ގުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރުމާއެކު ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ފެށި އިހުތިޖާޖުތަކުގައި މިހާތަނަށް 11 މީހަކު ޝަހީދުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އެކަނިވެސް 4 މީހުން ޝަހީދު ވެފައިވާއިރު 367 މީހަކު ވަނީ ޒަހަމް ކޮއްލާފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓިރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 11 މުސްލިމަކު ޝަހީދުވެފައިވާ އިރު 3000 ވުރެން ގިނަ މީހުން ޒަހަމް ވެފައިވެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓިރީން ވިދާޅުވާ ގޮތުގައި 103 މީހަކަށް ބަޑިން ހަމަލާ ދިނުމުގެ ސަބަބުން ދަނީ ހޮސްޕިޓަލު ތަކުގައި މަރާ ހަނގުރާމަ ކުރަމުން ކަމަށެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހުކުރު ދުވަހު ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ ޖަނާޒާގައި ބައިވެރިވުމަށް އެތައްހާސްބަޔަކު އިއްްޔެ މަގުތަކަށް ނިކުތް އިރު ޣައްޒާއިން ޝަހީދުކޮށްލި ދެމީހުންގެ ތެރެއިން އެކަކީ މީގެ ދިހަވަރަކަށް އަހަރުކުރިން އިސްރާއީލު ސިފައިން ދިން ހަމަލާއެއްގެ ސަބަބުން ދެފައި ބުރިވެ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ އިބްރާހިމް އަބޫ ތުރައްޔާ ނަމަކަށްކިޔާ މީހެކެވެ.

ރިޕޯޓްތަައް ބުނާގޮތުގައި އިޒްރޭލު ސިފައިން ދަނީ އަތު ބޮމާއި ބަޑިން ބައެއް ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބޭނުން ކުރަމުންނެވެ.

އިސްރާއީލްގެ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުން ހުޅަނގު އައްސޭރީގައި ދަނީ ކުރިމަތިލަމުންނެވެ. މި ހަމަނުޖެހުންތައް ހުއްޓުވުމަށް އިސްރާއީލުގެ ފުލުހުން ދަނީ ކަރުނަ ގޭސް ބޭނުން ކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ އިތުރުން ވެސް ފަލަސްތީނުގެ އެހެން ހިސާބުތަކުގައި ވެސް ދަނީ މިކަމާ ދެކޮޅު ހެދުމުގެ މުޒާހަރާތައް ކުރަމުންނެވެ.

 

ADS BY ASTERS

1 ކޮމެންޓް

  1. ކީއްކުރަން ލިޔާ ވާހަކައެއްހޭ މީ! ކިހާވަރުގަދަ ކަމެއްތަ! ތިވާހަކަ އަޑުއަހާނެބަޔަކުނެތް