ޔަމަންގައި ކޮލެރާ ފެތުރުމުގެ ސަބަބުން 332000 ވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފައިވާކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވާއިރު، ހައްޖުގެ ދުވަސްވަރު ސައުދީ އަރަބިއްޔާގައި ކޮލެރާ ފެތުރިދާނެކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ބުނެފިއެވެ.

އަންނަ ސެޕްޓެމްބަރ މަސް ތެރޭގައި ހައްޖުވާން މީހުންނަށް އަންނައިރު، ކޮލެރާ ފަތުރިދާނެތީ އެކަމަށް ސައުދީން ތައްޔާރުވެފައެވެ. ނަމަވެސް އެ ޖަމިއްޔާ އިން ބުނީ، ސައުދީ އޮތޯރިޓީން މިކަމަށް ތައްޔާރުވެފައި ވީ ނަމަވެސް ކޮލެރާ ފެތުރިދާނެ ކަމަށެވެ.

ޑަބްލިވްއެޗްއޯ އިން ބުނީ މިހާރު ވަރަށް ބޮޑަށް ޔަމަންގައި ކޮލެރާ ފެތުރެމުންދާއިރު، އޭގެ އަސަރު އެފްރިކާ ގައުމުތަކަށްވެސް ކޮށްފައިވާކަމަށެވެ. އެކަމުގެ ސަބަބުން ހައްޖުވުމަށް އަންނަ މީހުންނަށް ކޮލެރާގެ އަސަރުކޮށްފާނެކަމަށް ބެލެވޭކަމަށާއި، ހައްޖުވުމަށްފަހު ގައުމަށް އެނބުރި ދިޔަ ނަމަވެސް އޭގެ އަސަރު ހުރެދާނެ ކަމަށްވެސް ޑަބްލިވްއެޗްއޯ އިން ބުންޏެވެ.

ޑަބްލިވްއެޗްއޯގެ މާހިރުން ބުނާގޮތުގައި ސައުދީގައި ކޮލެރާ ނުފެތުރޭތާ މިހާރު ގިނަ އަހަރުތަކެއް ވެދާނެއެވެ. އެއީ އެގައުމުން އެކަމުގެ ތަހުލީލުތައް ދުރާލާ ކުރާތީކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް މިއީ އެކި ހިސާބުތަކުގައި ކޮލެރާ ފެތުރެމުންދާ ދުވަސް ވަރަށް ވާތީ ކަމަށް ބަލައި ތައްޔާރުވާން ޖެހޭކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، ސައުދީ އޮތީ ވަރަށް ރަނގަޅަށް އެކަމަށް ތައްޔާރަށެވެ.

އަހަރެއްގެ މައްޗަށް 2.4 މިލިއަން މީހުން ހައްޖުވުމަށް، މައްކާއަށް ދެއެވެ. އެކި އެކި ގައުމުތަކުން އެތައް ބަޔަކު ހައްޖުވުމަށް ދާއިރު، އާދައިގެ ރޯގާ ތަކާއި ބަލިތައްވެސް ފެތުރެއެވެ. ނަމަވެސް އެ ބަލިތަކުން ކުރީބައިގައި ރައްކާތެރިވުމަށް ވެކްސިން ޖަހައެވެ.

ADS BY THE PIZZA MANIA

ކޮލެރާ އަކީ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކަށްވައިރު، މިއީ ބޭރަށްހިންގުމުގެ ވައްތަރެކެވެ. މިއީ ފުރާނަޔަށް ގެއްލުންވާ ހިސާބަށް މީހާގެ ހާލަތު ގެންދިއުމުގެ ފުރުޞަތު އޮތް ބައްޔެކެވެ. އަދި މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ.

ADS BY ASTERS

Comments are closed.