ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައެޅީ މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ދަށުން އިސްލާމީ ޝަރީއަތުގެ އުސޫލުތަކަށް ރިއާޔަތްކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

މި ނިންމުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފަށް ގޮނޑި ބަދަލުކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ގޮނޑި ގެއްލޭ މެމްބަރުންނަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ގާނޫނު އަސާސީގެ މާއްދާތަކާއި ހަވާލާދީ ވިދާޅުވެފައިވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓުން "ހައްލު" ހޯދަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އަދި މަޖިލީހަށް ހޮވޭ މެމްބަރުން ޕާޓީ ބަދަލު ކުރެވޭ ގޮތަށް އޮތުމަކީ ސިޔާސީ އަދި މާލީ ނުފޫޒުގައި މެމްބަރުން ޖެހި، ރައްޔިތުންގެ މަސްލަހަތަށް ވުރެ މެމްބަރުގެ އަމިއްލަ މަސްލަހަތު އިސް ކުރެވޭނެ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގެއްލޭކަން ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިންޑިއާ ފާހަގަކޮށްފައިވެއެވެ.

އިންޑިއާގައި މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ހަދާފައިވާ ގާނޫނު އެގައުމުގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ގާނޫނުތަކެއް ހެދިފައި ނެތްކަން ފާހަގަކޮށްފައެވެ. އަދި އެގޮތަށް ގާނޫނެއް ނެތީ އެ ގައުމުތަކުގައި އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުކުރުމަކީ "ނާދިރު" ކަމަކަށް ވާތީ އާއި ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރަކު އަމިއްލައަށް އިސްތިއުފާދީ ބައި އިލެކްޝަންގައި ވާދަކުރާތީ ކަމަށް ވިދާޅުވެފައިވެއެވެ.

މި ހުކުމުގައި ވަނީ މެމްބަރުން ޕާޓީން ވަކިވާނެ ގޮތްތަށް ވެސް ކަނޑައަޅާފައެވެ.

އެގޮތުން މެމްބަރަކު ޕާޓީން ވަކިވާނީ އެ މެމްބަރަކު ޕާޓީން ވަކިވުމަށް ޕާޓީއަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ޕާޓީން ވަކިކުރުމުންނެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމަށް ބަލާއިރު ޕީޕީއެމްއިން އެންމެފަހުން ވަކިވި 10 މެމްބަރުން އަދި ޕާޓީން ވަކިވެފައިނުވާނެ ކަމަށް ބެލެވެއެވެ. އެއީ އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އުނިކޮށްފައި ނުވާތީއެވެ.

އެހެންކަމުން އެ މެމްބަރުން ދެން ދަފްތަރުން އުނިކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ.

ADS BY ASTERS

58 ކޮމެންޓް

 1. މަހަށްދޭބަލަ

  މިއީ ކާމިޔާބެއް، އެނބުރި ދިޔަ މެމްބަރުން މަރުހަބާ ކިޔަން ތައްޔާރު ކަމަށް ނިހާނު ވިދާޅުވުމުން ދެން އެނބުރި ދިޔަ ޕީޕީއެމްގެ މެމްބަރުން އަންނަންވީއެވެ. އެމީހުން ނައިސް ކުރާނެ އެއް ކަމެއްވެސް ނޯންނާނެއެވެ. ދެން އަލަށް މަޖްލީހަށް ހޮވުނު ޔާރާ ދިލް ދާރާ އިން ތަކަށް ހީވާނެ އެމެން ޔާރާ ދިލްދާރާ ފިލްމް ކުޅުނީމާ ރަނޑުން އޮލިމްޕަހަށް ގޮސް އެފިލްމްސް ތައް ބެލި ނަމަވެސް އެއީ ޖެންޓުލްމެން ސްޓައިލްގެ އެންމެން ގޮސް ބަލާނެ ފިލްމްސް ތައް ކަމަށް. ނުވާނެ އެކޮއި އެހެން ތިކަމެއް. ތިޔާ ޔާރާ ދިލްދާރާ ފިލްމް ނުބަލައޭ އެކޮއި މާލޭގެ ޖެންޓުލް މެން ސްޓައިލްގެ އެކަކު ވެސް. ދެން ރަށްފުށުން މާލެ އައިސް ފައި ތިބޭ ރަނޑުން ދަނީ ތިޔާ ފިލްމްސް ބަލަން. ހަމަ އެގޮތްވާނީ ތަމެން ތިޔާ ޕީޕީއެމް ގެ ނަމުގައި ހޮވިފައިވާ ޓިކެޓް ގައި ޕީޕީއެމް އާއި ދެކޮޅަށް ވޯޓް ދޭނަމޭ ކިޔައިގެން 23 މިލިއަން ރުފިޔާގެ ކަޓް ނަގައިގެން އެކަން އެގޮތަށް ކުރެވޭނެ ކަމަށް ހީކުރި ނަމަވެސް އެކަން މަމެން ވެސް ދަންނަމޭ އެކަން އެގޮތަށް މަމެން ޕިންކީންގެ ވެރިކަމުގައި ނުކުރެވޭނެއެވެ. އެކަން މިއޮތީ ސާބިތު ކޮށްދީފައެވެ. ދެން މަހަށް ދާން ޖެހޭނީ.

 2. ޠާމީނުގެ މައްޗަށް މިގައުމަށް ގައްދާރުވުމުގެ ދަޢުވާ އުފުލަންޖެހޭ. ޜައްޔިތހުން މަނިކުފާނަށް ވެރިކަން ހަވާލުކުރީކީ ގަނޫނު އަސާސީ ފުންޑާލާ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރާކަށެްްނޫން

 3. އަލީގެ މަލީ

  ކަލޯ މެމްބަރުންގެ ވިޔަފާރި ގެއްލުނީތިޔަ ދެން ސިނާން މެންފަދަ ކަރަޕްޓް މީހުން ދާނެތަނެއް ނޯންނާނެ ހަދާނެ ގޮތެއްވެސް ނޯންނާނެ.. ތިޔަ މަޖިލިސް ސައިޒު ކުރަން ވެއްޖެތާ މާގިނަދުވަސް ވެއްޖެ ޔާމީން ވަރެއްނެތް ހަމަ.. ބަލަ ރައީސް ވޯޓް އައުޓް ކުރެވޭ ވަޒީރުން ބޭރު ކުރެވޭ... އެކަމު މެމްބަރަކު ހެޔޮ ޖަލަށް ލިޔަސް މަޖިލީހު ގޮންޑި ގެއްލެނީ އަދި އަހަރެއްގެ ހުކުމެއް އައީމާ.. މީދެން ކިހާ މޮޅު ގޮތެއް... ދެން ނިކަން މޮހޮއްމާމެން ވިޔަފާރި ކޮށްބަލަ

 4. މެމްބަރުން ދެން ވާނީ ގޮނޑީގެ އަޅަކަށް އަދި ޕާޓީގެ ވެސް އަޅަކަށް. ވ ނުރައްކާތެރި ނިންމުމެއް މީ. މެމްބަރުންނަށް ބިރު ދެއްކުން ފަދަ ކަންކަން ދެން އިތުރުވާނީ. ގަބޫލް ކުރެވޭ ގޮތުގަ މެމްބަރުން ވާން ވާނެ ވ މިނިވަން ބަޔަކަށް ނޫން ނަމަ އެކަށީގެން ވާ މަސައްކަތްތަކެއް ނުފެންނާނެ މެމްބަރުން ފަރާތަކުން. މެމްބަރުން ނަކީ ވަކި ޕާޓީއެއް ކުރިއަރުވާން ހޮވާފަ ތިބޭ ބައެއްވެސް ނޫން. ރައްޔިތުންގެ ހައްގުގަ ވަކާލާކުރުމަށް ހޮވާބައެއް. ޕާޓީގެ ހައްގުގަ ވަކާލާތު ކުރަން ހޮވާބައެއްވެސް ނުމެނޫމްމެ. ހުސް ވާހަކަ މީވެސް ވިސްނާލާ ރައްޔިތުންވެސް.

 5. ޑިމޮކްރަޓިސްޓް

  ބަރާބަރު ނިންމުމެއް.. މިހާރުތިބޭނީ ރާކަނިމަސް ކެވިފަ.. ކުރިމަތިލަނީ ވަކި ޕާޓީއެއްގެ ޓިކެޓްގަ.. އެޕާޓީއެއްގެ އެންމެ ސަޕޯޓްއޮތް ދާއިރާއަކުން މިހޮވަނީ.. ހޮވުނީމަ ޕާޓީ ބަދަލުކުރުމަކީ ކުރެވެން ވާނެކަމެއް ނޫންކަން އަމިއްލަ ބުއްދިން ވިސްނާލިޔަސް އެގޭނެ.. އެހެން ހަދައިފިނަމަ އަލުންޖެހޭނީ އެދާއިރާއަކަށް އަލުން ވޯޓްދީގެން ހޮވަން.. މެންބަރުންނަށް މިވަރު ކުޑަކަމެއްވެސް ނޭންގިގެން މިދުވެނަގަނީ..

  • ޕާޓީ ނަންވެގެން އެހެން ފިކުރެއް ގެންގުޅުމަކީ ތަ ތިބުނާ ރަނގަޅު ގޮތަކީ

 6. ތީ ބަރާބަރު ހުކުމެއް. ވޯޓުދީގެން އެމީހުން ހޮވަނީހިތައް އަރައިރައް ފައަސާ އައް ބަދަލް ވެވޭ ބަޔަކައް ވެގެން ނުވާނެ

 7. الحمدلله

 8. ފަޅުވެރިން

  އެންމެ ފުރަތަމަވެސް، އަދި އެންމެ ފަހުންވެސް ޙަމްދުހުރީ ހަމައެކަނި، އަދި ހަމައެކަނި ﷲ ތަބާރަކަ ވަތަޢާލާއަށް! މިއަދަކީ ދިވެހި ދައުލަތަށް، ދިވެހި ރައްޔިތުންނަށް، އަދި ރާއްޖޭގެ ވެރިކަމާއި، ޑިމޮކްރެސީއަށް ލިބުނު ވަރަށް މަތިވެރި ނަޞްރެއް! އާޒަމާނުގެ ވޯރާއިންނަށް ޤައުމު ވިއްކައި ހުސްކުރަން ފައިނަގާފައިވާ ޚާއިނުންގެ މޫނުގައި ޖެހުނު ހޫނު ތަފާލެއް! ޙުކުމުގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ނުކުތާތަކަކީ ކޮންފަދަ ޢިލްމީ ނުކުތާތަކެއްތޯ؟ އަދި ކޮންފަދަ ޙަޤީޤަތުގެ މައްޗަށް ބިނާ ކުރައްވާފައިވާ ނުކުތާތަކެއްތޯ؟ މެންބަރު ނަޝީދު ލިޔުއްވި ފަދަ އެއްފަރާތަށް އަރިއަޅާލާފައިވާ ބަޔާނެއް ނޫނޭ މިއީކީ، ނަމަވެސް ވަރަށް ވަޒަންހަމަ، ހަމައެހެންމެ އެހާމެ އިންޞާފުވެރި ނިންމުމެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތިޔަހަރަ ދުރުވިސްނުންފުޅާއި، ޙިކްމަތްތެރިކަމަށްޓަކައި އައްސަރިބަހާއި ސާބަހެވެ!! ޝުކުރިއްޔާއެވެ! ތިޔަބޭފުޅުން މިއަދު ތިޔަ ސަލާމަތްކޮށްދެއްވީ ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތެވެ!!

 9. ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިފިއޭ މަމެންގެ ފެނޯމެނަމް ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސްޕްރީމް ކޯޓުން. މީއޭ ގައުމު ދެކެ ލޯބިވާ ސްޕްރީމް ކޯޓެއް މިރާއްޖޭގައި އެބައޮތޭ މަމެން މިބުނާ އެއްޗަކީ. މިއަދަކީ މިރާއްޖޭގެ މަޖްލީހުގައި ރަންރީނދޫ ބޮޑޭ ހިންގަން ފެށި އޮގަނައިޒްޑް ކޮރަޕްޝަން އަށް ނިމުން އައި ދުވަހޭ. މިއަދަކީ މީ ރާއްޖޭގެ ސަރުކާރާއި އަދި ސްޕްރީމް ކޯޓް މީންސް ހުރި ގޮތެއް ގައި މިރާއްޖޭގެ މަޖްލީހުން ހިންގާ އޮގަނައިޒްޑް ކޮރަޕްޝަން އަށް ނޫނެކޭ ބުނި ފުރަތަމަ ދުވަސް. މީއޭ ރާއްޖެ ލިޓިލް ސިންގަޕޯރއަށް ބަދަލުވާން ބޭނުންވާ އޮތޯރިޓޭރިއަން ސްޓައިލް ޓައިޕް އޮފް ގަވަރމެންޓް އަށް ސަރުކާރު ބަދަލު ވެގެން ދާ ގޮތަކީ. ހުރިހާ ކުދިން ވެސް މިކަމުގެ އުފަލުގައި ނަށާ ލަވަ ކިޔާލަންވީ އެވެ. ހޯއް. ޗޮއް ޗޮއް ޗޮއް ހޯއް އޮއޮއޯ އޮއޮއޯ އޮއޮއޯ ހޯއް ހޯއް މަމެން މިނަށާލަނީ ރާއްޖޭގެ މަޖްލީހުން ކޮރަޕްޝަން ނައްތާލަން ސްޕްރީމް ކޯޓުން ސާބިތު ކަމާއި އެކު ނިންމި ބިއުޓިފުލް ނިންމުން އެއީ ދުނިޔެ އިން ވެސް ލާމަސީލު ނަމޫނާ އެއް ކަަމަށް ބަލައިގަންނާނެ ނިންމުމެއް ކަމަށް ދެކިގެންނޭ. އެެކަމުގެ އުފަލުގައި މަމެން މިނަށާލަނީ އޯވަރ ވޯޓަރ ބްރިޖް މަތީގައި ޑޮލްފިންސް ތަކާއި އެކު އެވެ. މަމެން ޕިންކީން ނަކީ މީ ހުރިހާ ކުދިންގެ ވެސް ހިތުގެ ރިދަމް ހިތުގެ ރިދަމް ހިތުގެ ރިދަމް އެެވެ. ވީއާރ ޑާންސިންގް ތްރޫ ދަ ނައިޓް ޑާންސް ތްރޫ ދަ ނައިޓް.

 10. ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިފިއޭ ކުދިންނޭ. މީހާދަ ގައުމު ދެކެ ލޯބިވާ އަދި ދުރުވިސްނޭ ކުދިންނޭ ދޯ ސްޕްރީމް ކޯޓްގެ ބެންޗް ގައި މިތިބީ. މިއިން ކޮންމެ ކުއްޖަކަށް ޖެހޭނެއޭ ހުޅުމާލެ ދޭކުން 3000 އަކަފޫޓްގެ ގޯއްޗެއް ވެސް ހިލޭ ދޭން ދޯ. ތިޔާ ސްޕްރީމް ކޯޓްގެ ބެންޗުން މިއަދު ބިއުޓިފުލް ނިންމުން ނިންމި ބެންޗް އެއީ އޭ ދިވެހި ދަރިންނަކީ. ތޭންކިއު، ތޭންކިއު، ތޭންކިއު، ސްޕްރީމް ކޯޓް. މިއިުޒިކް މިއުޒިކް މިއުޒިިިކް. އޫއްހޫއް ހޫއްއޫއް އޫއްހޫއް.. ޔޫ ނޯ ދިސް އިޒް އަ ވެރީ ބިއުޓިފުލް ވާރޑިކްޓް. ސްޕެޝަލީ އައި ލައިކް ދިސް ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވާރޑިކްޓް. ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ތިޔާއީ މިގައުމު ލިޓިލް ސިންގަޕޯރ އަށް ހެދުމުގައި އެންމެ މުހިއްމު ރޯލެއް އަދާ ކޮށްދޭ ހަމައެކަނި ތިން ބިއުޓިފުލް ކުދިން ނަކީ. ހޭއް، ހޭއް، ހޭއް، ހޯއް ހޯއް ހޯއް. އައި ކުޑް ލައިކް އިޓް. ހޯއް ،ހޯއް، ހޯއް، ޔޫއާރ ދަ ވަންސް، ބީ އިން ދަ ވަންސް. މަންމަ އަބަދުވެސް ބުނޭ ތިޔާ ކަހަލަ ކުދިންނަކީ އެއީ ރާދަރ ތިންގްސް އޭ އަދި ރާދަރ ތިންގްސް ވިލް ނެވަރ ޑައިއޭ ދޯ. ސްޕްރީމް ކޯޓުގައި މިއަދު މިބިއުޓިފުލް ހުކުމް ނެރެދެއްވި ތިން ފަނޑިޔާރު ނަކީ އެއީ ރާދަރ ތިންގްސް އޭ އެންޑް ރާދަރ ތިންގްސް ވިލް ނެވަރ ޑައި. ޑާޑާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާ، ހޭއް، ހޭއް، ހޭއް، ހޯއް، ހޯއް، ޔޫއާރ ދަ ވަންސް، ބީ އީން ދަ ވަންސް، ހޭއް، ހޭއް، ހޭއް، ހޭއް، ހޯއް، ހޯއް، ހޯއް، ހޯޢް. ޑާންސް ޑާންސް ޑާންސް އެން ހޭވް އަމޫން ވޯކް.. ޑާޑާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާ...

 11. ތިޔައީ ކުރަން މާލަސްވެސް ވެއްޖެ ކަމެއް. ޕާޓީގެ ޓިކެޓްގައި ރައްޔިތުން ވޯޓް ދީގެން މެންބަރުން ހޮވުމުން ލާރިއަށް ވިކި ހުސްވަނީ. ތިކަމަށް ހަމަ ތާއީދު.

 12. މިހާރު ކުށްވެރި މިވީ ޢަބްދުﷲސަޢީދު، ޕާޓީ ދޫކޮށްފަ ދިޔަ މެމްބަރުން އެމީހުން އެހިސާބަށް ގެނެސްދެއްވި ރަށްޔިތުންނަށް ހަރާންކޯރުވީމަ އެކަން ކުށަކަށް ނުވި. ޤާނޫނުތަށްވެސް މިހަދަނީ އެއިރަކު މުޖުތަމަޢުގަ ކަންކަން ހިނގާ ގޮތަށް ރިޢާޔަތް ކޮށްފަ.

 13. ލޭޑީސް އެން ޖެންޓުލްމެން. ނޯ ނީޑް ޓު ވޮރީ. ހާސްވާން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ މަމެން ޕިންކީން މިރާއްޖޭގައި ވެރިކަން ކުރާއިރު. އެންމެ މަޝްހޫރު އޮން ލައިން ނޫހުގެ ފޭކް އެވޯރޑް މޭޒު ދަށުން ދަމާ ކުޅެގެން ހޯދާފައިވާ ކުދިންނަށް ވެސް އިނގޭނެ ތަމެން ވެސް ބޮޑު ސޭޓް އާއި އެކު ލޯ ބޮޑު ކަޅު އައިނު އަޅައިގެން މޭޒު ދަށުން ދަމާ ކުޅެގެން ކޮންމެ ޓްވިސްޓެޑް ޚަބަރަކަށް 2 މިލިއަނުން މާރކްސް ސްކޯރ ކޮށްގެން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދަން އުޅުނަސް އެކަން ދެން ނުވާނެ ކަން. ތަމެން ހަމަ މިހާރުން މިހާރަށް ކަޓް އާއި ކަމިޝަން ނެގުމާއި އަދި ކޮރަޕްޝަންގެ އުސޫލުން ކަންކަން ކުރުން ދޫކޮށްލަންވީ އެވެ. އެނޫން ނަމަ ތަމެން ސައިޒު ކުރަން ޖެހިދާނެއޭ މަމެން ޕިންކީން ނަށް. ތަމެން ސައިޒު ކުރަން ވެސް ސްޕްރީމް ކޯޓުން ގައިޑް ލައިނެއް ނެރެވިދާނެ ގާނޫނު އަސާސީގެ 144 ވަނަ މާއްދާ އަށް ބޭސްކޮށް. މައިތިރިވޭ ހަމަ މިހާރު. މައިިތިރި ވާންވީއެވެ. ހާޝް ހާޝް ބޭބީ. ސްޕީކް ސޮފްޓްލީ.

 14. ސަޅި ކަމެއް. ކުއްލިއަކަށް މުއްސަދިވާ މުއްސަދިވުން ބެލޭނެ ގޮތެއް ކަޑައަޅަންވީ

 15. މަޖިލީހުގަ މެންބަރުން ތިބުމުގެ ބޭނުމެއްނެތެވެ. ރައީސް ޔާމީނާ އަބްދުﷲސައީދާ ދެމީހުންތިބީމަ ނިމުނީ . އޭބަލަ އަބްދުﷲސައީދުއެވެ. ﷲށް ބިރުވެތިވާށެވެ!ﷲސައިދު އަޒްހަރު ޔުނިވަރސިޓިން ދަސްކޮށްދިނީ އަދުލުއިންސާފު ގާއިމުކުރަން. ﷲށް ހަރާންކޯރުވާކަށްނޫން.

 16. އަބްދުﷲސައީދުއެވެ. ތިޔައީ ދީން ދަންނަމީހާއެވެ. އަނެކަކަށް އިސްލާމްދީން ނޭގުނަސް އަބްދުﷲ ގިޔާމަތްދުވަހުގެ އަޒާބަށް ބިރުވެތިވާށެވެ!

 17. އިނގުރައިދޫ ސާމިރު

  ޔާމީނުގެ ނިމުން ވަރަށް ހިތިވާނެ! އިންސާﷲ!

 18. ކީކޭބުނާނީ

  ރައްޔިތުންނާ އެއްކޮޅަށް އަދި ކިރިޔާ ސްޕްރީމް ކޯޓުން ރަނގަޅު އަމުރެއް މިނެރުނީ. ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް މަޖުލީހުގެ ކިބައިން އެދެން އެބުނާ ގާނޫނެއް އަވަހަށް ނިންމާދޭން. ސަބަބަކީ ސްޕްރީމް ކޯޓުގެ އަމުރަކަށް ވުރެ ގާނޫނެއް އޮތުން ރަނގަޅުވާނެތީ. އަސްލުގައި ރިޝްވަތަށް މަޖުލީސް ކޮންޓްރޯލް ކުރެވޭގޮތަށް އޮތުމަކީ އަހަރެމެން ރައްޔިތުން ވަރަށް ދެރަވާ ކަމެއް. އަދި މިހާރު މަޖުލީހުގައި ތިއްބެވި އިއްޒަތްތެރި މެމްބަރުންނަށް ރިޝްވަތުގެގޮތުގައި ފައިސާ ލިބޭނަމަ އެފައިސާ ހިސާބުކޮށް، އެއަދަދަށް ހުރިހާ މެމްބަރުންނަށްވެސް މަޖުލީހުން މުސާރަ ދިނުމަށް ގޮވާލަން. އޭރުން ރިޝްވަތު ނަގާކަށް ނުޖެހޭނެ.

 19. ާދުވާފަރު ދަންޑަހެލު

  އޭރުވެސް އެގޭ އަހަރެމެން ނަށް ޔާމީން އެއީ ކޯޓް ކޯޓްތައް ކޯޓްތައް އެއީ ޔާމީން ކަން

 20. މަހަށްދޭބަލަ

  ކޮބާ ކެނެރީގެ ނަޝީދު. ކޮބާ ކިނބިގަހޭ. ކޮބާ މާމިގިލި ގާނަގާ ސޮރު. ކޮބާ އައްޑޫ ކަނޑުކޮސް ކައްޗަށް ދަތް ޖަހާ މީސް މީހުންގެ ގޯތި ފޭރިގަތް ދަތޭ. ދަތޭ ތަމެން ގަޔާ ދުރަށް އަތު ބުރު އަޅަން ޖެހޭނީ މަމެން ޕިންކީން ނާއި ޖެހުނީމާ. އޭއި މިހިރަ ގަމާރާ. މީ ފުރަ މާލެ އޭ މީ ތަމެން ރަށެއް ނޫނޭ. މަމެން ދިމާ ކުރީމާ އެއްގޮތެއް ވެސް ނެހެދޭނެ ކަން ކައްޗަށް ޖަތް ޖަހާ މީހުންގެ ގޯތި ފޭރިގަންނަ ބަދައްވަށް އެނގިއްޖެ އެއް ނޫންދޯ. ދެން ތަމެން ތައްޔާރުވޭ ތިގޯތި ތިޔާގޯތީގެ ވެރި ފަރާތާއި ގޯތި ހަވާލު ކުރަން. އެކަން މަމެން ރިޓްރީވް ކުރާނަން އަދި ސްޕްރީމް ކޯޓަށް އެމައްސަލަ ބަލާނަން މިބުނީ އެއް ނޫން ބަލާނަމޭ ބަލާނަމޭ ތަމެން ރަށަށް ދޭބަލަ. ރަށަށް ދޭބަލަ ރަށަށް ދޭބަލަ ރަށަށް ދޭބަލަ. ޓްވިޓަރޭ ވެސް މާޅޮހަށް މަތިކިބަ ގޮވައިގެން ކަނޑާލާ ކަނޑާލާ ކަނޑާލާ.

 21. ރައްޔިތުން މިމީހުން ހޮވަނީ ސައިޑް ބިޒިނަސް ޖައްސާކައްނޫން. ނިންމުން ކިތައްމެހާވެސް ރަގަޅު

 22. ގުޑު ޔާމީނު...

 23. ވަރައް ރަނގަޅު ޙުކުމެއް ތިގޮތައް ތިކަންތައް އޮއްނަންވިތާ ކިތައްމެ ދުވަހެއް

 24. ޟަޒިލިސް ރައިސް

  ޢިދިކޮޅު މެންބަރުން ހިތްވަރު ދޫކޮނުލާތި މިފަހު ޜައިސް ވަކިކުރަން ވޯޓު ދިނުމަށް ފަހު ނިންމާލާތި .ބައި އިލެކްޝަންގަ ހޮވާނަން އަނެއްކާ ވެސް
  ކޫލް ކޫލް

 25. މެމްބަރުންގެ ޓްރާންސްފާ މާރކެޓް ނިމުމަކަށް އައި. ﷲއަށް ހަމްދު ހުއްޓެވެ

 26. މިގައުމު ހިސޯރުކޮށްފި އަޅެ ދިވެހިންގެ ބަދުނަސީބުކަމާ

 27. މިވަރުގެ ފުރިިހަމައަށް ތިންބާރު ވަކިވެފަ އޮތް ގައުމެއް މިނޫނީ ނޯންނާނެ

 28. މިހާ ތަނަށް ރާއްޖޭގައި ނެރުނު އެންމެ ރަނގަޅު އެއް އަމުރު ނުވަތަ ޤާނޫނު މިއީ . ލަދު ޙަޔާތުގެ ކަންފުޅެއް ނެތި ގޮޑި ވިއްކަމުން ރިޝްވަތު ނަގަމުން މަޖިލިސް ގެ ގިނަ މެމްބަރުން އެދުވަނީ . މި ކަން ނިންމަން މާލަސްވެސް ވެއްޖެ. ވަރަށް ބޮޑަށް ޝުކުރިއްޔާ ރައްޔިތުން ތިކަމަށް ވަރަށް ތާއީދު

  • ކަމުދާ ނިންމުން ތައް ނިންމަން މިހާރު ލަސްވެއްޖެ ، ފޫ ދިޔާމަ ނެޠް ކުރާނެ މާ ބޮޑު ކަމެއް!

 29. އާޔޫ ސީރިޔަސް

  އިދިކޮޅު ފަރާތްތަކަށް ގޮވާލަން، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހަދާ ކޯލިސަން ރޫޅުމުންވެސް ރައީސްކަން ގެއްލެންޖެހޭނެކަމާ، ކޯލިޝަން ހަދައިގެންވެރިކަމަށްއައިސްފިނަމަ ކޯލިޝަން ރޫޅޭހިސާބުން ވެރިކަންވެސް ނިމުމަކަށް އަންނާނެކަމަށް ކަޑައަޅައިދިނުމަށް ތިކޯޓްގައި އެދުމަށް

 30. އެއްލާލާތި

  މިކަމާއި އެންމެ ބޮޑަށް ދެރަވާނީ މިރާއްޖޭގެ އެންމެ މަޝްހޫރު އޮންލައިން މީޑިއާ ހިންގާ ކޮރަޕްޓް ނޫސްވެރިންނެވެ. އެެމެންނަކީ އެއީ ކޮރަޕްޓް 30 އަހަރު ވެސް ދެމެހެއްޓި ބަދަވިން އަދި ކޮރަޕްޓް ފަނާ ކުރަނިވި 3 އަހަރުގެ ވެރިކަން ވެސް ދެމެހެއްޓި ބަދަވިން ކޮރަޕްޝަންގެ އުސޫލުން. އެ ބަދަވިން ބޭނުން ވަނީ މިރާއްޖެ ކޮރަޕްޓް އުސޫލުން އެމްޕީން މެދުވެރިކޮށް ވެރިކަން ނޮޅާލަން. އެއިރަށް ތާ އެބަދަވިންނަށް ނޫސް ވިއްކޭނީ. އެބަދަވިންނަށް އެބަޖެހޭ މަމެންގެ ސަރުކާރުން ވަރުގަދަ ޝޮކް އެން އޯވް އެއް ދޭން. ސަރުކާރުން ކުރާ އެެއްވެސް ރަނގަޅު ކަމެއް ބަދަވިން ތައް ނުޖަހައޭ އެނޫހުގައި. އެހެން ކަމަށްވާނަމަ އެނޫސް ޝަޓް ޑައުން ކުރަންވީ ނޫންތޭ. އެނޫސް ނެތަސް މިހާރު މިރާއްޖެ އަށް އުޅެވޭނެއެވެ. އެއީ 30 އަހަރުގެ އަނިޔާވެރި ވެރިކަން ދެމެހެއްޓި ބަގައެވެ.

 31. ަބޮޑުވަގުޔާމީނު ގެ ވެރިކަން މިދެން ނިމެނީ

  ރައިތުން ދެންބަލަން ނުތިބެ މިގައުމު

  ސަލާމަތްކުރަން ނިކުނަން ވީ ކޮންމެދުވަހަކު

  ގާނޫނެ ހަދަން ޔާ މާދަމާ މިގައުމެ ނޮނާނެ

  ގައުމާ ދޭތެރޭ ގައް ވިސްނަވާ ލަވާ

  • ކަލޭގެ ބޯކަނޑާލިޔަސް ގޯހެއްނުވާނެ. ކަލޭމެން މުސްލިމު ވެރިންނާދެކޮޅައް ނިކުންނަނީ ކާފަރުންހެ މަޅީގައި ޖެހިގެން ކާފަރުންގެ ޕްރޮޕެގެންޑާ ފަތުރާ ނަޝީދުގެ އަވައިގައި ޖެހިގެން. ކަލޭމެން ﷲ އަށް އަދި އާޚިރަތް ދުވަހައް އީމާންވާކަމުގައި ވަނީނަމަ ނިކަން ޞަހީހުލް ބުޚާރީގެ އެންޑް އޮފްދަ ވޯރްލްޑް އެބާބު ކިޔާލަބަލަ. ފަހުޒަމާނުގެ ވެރިންގެ އަލާމާތްތަކާ އަދި އަހަރުމެން ކަންކުރަންޖެހޭގޮތް ނިކަން ރަނގަޅައް ބުނެދީފައިވާނެ. ހައްޤު ބޭނުންވެގެން އުޅޭމީހަކައް ބުއްދިކުރާމީހަކައް ކަންކުރަންވީގޮތް އިނގޭނެ އެހެރުން. މަގުއޮޅުވާ ޝެއިޚުންނައް ތަބަޢަނުވެ ޞަލަފުއްޞާލިހުންގެ ގޮތައް އަޤީދާގެ ކަންކަމުގައި ތަބަޢަ ވޭ.

  • ނުނިމޭނެ ކަޑަވާނެ ބުރޯ

 32. ދެން ލަލަލާ

  ހަމަ ހިނި އަންނަނީ

 33. ހެހެހެހެހެހެހެެ ހުވާ މަ ގަދަޔަށް ހެވިއްޖެ. ސާބަހޭ ދިވެހި ސަރުކާރު. ސާބަހޭ ދިވެހި ގައުމު ކުރިޔަށް.

 34. ޖަސްޓް، ވައު..އޯސަމް.

 35. މަހްލޫފުގެ ގޮނޑި ގެއްލުވާލާ، ޕީޕީ އެމުން އެނަ ވަކިވީކަމަށް އިލެކްޝަނަށް އަންގާ!

 36. މިއަދުމިފެނުނީނިހާންބުނިގޭމްޕްލޭންެމެމްބަރުންގެ ބޮލުގަބަޑިޖައްސާގެންކުރެވޭނެކަމެއްްނޯންނާންނެ

 37. އިންޑިއާ ގެ ގާނޫނު ހަދާ މަޖިލިހުން ހަދާ ގާނޫނު އިންޑިއާގެ ސުޕްރީމް ކޯޓުން ބަލައިގަންނާނެ. ޢެކަމަކު އިންޑިޢާގެ ސުޕްރީމް ކޯޓުން ގާނޫނު ނުއެއް ހަދާނެ.

 38. ނަތަންޔާހޫ

  ފާރިސް މައުމުނާއި، ވަހީދުގެ ގޮނޑި ކަޓްވާލާ އަވަހަށް! އެމީހުންގެ ނަން އާދީއްތަދުވަހު އިލެކްޝަނަށް ފޮނުވާ!

 39. ނަތަންޔާހޫ

  ކޮބާ ތަދައްޚުލު ވީ މީހުންތައް؟ ހީކުރީ ތަދައްޚުލު ވީމަ ބިރުން ވިރޭނެ ކަމަށްދޯ؟! ދެން ހަދަންވީގޮތަކީ، ކުށްވެރިވެގެން ޖަލަށް އަދި ގޭ ބަންދަށް ފޮނުވާމީހުންގެ ގޮނޑި ވެސް ގެއްލުވާލަންވީ

 40. ނަތަންޔާހޫ

  ދެން ލަލަލާ، ޔާމީނު ކަމެއް ނަޝީދުކަމެއް އަދި މައުމޫނުކަމަށް ނޭގޭ 6 ކުޅި ކުރިޔަށް ކުޅެނީ! ގައުމުގެ ހަމަޖެހުން މުހިއްމު މައުމޫނަށްވުރެ! އަވަށްޓެރި ބޮޑު ގައުމުން ކުޅޭ ނުބައި ގޭންގު ރޯލަށް ޔާމީނު އަދި މިގައުމުގެ ހަމަ ހެއިޖެހޭ މީހުން ތިބީ ހޭލާ!

 41. ޕްލީޒް ރިމޫވްމީ

  ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފަށް ގޮނޑި ބަދަލުކުރުމަކީ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ

  ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހަދާ ކޯލިސަން ރޫޅުމުންވެސް ރައީސްކަން ގެއްލެންޖެހޭނެދެއްތޯ؟އެއީވެސް ރައްޔިތުން އިންތިހާބުކުރާ ފިކުރާ ހިލާފް ވުމެއްނޫންތޯ؟

  އެއްޕާޓީޔަކަށް ވެރިކަމެއްނުލިބޭ ކޯލިޝަން ހަދައިގެންވެރިކަންމިހޯދަނީ. މިހެންކަމުން އިންސާފަކަށްވާނީ ކޯލިޝަން ރޫޅޭހިސާބުން ވެރިކަންވެސް ނިމުމަކަށްއަންނަން އެބަޖެހޭ

 42. އިންޑިޔާގެ ސްޕްރީމް ކޯޓުން ބަލައިގަތީ އެކަމަށް ހެދި ޤާނޫނެވެ. ނުބައިކޮށް ޤާނޫނެއް މާނަކުރީޔެއ ނޫނެވެ.

  • ކަންކުރަންވާނީ އަބަދުވެސް ރަނގަޅަށް ވިސްނާފަ އަދި އތުރަށް ވިސްނާލާސެވެ!

 43. ނިންމުން ރަގަޅު ހާލަތާއި ވަގުތާ މެދު ސުވާލް އުފެދޭ

 44. އައްސަރިބަސް ސާބަސް ރައީސް ޔާމީނަށް! ކުޅަދާނަ ޝަޚްޞިއްޔަތެއް!

 45. ދިވެހި ފުލުހުންނާ ސިފައިންނައް ގޮވާލަން މި ދިވެހި ގަައުމު ސަލާމަތް ކޮއްދެއްވުމަށް

 46. ހާދަ ވަރުގަދަ ސުޕްރީމް ކޯޓެއްދޯ؟މިހާރު މިގައުމަުގަ އުޅެވޭކަށް ނެތެންނުން.

 47. އިލްހާމޫ މިހާރު ތިހުރީ ސައިޒުގަ. ލަތީފޫ މިހާރު ހުންނާނީ ސައިޒުގަ. އަމީތުމެން އަދި ޅަވާނެ. ހުރިހާ ކުދިން ފޮށިތަންމަތި ބަންނަވާ.

 48. ބުނާނެ އެކެއްޗެއްވެސް ނޭގުނު

 49. އަލިބެ އަހުމަދު

  ތީ އަސްލު މަޖުލިޖުގެ ގާނޫނަކުން ކަނޑައެޅޭނެ ކަމެއް އެކަމުދެން ތި ނިންމީތާ ؟ ދެން ގޯހެއް ނޫން އެކަމު ވިޕް ލައިނާ ޚިލާފުވެގެން ވޯޓު ލައިގެން ގެއްލޭ ނަމަ ދެން އެއީ ވަރަށް ބޮޑު މައްސަލައެއް.

 50. ޢިބްރާހިމް ފަލާހް

  ކިހާދެރަ ޕީޕީއެމް އަށް ވަންނަން ތިބި.ބޭފުޅުންނަށްވެސް އެ ފުރުސަތު ގެއްލުނީ ތާ މި ދެން.. މިހާރު ދެން އަމިއްލަ މިނިވަންކަން ވެސް ގެއްލެމުން މިދަނީ.. ލޮލް.. ސްޕްރީމް ކޯޓަކީ ޔާމިނުގެ އަމިއްލަ ގެ ކޮޅުތޯ؟ ބޭނުން ގޮތެއް އެ ހައްދަވަނީ..

 51. ޢެމް.ވީ.ޓެކް

  ކަނޑަ އެޅިޔަސް އެމީހުންދޭ ވޯޓް ބަދަލު ނުކުރެވޭނެ.

 52. އަންނަނީ ހިނި

  ދެން ލަލަލަ