ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތެރެއިން، ރައީސް ޔާމިންގެ އަބިކަނބަލުން ފާތިމަތު އިބުރާހިމް، (މެޑަމް ފާތުން) ޗައިނާގެ ސްކޫލެއް ކަމަަށްވާ ބެއިޖިނ ޒިޝުކޫ އެލިމެންޓަރީ އިސްކޫލަށް މިއަދު ހެދުނު ޒިޔާރަތް ކުރައްވައިފިއެވެ.

ADS BY OOREDOO

މެޑަމް ފާތުން، ބެއިޖިން ޒިޝުކޫ އެލިމެންޓަރީ އިސްކޫލަށް ޒިޔާރަތް ކުރެއްވުމުން އެ އިސްކޫލުގެ ފަރާތުން ވަނީ އެކަމަނާ އަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ޒިޔާރަތުގަ އެކަމަނާ ވަނީ ބެއިޖިން ޒިޝުކޫ އެލިމެންޓަރީ އިސްކޫލް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ADS BY SHEESHA

އޭގެ ތެރޭގައި ވިޔަފާރިއާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ.

Comments are closed.