީސް އެބަޖެހޭ މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ބޮޑު އިޝޫ އަކީ އެއީ މާލެ ސަރަހައްދުގައި ބޮޑު އަގުގައި ކުއްޔަށް ދިރިއުޅުން ކަމަށްވާއިރު އެއްފަހަރާ މިހާރު މާލޭން ފްލެޓްސް ތަކަށް އެދިފައިވާ 16 ހާސް މީހުންނަށް ހުޅުމާލެ ދޭކުން މީހަކަށް 800 އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޫކޮށްލަން. ސަރުކާރުން ނުޖެހޭނެ މާރކެޓް ވެލިއު ބަލަން. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ އިންފްލޭޝަން ދަށް ކުރެވޭތޯއެވެ. އެއީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ.

  46. މީނަ ހާދަ ގޮތްގޮތަކަށް އެބަ ވާހަކަ ދައްކަޔޭ ދޯ

  47. ލިޓިލްބްރެއިން

    ޕީޕީއެމް އަށް އައްޑޫގެ ހުޅުދޫ މީދޫގެ ވޯޓް ނުލިބުނީ އެއީ ސީދާ ޓޫރިޒަމް މިނިސްޓަރު ޒަމީރު މެންގެ އަމިއްލަ އެދުމާއި ކޮރަޕްޝަން އެކަމުގައި އިސް ކޮށް ގެން އައްޑޫ އިސްމެހެލާހެރަ ރަމީޒުގެ ގާތް ބަޔަކަށް ދޭން އުޅުމުންނެވެ. ރަމީޒު އެތަން ދޭން އުޅެނީ މާލެ ތެރޭގައި އުޅޭ ކިއްލި ތަޅާ ގްރޫޕް އަށެވެ. މަމެން ނުދެނެހުރިން މާލެ ސަރަހަައްދުގައި ކިއްލި ތަޅާ ވިޔަފާރި ކުރާ ބަޔަކަށް އައްޑޫ ފަދަ ލޮޖިސްޓިކް ޚަރަދު ބޮޑު އަދި ތަކެތީގެ އަގުވެސް ބޮޑު އަދި އެއަތޮޅަކުން މަސައްކަތް ކުރާނެ ސްކިލްޑް މީހުން ނުލިބޭ އަތޮޅަކަށް ވާއިރު އައްޑޫ އިސްމެހެލާ ހެރައިގައި 600 އެނދުގެ ރިސޯރޓެއް ރާއްޖޭގައި ރިސޯރޓްސް ތައް އޮޕަރޭޓް ކުރާ އަދި ރިސޯރޓްސް ތައް ހަދަން ދަންނަ ސީދާ ރަތްލާ ޖެހި ރިޗް ބޯއިސް އިންނަން ނޫނީ އެކަން ވާނެ ކަމަށް. އައްޑޫ އަކު އަދި އައްޑޫ އަށް ނިސްބަތް މީހަކު ވެސް ނެތް މާލެ ސަރަހައްދަކު ނެތް އިސްމެހެލާ ހެރައިގަައި ރިސޯރޓެއް ހެދޭނެ. އެކަމަކު އިސްމެހެލާ ހެރަ ބަޔަކަށް ނުދީ ލޯކަލް ކައުންސިލު އިންތިޚާބާއި ކުރިމަތި ލުން މީ ކަނޑުކޮހުން ކުރާ ޒާތުގެ ކަންކަން ނޫންތޭ މިކުރަނީ މަމެން ޕިންކީންގެ ސަރުކާރުން ބާރުގައި އޮވެމެ. ޓޫރިޒަމް މިނިސްޓަރު ޒަމީރު މެން އައީ ކުޑަ ކުޑަ ކުޑަ ރަށަކުން ދޯ. ވިސްނުން ވެސް ހުންނާނީ ފައިގެ ބޮޑުވާއިނގިއްޔާއި ހަމައަށޭ މަމެން ބުނަން ނެތީމު ދޯ.

  48. ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް ދިމާވާނެ ނޫންތޭ ޕީޕީއެމް ގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަކަށް ކުޑަވެސް ލުޔެއް ލިބޭނެ އުސޫލުން އެއްވެސް ކަމެއް ނުހިނގައެވެ. ވިޔަފާރި ކުރަން ބިމެއް ތިލަފުށިން ކުޑަ ކުއްޔަށް ދޭށޭ ބުނީމާ ބީލަމަށް ލައިގެން އެންމެ ބޮޑު އަގެއް ހުށައަޅާ ބަޔަކަށް ރަނުގެ އަގުގައިއޭ ދޭނީ ތިލަފުށި އެމްޑީ އެބުނަނީ. ދެން ގުޅި ފަޅުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރަން އެތަނުގައި ހުރި ހުސްބިން ތައް ކުޑަ ކުއްޔަކަށް ދޭށޭ ބުނީމާ ވެސް އެތަނުގެ ބޮޑުން ތައް ކިޔަނީ މުޅިން އެހެން ލަވަ އެއް. މަމެންގެ ބަހުރުވައިން ނަމަ އެމެން އެކިޔަނީ އަމައޭ އިނގޭ. މާލެ ސަރަހައްދުގައި ތިބި 10 ހާހާއި ގާތް ކުރާ އަދަދެއްގެ ވިޔަފާރިވެރިންނަށް 2000 އަކަފޫޓްގެ 10 ހާސް ބިން އެކަނި އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދެވޭނެ ހަމައެކަނި ގުޅި ފަޅުން ވެސް އެތަނުގައި އެއޮތް ބޮޑު ފަޅު ހިއްކާލިނަމަ. އެކަމަކު ކްރެޑިޓް އުސޫލުން ނަަމަވެސް އެމްޓީސީސީގެ ކޮންނަ ބޯޓް ގެންނަންވާއިރަށް މިކަން ކުރަން އެއްވެސް މަސައްކަތެއް ގުޅި ފަޅުގެ ބޯރޑް އިން ނުކުރެއެެވެ. މީހަގީގަތަކީ. ދެން އެމެން ކިޔާނެ މިހެން މަމެން ބުނުމުން އަމަޔޭ ދޯ. ތަމެން އަމަޔޭ ނުކިޔާ ރައްކާވާން އުޅޭ އިނގޭ ގުޅި ފަޅުގެ ބޯރޑް މެމްބަރުން އިނގޭ.

  49. ހެހެ ބަލި ގަބޫލު ކޮއްބަލަ

  50. މާލޭގެ އިރުން ކާނިވާ ސަރަހައްދުން ފެށިގެން ގޮސް ބްރިޖް އާއި ދެމެދުން ހިއްކާލެވޭނެ މިހާރު ބްރިޖް އެޅުމުން ވަރަށް ފަސޭހައިން ގޮސް ހުޅުލެ އާއި ޖެހެން 500 މީޓަރު ކައިރިއަށް ދަންދެން. މިހެން މިކަން ވެއްޖެނަމަ މާލޭގައި ކުރާ ހުރިހާ އިންޑަސްޓްރިއަލް މަސައްކަތް ތައް ކުރުމަށް ޓަކައި މިތަނުން ބިން ދެވިދާނެ އެއް ނޫން އެކަމަށް އެދޭ ކޮންމެ ފަރާތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އެއްބަަސްވާ ކޮންމެ ކުންފުންނަކަށް. މަމެންނަށް ޔަގީން ވިއްޔާ މިތަނުން ނެގޭނެ ކަން 2000 އަކަފޫޓްގެ 10 ހާސް ބިން މިތަނުން. މިއުސޫލުން މިކަން ކުރެވޭނެ ސަރުކާރުން ޗައިނާގެ ބޭންކް އަކުން ލޯން ނަގައިގެން މިކަން ކުރަން އުޅުނު ނަމަ މިވީ 4 އަހަރު ދުވަސް ތެރޭގައި. ހިތާމަ އަކީ އަދި ވެސް މާލެ އަށް ބިން އިތުރު ކުރުމަށް ޓަކައި ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނުވިސްނާތީއެވެ.

  51. މާލެ ސަރަހައްދުން ފް؛ލެޓްސް ތަކަށް އެދި މީހުން ލައްވާ ހައުސިންގް މިނިސްޓްރީން އެމިނިސްޓްރީ އަށް ލާފާއިވާ ފޯރމްސް ތައް ފުރުމުގައި ވެސް އާންމުން އަތުން ވަނީ ވަރަށް ބޮޑު ޚަރަދެއް ގޮސް ފައެވެ. މިހެން ހުއްޓާ އަނެއްކާ އެތަނުން ބަޔަކު ފިލްޓަރ ކޮށްފައި އެމެންނަށް އެކަނި ފްލެޓްސް ތައް ދީފައި ދެން ހުރި ފޯރމްސް ތައް ބާތިލް ވާނެ އުސޫލުން ހައުސިންގް މިނިސްޓްރީން ކަންކަން ކުރުމަކީ އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެ އެންމެންނަށް ފްލެޓްސް ތައް ދެވެން ޖެހޭނެއެވެ. ގިނަ އިން ޕޮއިންޓް ލިބުނު މީހުންނަށް މިހާރު ފްލެޓްސް ތައް ދޭން ފަށަންވީ އެވެ. ލިޔުން ތައް ހަވާލު ކުރަންވީ އެވެ. މިހާރު ނިމިފައިވާ ފްލެޓްސް ތައް އެމެންނަށް ދީފައި ދެން ނުނިމޭ ފްލެޓްސް ތަކަށް އެދިފައިވާ މީހުންގެ އަދަދު ބަލާ އެ އެންމެންނަށް މާލެ ސަރަހައްދުން ހުޅުމާލެ 2 އިން ބިން ދޭންވީ ކުއްޔަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔެއްގެ ގޮތުގައި 100 އަހަރު ވަންދެން. އެއިރަށް ސަރުކާރުގެ އަތުން ބޮޑު ޚަރަދެއް ނުގޮސް މިކަން ނިމޭނެއެވެ. ފަރުކޮޅު ފުށި ނަގަންވީމާ އެތަން ވެސް ނަގާނީ އެވެ. ކޮން ހެރިޓޭޖް އެކޭ ކިޔަންތޭ އެޗްޑީސީ. ހެރިޓޭޖް އޮޅާލާ އެޗްޑީސީގެ އެމްޑީ އިނގޭ.

  52. ޕީޕީއެމް އަށް މިހާރު ނުލިބޭނެ ބްލެސްޑް ވޯޓެއް އެއްގޮތަކަށްވެސް. ސަބަބަކީ މިހާރު ވެރިކަމުގައި އޮތީ ޕީޕީއެމް ކަަމަށް ވާތީއެވެ. ޕީޕީއެމް އަށް ދެން މާލެ ސަރަހައްދުން ވޯޓް ލިބޭނީ ދެކަމެއް މާލެ ސަރަހައްދުގައި ދިރިއުޅޭ ދެލައްކަ އެއްހާ ރައްޔިތުންނަށް ކޮށްދީގެންނެވެ. އެއްކަމަކީ އެއީ މާ ބޮޑެތި ރިޒަރވޭޝަން އެއް ނެތި މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުން ނަމަ މާލެ މުނިސިޕަލްޓީ ދަފްތަރު ގައި މިއަދު ޖެހޭ މީހާ އަށް ވެސް މާލެ ސަރަހައްދުން ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަން ޖެހޭނެއެވެ. އެގޮތުން ލިޔުން ހަވާލު ކުރާއިރު 2020 ގައި ހުރިހާ ފްލެޓްސް ތައް މާލެ ސަރަހައްދުގައި އިމާރާތް ކުރާނެ ކަމަށް ނިންމާ އެމަގުން ކަންކަންކުރުމުން ސަރުކާރަށް ވެސް ކާމިޔާބު ކުރެވޭނެ ރައްޔިތުން ވޯޓް އިން އަދި ރައްޔިތުން ސަރުކާރު އަތުން ބޭނުންވާ ކަން ވެސް ރައްޔިތުންނަށް ފުދުނީ އެވެ. މިކަން މިގޮތަށް ކުރަން ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް ވިސްނޭނެ ކަމަށް މަމެން މިދެކެނީ.

  53. ފުލުހުންވެސް ދެކޮޅު! އިނގިލިން ގުނާލެވޭހާ މަދު ބަޔަކު ފިޔަވާ! #އަހަރެންވެސް ދެކޮޅު!

  54. ކޮށްދީދެން

    ޕީޕީއެމް މިފަހަރު ބަލިވި ބަލިވުމުގައި ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނަގަން ޖެހޭނެ ވަރަށް ބޮޑު ޒިންމާ އެއް. މަމެން ގަބޫލުކުރާ ގޮތުގައި ޒުހޫރު މެން އެތިބީ ފެއިލް ވެފައެވެ. ޒުހޫރު މެންގެ ޖެނެރަލް ނޮލެޖް ވެސް ވަރަށް ދަށް އަދި ވާހަކަ ދައްކާ އިރު ވެސް މައުލޫމާތު ދަށް އަދި ރަނޑު ވާހަކަ ތައް ބޮޑަށް ދައްކަނީ. އިކޮނޮމިކް ކައުންސިލުގެ ކޯޗެއާރ އަކު ދައްކަން ޖެހޭ ފަދަ ޖެންޓުލްމެން ސްޓައިލް ގެ ވާހަކަ ނުދެއްކެއެވެ. ކީއްވެގެންތޯ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ މީހުންނަށް ދޭނެ ފްލެޓްސް ތައް ނޭޅޭނަމަ ހުޅުމާލެ ދޭ ކުން ހައުސިންގް މިނިސްޓްރީ އަށް ފޯމް ލާފައިވާ 16 ހާސް މީހުންނަށް މީހަކަށް 800 އަކަފޫޓް މަހަކު 1 ރުފިޔާ ސަރުކާރަށް އަކަފޫޓަކުން ކުއްޔެއްގެ ގޮތުގައި 100 އަހަރުން އަގު ހަމަވާނެ އުސޫލުން ކުއްޔަށް ނުދިނީ 16 ހާސް ބިންތައް ހުޅުމާލެ ދޭކުން. އެޗްޑީސީން އެގޮވަނީ ކަނޑުކޮޮހެވެ. އެމެން ހަދަނީ ދޮގެވެ. އެމެން ހުޅުމާލެ ބޭނުން ކުރަނީ އެމެން ކަޓް ކާން ވެގެންނެވެ. ހަމަ މިހާރުން މިހާރަށް ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ބޯލްޑް ޑިސިޝަން ސް ތަކެއް ނަގަންވީ ހުޅުމާލެ ދޭކުން 800 އަކަފޫޓްގެ 20 ހާސް ގޯތި ނަގާ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މިހާރު ހައުސިންގް މިނިސްޓްރީ އަށް ފޯމް ލާފައިވާ އެންމެންނަށް ބިން ދޭންވީ ހުޅުމާލެ ދޭކުން. އެނިމުނީ އެވެ. އެއިރުން މަމެންގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮހޭނެއެވެ. ފުރަތަމަ ކަމަކީ ރައްޔިތުން ސަރުކާރަށް ތާއީދު ކޮށް ރައްޔިތުން ސަރުކާރާއި އެކު ސްޓޭންޑް ބައިގައި ތިބުން. ހުޅުމާލެ ވަރުގެ އަނެއް ހުޅުމާލެ ހުޅުމާލެ ދެކުނުން އަދިވެސް ހިއްކާލެވޭނެއެވެ. އަދި ހުޅުމާލެ ފަޅު ނުޖެހޭ ކޮންމެހެން އެހާ ބޮޑު ކޮށް ބާއްވަންވެސް. ފަޅުވެސް ހިއްކާލެވޭނެއެވެ. އަދި ނުވި ތާކަށް އެނބޫދޫ ފަޅުވެސް ހިއްކާލެވޭނެ އެއް ނޫން ހުޅުމާލޭގެ ބިން ތައް ފުރިއްޖެނަމަ. އެނިމުނީ އެއް ނޫން ދޯ. މިފަދަ މާރވެލަސް ޑިސިޝަންސް ތައް ހެޔޮ ނުވާނެ ސަރުކާރުން ނަގާބަލަ ސްޕެޝަލީ ރައީސް އޮފީހުން. އެއިރުން ސަރުކާރު މިހާރު ވަދެފައިވާ ޕެނިކް ރޫމް އިން ސަރުކާރު ވަގުތުން ނިކުތީއެވެ.

  55. ވަމުންދަނީ

    މަމެން ޕިންކީންގެ ވެރިކަމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަބަދުވެސް ހުރިހާ އެމްޕީން ވެސް އަދި މިނިސްޓަރުން ވެސް ދައްކާނީ ސިޔާސީ ވާހަކަ އަދި އިދިކޮޅު ފަރާތް ތަކަށް ރައްދު ދޭން އެވާހަކަ. އެއްގޮތަކަށް ވެސް މަމެންގެ ސަރުކާރުން ރައްޔިތުންނަށް ނުކޮށް ދެވި ހުރި ކަންކަމުގެ ވާހަކަ ދައްކާލާނެ މިނިސްޓަރަކު ވެސް ނުހުރެއެވެ. މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުން ތިބޭ އިރު މިނިސްޓްރީ ތަކާއި ބެހޭ މައުލޫމާތު ދޭން މިއަރަނީ ސިވިލް ސާރވެންޓުންނެވެ. މީދެން ކަންނެތް ކަމުގެ ލާމަސީލު ނަމޫނާ ނޫންތޭ މިދައްކާދެނީ މިނިސްޓަރުންނާއި އަދި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންގެ. ދެން ތިޔާ ކޯރޑިނޭޓަރުން ތައް ކުރަނީ ކޮން ކަމެއްތޭ. ނުކުރޭ ދޯ އެއްވެސް ކަމެއް. ދެން ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލުން ކުރަނީ ކޮން ކަމެއްތޭ. ނުކުރޭ ދޯ އެއްވެސް ކަމެއް. އިކޮނޮމިކް ކައުންސިލުގެ ޑިސިޝަން ނޯޓް އެއްގެ އަޑު ނީވޭ އަދި މިއަހަރަކު ދޯ. މީ މަމެންގެ ސަރުކާރު ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ނޭގެނީ ނޫންތޭ.

  56. ކޮށްބަލަދެން

    ބައްޔަށް ފަހުވެސް މަމެން ޕިންކީންގެ ސަރުކާރުން ގިއަރ އަޕް ކޮށްގެން ކަންކަންކުރާ ތަން ނުފެނެއެވެ. މިދިޔަ ހަފްތާ ނިމިގެން ދިޔައީ ވެސް ސަރުކާރުން އެއްވެސް ކަމެއް ރައްޔިތުންނަށް ކޮށްދޭ ތަން ނުފެނެއެވެ. މިއަހަރު އަދި އެއް ސަރުކާރުން މިދިޔަ އަހަރު ހިންގި ގޮތަށް ޕްރޮޖެކްޓްސް ތަކެއްވެސް ނުހިންގައެވެ. ކަން މިހެން ހުރުމުން ހެޔޮ ނުވާނެ މިނިސްޓަރުން ވެސް ހިޔަންޏަށް މުޑި ނުނަގާ ތިޔާ ކުދިކުދި އާބާދީ ހުންނަ ރަށްރަށުގައި ކަންކަން ނުކޮށް މާލެ ސަރަހައްދުގައި މިއޮތް ބޮޑު އާބާދީ އަށް ބޯހިޔާ ވައްސެއްދީ އަދި މާލެ ބޮޑު ކުރެވެން އޮތް ތޯ ބަލާ މާލޭގެ ދެކުނުން ގޮސް އެނބޫދޫ ފަޅާއި 500 މީޓަރުގާތަށް ހިއްކާލެވޭތޯ ވެސް ބަލާ ދިރާސާ ކޮށް ހަދާ އެމްޓީސީސީ މެދުވެރިކޮށް މިކަން ކުރަންވީ ނޫންތޭ. ބިން ހިއްކަން ފެށުމުގެ ކުރިން ބިން ތައް ކޮންމެ މީހަކަށް ވެސް ކުއްޔަށް ހިފޭނެ އުސޫލުން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ބިން ވެސް ހިއްކަންވީ ނޫންތޭ. އަދި ވެސް ސަރުކާރުގެ ގިއަރ ތަކަށް ލުބްރިކޭޓް ޖަހާ ސަރުކާރު ގިއަރ އަޕް ކުރި ތަނެއް ހަމަ ފެންނާން ނެތޭ. ހަމަ އެކަނި ނިހާނު އެހެން ކިޔަނީ އެވެ. އެނޫން ކަމެއް ނުވެއެވެ. މިނިސްޓަރުން ވެސް ތިބެނީ ފޮލާ ހޮރުގައި ސިވިލް ސާރވެންޓުންގެ ޕީއެސް މެން ބުނާ އެއްޗަކަށް ޑިޕެންޑް ވެގެން ލަންކާ ކޮންޓްރެކްޓަރުންނަށް މަސައްކަތް ދީގެން މިނިސްޓަރު ކަން ދިފާއު ކުރެވޭތޯ ބަލަން. ހުކުރު ހޮނިހިރު ވެސް މިނިސްޓަރުންނަށް ބަންދުވާން ޖެހޭނެ ކަމަށް މަމެން ނުދެކެމެވެ. މިހާރަށް ވުރެން ބޮޑަށް ރައީސް އޮފީސް ވެސް ކަންކަމުގައި ހަރަކާތް ތެރިވެ މާލެ ސަރަހައްދުގައި ހުރި އިޝޫސް ތަކަށް ހައްލު ގެންނަން ވެއްޖެނޫންތޭ.

  57. 2019 ގައި އަމިއްލަ ދާއިރާއިން ހޮވިއްޖެއްޔާ ނަސީބެއް. ނިހާނޫ...

  58. ޕީޕީއެމް އޭދަފުށި ތަންތަނުން ބަލިވުމުގައި ހުރި މައްސަލަ ތަކަކީ އޭދަފުށީ ބިން ހިއްކާ ގޯތި ތައް ނުދީ ބޭއްވުމެވެ. ގޯތި ތައް ނުދީ ފްލެޓްސް ތައް އަޅަން ކަމަށް ހައުސިންގް މިނިސްޓްރީން ބުނި ނަމަވެސް ރާއްޖެތެރޭގައި އެއީ ރަށްފުށު ރައްޔިތުން މަރުހަބާ ކިޔާ ކަމެއް ނޫނެވެ. އެމެންނަށް ގޯތި ދިނުމުން ދެން އެމެން ގޯތީގައި އުޅެފާނެ އެއް ނޫން ސަރުކާރުގެ ގަވާއިދާއި އެއްގޮތަށް ގޯތި ހަދައިގެން. އެނިމުނީ އެވެ. ހައުސިންގް މިނިސްޓްރީން ބޭކާރު ކަންކަން ކުރަން ހަދައިގެން މިހެން މިދިމާވާން މިޖެހެނީ ދޯ.

  59. ބޮލު ރޮދި ކެނޑި ފައި ތިބޭ މީހުން ދައްކާ ވާހަކަ ދޮންެޔޮ ތިދައްކަނީ ،

  60. އިންޑިއާ މީހާ

    އެއްކަލަ ވާހަކަތައް ފަށައިފި. އިންތިހާބުގެ ކުރިން ދެކެވުނު ވާހަކަތަކުން މީހުންގެ ތެރޭގައި ނަފުރަތު އުފެދެން ފެށުމުން ޔާމީންގެ އެންގުމަށް އެކަން ހުއްޓުވާފަ، އިންތިހާބުގެ ފަހުން ދެއްކި ފުރަތަމަ ވާހަކައިން އަނގަ އޮޅި، އަނެއްކާ މިހިާރު އެ ފެށީ އިންތިހާބުގެ ފަހުން އެބުނި ވިސްނުންތެރިކަމާއެކު ކަންކަން 'ހައްލު' ކުރުމުގެ މަސައްކަތް. އެވެސް ހަމަ ރައްޔިތުން ރުޅި އަންނަގޮތަށް.

  61. ވަރަށް އަވަހަށް ލީކުވި އޯޑިއޯ ކޮޅުގެ ވީޑިއޯވެސް ޖަލުން ފެނިދާނެ.. ތިހާވަރަށް މާ ކަންތައް އިނގޭ އަދި ވާހަކަ ދެކެވޭ މީހެއްނަމަ އެވާހަކަ ދައްކަބަލަ. ހުވާ މިބުނީ މީނަވެސް ހަމަމަގަށް އެޅޭދުވަސް އަދި ފެންނާނެ

  62. ތިކަމެއްނުވާނެ، އެކަމަކު ވަރައްއަވަހައް ނިހާން އެމްޑީޕީ އާގުޅޭނެ، މަމެން މިތިބީ ބަލަން، އަދިހެޔޮވިސްނިގެން ގުޅޭނެ

  63. >>>>>>>1 ކިލޯ

    ކައުންސިލާ ގުޅުނީމާ އަނެއްކާ ރައްޔިތުންނަށް ވެވޭނީ ހަރާމް ކޯރު ކަން ނިހާނު ހަނދާނެއްނެތް؟؟

  64. އެމްޑީޕީ ކައުންސިލުން ސަރުކާރާގުޅުމަކީ އެމްޑީޕީއަށް ވޯޓް ދިން ބޭފުޅުންނަށް ވޭވޭ ހަރާންކޯރުވުމެއް އެމްޑީޕީ ކައުންސިލުތަކުން ސަރުކާރަށްތާއީދު ކުރިޔަސް އެމްޑީޕީ ކައުންސިލުންތަށް ހޮވަންވެގެން ވޯޓް ދިންބޭފުޅުން ސަރުކާރަކަށް ތާއީދެއް ނުކުރާނެ ލާރިހުރީއްޔާ ގޮނޑި ލިބޭނެ ލާރިޔަކުން ތާއީދެއް ނުހޯދޭނެ ތާއީދު ހޯދޭނީ ރަށްޔެތުންގެ ރުހުމާ ލޯބި ލިބިގެން

  65. ވިސްނަބަލަ

    ކެނެރީގެ ނަޝީދުގެ ވާހަކަ ތަކަށް ރައްދު ދިނުމުގެ ބަދަލުގައި މަމެން ޕިންކީން ވެރިކަމުގައި ތިބެމެ މަމެންގެ ވަގުތު ހޭދަ ކުރަންވީ ސަރުކާރުން ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ޓަކައި ކޮށްދޭން ޖެހޭ ކަންކަން ކޮށް ދިނުމަށެވެ. އެންމެ ގިނަ ބަޔަކު ލޮލުގައި އަޅައިގަންނަނީ މާލެ ސަރަހައްދުގައި ތަރައްގީ ކުރެވޭ ކަންކަމަށް ބަލާއިރު މާލެ ސަރަހައްދުން މާލޭން ވެހިކަލްސް ތައް ޕާރކް ކުރާނެ ޖާގަ އެއް ހެދުމަށް ޓަކައި މާލޭގެ ދެކުނު ފަރާތުން އެނބޫދޫ ފަޅާއި ވީ ދިމާލަށް އިންޑަސްޓްރިއަލް ވިލެޖް އިން ފެށިގެން ހިއްކަން އެބަޖެހެއެވެ. އެތަން ހިއްކޭނެ ވަށައިގެން ޓްރައި ޕޮޑް ޖަހާ އެތެރެއަށް ފަސް އަޅާލަނި ކޮޮށް. އެއިރުން މިފުރަަ ގްރޭންޑް މާލޭގައި ހުރި ހުރިހާ ވެހިކަލްސް ތައް ރޭގަނޑު ވަގުތީ ގޮތުން ޕާރކް ކުރަން އެތަން ހެދޭނެ ނޫންތޭ. އަދި ހަމަ މާލޭގެ ހުޅަނގު ފަރާތުން ފެށިގެން ތިލަ ކަނޑުއޮޅި މާލެ އާއި އިންވެގެން ހިއްކަން ފަށަންވީ މާލެ ވިލިގިލި އާއި ވީ ފަޅި އަށް ގޮސް ވިލިގިލި އާއި މާލެ އާއި ދެމެދު 200 މީޓަރު ހުންނަ ވަރުގެ ޖާގަ އެއްބާއްވާ ދެން ހުރި ތަން ހިއްކާލުމުން ދެން އެއިރަށް ވެސް ނިއުމާލެ ބޯންވީ ނޫންތޭ. ދެން އެއީ މާލޭގެ އިންޑަސްޓްރިއަލް ޕާރކް ކަމުގައި ހެދޭނެ ނޫންތޭ.

  66. ސަންތިމަރިޔަނބު ހާދަ ދޫ ހަޑިޔޭ ، ނިހާންވެސް ހިޔާލުފާޅުކުރަނީއެ ، ބްލޮގަރޭ އަށް އެކަނިތަ ހިޔާލު ފާޅުކުރެވޭނީ

  67. އިސްތިއުފާ ދިން މީހަކު އަދި ވަކިން ޚާއްސަ ޖަލު ހުކުމް ކޮށްފައިވާ ކުށްވެރި އަކު ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރަކުން ބަލި ގަބޫލުކުރަން ޖެހެއޭ ބުނުން އެއީ ދުނިޔޭގެ ސްޓޭންޑަރޑްސް ތަކާއި ޚިލާފަށް އެމީހަކަށް ބުނެވޭ ބަހަކަށްވާތީވެ އެބެލެވޭނީ އެއީ މިތާނގައިވާ ވެސް ވާހަކަ އެެއް ނޫން ކަމަށް. އެއީ ޗަކަސް ޗަކަސް ކަމަށް ދޯ.

  68. ސަންތި މަރިޔަނބު

    ނިހާނޫ ކަލޭގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީ ދޯ އަނެއްކާ މީޑިޔާގަ އަނގަހުޅުވީ މީހަކުވިއްޔާ ގޮތެއްވެސް ހުންނާން ވާނެ ކަލޭމިހާތަނަށް ކީހާޅެން ފަރިއްސަށްވީ އަދިވެސް ހަމަ ޅެންކިޔަނީތަ ލަދުގަންނަން ދަސްކޮށްބަލަ ލަދުވެތިކަމަކީ ތަޤުވާވެރިކަމުގެ ސިފައެއް ލަދެއް ހަޔާތެއް ނެތް މީހެއްގެ ކިބައިގައި ތަޤުވާވެރިކަމެއްނުވާނެ މާދަމާ އޮތްކަންި ނިކަން ހަނދާންކޮށްބަލަ