ދުނިޔޭގެ އެތަންމިތަނުގައި އުޅޭ އަންހެނުން ވަރަށް ގިނައިން އެ މީހުންނަށް މައްސަރުގެ ކަންތައް ދިމާވުމުން ވާ އިހުސާސުތައް އެހެން މީހުންނަށް ބުނެދޭން ބޭނުންވެއެވެ. އެކަން އެންމެ ބޮޑަށް ކިޔާދޭން ބޭނުންވަނީ ފިރިމީހާއަށެވެ. ނުވަތަ ގާތް ފިރިހެން ރަހުމަތްތެރިއަކަށެވެ. އެކަމަކު އެ މީހުންނަށް އެ ވާ ތަދެއް އިހުސާސެއްނުވާއިރު، ކުރަނީ މަލާމާތެވެ.

މިއީ ބައެއް މީހުންގެ އާދަތައް ހުންނަ ގޮތެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި، އެއީ އަންހެންވެރިން ޖައްސާ ގޭމެކެވެ. އަންހެންވެރިން ޑްރާމާ ޖައްސަނީއެވެ. އެހެން ނަމަވެސް އެކަމުން ވާ ތަދު އެނގޭނީ އެފަދަ ކަމެއް ދިމާވުމުން ނޫން ހެއްޔެވެ؟

ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަންގެ ރިޕްރޮޑަކްޓިވް ހެލްތްގެ ޕްރޮފެސަރެއްކަމަށްވާ ޖޯން ގުއިއްލެބައުޑް ބުނިގޮތުގައި، މައްސަރުގެ ކަންތައްދިމާވުމަކީ ހާޓް އެޓޭކެއް ޖެހުން ފަދަ ކަމެއް ކަމަށެވެ.

މިއީ ވަރަށް ކުޑަކުޑަ މިސާލަކުން އެކަން ކިޔާދިން ގޮތެވެ. އާއްމުކޮށް މި ތަދުގެ ސަބަބުން ބައެއް މީހުންނަށް ކޮޅަށްވެސް ނުހުރެވޭ ކަމަށް ވެއެވެ. ރުޅީ ގަދަ ވުމާއި، މަސައްކަތު ކުުރަން ބޭނުން ނުވުމަކީވެސް މައްސަރުކަންތައްކާއި ހުރެ ދިމާވާ ކަންތައްތަކެވެ.