އެމެރިކާގެ ކެލެފޯނިއާގެ ޖަންގަލީގައި ބޮޑު އަލިފާންގަނޑެއް ފެތުރުމުގެ ސަބަބުން، އެ ސަރަޙައްދާއި ކައިރި އަވަށްތަކުގައި ދިރިއުޅޭ މީހުނަށް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ.

މި އަލިފާންގަނޑު ފެތުރެމުންދާތާ އެތައް އިރެއް ވެފައިވާއިރު، ގިނަ ޢަދަދެއްގެ ފަޔަރފައިޓަރުންގެ މަސައްކަތުންވެސް މިހާތަނަށް، އަލިފާން ފެތުރުން ކޮންޓްރޯލް ނުވެ، ޢާންމުންގެ ގެދޮރު ހިމެނޭ ގޮތަށް އެ ސަރަޙައްދުގެ ބޮޑު ބައެއް ދަނީ އަނދައި އަޅިއަށްވަމުންނެވެ.

މިކަމާ ގުޅިގެން އަލިފާންގަނޑު އިތުރު އަވަށްތަކާހަމައަށް ވެސް ދަތުރުކޮސްފާނެ ކަމުގެ ބިރަށްޓަކައި އާއި، ރޯވެފައިވާ އަލިފާނުގެ ސަބަބުން ބޯވެފައިވާ ދުމުގެ އަސަރު ކޮށްފާނެކަމަށްޓަކައި ބައެއް ސަރަޙައްދުތަކުން ޢާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެއްހާހަށްވުރެ ގިނަ ފަޔަރފައިޓަރުން ޙަރަކާތްތެރިވަމުންދާއިރު، މިހާތަނަށް އަލިފާންގަނޑު ވަނީ 150 އޭކަރުގެ ސަރަޙައްދަކަށް ފެތުރިފައެވެ. އަދި ކުރިއަށްއޮތް ވަގުތުތަކުގައި، އެ ސަރަޙައްދަށް ވައިގަދަވާނެ ކަމަށް ބެލެވިފައިވާއިރު، އަލިފާންގަނޑު ކުރިއަށްވުރެ ހަލުވިކަމާއެކު ފެތުރިގެން ގޮސްދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް 27000 މީހުން ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ކެލެފޯނިއާގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ADS BY SHEESHA

ކެލެފޯނިއާގައި ދާދިފަހުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް މިފަދަ ހާދިސާއެއް ހިނގާފައިވެއެވެ. ވައިން އުފައްދާ ފެކްޓްރީތައް ހިނެމޭ ސަރަޙައްދުގެ ޖަންގައްޔެއްގައި ރޯވެ ހިނގި އެ ހާދިސާގައި 27 މީހަކު މަރުވެފައިވެއެވެ.

10 ކޮމެންޓް

  1. ވެރީ ގުޑް

  2. الحمد لله

  3. ﷲގެ ކުޅަދުންވަންތަކަން

  4. ޤިޔާމަތުގެ އަލާމާާއިތައް

  5. ކޮބާ ބާރުގަދަ ތުރަންޕު ލުއްޗާ!؟ އަލިފާން ގަނޑަށް އެލކަލޭގެ އެއްލާލާ!

  6. މުސްލިމުންގެ އެއްމެ މުގައްދަސް 3 މިސްކިތުގެ ތެރެއިން 1 މިސްކިތް ހުންނަ އަލްގުދުސް ، މުސްލިމުންގެ އެއްމެ ބޮޑު ދުސްމަނުން ކަމަށްވަ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކަގެ ރައިސް ކަޑައެޅިތާ އަދި މިވީ ކުޑަވަގުތުކޮޅެއްތާ އެބިމުގެ ވެރިފަރާތަކީވެސް އަދި ތިއަދާ އަލިފާނުގެ ވެރިފަރާތަކީވެސް ގަދަ ކީރިތިވަންތަ މާތް ﷲ އެކަލާންގެ ކުޅަދުން ވަންތަކަން މުޅި ކާއިނާތައްވުރެވެސް ބޮޑު ތިކަމުންވެސް ނުބައިނުލަފާ އެޔަހޫދީންނަށް ޢިބުރަތެއް ލިބިދާނެބާ؟

  7. ޢެންމެ ބާރުވެރި ފަރާތަކީ މާތް ﷲ.

  8. ޢެމެރިކަަގެރައީސަށް ދައްކަވާ ޢަޛާބެއް ތިއީ.

  9. ކޮޮބާ ޓުރަންޕު ހޭ އަރައިފި؟

  10. ކޮބާ . ހީވޭ