ޓީސީ އާއި ކުޑަހުވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޑަހުވަދޫގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ޓީސީން ކުރި ހޯދައިފިއެވެ. މި މެޗުން ޓީސީ މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ.

ADS BY SONEE SPORTS

ޓީސީން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ 13 ވަނަ މިނެޓްގައި ހަސަން ނާއިޒް (ދާދު) ވަނީ ޓީސީއަށް ލީޑުނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން ސްޓެވާޓް ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޓީސީއަށް ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ހުރަހަކުން އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ފުރަތަމަ ހާފް ނިމުމުގެ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޓީސީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޓީސީގެ ކެޕްޓަން އަލީ ނާފިއު ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ކުޑަހުވަދޫއިން މެޗުގެ 56 ވަނަ މިނެޓްގައި ލަނޑެއް ކާމިޔާބުކުރި ނަމަވެސް އޭގެ ދެ މިނެޓްފަހުން ނާފިއު ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކުރިއިރު އެޓީމުގެ ހަވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ނާފިއުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ޓީސީއަށް ތިން ގޯލު ކާމިޔާބުކޮށްދިން ނާފިއުއެވެ.

މި މެޗުން މޮޅުވުމާއި އެކު ޓީސީ އޮތީ ލީގުގެ ތިން ވަނައިގައި 3 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލްގެ އެއްވަނައިގައި 6 ޕޮއިންޓާއެކުގައި އޮތީ މާޒިޔާ ސްޕޯޓްސް ކުލަބެވެ.

ADS BY SHEESHA

އުރީދޫ  ޕުރިމިއާ ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރުދުވަހުއެވެ. އެ މެޗުގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓް އާއި ކުލަބް ގުރީން ސްޓްރީޓްސްއެވެ.

2 ކޮމެންޓް

  1. އެކަމަކު ފުއްޕާނެ ބަތްޔެއްނުކުރެވޭނޭކިޔާފަ