އިނގިރޭސިވިލާތުގެ މެންޗެސްޓާގައި މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހެއްގެ ހަށިގަނޑު ފޫއަޅުވާލުމަށް ފަހު ނަޓެއް މީހެއްގެ ހިތައް ވަން ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވިއްޖެއެވެ.

އުމުރުން 47 އަހަރުގެ ރޮބީ ޕޮޓާ އަށް ބޮމުގެ ހަމަލާގައި ލިބުނު ބޮޑު ޒަހަމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ވެދާނެ ކަމުގެ އުންމީދު ފުރަތަމަ ކުޑަވި ނަމަވެސް ގިނަ ދުވަސްތަކެއްގެ ފަރުވާ އަށް ފަހު އޭނާ ވަނީ މިހާރު ރަނގަޅު ވެފައެވެ. މިދިޔަ ހަފްތާގައި އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ރޮބާގެ ހިތުން ނެގި ނަޓު
ރޮބާގެ ހިތުން ނެގި ނަޓު

ރޮބާ ބުނީ އޭނާގެ ލޯބިވެރިޔާ އާއި އެކު ކޮންސެޓެއް ބަލަން ގޮސް ހުއްޓާ ގޮއްވާލި ބޮމުގެ ސަބަބުން އޭނާ އަށް ލިބުނު ޒަހަމް ރަނގަޅުވެ އޭނާގެ ހާލު ރަނގަޅު ވުން އެއީ ޑޮކްޓަރުން ވެސް ގަބޫލުކުރާ ގޮތުގައި އާދަޔާއިހިލާފު އަޖައިބެއް ކަމަށެވެ.

ބޮމުގެ ހަމަލާގައި ރޮބާގެ ލޯބިވެރިޔާ އަށް ވެސް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އޭނާގެ ދެފައި ވެސް ވަރަށް ބޮޑަށް ޒަހަމްވިއެވެ. އަދިވެސް އެއްކޮށް އޭނާ ރަނގަޅުވެފައި ނުވާއިރު މިހާރު ވެސް އިންނަން ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ނަމަވެސް މަރުގެ އެތިފަހަރަކުން ދެމީހުންނަށް ވެސް ސަލާމަތް ވެވުނީތީ އެމީހުން އުފާކުރެއެވެ.

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    އަވަހަށް އިސްލާމްދީން ޚިޔާރުކުރޭ! ތިޔައީ ﷲ ތިޔަ ދެމަފިރިންނަށް ލެއްވި ބޮޑު ރަޙްމަތެއް ! އަދި ދެއްވި ބޮޑު ނިޢުމަތެއް!