ޔާމީން ރަޝީދު

ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ADS BY AVID COLLEGE

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ޔާމީން މަރާލި މައްސަލައިގެ ތުހުމަތުގައި ހަތް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި މިކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ފަރާތުން އާއްމުކޮށްފައިވާ ފޮޓޯތަކުގައި ފެންނަ ދެ މީހުން ވެސް ހިމެނޭ ކަމަށެވެ.

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން - ފޮޓޯ: ޕޮލިސް

މި މައްސަލައިގެ ތަހުގީގަށް ލިބެމުންދާ ކުރިއެރުމާއި ތަހުގީގުގައި ޝާމިލްވާ ހުރިހާ ފަރާތެއްގެ އިހުލާސްތެރި އަދި ބުރަ މަސައްކަތުން މި ތަހުގީގު ކާމިޔާބުކުރެވޭނެ ކަމުގެ ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"މި ރަހުމު ކުޑަ އަމަލު ހިންގުމުގައި ބައިވެރިވި އެންމެހާ ފަރާތްތަށް ހޯދާ އިންސާފުގެ ކުރި މައްޗަށް ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން" ފުލުހުން ވިދާޅުވިއެވެ.

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ހައްޔަރުކޮށްފައިވާއިރު އެ ދެ މީހުން ފެންނަ ސީސީޓީވީ ފުޓޭޖުތަކެއް ފުލުހުން މީގެކުރިން ވަނީ ދައްކާލާފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 29 އަހަރުގެ، ޔާމީން މަރާލާފައި އޮއްވާ ފެނުނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާގެ ބޮލާއި ކަރާއި، މޭގެ އިތުރުން ހަށިގަނޑުގެ އެނޫންވެސް ތަންތަނަށް ހަމަލާދީފައިވާއިރު، މޭމަތީގެ 14 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ADS BY SHEESHA

ފުލުހުން ވަނީ، ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރެވެމުންދާ މި ދަނޑިވަޅުގައި، މައްސަލައިގެ ތަހުގީގުގެ ފޯކަސް ބަދަލުކޮށް އެހެނިހެން މަގުސަދުތަށް ހިމެނޭގޮތަށް، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް، އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކީ، ގާތިލުންނަށް ފިލައިގެން އުޅުމަށް މަގުފަހިވާނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީ، އެފަދަ އަމަލުތަށް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.

ADS BY ASTERS

26 ކޮމެންޓް

  1. ޔާމީން ރަޝީދު ޔޫރަޕުގެ ނަސޯރާދީން ފަތުރާ މީހުންނާއި ގުޅިގެން ރާއްޖޭގެ އިސްލާމީ އެއްބައިވަންތަ ކަން ނަގާލަން ކުރި މަސައްކަތް ކުރި އިރު، އެކަންކަން ހުއްޓުވަން ދައުލަތުން ކަނޑައަޅާފައި ތިބޭ މީޙުން ފަރުވާ ކުޑަ ކުރި މައްސަލަ ބަލަން އެބަޖެހޭ. އަދި ޔާމީން އެކަމުގައި ބައިވެރިވި މައްސަލަ ވެސް ބަލަން އެބަ ޖެހޭ

  2. ގދ މީހުނޭ ކިޔާގެން މުން.. ނުކިޔަށްޗޭ

  3. އޭލިއަން ފަނި ގިރަނީ

    ސިފަ ބަދަލުކޮށް ނިމުނީތޯ

  4. އެއްފަހަރު ސާބިތުވެއްޖެ
    އަނެއްފަހަރުކުރިއެރުންލިބިއްޖެ
    އަނެއްފަހަރު ދަނެގަނެވިއްޖެ
    އަނެއްފަހަރުހޯދިއްޖެ
    އަނެއްފަހަރުތަޙުޤީޤަށްހުރަސްއެޅިއްޖެ
    އަނެއްފަހަރުޥަކީލުހައްޔަރުކުރެވިއްޖެ
    އެއްމެފަހުފަހަރު ކަންކުރިމީހުން ފިލައިގެން ސީރިޔާއަށް ހަގުރާމައަށް ދިޔަކަން ޔަޤީން ވުމުން އެމީހުންހޯދަން ރެޑްނޯޓިސްނެރެފިން
    ޝިފާޤު މިފަހަރު ރެޑްނޯޓިސް ނެރުއްވާނެ ! ވަރަށް ގޓްހުރި ބޭފުޅެއް !

  5. ޔާމީން ރަށީދު ދީނައް ފުރައްސާރަ ކުރި މައްސަލަ ނުބެލީ ކީއްވެ ތޯ! ދީނައް ފުރައްސާރަ ކުރާ ކުރާ މީހުން ނާ ދޭތެރޭ ފިއަވަޅު އަޅުއް ވަން ވީ ނޫން ތޯ އިސްލާމިކް މިނިސްޓްރީ އިން!!!!!!

  6. މާދަމާ ބުނާނެ އެއީ ދެނެގަނެވުނު މީހުންނެށް ނޫނޭ!

  7. [email protected]

    ކީއްވެބާ ނަން ހާމަ ނުކުރެވުނީ..... ތަހުގީގައް ބޭނުންވާ ކޮން ހެއްކެތްތޯ މިހާރު ނުލިބެނީ... ޢަޖާބު....

  8. ކަލޯ ވެއްޖެނުން ނިއުސް ކޮންފަރެސްއެއްބާއްވާ މިހާރު ގޮއްސަ އޮތް ހިސާބެއްއަންގަދޭން.ތިންދުވަހުން އެއްދުވަހު ކޮންމެވެސް ފޮނި ވާހަކައެއް އެބަދައްކާ..

  9. ޢަފުރާސީމު މަސްއަލަވެސް ވވަނީ އާއިލާ އިން ސިޔާސީ ކޮށްލާފަ ދެން ހުރީ ދެއަނގަﷲرياز ކީކޭޔޭނުކިޔޭ އެއްޗެއް ނޭންގުނު

  10. ތިހެންކި އަފްރާސީމް މަރާލީމަވެސް އެކަމަކު ހުރިހާގަލެއް ފުރޮޅަލާ ވަަހަކަވެސް އެންމެ ފަހުން ހުމާމު ބޮލަށް އެކަނި އެމައްސަލަ ކަޑާލީ. ޙުމާމް އާއި އެކީ ހައްޔަރު ކުރިމީހުންވެސް ދޫކޮއްލީ. މިފަހަރު ކިހާވަރަކުން ދާނެބާ؟

  11. ތި ވިދާޅުވާ މީހުން ހައްރުކުރީ މިއަދުބާ! އެ ޤާތިލްގެ އާއިލާގެ ފަރާތުން މިކަމުގައި މި ރާއްޖެއިން އިންސާފު ނުލިބޭނޭ ކަމަށްބުނެ ބޭރުގެ ފަރާތް ތަކުގެ އެހީއަށް އެދި މިކަމުގައި ކޮންމެވެސް ވަރެއްގެ ޙަރަދެއް ދާނެކަމަށް އެ އާއިލާގެ ފަރާތުން ވިދާޅުވެ އަދި ހެޔޮއެދޭ ފަރާތް ތަކުގެ އެހީއަށް ގޮވާލާފައިވާ މި ދަނޑި ވަލުގައި ތި ގޮތަށް ތި ޙަބަރު ގެނެސް ދިނީމާ އަޅުގަނޑުގެ ހިތުގައި ސުވާލު ތަކެއް އުފެދިފައިވޭ.

    • ޤާތިލްގެ އާއިލާ އެނގިލައްވަނީ ކިހިނެއްތޯ، ފުލުހުންނަށްވުރެ މާ ކުރީގަ އުޅުއްވާ ބޭފުޅެއް ދެއްތޯ؟ ތިބޭފުޅާ ތަޙުޤީޤީ އެޖެންސީ އެއް ހުޅުވަން ފެނޭ އަޅުގަނޑަށް.

  12. ތިހާ ހިތްވަރު ކޮއްލާފަ ތިހާ އިޚްލާސްތެރި ކަމާއެކު މަސައްކަތް ކޮށްގެން ޑރ. އަފްރާޝީމް މަރާލި މީހުންވެސް ހޯދާ. ނުފޮރުޅާ އެންމެ ގާ ކޮޅެއް ނެތް އިރު ކުއްވެރިން ޝަރީޢަތުގެ ކުރިމައްޗަށް ނުގެނެވިގެން އުޅުމަކީ ހިތާމަ ހުރި ކަމެއް.

  13. "ޔާމީންގެ މަރަށް ފުލުހުން މެދުވެރިކޮށް އިންސާފު ލިބިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިވެއެވެ" ޔާމީންގެ އާއިލާއިން މަސައްކަތްކުރަނީ މިމަރަށް އިންސާފު ހޯދުމަށްވުރެ ތަހުގީގް އަށްހުރަސް އެޅޭފަދަ ކަންކަންކޮށް އެހެން މަގުސަދެއް ހާސިލް ކުރަން ހެން ހާދަހާ ހީވެއޭ

  14. ގްރިޒްލީގޫލްސް

    ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ހައްޔަރު ކުރުން އެއީ އުފާވެރި ޚަބަރެކެވެ. ތިޔާ މާރޑަރ އަކީ އެއީ މަމެން ޔަގީން ކަން ދޭނަން ސިޔާސީ ކަމެއް ކަން. މަމެންނަށް ބޮޑަށް ލަފާ ކުރެވެނީ ތިކަމަކީ އެއީ އިދިކޮޅު ކްރިޓިކްސް އިން ލޯކަލް ކައުންސިލު އިންތިޚާބާއި ކައިރި ކޮށްފައި ނެރުނު މައިނޯރިޓީ ރިޕޯރޓެއް ކަަމަށް. މަމެން ގެ ބެކް އޮފް މައިންޑް ބުނަނީ ތިކަމާއި އިދިކޮޅު ކްރިޓިކްސް އާއި ގުޅުމެއް ނެތި ނުދާނެއެވެ. ތިޔާ ސްޓެރެޓެޖީ ރޭވިގެން އަންނާނީ އެމެންގެ ތެރޭން ނެވެ. އާންމު ކޮށް މައިނޯރިޓީ ރިޕޯރޓް ނެރޭ ނަމަ އިދިކޮޅު ސިޔާސީ ފަރާތް ތަކުން ގުރުބާން ކުރާނީ އެމެންގެ ތެރޭން މީހެކެވެ. އެއިރުން ނޫންތޭ ސަރުކާރަށް އިނގިލި ދިއްކުރާނީ އާންމުން. އެމެން އުޅުނުީ ދެވަނަ އޮގަސްޓް ބާރަ ތޭރަ ގެންނާނެ ކަމަށް ހީކޮށްގެން ނެވެ. އެކަމަކު ސަރުކާރުން މިކަމަށް ހޭއަރާ ތިބުމުން ނުގެނެވުނީ އެމެންނަށް އެކަން. އައި ޖީއެމްއެޗް އިން ޔާމީން ރަޝީދު މަރުވެގެން ނެރުނު މަންޒަރު މަމެންނަށް ޓްވިޓަރ ތަކުން ފެންނަ ފޮޓޯ ތަކުން އިދިކޮޅު ކްރިޓިކްސް ގެ އެމްޕީ އަކު ކުއްލި އަކަށް ހޮސްޕިޓަލަށް އެ މަންޒަރަށް ދިއުން އެއީ މަމެން އެކަމާއި މެދު ސިކްސްތް ސެންސް އިން ވިސްނާ ކަމެކެވެ. ޔާމީން ރަޝީދުގެ މައްސަލައިގައި މިސްވެއޭ ދެރަވެއޭ ކިޔާ އެމައްސަލަ ޓްވިސްޓް ކުރަން ކްރިޓިކްސް ގައި ޓްވިޓަރ ގައި އެ މެން އެމައްސަލަ ޓްވިސްޓް ކުރަމުން ދާ ގޮތް ވެސް އެއީ މަމެންގެ ސިކްތް ސެންސް ކްރިޓިކްސް އާއި މިކަމާއި ގުޅުމެއް އެބައޮތޭ މަމެން ބުނަން ނެތީމު އެވެ. ޑާރކްނެސް ފޯލްސް އެކްރޮސް ދަ ލޭންޑް. ދަ މިޑް ނައިޓް އަވަރ އިޒް ކްލޯސް އެޓް ހޭންޑް. ކްރީޗަރސް ކްރޯލް އިން ސާރޗް އޮފް ދަ ވެރިކަން. ޓު ޓެރއެރައިޒް ދަ ހޯލް ކަންޓްރީ، ހޫސްއެވަރ ޝަލް ބީ ފައުންޑް، ވިދައުޓް ދަ ސޯލް ފޯރ ގެޓިންގް ޑައުން، މަސްޓް ސްޓޭންޑް އެންޑް ފޭސް ދަ ހައުންޑްސް އޮފް ހެލް، އެން ރޮކް އިންސައިޑް އަ ކޯރޕްސް ޝެލް، ދަ ފައުލެސްޓް ސްޓެންޗް އިޒް އިން ދި އެއާރ، ދަ ފަންކް އޮފް ތްރީ ކޮރަޕްޓް ޔިއަރސް އެންޑް ގްރިޒްލީ ގޫލްސް ފްރޮމް އެވްރީ ކޯނަރ، އާރ ކްލޯސިންގް އިންޓު ސީލް ޔުއަރ ޑޫމް، އެންޑް ދޯ ޔޫ ފައިޓް ޓު ސްޓޭ އެލައިވް، ޔުއަރ ބޮޑީ ސްޓާރޓްސް ޓު ޝިވަރ، ފޯރ ނޯ މޯރ މޯޓެލް ކޭން ރެސިސްޓް. ދަ އީވްލް އޮފް ދަ ކްރިޓިކްސް ވެރިކަން ދަހިވެތި. އާއްހާއްހާއްހާހާހާ، އާއްހާއްހާއްހާހާހާހާ، އާއްހާއްހާއްހާހާހާހާ، ހާހާހާހާހާ، ހާހާހާހާހާ، ހާހާހާހާހާ...

    • ﷲ މޮޅަށް ދެނެވޮޑިގެން ވަނީ

    • ަގޯޑް އިޒް ގްރޭޓް

      ކުރި މީހެއް ކުރީ، ޖަޒާ ދެއްވާނީ ތިހުރިހާ އެންމެން ހެއްދެވި އިލާޙް. ގެޓް ރެޑީ، އެޔަކުން ނުބެޗޭނެ އެކަކައް ވެސް. ދެ ތިކި ޕީ

  15. ޔާމީންގެ މަރާ ގުޅިގެން ހޯދަމުން އައި ދެ މީހުން ހައްޔަރުކޮށް އަދި މިކަމާއި ބެހޭ ތަފްސީލް މައުލޫމާތު އެއްގޮތަކަށް ވެސް ހާމަ ކޮށްގެން ނުވާނެ މައްސަލައިގެ އެންމެ ފުންމިނަށް ނުފީނެން ދެން. ކްރިޓިކްސް އިން އެހާވަރުން ތީގެ ތެރެއަށް ބޭރުގެ ފަރާތް ތައް ޝާމިލް ކުރަން އެއުޅެނީ ތިމައްސަލަ ހިނގާ ގޮތް ލީކް ކޮށްލަން ވެގެންނެވެ. އެހެންވެ ބްރޯ މައްސަލަ ވެސް ފުލުހުން އެއްޗެެއް ހާމަ ކުރުމުގެ ކުރިން ސޯޝަލް މީޑިއާ ގައި އެއާއި ބެހޭ ވާހަކަ ތައް ޓްވިސްޓް ކޮށްގެން ދައްކާފައިވަނީ. މީ ދަންނަން ޖެހޭނެ ކަމެކެވެ.

  16. ޔާމީންގެ މަރާ ގުޅިގެން ހޯދަމުން އައި ދެ މީހުން ހައްޔަރު ކުރުން އެއީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެކެވެ. މަމެން ކުރިން ވެސް ބުނަމުން މިއަންނަނީ ޔާމީން ރަޝީދުގެ މަރަކީ އެއީ ސީދާ ސިޔާސީ ކަމެއް ކަމަށެވެ. އެއީ ސިޔާސީ ކަމެއް ސިޔާސީ ކަމެއް ސިޔާސީ ކަމެއް. އޭގެ ބޭނުމަކީ އެއީ އޮގަސްޓް ބާރަ ތޭރަ ގެނައުން ނޫން ނަމަ އިންތިޚާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލަން ކުރި ކަމެކެވެ. މިބާވަތުގެ މާރޑަރ ކޭސް ތައް މާލޭގައި އަދި ހިންގާނެ އެމެން 2018 ގެ ރިޔާސީ އިންތިޚާބު ކައިރި ވެފައި ވަނި ކޮށް. ހޯރަފުށިން މުސްކުޅި އަކު 1.5 މިލިއަން ރުފިޔާގެ ދަހިވެތި ކަމުގައި މަރާލީ އެއީ ވެސް އެއިރު ލޯކަލް ކައުންސިލު އިންތިޚާބެއް އޮތީ ބޯމަތި ވެފައެެވެ. މިރާއްޖޭގެ ސިޔާސީ ކަންކަން އެބަޖެހޭ ލިމިޓް ވާން. ރާއްޖޭގެ ކުށްވެރިންގެ ވާހަކަ ތައް ރާއްޖޭގެ ރަޖިސްޓަރޑް މީޑިއާ ތަކުން ނާއި އަދި ރާއްޖޭގެ ރަޖިސްޓަރޑް ބްރޯޑް ކާސްޓިންގް ސްޓޭޝަންސް ތަކުން ނުގެނެސްދޭނެ އުސޫލުން އެބަޖެހޭ ނޫންތޭ ޕީޕީއެމް އެމްޕީން މަޝްވަރާ ކޮށްގެން ނަމަވެސް ނުވަތަ ސަރުކާރުން އިސް ނަގައިގެން ނަމަވެސް މަޖްލީހަށް ބިލެއް ހުށައަޅާ އެފަދަ ބިލެއް ފާސް ކުރަން. އެއިރުން ދެން މިރާއްޖޭގެ ސިޔާސީ މައިދާނަކީ އެއީ ކުށްވެރިން އަންނަން ޖެހޭ މައިދާނެއް ނޫން ކަން ރައްޔިތުންނަށް އިނގެން ޖެހޭނެ ނޫންތޭ.

  17. ޢދ ޢިން މީހުން ފޮނުވާގެން ތޯ މިމީހުން ހޯދީ؟

  18. މުރުތައްދެއް މަރާލީމަ މެރިމީހުން ހައްޔަރު ކުއްގެން ނުވާނެ

  19. ދެކޮޅުން ކާ ލޯޔަރޭ މެން މިއުޅެނީ އެއީ އަފްރާޝީމް މަރުގެ މައްސަލަ ދިޔަ ގޮތަށް ތިޔާ ކަން ދުއްވާލެވޭތޯއެވެ. މަމެންނަށް ޔަގީން ތިޔާ ޔާމީން ރަޝީދު މަރާލާފައިވަނީ ރާއްޖެތެރޭން މާލެ އަށް އެރި ގޭންގް ސްޓާރުން ކަމަށް. މަމެން ދެކުނިން އެދުވަހު ޑޮމެސްޓިކް ފްލައިޓަކުން ވަރަށް ހެދުނުގެ ވަގުތެއްގައި ގާފު ދާލަށް ދިޔަ ފްލައިޓަކުން ގޭންގް ސްޓާރުންނާއި ވައްތަރު ތިން ގޮލަ އަކާއި އަދި އެމެން ގެ ބޮސް ވެސް ދިޔަތަން. މުޅި އެކު 5 މީހުންގެ ގްރޫޕެއް އެއީ.

  20. "ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ހައްޔަރުކޮށް"...މަރާލިކަމަށް ޝައްކެއްނޫން...މިއީ ޔަގީންވިކަމުގެ ޚަބަރެއް.
    ވީމާ ދެން ފުލުހުންވެސް ފަހުން ވާހަކަ ބަދަލުކޮށްގެން ނުވާނެ

  21. ޢަބުކުރު ޤާޒީ ރަތްމަންދޫ

    ޥވވވ ފުރިހަމަ ޙަބަރެއް.މާދަން ބުނާނެ އޮޅިގެން ހައްޔަރު ކުރެވުން ދެކުދިންނޭމީ މާފުކުރާށޭ އަހަރެއް ފަހުން އެމީހުންގެ ޑީއެންއޭ އާ ދިމާވާނެ އޭރު އެމީހުން އޮނާނީ މަރުވެގެން ކަށިން މަސްވެސް ފިލާފަ.ސާބަހޭ ދިވެހި ފުލުހުން. ޙިއްވަރެއް ހުރިއްޔާ މީތި ޖަހާލަބަލަަ ނުކެރޭނެ ކަން ޔަގީން

  22. ފަންޑުކުރި މީހުން ނުހޯދޭނެ.