ޒައިނަބް އަންސާރީ

ޕާކިސްތާނުގައި ޒައިނަބް އަންސާރީ ނަމަކަށް ކިޔާ އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ހަބަރާއެކު މުޅި ދުނިޔެއަށް ސިހުން ގެނުވިއެވެ. ޕާކިސްތާނުގައި އެ ކުއްޖާގެ ހައްގުގައި އެތައް ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރި އިރު ދުނިޔޭގެ އެކި ގައުމުތަކުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޒައިނަބްއަށް އިންސާފު ހޯދުމަށް ގޮވާލިއެވެ.

ADS BY OOREDOO

މި އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހު ގެއްލިގެން ހޯދާތާ ދުވަސްތަކެއް ފަހުން ޒައިނަބްގެ ހަށިގަނޑު ފެނުނީ ޕާކިސްތާނުގެ ކަސޫރު ނަމަކަށް ކިޔާ ރަށުގެ ކުނި ގޮނޑަކަށް އެއްލާފައި އޮއްވައެވެ. ޒައިނަބްގެ ހަށިގަނޑު ފެނުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ދިރިއުޅުނު ގެއާ ދެ ކިލޯމީޓަރު ދުރުގައިވާ ތަނަކުންނެވެ.

ޒައިނަބްގެ ހަށިގަނޑު ފެނުނު ދުވަހު ހެދި ޕޯސްޓް މޯޓަމް އިން ދެއްކި ގޮތުގައި، އޭނާގެ ހަށިގަނޑު ފެނުނީ އޭނާ މަރާލިތާ 2 ނުވަތަ 3 ދުވަސް ފަހުންނެވެ. އެހެން ކަމުން އޭގެ މާނައަކީ ޒައިނަބްއަށް އަނިޔާ ކުރި މީހުންގެ އަތް ދަށުގައި އޭނާއަށް 3  ނުވަތަ 4 ދުވަސް މަޑު ކުރަން ޖެހުނު ކަން ކަމަށް މާހިރުން ބުނެއެވެ.

ޕޯސްޓް މޯޓަމް އިން އެނގުނު ގޮތުގައި ޒައިނަބްގެ ދުލަށް ވަނީ ގެއްލުން ވެފައެވެ. އެއީ އޭނާގެ އަނގަ ފިއްތައި ދުލުގައި ދަތް އަޅަން މަޖުބުރޫ ކުރުމުން ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ މޫނަށް ވެސް އެކި ވަރުވަރުގެ އަނިޔާ ވަނީ ކޮށްފައެވެ. މީގެ އިތުރުން ޒައިނަބްގެ ކަރުގެ "ހައިބޮއިޑް" ކަށި ބިންދައިގެން ގޮސްފައި ހުރުމުން އޭނާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށް މަރާލިކަން ވަނީ އެނގިފައެވެ. އޭނާގެ ހަށިގަނޑުގެ ތެރެއިން ލެޔާއި ޗަކަ ވެސް ވަނީ ފެނިފައެވެ. އަދި އޭނާއަށް އެތަށް ގޮތަކަށް ޖިންސީ އަނިޔާ ކޮށްފައިވާއިރު އެ ވާހަކަތުން އެތަށް ބަޔެއްގެ ހިތްތައް ވަނީ ކުދި ކުދި ވެފައެވެ.

ޒައިނަބްގެ މަރާ ގުޅިގެން ބީބީސީއާއި ވާހަކަ ދައްކަމުން އޭނާގެ ބައްޕަ ބުނީ، އޭނާގެ މުޅި ދުނިޔެ މިހާރު ވަނީ ނިމިގެން ގޮސްފައި ކަމަށެވެ. އަދި އޭނާއަށް ދިމާވެފައިވާ ހިތާމަވެރިކަން ދުލުން ބުނުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ޒައިނަބްގެ މަރާ ގުޅިގެން ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު ބައެއް ފަރާތްތަކުން ވަނީ ސަރުކާރުގެ ބައެއް އިދާރާތަކުގައި ހުޅުވެސް ރޯކޮށްފައެވެ.

21 ކޮމެންޓް

  1. ތިކަން ކުރި މީހުން ޖެހެނީ މަރާލަން.

  2. ވަގުތުމީހުން މިކަހަލަ އެއްޗެހި ސުންނަތަށް ހަޖޫޖަހާގޮތަށް ނުލިޔުން އެދެން.

  3. ތިކަންވެސް އިންޑިއާ އިޒްރޭލު ބޮލުގައި އަޅުވާ ނިންމާލަ. މުސްލިމަކު ނުކުރާނެ ތިކަމެއް.

  4. ކިހާ ދެރަ ކަލެއްތީ

  5. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
    އަސްލުވެސް ވަރަށް ދެރަވެއްޖެ

  6. ޒައިނަބް އަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! 7 އަހަރުގެ އަންހެން ދަރިއެއް ހުރޭ އަޅުގަނޑުގެވެސް....ހިތް ފަޅައިގެން ދާވަރުވޭ މިޚަބަރު ކިޔާފަ އެކުއްޖާފުޅަށް ލިބޭނެ ވޭނާއި ގަންނާނެ ބިރުހިތަށް އަރާފަ.

    • ވަރަށް ދެރަވޭ

      އަހަރެންގެ 7 އަހަރުގެ އަންހެން ދަރިފުޅަށްވެސް ކިޔަނީ ޒައިނަބް... ވަރަށް ހިތްދަތި އިހްސާސެއް ކުރެވެނީ މި ލޯބި ކުއްޖާގެ ވާހަކަ އަޑު އިވުނީމަ.

  7. ތިފަދަ އިންސާނުން ނިކަން ގިނަތަނެއް ތިޕާކިސްތާނު އަފްގާނިސްތާނު ޔަމަން ކަހަލަ ތަންތަނަކީ. ޚަބަރުތައް ތިލަވާވަރު މަދީ.

  8. އިންޑިއާގެ ޖާސޫސޫންގެ އަތެއްއޮތްކަމަށް ގަބޫލުކުރެވޭ.

  9. އަޅެފަހެ ކީއްނުވެގެންތަ ޅަކުދިންނާ ބެހެނީ. މާބޮޑަށް ޑެސްޕަރޭޓް ވަންޏާ ޕާކިސްތާނުގައި ހުންނާނެ ނަމްބަރު ގެތަށް. އޭގެން ތަނަކަށް ގޮސް ތިމާއާ އެއްވަރެއްގެ މީހަކު ހޯދީމަ ވީނު. އެހެން ގޮތެއް ނެތިއްޔާ ފާރެއްގަ ލޯވަޅެއް ތޮރުފައިގެން އުޅެންވީނު. ބޮޑުވެއްޖެ ކަމެއް😡

  10. ޒައިނަބުއަށް ސުވަރުގެ ދައީމި ނިއުމަތް ދެއްވަންދޭ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން. އަދި އެކުއްޖައަށް އެ އަނިޔާ ކުރި މިހާ އަށް ދެ ދުނިޔޭގެ އަޒާބު ދަކަފަންދޭ

  11. 😥ﷲގެ އިރާދަފުޅުން ތުއްތު ޒައިނަބުއަކީ ސުވަރުގޭގެ އުފާވެރި ދޫްޏެއް/ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން. މަޢުލޫމާތު ލިބިފައިވާގޮތުގާ މިޖަރީމާ ހިނގިއިރު ތުއްތު އެކުއްޖާގެ މައިންބަފައިންވަނީ ޢުމްރާއަށް މައްކާއަށް ގޮސްފައެވެ. ވީމާ މިހާދިސާގައި މިކުއްޖާ ބެލެހެއްޓުމަށް ޙަވާލުވެގެންތިބި މީހުންގެ އިހުމާލު އޮއްކަމަށް ގަބޫލުކުރަންޖެހޭ. ޢެހާ ކުޑަކުއްޖަކު އެކަނި މާއެކަނި ގެއިންބޭރަށް ދިޔަދިނުމަކީ މިފަދަ ހިތާމައެއް ކުރިމަތި ވެދާނެކަމެއްކަން ކޮންމެ ގައުމެއްގެ ބަޔަކަށްވެސް އެގެން ޖެހޭނެއެވެ. މިޝައިޠާނީ ވަބާ ނުހިންގާ ގައުމެއް ނެތެވެ.

  12. މިކަން ކުރި ހަޔަވާން ހޯދާ އޭނަ ކޮށާ ކުޑަ ކުރަންވީ

  13. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒްކުރަން އުޅޭތީ ހިތްފަޅާގެންދާ މީހުން މިއަދު ނ ިކަން ވިސްނާލަބަލަ ، ޒައިނަބް އަށް އެކުރި އަނިޔާތަށް ކުރިމީހާ އަތުލެވި މަރަށް ހުކުމްކުރާ ދުވަހު އޭނާގެ ހައްގުގައޭ ކިޔާފައި ތިބައިގަޑު އަގަހުޅުވާއިރު އެމައުސޫމް ކުޑަކުއްޖާ އެއްވެސް ރަހްމެއްނެތި އަނިޔާކޮށްމަރާލި ގާތިލު ހަމަދޫކޮއްލަންވީހެއްޔެވެ. ޑޮކްްޓާރ އަފްރީޝީމް އާއި ނަޖީބްފަދަ ކުށެއްނެތި މަރާލިމީހުންނަށް ހަމަ މަރުގެ އަދަބް ހައްގުނު ވޭހެއްޔެވެ.

  14. ތިފަދަ ކަމެއް އިންސާނަކު ނުކުރާނެއެވެ. އެއީ ހަމަކަށަވަރުން އިންސާނުންގެ ސޫރާގައިވާ ހަޔަވާނުންނެވެ.

    • ކަލޭމެން ތީ އިންސާނުންތަ ނޫނީ ހައިވާނުންތަ؟ ކަލޭމެންގެ ކިބައިގަ އިންސާނިއްޔަތުކަމެއް ހުރީ ކޮން އިރަކު؟