ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ : ރައީސް އޮފީސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ : ރައީސް އޮފީސް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭނެ އެއް ކެންޑިޑޭޓެއް ކަނޑައެޅުމުގެ މަޝްވަރާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެން ބޭނުންފުޅުވާ ނަތީޖާ ހާމަކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ލަފައެއް ދެއްވައިފިއެވެ.

ރައީސް ނަޝީދު މިލަފާ ދެއްވީ އިއްޔެ ޓެލެގްރާމް މެދުވެރިކުރައްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވި ލިޔުމެއްގައެވެ. ރައީސް ނަޝީދު ގައުމީ މަޖިލީހަށް ދެއްވި ލަފާގެ ކޮޕީއެއް "ވަގުތަށް" ވެސް ވަނީ ލިބިފައެވެ. އެލަފާގައި އަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ ސަޕޯޓަރުންގެ ވާހަކަ އެއްވެސް ވަރަކަށް ހިމަނާފައެއް ނުވެއެވެ.

ރައީސް ނަޝީދު ގައުމީ މަޖިލީހަށް ފޮނުއްވި ލަފާގައި އެދިވަޑައިގެންފައި ވަނީ އިދިކޮޅު ފަރާތްތަކުން ނެރޭ އެއް ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ އެމަނިކުފާނަށް ފުރުސަތު ދެއްވުމަށެވެ.

މީގެ އިތުރުން މައިގަނޑު ހަތަރު ނުކުތާއެއް ރައީސް ނަޝީދުގެ ލަފާގައި ވަނީ ހިމަނުއްވާފައެވެ. އެއީ ގާސިމް އިބްރާހިމަށް ވާދަކުރެވޭނަމަ ރައީސް ނަޝީދު ކެންޑިޑޭޓަކަށް އަދި ގާސިމް ރަނިން މޭޓަކަށް ހަމަޖެއްސުން، ރައީސް ނަޝީދަށް ކުރިމަތިލެވިފައި ގާސިމަށް ކުރިމަތިނުލެވޭނަމަ ރައީސް ނަޝީދު ކެންޑިޑޭޓަކަށް އަދި ޖޭޕީގެ ރަނިންމޭޓެއް ވާދަކުރުމެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ކުރިމަތިނުލެވިފައި ގާސިމަށް ކުރިމަތިލެވޭ ނަމަ ގާސިމަށް ކެންޑިޑޭޓްކަން ދެއްވާ އެމްޑީޕީގެ ރަނިންމޭޓެއް އަދި ގާސިމާއި ރައީސް ނަޝީދަށް ވެސް ކުރިމަތިނުލެވޭނަމަ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިންމޭޓެއް ވާދަކުރުމަށް ނިންމަން ރައީސް ނަޝީދު ވަނީ ލަފާދެއްވާފައެވެ.

މިގޮތައް ލަފާދެއްވުމުގެ ކުރިން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިދިކޮޅު ހުރިހާ ޕާޓީއެއްގެ ބޭފުޅުންނަށް ވާދަކުރެވޭ ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހަށް ދެއްވި ލަފައާއި އެކު ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވެސް ރަނިންމޭޓެއްގެ ގޮތުގައި ވެސް އަދާލަތު ޕާޓީ އަށް ނިސްބަތްވާ ބޭފުޅަކު ނުވަތަ ރައީސް މައުމޫންގެ ސަޕޯޓަރަކު ވާދަކުރުމުގެ ފުރުސަތު މިވަނީ ކުޑަވެފައެވެ. އެއީ ރައީސް ނަޝީދުގެ ޚިޔާލުފުޅާއި ދެކޮޅު ނިންމުމަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއިދު ނުލިބޭނެތީއެވެ.

 

30 ކޮމެންޓް

  1. ކިހިނެއްވާނީ އިދިކޮޅު ކޯލިޝަނުން މިނިވަން ކެންޑިޑޭޓަކު ނެރުނިއްޔާ.. މިސާލަކަށް އުމަރު ނަސީރު.. އުމަރަކީ މިނިވަނެއް.. އޭނާއަކީ އެއްވެސް ބަޔަކަށް ވިކޭނެމީހެއް ކަމަކަށް ނުބެލެވޭ.. އުމަރަކީ ގާތްގަނޑަކަށް ހަމަ ހުދުވަލެއް.. ނަސީދަކީ 5 އަހަރުގެ ދައުރެއް ކެތްނުކުރެވިގެން 3 އަހަރަށް ކުރުކޮށްލާފަ ހުރި ސޮރެއް.. އެހެންވީމާ އިތުރު ފުރުސަތެއް ނަސީދަށް ދޭކަށް ނުފެނޭ.. ދިނަސް ހުރިހާ މޮޅެއް ލިބޭނީ ޕާޓީ ކުދިންނަށް އެކަނި.. ޕާޓީކުދިންނަށް ދީފައި ބާކީވާ އެއްޗެއް އެހެން ރައްޔިތަކަށް ލިބޭނީ.. ނަސީދުގެ ސަރުކާރެއްގައި އެހެން ރައްޔިތަކަށް ދޭނެ އެއްޗެއް ބާކީ ވާނެކަމަކަށް ނުބެލެވޭ..

  2. ހާސްނުވޭ. ވެރިކަން ހޯދަދޭނަން.

  3. މިފަަރުވެސް ކަންތައްތައް ވެގެން ދާނީ ކުރިންވެސްދިޔަގޮތައް ދެ ބުޅަލުގެ ކޯޅުންގަންޑު ދިޔަގޮތައް އެއްމެ ފަހުން މަކުނައް ހުރިހާ މޮޅެއް ލިބޭނި

  4. ތިޔަކަލަ އޮއްޓަރެއް ޚިޔާލީފޮލާ ޢަކުން ލިބޭނެ
    އަރަގެއްނެތެވެ ރަނިންމޭޓކަށްވެސް ނަޝީދަށް
    ފުރުސަތެއްނެތެވެ.

  5. އެއޮއް ފަކީރުގަނޑެއްދޯ ވެރިކަމާހެދިބޫތަކެޔަސް ބޮޑުވަރު މަހީހީ ހަލާކު

  6. ބޫހޫހޫ.. މަށައް ވެރީކަންދީ.. ބޫހޫހޫ.. މަށައް ވެރީކަންދީ.. ވެރީކަންދީ..

  7. ތިހެންވީމަ އަހަރުމެން މުބުނަނީ ތީ ގުނބޯ ހައްދާ ޖަލްސައޭ
    ދެންތިބޭ ގުބޯ ހެދިފަ.

  8. ކާކު ކަލެއަ ތާއީދުކުރާނީ.

  9. ތި ދެން ބޮޑުވަރު ވެރިކަމާ ބުހޫތު ކެޔަސް.ފުރުސަތު ދިނެއް ނުން.ތިޔައީ 2008 ކޯލިޟަނަކުން ވެރިކަމެއް އައި މީހާ އެއް ނުން.ދެން އަމިއްލަ އަށް ބޯކިބާ އެއްކޮށްކާލަން އުޅެފަ އަދި ދައުލަތުގެ ދީން އިސްލާމްދީނަށް ނިކަމެތިކަން ދޭން އުޅުމުން ވެރިކަން ގެއްލުނީ.އެއް ފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިންވެސް ފުންމާނެ.އިސްލާހު ނުވޭ،އަދިވެސް ދީނަށް ފުރަސްދާރަ ކުރާ މީހުންނަށް ހިތްވަރުދެނީ އިސްލާމްދީން ނޫން އެހެން ދީން މި ގައުމަށް ގެންނަން.ނޯވޭ ދޭނެ ކަމެއް ނެތް.ސޮރީ ނޯ ޗާންސް

  10. މިކަލޭގެ ދިވެހިރާއްޖޭގެ ވެރިކަމާހުރެ ދަންނުޖެހުނިއްޔާ ވެދާނެ! ފަހުގެ އަނދިރިއަނދިރިން!

  11. މުޅިން އާމޫނެއް ނޫނީ ދެން ތިބީ މުޅިން ބާމޫނުތަކާއި މައުމޫނުތައް.

    އާމޫނެއް ނޫނީ ވައްސަލާމް.

  12. ކެނެރީގޭ މުހައްމަދު ނަސީދަށް
    ވެދުން ސަލާމް
    ކެނެރީގޭ މުހައްމަދު ނަސީދު ދީފައިވާ ލަފަޔާ ގުޅޭ ބުނެލަން އޮތީ ނަސީދަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހެއް، އަދި ގާސިމް އަކީ 03 އަހަރު ޖަލު ހުކުމުގައި ހުރި މީހެއް! ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވަނީ ގައިދީންނަށް ރާއްޖޭގެ ރިޔާސީ އިންތިހާބްގައި ވާދަ ނުކުރެވޭނެކަމަށް ވަރަށް ސާފްކޮށް ހުދާ ކަލުން ލިޔެފައި، މިހެންވީމާ ނަސީދު ބުއްދި ނެތް ކަމުގެ ހެކި ތިޔާ ދިން ލަފާއިން ދޭހަވޭ! ދެން ކިހިނެއްތޯ ވެރިކަން ކުރަނީ ބުުއްދި ހަމަ ނުޖެހޭ ވާހަކަ ދައްކަ މީހަކު،
    އިހްތިރާމް

  13. އަދާލަތުގެ ހަލާކު ޝިދާތާ

    ސޮރީ. ޔޫ ހޭވް ޑަން އިނަފް ޑެމޭޖް. ނޯ މޯ ޗާންސް ފޮރ ޔޫ.

  14. އެއްބަފާ ކޮއްކޮ ވެރިކަމުގައި ހުރުމުން އެކަމާހެދި ގޭގައި ނޯވުނު މުސްކުޅި މައުމޫނަށް އަނެއްކާވެސް ފިލާވަޅެއް މިލިބެނީ. އިތުރަށް ދައްކާނެ ވާހަކައެއް ނެތް. ގާސިމެއް މައުމޫނެއް ހަމަ ޔަގީނުން ވެސް ނަޝީދު ވެރިކަމަށް ގެންނާކަށް މަސައްކަތެއް ނުކުރާނެ. ހަމަ އެފަދައިން ނަޝީދު އުމުރު ދުވަހު މައުމޫނުގެ ވެރިކަމާއި މަސައްކަތް ކުރި މީހާ އަލުން މައުމޫނު ވެރިކަމަށް ގެންނަން މަސައްކަތެއް ނުކުރާނެ. 2018 ގައި މާތްﷲ ގެ އިރާދަފުޅުން ދިވެހިންނަށް ނިންމާނީ ރަގަނޅު ނިންމުމެއް

  15. މަށަށް ރޭވެސް ނުނިދޭ އަންނި ހޮވިގެން އުޅޭތަން ފެނިފަ... ނަޖިސް ކާފަރުން

  16. ކެނެރީ ނަސީދު

    މަށަށް ފުރުސަތު ދޭށޭ ބުނެވުނީ ހޭ ދެބައިވެފަ ހުރީމަ އޮޅިގެން... ރައްޔިތުން މާފުކުރޭ.. މަމިހާރުވެސް ރެހެބަށް ދަން އެކަމް ފުޅިތައް ފެނުނީމަ ހިތު ވިންދު އަވަސްވެފަ މާރީ މާމަ ހަނދާންވަނީ...

  17. މީ ދެން ކިހާ ދެރަކަމެއް’ ނަޝީދޫ އަހަރެމެން ކަލޭ ބޭނުމެއްނެތޭ

  18. ހަކުރު ދޮންބެ

    ހަކުރުބޯން ކަލޭ ދޭބަލަ... ހާދަފޫހިވާ ރަންޑި އެކޭތީ

  19. ސ ނުން ސޮނިބެ

    ސޫދާ ސިރާޖު ބޯ ކަލެއަށް ފުރަތަމަ ފުރުސަތު ދީފިން... ފުޅީގެ ބުޑާއެކު ދަމާ ފުޅި ހުސްވީމަ ބޭރުގަ ދޫވެސް ލާން ކަލެއަށް ފުރުސަތު ދީފިން...

  20. ނަސީދަކީ ވެރިކަމައް އެއްމެ ދަހިވެތި މީހާ ނަސީދު އަކައް އެހެން މީހަކު ވެރިކަން ކުރާކައް އެއްބަހެއް ނުވެވޭނެ މިހާރުދެން މައުމޫނައް ހުންނާނީ ރާކަނިމަސް ކެވިފަ މައުމޫން ހީކުރީ ވަރައް މޮޅު ތަކެއް ވާނެކަމައް ނަސީދުއާ ގުޅިއްޖޭއްޔާ. އަހަރެން ހަމަ ހިނި އަންނަނީ

  21. އަމިއްލަ އެދުން ބޮޑު މީހުންވެސް ތަންތާ އުޅޭ..! އެކަމަކު ވެރިކަމަށް މިވަރަށް ބޫތު ކައިފަ ހުރި މީހަކު އުޑުހިޔާ ދަށުގަވެސް ހުންނާނެ ހެނެއް ހީއެއްނުވޭ..!

  22. އައްޗީ... ސޮނި ބެއްޔާ އަށް މަވޯޓް ހަރާމް

  23. އެހެންވީމަ މައުމޫން ދެއިރު ކިއްލާއަށް ގޮސް މިހުރިހާދުވަހު މިކުރީ ބޭކާރު މަސައްކަތެއްތާ! ކުރުކޮށް ބުންޏާ ޓެކްސީ ދަތުރު ހަރަދު ވެސްނުލިބުނު.

  24. ނަޝީދުގެ އެންމެ ފަހުންހުށައެޅި ހުަށައެލުން ނޫނިއްޔާ ނެތް ރަނގަޅު ހުށައެޅުމެއް އެކަމަކު ޖޭޕީން ހިއެއްނުވޭ ތިހުށައެޅުން ގަބޫލުކުރާނެ ހެންނެއް

  25. އަބްދުﷲ ޝާހިދު

    ހަތަރެސްކަން ހަމަވަނީ މިއޮއްގެން. މިއީ ދިވެހިންނަށް އާ ބައެއްނޫން. ނަޝީދާއި މައުމޫނާއި ގާސިމަކީ ވެރިކަމާއި ހެދި ބުއްދި ތައައްޔަރު ވެފައިވާ ބައެއްކަމަށް އެމީހުންނާއި އެންމެ އެކުލަވައިގެން އުޅޭ މީހުން ވެސް ބުނޭ. ރައީސް ޔާމީނާއި ފާޅުގައި ދެކޮޅުވެ މިމީހުންގެ ފަހަތުން ދުވެގެން ވިޔަފާރި އާއި އެހެން ވެސް އިންވެސްމެންޓްތައް ހަލާކު ކުރަން ހެޔޮވާނީ ކިހިނެތް.

  26. ރައީސް ނަޝީދު އަކީ މިޤައުމަށް މިހާރު ބޭނުންވާމީހެއްނޫން. އެހެންކަމުން އެމް.ޑީޕީ އިންވެސް ރަގަޅު ބޭފުޅަކު ނެރުއްވުން މުހިންމު، ކުރީ ސަފުގައި ރަގަޅު ޢިލްމީ ބޭފުޅުން އެމް،ޑީ.ޕީ ގައި ވަރަށް ގިނައިން އެބަތިއްބެވި، އިންތިޚާބު ކާމިޔާބު ކުރަންވެސް ފަސޭހަވާނެ، އަދި އަދާލަތާއި، ރައީސް މައުމޫނުގެ ސަޕޯޓަރުންގެ ތާޢީދު ހޯދަންވެސް ފަސޭހަވާނެ، އިންތިޚާބު ކާމިޔާބު ކުރެވުމުން، ރައީސް ނަޝީދާއި އެހެނިހެން ސިޔާސީ ކުށްވެރިން މިނިވަންކޮށް އަލުން އިންތިޚާބަކަށް މިސްރާބު ޖެހިދާނެ، ހުރިހާކަމެއްވެސް ސުމޫތުކޮށް ހައްލުުރެވިގެންދާނެ، މިކަމާ ވިސްނާކަށް ނުވޭތޯ؟

  27. މުހައްމަދު އަހްމަދު

    ހާދަ ވެރިކަން ބޭނުންވާ މީހެކޭ ދޯ؟

  28. ވަގުތަށް އަދި ވާނުވާ ނޭނގެނީ... (މާދަމާ ހަބަރުގަ ލިޔާތި ފިތުނަ ފަސާދަ އުފެއްދުމާ ބެހޭގޮތުން..)

  29. ނަޝީދާއި ނުލާ

    އަހަރެން ތިޔަ ނަޝީދުއަކަށް ހިތް ހަލާލެއް ނުދެން
    ތިއީކީ ތާކުން ތާކު ޖެހޭ އެއްޗެށް ނޫން