މުސްލިމުންގެ އެންމެ މުހިއްމު އެއް މިސްކިތް ކަމުގައިވާ މަސްޖިދުލް އަގްސާ ބޭރުގައި ނަމާދުކުރަން ތިބި ބަޔަކަށް އިޒްރޭލުގެ ފުލުހުން ހަމަލާ ދީ، ބަޔަކަ ޒަހަމް ކޮށްލައިފިއެވެ.

އިޒްރޭލުން ދިން މި ހަމަލާގައި 17 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ވެފައި ވާއިރު އެކަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ. އިޒްރޭލުން މި ހަމަލާތައް ދީފައިވާއިރު އަގްސާ މިސްކިތް ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުން ތަކަކަށް ފަހު ބަންދު ކޮށްފައިކަންސް ފާހަގަކޮށްލެވެއެވެ.

އޭގެ ފަހުން އެ މިސްކިތް އިއްޔެ ހުޅުވާލާފައި ވީ ނަމަވެސް ސަލާމަތީ ކަންކަން އެ ސަރަހައްދުގައި ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

މިގޮތުން މިސްކިތަށް ވަދެވޭ ގޮތަށް އެންމެ ގޭޓެއް ހުޅުވާލާފައި ވާއިރު އެ ގޭޓުގައި ވަނީ މެޓަލް ޑިޓެކްޓާރސް ހަރުކޮށްފައެވެ. މިގޮތަށް މިކަން ކުރުމުން ބަޔަކު ވަނީ މިސްކިތަށް ވަނުމަށް ދޮކޮޅު ހަދައި، މިސްކިތް ބޭރުގައި ނަމާދު ކުރަން ފަށާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލް ސިފައިން ހަމަލާ ދީ ޒަހަމް ކޮށްލީ އެމީހުންނެވެ. އަދި މި ހަމަނުޖެހުންތަކުގެ ވީޑިއޯ ފުޓޭޖް އެއްވެސް ވަނީ ޢާއްމުވެފައެވެ.

ހުކުރު ދުވަހު އިޒްރޭލުން އަގްސާ މިސްކިތް ބަންދު ކުރީ ދެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި އިޒްރޭލުގެ ދެ ސިފައިންނަށް ފަރުވާ ދެމުން ދަނިކޮށް މަރުވުމާއި ގުޅިގެންނެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވި އިޒްރޭލްގެ އިތުރު ސިފައިން ވަނީ އެ ހަމަލާ ދިން ދެ މީހުން ވަގުތުން މަރާލާފައެވެ.

ADS BY SHEESHA

އިޒްރޭލުން ބުނެފައިވާ ގޮތުގައި މިސްކިތުގެ ދެން ހުރި ގޭޓްތައް ހުޅުވާލާނީ އެ ގޭޓް ތަކުގައި މެޓަލް ޑިޓެކްޓާރސް ހަރުކޮށް، މީހާރަށް ވުރެ ބޮޑަށް ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފަހުގައެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ވަގުތު ފެން

    ޔަހުދީން މިއަދު ގަދަވެގަނެގެން މި އުޅެނީ ސައުދީ ގައި ވެރިކަން ކުރާ ސައުދު އާއިލާ އާ ހެދި....