ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔާ

ފަލަސްތީނުގެ ގުދުސްއަށް އިޒްރާއީލުން އަތްގަދަކޮށްފައިވާތީ، އިންތިފާޟާއަކަށް ނިކުތުމަށް ހަމާސް ޖަމާޢަތުން ގޮވާލައިފިއެވެ.

މިކަން ހާމަކުރައްވާ ހަމާސްގެ ލީޑަރު އިސްމާއިލް ހާނިޔާ ވިދާޅުވީ، އެމެރިކާގެ ނިންމުމަކީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ކަމަށެވެ.

ގާޒާ ސިޓީގައި ހާނިޔާ މިއަދު، ފަލަސްތީނުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިޒްރާއީލާ ފަލަސްތީނާ ދެމެދު ސުލްޙަ އެކުލަވާލުމަތް އޮތް ހަމައެކަނި މަގު، އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް ޑޮނާލްޑް ޓްރަމްޕް ބަންދުކޮށްލައިފިކަމަށެވެ.

"ގުދުސް އަކީ އަހަރެމެން ފަލަސްތީނު ރައްޔިތުންގެ ހައްޤެއް. އެއީ އަހަރެމެންގެ ސިޓީއެއް. ކުރިއަށް އޮތްތަނުގައި އަހަރެމެންގެ ވެރިރަށްވެސްމެ" ހާނިޔާ ވިދާޅުވިއެވެ.

ޔާހޫދީންގެ އަތްދަށުން މުސްލިމުންގެ މުޤައްދަސް ބިން މިނިވަންކުރުމަށްޓަކައި، މީގެ ކުރީންވެސް ދެ އިންތިފާޟާއެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ދެ އިންތިފާޟާގައި ފަލަސްތީނުގެ 2000 އަށްވުރެ ގިނަ ޢާންމުން ޝަހީދުވެފައިވެއެވެ.

އިންތިފާޟާއަކީ، ޔަހޫދީންގެ އަތްތަކުން މުސްލިމުންގެ މުޤައްދަސް ބިން މިނިވަންކުރުމަށާއި، ހަމައެއް ލަމައެއް ނެތި ފަލަސްޠީނުގެ ރައްޔިތުން މަރަމުން ދާ ދިޔުން ހުއްޓާލުމަށާއި، މުސްލިމުންގެ ގެތައް ސުންނާފަތިކުރުން ހުއްޓާލުމަށް ގޮވާލާ އެތައް މުސްލިމުންނެއް އެއްފަހަރާ ޔަހޫދީންނާ ދެކޮޅަށް ތެދުވާ ތެދުވުމުކެވެ.

އެމެރިކާ އިން ރޭ ނިންމި ނިންމުމާ ގުޅިގެން، ރުޅިވެރިކަމުގެ ތިން ދުވަސް ފަލަސްތީނުން އިއުލާނު ކޮށްފައިވާއިރު، އިޒްރާއިލުގެ އަނިޔާވެރިކަން އެންމެ ގަދައަށް ތަހަންމަލުކުރަމުންދާ ގާޒާގައިދަނީ މުޒާހަރާވެސް ކުރަމުންނެވެ. ހަމައެހެންމެ، އެހެން ބައެއް ޤައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުގެ ކައިރީގައިވެސް މުޒާހަރާތައް ކުރަމުންދެއެވެ.

ޓްރަމްޕް ރޭ ނިންމި ނިންމުމަކީ އެއްވެސް ހައިސިއްޔަތެއް ނެތި، އެކަމާ ދެކޮޅަށް މުޅި ދުނިޔެ އަޑުއުފުލަމުންދަނިކޮށް ނިންމާފައިވާ ނިންމުމެކެވެ. މިއީ އޭނާ މީގެ ކުރީން، އެމެރިކާގެ ވެރިކަމަށް އައުމުގެ ކުރީންވެސް އިޒްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމުން ނަތަންޔާހޫއާއެކު ހަދާފައިވާ "ޑީލެއް"ގެ ދަށުން ނިންމި ނިންމުމެކެވެ.

ADS BY SHEESHA

ރޭގެ ނިންމުމާއެކު ބައިނަލްއަޤުވާމީ ގިނަ ޤައުމުތަކުން ޓްރަމްޕްގެ ޢަމަލު ކުއްވެރިކުރަމުންދާއިރު، ޓްރަމްޕަށް ޔޫރަޕްގެ ޤައުމުތުގެ އިސްވެރީން ހިމެނޭ ގޮތަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އޭނާ އަކީ ވެރިކަމަށް އިންތިޚާބުވުމުގެ ކުރީންވެސް މުސްލިމުންނާ ދެކޮޅަށް އަޑު އުފުލާފައިވާ މީހެކެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ މެދުގައި އޭނާގެ އަގު ވަނީ ވެއްޓިފައެވެ.

ADS BY ASTERS

9 ކޮމެންޓް

  1. މަވެސް ބައިވެރިވާނަން انشاﷲ !

  2. އެއްކަމެއްވެސް ނުވާނެ ހަމަ ތެޅިތެޅި ތިބެން ޖެހޭނީ

    • ބޮޑުމޮޔަ، ޓުރަމްޕަށް ކުރެވޭނެ ކަމެއް ނޯންނާނެ،
      އެއްކަމެއްވެސް ނުވާނެ ،ޓުރަމްޕު ހަމަ ތެޅިތެޅި އޮންނަން ޖެހޭނީ.
      ވައިޓު ހައުސް ވެސް އޭނަ އޭނަ އާއި ދެކޮޅު.

  3. ރައްޔިތު ކޯޓު

    ދިވެހިންވެސް ނުކުންނަންވީ ޔޫއެން ބިލްޑިންގް ގަ ތަޅުއަޅުވަން

  4. ޓްރަންޕުގެ ބައްޕަ

    މަވެސް ބާވެރިވާނަން

  5. މާތްﷲގެ ވާފިފުޅުން މަވެސް ބައިވެރިވާނަން
    އިބަ އިލާހު މުސްލިމުންނަށް ބާރުވެރިކން ދެއްވާށި