ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ރާއްޖޭގައި ހިންގާފައިވާ މަރުގެ ބޮޑެތި މައްސަލަތަކެއްގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފިއެވެ.

ރިޔާޒް ވަޒީފާއިން ވަކިކުރީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ރިޔާޒްގެ މައްސަލައެއް ބެލުމަށްފަހު ވަޒީފާއިން ވަކިކުރަން ނިންމުމުންނެވެ. ނަމަވެސް ރިޔާޒް ވަކިކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޑިސިޕްލިނަރީ ބޯޑުގެ މައްސަލަތައް މީޑިޔާއާ ހިއްސާ ނުކުރާ ކަމަށެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރިއިރު ރިޔާޒް މިވަގުތު ހުރީ ޗުއްޓީގައެވެ.

ފުލުހުންގެ ވަޒީފާއިން ރިޔާޒް ވަކިކުރި އިރު ދާދިފަހުން ވަނީ އޭނާ ވަނީ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކަމިޝަނަރ ބިއުރޯއަށް ބަދަލުކޮށްފައެވެ.

ރިޔާޒްއަކީ ރާއްޖޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އެގޮތުން ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެގައުމަށް ގޮސްފައިވަނީ ވެސް ރިޔާޒެވެ.

 

ADS BY ASTERS

26 ކޮމެންޓް

 1. ކޮންމެ މީހެއްގެ ގައިގާ ވެސް ކުޅަދާނެ ކަމއް ހުރެދާނެ ދޯ ، މީނާ އަކީ ފިލައިގެން އުޅޭ މީހުން ހޯދުމުގާއަރާހުރި ތަރިއަކަށް ވެދާނެ ދޯ

 2. ކަލޯ ކުރިން ހީކުރިންތަ މިދުވަސް އަތުވެދާނެކަމަށް ؟ ނޫނީ އަވަހަށް ގަދަކޮޅައް އަރަނީތަ ؟

 3. މައްސލަޔަކީ ކޮބާ ؟މިސަރުކާރު ނޭވާ ހޮޅިޔަށް އެޅިދާނެ ފަދަ ކަމެއް ނުވަނީސް މިވަރު ކުރާނެހެން ހީއެއް ނުވޭ ، ވެދާނެ . ފާރިސް ގެ މައްސަލަޔާ ގުޅުން ހުރިކަމަކަށް ، ވަރަތް ގާތްކަމެއް . ހެކި ފަޅާއަރުވާލީބާ؟

 4. ދަނޑިމާރު އެޅީދޯ؟

 5. މިރިޔާޒު އަކީ ތިބުނާހާ ކުޅަދާނެ މީހެއްނޫމް، މީނަގެ ސަބަބުން އެތައްކަމެއް ނުބެލި ގޮސްސަ އެބަހުރި،

 6. ރަގަނޅަށް ތިހެދީ.

 7. ކަޑަމީހެއް ތި ރިޔާޒަކީ އެންމެ ފޫހިވީ ރައުދާ ކަންތަކާވެސް

 8. މި ބޭފުޅާ މީ ބަންގާޅުގަ ރައުދާގެ މަރުގެ ތަހުގީގު ކުރަންދިއަ ބޭފުޅާ،ރައުދާގެ މަރުގެ ތަހުގީގުގާ މީނައަށް އެއްވެސް އެޗެން ނޭގޭއިރުގަ ވެސް ،އުޅުނީ އޮޅުވާލަން.ބަންގާޅުން ރައުދާކިޔެވި ކޮލެޖުން ލާރިކާގެން،މަކަރާ ހީލަން ހެދީ،ﷲ މިކަހަލަ މީހުނަން ދެރަގޮތް މިންވަރުކުރަންވާށި،

 9. ތިޔައުޅެނީ އަތައް ގޮވަން

 10. މުރުތައްދުލަސްކަރު ހާދަ ވިޔާނުދާކޮށޭ މިއުޅެނީ

 11. ކޮބާ ތިއޮތީ ބުރިއަށް ދަތްވަދެފަ ލޮލް

 12. ރިޔާޒުކޮއްކޮ ދެރަނުވާތި އަދި ކޮއްކޮއާވެސް ޖެހޭނެ.

 13. އަންނިއަށް ސަލާމް. މި ސަރކާރަކީ ފިޔަވަޅު އަޅާ ފިޔަވަޅުއަޅަން ކެރޭ ސަރުކާރއްކަމުގައި ދެންނެވިން. ކިތަންމެ އަރިސް މީހަކަސް ކިތަންމެ މުހިއްމު މީހަކަސް ކުއްކުރީމާ ދާންޖެހޭ ތަނަށް ދާނެ. ފިޔަވަޅު އަޅާނެ

 14. ކުންކުރީމާއސދަބުދޭންޖެހޭ އަމިއްލައަށް ފައިސާގޯނިހިފައިގެން ވަގުފައިސާބެހީމާވެސް ކުންވެރިއެއްނުވޭ އޭނާގެ ހުކުމަކީ 7 އަހަރުގެ ޖަލްހުކުމެއްމިކަންކާކުބާކުރާނީ ކާކުގެސަރުކާރަކުންބާއެވެ މިހާރު ހައްގުއަދަބުދޭ ސަރުކާރު އޮޅިއްޖެ

 15. ނޯބުނާ އެއްމެން މިހާރު ވަކިކުރާނެ. ވަކިކުރާއިރު ބެލުމެއްނެތް އެމީހާކީ ކިހާމުޙިއްމު މީހެއްތޯ މުވައްސަސާއަށް. އެކަމަކު ނާޤާބިލް މީހުން ވަޒީފާގެ ކުރިއެރުންތަކާއި އެކުމައްޗަށް ދަނީ. މިހެންމިވަނީ ކީވެގެންގެން ވިސްނަންޖެހޭ. ސަރުކާރަކީ 5އަހަރުން ބަދަލުވާއެއްޗެއް. މުވަސަސާ ބަދަލެއް ނުވާނެ. ދޭހިދުމަތް ފުޅާވާހިދުގައި ސިޔާސީ ނޯތަކައް ވަކިނުކުރުން ފެނެޭ.

 16. ޝާހިދު / ވިލިގިލި

  ކިތަންމެ ޤާބިލަސް ކުށްކުރީމާ އަދަބުދޭކަން މިސަރުކާރުން ފަހެއް ނުޖެހޭނެ!

  • ކުށްނުކުރާމީހުނަށް އަދަބު ދޭންވެސް

  • އެހެންތަ ތިހެންވީޔާ އެމްއެމްޕީރސ ގެ ފައިސާ ޔާ ގުންޑާ ގެއަށް ވެއްދި ކަމާއި އެކަމުގައި އެކަލޭގެ އަތެއްވާކަން ސާފުކޮށް އެކަލޭގެ ވާހަކައިން އެނގޭއިރު ކޮބާ އެކަލޭގެއަށްވީ އަދަބު. ކޮބާ އެރުފިޔާބަހަން ގޯނި ހިފައިގެން ހިނގި ކަލޭގެއަށްވީ އަދަބު.

 17. ޢަބްދުﷲ ސަޢީދު ގައްދޫ.

  މިސަރުކާރުން ކުރަން ދަންނަ ކަމަކީ، ވަޒީފާއިން ވަކިކުރުން އެކަންޏެއްނޫނެވެ. އެބަހީ، ބުރިޖްއެޅުމާ، 25 ބުރީގެ ހޮސްޕިޓަލެއް އެޅުމާ މިދެކަމަކީވެސް މިސަރުކާރުން ކުރަން ދަންނަކަންކަމެވެ. އަދީބުގެ މަޢުލޫމާތަށްވުރެ ރިޔާޒުގެ މަޢުލޫމާތު މަދެއްނުވާނެއެވެ. ރިޔާޒަކީ، މަޢުހަދުގެ ދަރިވަރެކެވެ. ޤާނޫނީ ވަކީލެކެވެ.

 18. ކާޅު ގުއީރޭ ތަހުގީގު ކުރެވުނީ.. ކޮބާ އަފުރާޝީމް ކޭސް.. ކޮބާ ރީލުވާނުކޭސް...

 19. ތާދެން އާކަމެއް ނޫން ރަނގަޅު މީހުން މިސަރުކާރުން ބަލައެއް ނުގަންނާނެ

 20. ކީއްވެ ބޭރު ނުކުރަންވީ! ގާސިމް ގެއަށް ގޮސް ގާސިމް އާއި ބައްދަލް ކުރަންޖެހޭ އެއްވެސް ހައެސިއްޔަތެއް ނޯންނާ! ކުށައް އަދަބު ލިބެންޖެހޭ! ފުލުހުންގެ މައުލޫމާތު ރިޔާޒް އާޢި ހިއްސާ ކުރަން ނުޖެހޭ! ސަލާމް

 21. އެޅިހާ ބަތަކަށް ރިހަ ނުކިޔާނެ ޓެލެންޓަޑް މީހަކު ހުރިއްޔާ ވާނެ ވަޒީފާއިން ވަކިކުރަން! އޭރުންނު ބޭނުންހާ އެެއްޗެއް ހެދޭނީ! ކޮބާތަ އެންމެން ކުރިމަތީ މީހުންނަށް އަނިޔާ ކުރި ޕޮލިހުންތައް؟ އެމީހުންތަށް އަދިވެސް އެތިބި އެތަނުގެ ގޭސް ކެނިސްޓަރެއް މީހުންނާ ދިމާލަށް އެއްލާނެ ފުރުސަތަކަށް ބަލަަބަލާ! މި އޮތީ ވާ ޤައުމެއް އިނގޭ!

 22. ރާކަނިމަސް ކެވޭތަ.. އެސޮރުމެންގެ ބޭނުން ހިފާލާފަ އެއްލާލަނީ.