ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ ރަށްރަށުގައި ފެންބޮޑުވަނީ ކުޅި ނެތުމުން ކަމަށާއި، އެއީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް ކަމަށް، ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަނިކޮށް، މައިބަދައިގެ އޮޕަރޭޝަނަކަށް ކަމަށް ވިދާޅުވެ "ފިލައިގެން" މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ADS BY OOREDOO

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޯކޮށް ވާރޭވެހުމުން ފެންބޮޑުވަނީ ކުޅި ފަދަ ތަންތަން ނެތުމުން ކަމަށެވެ. އަދި ގޭގޭތެރޭގައި ފެންބޮޑުވުމުން ލިބޭ ކުއްލި ގެއްލުމަކީ، ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޯކޮށް ވާރޭވެހުމުން ފެންބޮޑުވެވޭނެ ކުޅި ފަދަ ތަންތަން ނެތުމުން، ދެން ފެންބޮޑުވާނީ ރަށުތެރޭގައި. ގޭގޭތެރޭގައި ފެންބޮޑުވުމުން ލިބޭ ގެއްލުން އެއީ ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެއް" ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ، ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެކަން މީގެ ކުރީން އިޢުލާނު ކުރެއްވުމުން، އެއީ އެއްގޮތަކަށްވެސް ކުރެވޭނޭ ކަމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނިކޮށް، އެއާޕޯޓުގެ މަސައްކަތް ފެށުމާއެކު، އެކަމުގެ ސަބަބުން ކުޅުދުއްފުށީގެ ކުޅި ހަލާކުވާނެ ކަމަށް ބުނެ އެފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހުމާއެކު އިދިކޮޅު ފަރާތްތަކުން، އެ މަސައްކަތް ހުއްޓުވުމުގެ މަޤުސަދުގައި އެތައް މަސައްކަތެއް ކުރަމުން ދާއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ސާކް ސަމިޓަށް، އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އެޅުމަށް އެރަށުގައި އޮތް ކުޅިއެއްގެ ބައެއްވެސް ހިއްކާފައިވާކަން ފާހަގަކޮށްލެވެއެވެ.

ހަމަ އެހެންމެ ހިތަދޫއަކީ ނިސްބަތުން ރާއްޖޭގައި ކުޅި ގިނަ ރަށަކަށްވާއިރު، ވާރޭގެ ސަބަބުން މީގެ ކުރީންވެސް އެރަށުގައިވެސް ފެންބޮޑުވުމަކީ ޢާންމު ކަމެކެވެ. އަދި ހިތަދޫގެ އިތުރުންވެސް ކުޅި އޮންނަ ރަށްތަކުގައި މީގެ ކުރީންވެސް މޫސުމީ މިފަދަ ކާރިސާތަކުގައި ފެންބޮޑުވެފައިވެއެވެ.

ފެންބޮޑުވަނީ ކުޅި ނެތުމުން ކަމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވިދާޅުވިއިރު، ރާއްޖޭގައި ކުޅި އޮންނަނީ މަދު ރަށްތަކެއްގައިކަން ފާހަގަކޮށްލެވެއެވެ. އަދި ކުޅި ނެތުމާއެކު ފެންބޮޑުވާތީ، ތަރައްޤީއަށް ހުރަސް އެޅޭކަން އެމަނިކުފާނު ކަންބޮޑުވުމާއެކު ފާހަގަކުރެއްވިއިރު، ކުޅި ނެތް ރަށްރަށުގައި ފެންބޮޑުވުމާ ގުޅޭގޮތުން އެމަނިކުފާނު ވަކި އެއްޗެއް ވިދާޅެއްނުވެއެވެ.

ސިޔާސީ ބޭނުމުގައި ރައީސް ނަޝީދެކޭ އެއްފަދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބަވާ އިދިކޮޅު ފަރާތްތަކުން، ތަރައްޤީގެ މަޝްރޫޢުތަކަށް އެކި ގޮތްގޮތުން ހުރަސް އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން މިވަގުތު އެންމެ ބާރަށް ކުރިއަށްދާ ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގައި، އެފަރާތްތަކުން މީގެ ކުރީންވެސް ހަޤީޤަތް އޮޅުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތަށް އެރަށުގެ ކުޅީން ބައެއް ހިއްކުމަށް ނިންމާފައި ވާއިރު، އެ މަސައްކަތް ކުރާ ފަރާތުން ހާމަކޮށްފައިވާގޮތުގައި، އެ ކުޅީން ބައެއް ހިއްކި ނަމަވެސް ކުޅީގެ 70 އިންސައްތަ ސަލާމަތް ކުރެވޭނެއެވެ.

ރަށްރަށުގައި ފެންބޮޑުވަނީ ކުޅި ނެތުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކުޅި އޮތް ރަށްތަކާއި، ކުޅި ނެތް ރަށްތަކުގައިވެސް ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. މި ވިއްސާރައަކީ ދެކުނު އޭޝިއާ ސަރަޙައްދުގައި އުފެދުނު ކޮޅުގަނޑެއް، ތޫފާނަކަށް ބަދަލުވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.

"އޯޗީ"ގެ ނަމުން ނަންދީފައިވާ މި ތޫފާނުގެ އަސަރު އެންމެން ބޮޑަށް ކުރަމުންދަނީ، މެދު ރާއްޖެއާއި އުތުރުގެ ރަށްތަކަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތައްވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހިނގަމުންނެވެ.

ADS BY SHEESHA

މި ތޫފާނުގެ ސަބަބުން ރަށްރަށަށް އެކިވަރުގެ ގެއްލުން ލިބެމުންދާއިރު، އެ ރަށްރަށުގެ ޙާލު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުން ގޭހާއި ކާޑު ހުސްވަމުން އަންނާތީ އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، މިވަގުތު އެންމެ ބޮޑު އިސްކަމެއްދެމުން ދަނީ ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ADS BY ASTERS

59 ކޮމެންޓް

 1. ދެން ފުވައްމުލަކުގަ ފެންބޮޑުވަނީޔޯ؟! ނޫނީ ފެންބޮޑުވެދާނެތީ ހުރިހާރަށެއްގައި ކުޅިހަދަންވީތަ؟! ސާބަސް ތިކަހަލަ ރޯނުއެދުރަކު ވެރިކަމަށް ގެންނަން ވޯޓް ދެވުނީތީ ހިތާމަކުރަން

 2. ބޯހަލާކު މީކަލޭގެ މިގޯސްގޮވަން ޗާންސްދީ ރައީސްކަން ހޯދައިދިން މީނަގެ ބައިގަނޑާ މީނަގެ އަނގަ ބަންދުވާނެ އެއްވެސް ގޮތެއް ނެެތްތައަޅެ

 3. ކުޅިބޭނުންވާތީދޯ، ކުޅި ހިއްކާގެން މިކަލޭގެ ކޮނެވެންޝަން ސެންޓަރު ހަދަފަ އެހެރީ، ވެދާނެ އޭރު ކުޅީގެ މުހިންމުކަން ނޭންގެނީކަމަށް.. ބޯގޯސް.

 4. ފެންބޮޑުވަނީ ހައްދަވާ ގެންގުޅުއްވާ ދުނިޔޭގެ ބިމަށް ވާރޭ ވެއްސަވާތީ ކުޅިޔެއް ފުޅިޔެއް ނެތިގެނެއްނޫން ނަޝީދު ކަލޭ މޮޔަފުޅުވީތޯ؟

 5. ރައީސް ޔާމިންނައްގޮވާލަން އަވަސްގޮތަކައް ބޭރުންލޯނެއް ނަގައިގެންނަމަވެސް ރާއްޖޭގެ ކޮންމެރަށެއްގަ ކުޅިއެއްތައްޔަރުކޮށްދެއްވަން ޗުކުރިއްޔާ ނަޝިދު ތިދެއްވިލަފާފުޅައް

 6. އަޅެ މީނާ މީ ސިކުނޑި ސަލާމަތުން ހުރި މީހެއްތަ؟ މިވެސް މިޤައުމުގަ ވެރިކަންކުރިމީހެކޯ ލަދުން ބޯ ހަލާކު.

 7. ކުޅިއޭ ކުޅިއޭ އަބަދު މިކިޔަނީ ކޮން ކުޅިއެއްގެ ވާހަކަ އެއްތަ އަނެއްކާ މިދައްކަނީ.... ނޭންގޭނެ ދޯ ފަރަންޖީ ކަރައިގަ ހުރިހާ ކުޅިއެއްވެސް އޮންނަނެ ވިއްޔަ ސަބީލިއްލާހި!

 8. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ

  މިރާއްޖޭގައި މިހާރު މިއޮތް ސަރުކާރު ރައީސް ނަޝީދުގެ ބަހެއް ޤަބޫލެއް ނުކުރާނެއެވެ. ނަމަވެސް މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ މީހުންގެ ނަޒަރުގައި ރައީސް ނަޝީދަކީ، އަނގަ ކަސްރަތު ކުރާ މީހެއްނޫނެވެ. ސަހަރާގައި ޤަބުރުކޮނެ، މައިޒާން ހަދަމުންދާއިރު، ކަށްބޯތައް ނަގައި ކަށްބިމުގައި ތަންތަން ހަދަމުންދާއިރު، އަތްޖަހާ މީހުން އަތްޖަހަމުން ގެންދަނީ، މިކަންކަމަށް ތާއީދު ކުރާތީއެއްނޫނެވެ.

 9. ރާއްޖެއަށް ބޮޑުރާޅުއެރީވެސް ކުޅިތައް ޙިމާޔަތް ނުކުރާތީތަ؟ މަނިކުފާނަކީ ރާއްޖެއަށް ހެޔޮއެދޭ މީހެއްނޫން !

 10. ބާލިޖީ ޖަހައިގެން ޖޭގެއިން ފެންނެރޭން މަނިކުފާނު ރާއްޖެއާދެބަލަ. އެއީ މަނިކުފާނު ވަރަށް ކުރާހިތްވާނެކަމެއްކަމަށްފެނޭ.

 11. މީނަ މިހިރީ ރަގަޅަށް މޮޔަވެފަ. ފޯއްމުލަކުދެކުޅިން އެއްކުޅިއަށް މީނާ ފައްކާކުރަް ފެންނަނީ

 12. މިކަލޭގެ އަށް އެގޭކަމެއް އަދި ނޭގޭ ކަމެއްވެސް ނެތް ދ(ޯ .މީނަޔަށް ނޭގެ ރާއްޖޭގެ ރަށްތަކުގެ ވަށައިގެން އޮތީ މާކަނޑު ކަމެއްވެސް .ވާރޭ ވެހިގެން ފެންބޮޑުވަނީ ރަށުތެރެއަށް ވުރެ ރަށުގެ އުރަފަށްއުސްވީމަކަމެއް . ކުޅި ހެދެނީ ވެސް ވޮޑޭ ދުވަސވަރު މެދިގަ ހުސްތަން އޮވެފަވަށައިގެން ބެދުނީމަ ފަތް އެޅިގެން ޗަސްބިމަށް ބަދަލުވެ ކުޅިއަކަށްވަނީ ކަމެއް އެގޭހެނެއް ހީއެއް ނުވޭ .މިކަލޭގެ އަށް ވިސްނޭގޮތުން ތަރައްގީ އަށް ރާއްޖޭގެ ހުރިހާރަށެއްގާ ހަދަންވީ ކުޅި ؟

 13. ކަލޯގެ ވެރިކަމުގައި އަމީނީމަގުގައި ފެންބޮޑުވީ މާލޭގައި ކޮންކަހަލަ ކުޅިއެއް ނެތިގެންތަ؟ އެހެންވެތަ ކަލޯ ވަކިވައްތަރެއްގެ ކުޅިއަކަށް ހިތްވަރުދީ މުޒާހަރާކުރުވީ.

 14. މިއާޓިކަލްނު މީހާ ބޭނުން ކުރި ޖުމްލައިގައި ފިއްލަވައިގެންނޭ ބުނެފައިވީނަމަވެސް ރައީސް ނަޝީދު ރާއްޖެ ފިއަވައި ދުނިޔޭގެ ހުރިހާތަނަކަށް ދަތުރު ކުރެވެއެވެ، އަދި ބައިނަލްއަގުވާމީ އެކިއެކި ޖަލްސާ ތަކުގައި ބައިވެރިވަމުންދާއިރު ފިއްލަވައިގެންނޭ ބުނުމުގެ މާނައެއް އޮތްކަމަށް ނުދެކެމެ.

  • ޖަލަށް ހުކުމް ކުރީމާ ފިއްލަވައިގެން ބޭރުގާ އެހުންނެވީ

  • ދެލޯފުޅާ ހުސޭނާ! ހޭދެބައި ނުވެބަލަ! ޖަލެއްގަ ހުއްޓަ ބޭސްކުރާށޭ ކިޔާފަގޮސް ދިން މުއްދަތުގަ އަނބުރާ ނައީމަ ދެން އެޔައް "ފިއްލެވުން" ނޫން އެއްޗެއް ހަމަ ބުއްދި ހުރި މީހަކު ނުކިޔާނެ ކަންނޭންގެ ދޯ! އމޑޕ އާ ހެދި ބޫތުކެޔަސް ހަޤީޤަތް ޤަބޫލުކުަރަންވާނެ! ފިލަައިގެން ދިޔަޔަސް އަދި ތަންތަނަށް ވަދެ ވާހަކަ ދެއްކިދާނެތާ ދޯ!

  • ހަމަ ފިލައިގެން އުޅޭ ފިނޑިއެއް

 15. ތޫފާނު އަންނި 2012 ފެބްރުއަރީ 08 ވަނަ ދުވަހު ރާއްޖެއަށް އަރާ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ

 16. މާލޭގެ ކޮންމެ އަވަށެއް ހައެއްކަ ކުޅި ހަދަން ފެންނަނީ،..

 17. މިރާއްޖޭގައި އުފެދިގެން އުޅޭ ތޫފާނު އަންނި މިހާރު ދަތުރު ކުރަމުން ދަނީ ރާއްޖެ އާއި ދުރަށް ބެލެވޭ ގޮތުގައި ބެލެވޭ ގޮތުގައި މިތޫފާނުގެ އަސަރުކެޑޭނީ 2018 ގެ ފހުން

 18. މިޤައުމަށް އެރި އެންމެބޮޑު ތޫފާން ގ.ކެނެރީގެ ކޮސް ، ދިވެހި ފިރުއައުނު.

 19. މޮޔަ ގަނޑު ކޮންމެ ރަށެއްގަ ކުޅިއެއް އޮވޭތަ

 20. ރިޔާސީ ކެނޑިޑޭޓް، އަވަހަށްރައީސް ހަވާލުކުރަންވީ. މިވަރު ކަޗޯރުން ކިގެނެތްތޯ ގައުމުހިންގާނީ .ބޭފުޅާ އެހުންނެވީ ހިނދުކޮޅުގަ ތޯއްޗެ ¡

 21. ރިޔާސީ ކެނޑިޑޭޓް އަވަހަށްރައީސް ހަވާލުކުރަންވީ. މިވަރު ކަޗޯރުން ކިގެނެތްތޯ ގައުމުހިންގާނީ .ބޭފުޅާ އެހުންނެވީ ހިނދުކޮޅުގަ ތޯއްޗެ ¡

 22. މިއީ ސައިންސް ވެރިއެއްބާއެވެ. މިނާ ބުނެފާނެ.ފެން ބޮޑުވަނީ އޭނާ ވެރިކަމުގައި ނެތުމުންނެވެ.ޝަރުޢީ ޢިލްމުގެ މިންވަރެއް ނެތުނީމާ ވާނީ މިހެންނެވެ.

 23. ނަސީދު މާ ގިނައިން އަނގަ ކަސްރަތު ކުރާތީ ސަކަރާތް

 24. މިކަލޭގެ މިއީ މިޤަރުނުގެ ބޮޑު ޖޯކަރެވެ. ވާނުވާނޭންގި ކިޔޭ ނުކިޔޭ ނޭންގޭ ހިސާބަށް އަތްނުފޯރާ ފަށަށް ޕާޓީގެ ހުރިހާކަމެއްދާން އުޅޭތީ ވާގޮތެއް ބާ މީ:

 25. ފެންބޮޑުވަނީ ކުޅިނެތިގެން! ކުޅުދުއްފުށީގެ ކުޅި ހިއްކަން ފެށުމުން ކުޅުދުއްފުއްޓާދިމާއިން ކޮޅިގަނޑެއް އުފެދި އެކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ! އެތޫފާނު މަޑުމަޑުން ރާއްޖެއާ ދުރަށްގޮސް، ލަންކާ އާއި އިނގިރޭސިވިލާތާއި ދެމެދަށް މިހާރުވަނީ ތާށިވެފައެވެ. އެގޮތަށް ތާށިވެފައި އޮއެގެން އެތިއެތިކޮޅު ރާއްޖެއާއި ދިމާއަށް އުކަމުން އެގެންދަނީ، މިތޫފާނަށް ކިޔާނަމެއް އަދި ނޭގެއެވެ.

 26. ފެންބޮޑުވުމަކީ ތަރަށްގީއަށް އެޅޭހުރަހެއް ނޫން. ސިންގަޕޫރު ގަ ކިތައް ކުޅި އޮވޭތަ؟؟؟؟
  ރާއްޖޭގެ ކޮންމެ ރަަށެއްގާ ކުޅިހަދަންވީ އަވަަށް ތަރައްގީ ބޭނުމިއްޔާ. ނަސީދު ސަރިކާރުގަ ކިތައް ކުޅިހެދިބާ؟؟

 27. ފިލައިގެން އުޅެނީ އެކަމަކު އިނގިރޭސިންގެ ހިމާޔަތުގަ، ދުނިޔޭގެ ކޮންމެ ޤައުމަކުން މަރުހަބާ ކިޔާ، މަށައް ހީވަނީ ދުނިޔޭގެ ޤައުމުތަކުގެ ވެރިންނާ މި ލިޔުން ލިޔުނު ނޫސްވެރިޔާ ޑރ ނާޒްއަށް ދެއްކިއްޔާ މާރަނގަޅުވާނެހެން، ދެން އަތް ޖަހާ!!!!!!

 28. ފެންބޮޑުވަނީ ތަޅާނެ ކުދިންކޮޅެއް ނެތީމަ

 29. އޭ ބަޑި ބުރޭސްފައްޗާ! ކަލޭ ހަމަ ހަމަ ހޭ ގަ ތަ؟

 30. ފެންބޮޑުވަނީ ކަލޭކަހަލަ މުނާފިގުންގެ ސަބަބުން އެކަމަކާ ކޮންމެހެން ކުޅި އަކާ ގުޅުވާނެކަމެއްނެތް. އެއީ ކުޅި ނެތުމުން ވާކަމެއްނޫން.

 31. ބޯގަޅި މީހުންވެސް ދެކެން އެކަމަކު މިވަރުގެ ބޮޑު ގަމާރެއް ފެނުނު މީފުރަތަމަފަހަރު ތިމާވެށީގެ އައްޕަ ވީމަ ވާގޮތް ތީ ދެންފަހަރަކުން އަންމަ އަށްވޭ އެރުން ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދެއްކިދާނެ.

 32. މީނާގެ ޓެސްޓް ހެދުމަށް ޑރ. އައިޝަތު އަލީ ނާޒްކައިރިއަށް ފޮނުވަންފެނޭ. އެދައްކަނީކީ ސިކުނޑި ހަމަޖެހޭކަހަލަމީހުން ދައްކާކަހަލަ ވާހަކައެއްނޫން...

 33. ރައީސް ނަސީދު އެ ވިދާޅުވީ ރަގަޅު ވާހަކަ އެއް. ރާއްޖޭ ގެ ކޮންމެ ގޯއްޗެއް ގައި އަވަހަށް ކުޅި އެއް ހަދަންވީ..!

 34. ލަންޑަނުސޮނިބެ

  ކުޅިނެތީމަތަ ސުނާމީ އެރީ ލަންކާގަ އޮތްވަރައް ކުޅިއޮތްތަނެއްނެތް އެކަމު ފެންބޮޑުވޭ ބުރާންޗާ އެއީ ގުދުރަތީ ގާނޫނުގަ އެކަން އޮންނަގޮތް ކުޅުދުއްފުށި ކުޅިޔަކީ ވަށައިގެން ހިއްކާ ބޮޑުމަގެއް ތިޔަ ސޮރުގެ 3 އަހަރުން ލާފަވާތަނެއް މޫދައްފެންދާނެޗއެއްގޮތެއްވެސް ނެތް ދެންކޮންކުޅިޔެއްގެ ވާހަކަ

 35. މާލޭގައި 5 ކުޅި ރަާއްޖޭގެ ކޮންމެރަށެއްގައި މަދުވެގެން 1 ކުޅި ކޮންނަންވީ އެއިރުން އަންނި އެބުނާ ތައްގީ ލލިބޭނެ

 36. ބަޅަގަ މިހިރަ ބުރާންޗާ ކަޅޭގެ ވެރިކަންވެސް ވެޓުނީ ކަންތަކާކެއްކުރަން ނޭގުނީމަ ތިގޮތަ އެކަކު އަނެކަު ކިބައިން ހިތްވަރު ހޯދީމަ ވާގޮއި ތިނުބައި ސައިތޯނާ މިގައުމަ ދެން ނާރިވާނަ

 37. ގަމާރަސް ތިދެންބޮޑުވަރު

 38. ބޯކޮށް ވާރޭ ވެހި ގ. ކެނެރީގޭ ގައި ފެން ބޮޑު ވެދާނެ. އަވަހަށް ގޯތި ތެރޭ ގައި ކުޅި އެއް ހަދާ.

 39. ކާޑެއް ގޭހެއްކިއާނެކަމެއްނެތް އަވަހަށް ކޮންމެރަށަކުންް ކުޅިއެއް ކޮންނަންވީ ހުރިހާކަމެއް ހަށްލުވީ ކުޅުދުއްފުށީ މީހުން ގޭސްވެސް ނަގައޭ ކުޅިން

 40. މިދެން ކާކު!؟
  ދާދި މިދާކަށްދުވަހު އެމެރިކާގައި ގެތަކާ ހަމަޔަށަ ފެން ބޮޑުވީ ކުޅިތަކާ ކޯރުތަށް އެމެރިކާގައި ނެތިމަތޯ!؟
  ތިކަހަލަ ގަޅިވާހަކާ ނުދައްކާ މިހެންކިޔާބަލަ
  ލައްގަޅޭ ލައްގަޅޭ މައިންމަގަށް ލައްގަޅޭ ރައީސްކަން ލައްގަޅޭ!

 41. އެއްމެ މަތިވެރި ފަރާތުގެ ބާރުގެ ދަށުގައިވާ ކަންކަމަށް މަމޮޅުވާން އެއްޗެކޭ ބުނެލީ ފިލާހުރެގެން .

 42. ފެންބޮޑުވެ ކުޑަވަނީ ކުޅިނެތިގެން ކަމަށް ބުނަނީ މޮޔައިން.

 43. ބުރާސްފައްޗާ ކުޅުދުއްފުށީ ގައި ކުޅި ހިއްކަނީ އަދި އެރަށަކު ފެންބޮޑެއްނުވޭ އަިންސާ ﷲ

 44. ބޮޑޮ ގަމާރުގެ އައްޕަ. ! މިވަރުގެ ގަ މާރެއް ހަޔާތުގަ ނުދެކެން !!! ބޮޑު މުރުތައްދު!!

 45. ފިލާ ހުރި ގައިދީއަކު ތަނެއްގަ ހުރެ އެއްޗެއް ބުނެލާއިރށް ނޫސްތަކުގެ ފަލަސުރުހީއައް އަރުވާތީ މަހަމަ އަޖާއިބުވޭ.ބަލަ އޭނަގެ މަގުސަދު ހާސިލްވީއޭ އެއީ.

 46. މާﷲ އިންސާނުންނަށް މުސީބާތް ޖައްސަވަނީ އެމުސީބާތެއް ޖެހުނީމަ އަހަރެމެންގެ ތެރެއިން ކެއްތެރިވަނީ ކާކުތޯ ބެލުމަށްޓައެވެ މުސީބާތެއްޖެހުމަ ބޭކާރުވާރުވާހަކަދައްކާ ﷲއާމެދު އުންމީދުކަނޑާ ބަޔަކަށްވުރެވަކިން ނުލަފާބަޔަކީ ކޮބައިތޯ؟ ކަނޑުގެ ލޮނުގަނޑު އުސްވަނީ ކީވެތޯ މަތިންވާރޭ ވެހޭތީދޯ ތިކަހަލަ ޖައްބާރުން ދައްކާނީ ތިކަހަލަ ވާހަކަ.

 47. މާ ގިނައަނގަ ނުތަޅަ ހުރިތާކު މަޑުން ހުރެވޭތޯ ބަލާ...މިގައުމައް ފިލި ރައީ ސް ބޭނުމެއް ނޫނ

 48. ޢިލްމުވެރިންނަށާއި ރަސޫލާގެ ސުއްނަތަށް ހަޖޫޖެހި މީހަކު ކޮއްމެވާހަކައެއްވެސް ދައްކަފާނެ! އެކަހަލަ ބީތާމީހަކާއެކީ މައުމޫނުބެސް އެއުޅެނީ!

 49. އަނެއްކާ އަނެއް ވާހަކަ...ހެހެހެ...ކުޅިއަށްތަ ދާންޖެހެނީ ވެހޭ ހުރިހާ ފެނެޢް...ހެހެހެ....ކޮންމެ ރަށަކަށް ކުޅިއެއް

 50. މިއަށްވުރެބޮޑު ތާކުންތާކުނުޖެޖޭބޮޑޮ ގަމާރެއް މިކަލޭގެ ނޫނީޔަ ނުހުންނާނެ މާތްﷲގެ ކުޅަދުންވަންތަކަން ހިތަށްނާރާމީހެއް މާތްﷲ އިންސާނުންނަށް މުސީބާތްތައް ޖައްސަވަނީ އިމްތިހާން ކުރެއްވުރެއްވުމަށްޓައެވެ ވިސްނާފިކުރުކުރާބަޔަކަށް މެނުވީ އެކަމެއްނޭންގޭނެ

 51. ފެންބޮޑުވަނީ ތިޔަކަހަލަ އުރެދުންތެރިން ގިނަވީމަ ؟

 52. ކަލެއައްމާބޮޑައްއެގެނި...ގުދުރަތީކަންކަމާއިނުބެހި ހަމަބިމައްފައިބެފަ ހަމާގަހުރެބަލަ......

 53. ތިޖެހުނީ ކޮންމެ ރަށެއްގައި ކުޅިއެއް ހަދަން.