ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު - ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ސޮއިކުރި ޕީޕީއެމް މެމްބަރުންގެ ސޮއި އަނބުރާ ނަގަން ޕީޕީއެމްއިން އެ މެމްބަރުންނަށް އަންގައިފިއެވެ.

ADS BY SHEESHA

މަސީހާ ދެކޮޅަށް ސޮއިކުރި މެމްބަރުންނަށް ޕީޕީއެމްއން ފޮނުވި ސިޓީގައި ބުނެފައިވަނީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އެފަދަ ގަރާރެއްގައި ސޮއި ކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، ހިލާފު ކަމެއް ކަމަށެވެ.

އަދި އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ އެ ގްރޫޕްގެ ހިންގާ ގަވާއިދުގެ 22 ވަނަ މާއްދާ އާއި ވެސް ހިލާފަށް ކޮށްފައިވާ ސޮޔެއް ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ ގަރާރުގައި ކޮށްފައިވާ ސޮއި މިރޭ 00:00 ގެ ކުރިން ނެގުމަށްފަހު އެކަން ޕާޓީގެ އޮފީހަށް އަންގައި ދިނުމަށް ޕީޕީއެމްއިން ވަނީ އެދިފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއެވެ. އަދި އޭގެތެރެއިން އެއް މެމްބަރަކު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ ޕީޕީއެމްއިން ވަކިވުމަށް ހުށަހަޅާފައެވެ.

އެ މެމްބަރުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މިމަހުގެ ތިންވަނަ ދުވަހު ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައެއް ބަލައި ނިމުމުން ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ހ.ގެ ދޭއްގައި ބުނާފައިވާ ގޮތުން ޕާޓީން ވަކިވާން އެދިއްޖެ ނަމަ އެ މީހަކު ޕާޓީން ވަކިވާނެ އެވެ. އަދި މީގެ ކުރިން ޕީޕީއެމުން އަމަލްކޮށްފައި ވަނީ ވެސް އެގޮތަށެވެ.

ADS BY SHEESHA

 

ADS BY ASTERS

11 ކޮމެންޓް

 1. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ / ދަނބުފަށުވިގެ

  ޕީޕީއެމްގެ ރޯޑްމެޕްގައި ފިސާރި ވަރުގަދަޔަށް ހިފުމަކުން އެއްވެސް ގެއްލުމެއްނެތެވެ. ހަނޑޫ މިނެ، ހަނޑޫ ސާފުކޮށް، ހަނޑޫ ދޮވެ، ކައްކައިގެން ބަތް ކެއުމަށް ވަގުތު ކޮޅެއްނަގާނެއެވެ. ނަމަވެސް ކުރެވޭ އިހުމާލަކުން، ދުންގަނެ، ތަވާގެ ފޫގޮސްފިނަމަ، ބަތެއް ނުކެވޭނެއެވެ. އެބަހީ، ބޮޑުރިޔަލުގައި ބާރަށް ވައިއަޅުވައި އޮޔާއި ވަޔާއި އެއްކޮޅަށް ދެވެން އޮންނަ ޙާލަތުގައި އޮޔާއި ވަޔާއި ދެކޮޅަށް ދެކަނި ހަމައަށް އަނބުރާ ހޭރިޔާ ކުރުމުން ލިބޭނެނަތީޖާ ޔަޤީން، ކަށަވަރު ނުކޮށް، އެކަމެއް ނުކުރެވޭނެއެވެ. މޮޅުވުމަކީ، އިސްނެގުމެއްނޫނެވެ. އެކަމަކީ، މޮޅުވުމަކީ ހަރުދަނާވުމެވެ. ދަނގަޑު ގަނޑެއް ގިރިޓީއެއް ނުކުރެވޭނެއެވެ. އިޖުތިމާޢީ މަޞްލަޙަތު ރައްކާތެރި ކުރެވެނީ އިޖުތިމާޢި ނަޒަރަކުން ބަލައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރާތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކުރުމުންނެވެ. ހެއްލުމަކީ، ގެއްލުމެކެވެ. ހެއްލުމަކީ ގެއްލުމެކެވެ. އުދުހިގަތުމުގެ ކުރިން އިށީއްނާނެ މަންޒިލެއް ހޯދާށެވެ.

 2. ފަޅުވެރިން

  އަދިވެސް ފޮނިބައިސާ ކަނޑަންވެގެންދޯ މިއުޅެނީ؟ ކުރިންވެސް ބުނެފިން ދެގޮތުން ކުރެ އެއްގޮތޭ އޮންނާނީ. އެއީ: އެހެންޏާ ކާވަނި ރުޖޫޢަކުރުން، ނޫނީ ގޮނޑިން އަތްދޮވެލުން. ބަލަ ރައީސް ޔާމީންގެ "ޔެސް" މެނިފެސްޓޯ ދައްކައިގެން، ވިއްކައިގެން ގޮނޑި ލިބުނީމާ ހީކުރީތަ އެއީ ތިމާމެން ހިތުހުރި ގޮތަކަށް ވިއްކަން ހުރި އެއްޗެއްކަމަށް؟ ތިޔައިން މީހަކު ނިކަން ގޮނޑި ވީއްލާފައި ގޮސް ދެން ނަފްސު ވިއްކަބަލަ މިލިއަން މިލިއަނަށް!! ކޮބާ 17 ވަނަ މަޖްލީހުގައި ތިބެފައި 18 ވަނަ މަޖްލީހަށް ކުރިމަތިލައިގެން ނުހޮވުނު މީހުންތައް؟ އެއިން މީހެއްގެ ވޯޓު، ނޫނީ ގޮނޑި، ނޫނީ ނަފްސު ގަންނާނެ މީހަކު މިއުޑުދަށުގައި އެބަހުރިތަ؟ މިރޭ 12 ގެ ކުރިން ސޮއި އަނބުރާ ނުނެގި އެއްވެސް މީހަކު ދެން މަޖްލީހުގެ މާލަމަށް ވަންނަން ޚިޔާލުވެސް ނުކުރާތި! ބަލަ މިއީ ގަޓު ސަރުކާރެކޭ!!

 3. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ / ދަނބުފަށުވިގެ

  އެންމެ ރަނގަޅީ ޞުލްޙައެވެ.

 4. ހަލީލް މޮޔަފުޅުވީތޯ އެއީ ޕޕ އެމްގެ މެންބަރުންތޯ ނޫނީ އަމިއްލަ މެންބަރުންތޯ

 5. ޕުލީޒް ރިމޫވްމީ

  އަދިވެސް ބިރުދައްކާ އަޅުވެތިކުރަންތޯ މަސައްކަތް ތިކުރަށްވަނީ؟ އެމެމްބަރުން އެވަނީ ބިރުފަހަނައަޅާ ގޮސްފައި، ދެންއިތުރަކަށް ދެއްކޭނެބިރެއްނެތް، 24 ޖުލައި އަށް އިންތިޒާރު ކޮށްލަށްވާ.

 6. ބޮޑުބޭބެ ނާފީޔާ

  ހައް ހައް ހާ... ޕަކާސް.. ދެން ޖެހޭނީ ސޮއީތައް ނަގަން.. ކީޔަމަން ނުގަންނަންޏާ ގޮނޑީން ވައްޓާާލާނީ.. ޕާރޓީ ބުނާގޮތައް ވޯޓުލާނޖެހޭނީ..

 7. ގަންފަ ތިބި އަޅުން އުތަ

 8. ރިމޯޓް ތިޔަކޮޅުގައި އޮތަސް ، ބެޓެރީގެ ހުރީ ބާރު ދެރަވެފައި ... ދެ ނޯ ...

 9. ދެން މިހަދާ ގޮތަކުން ޤާނޫނުހަދާ މަޖިލިސް މެންބަރުންގެ ހައިސިއްޔަތު އޮޅިއްޖެ

  މަޖިލިސް މެންބަރުން އެމީހުން ބޭނުންގޮތަށް އިސްލާމް ދީނާއި ޤާނޫނު އަސާސީ އާއި ޚިލާފް ނުވާގޮތަށް މަޖިލީހުގައި ނަގާވޯޓް ތަކުގައި އަމަލުކުރެވެން ޖެހޭނެ.
  މި ގޮތަށް އަމަލުކުރުމަކުން ގޮޑި ގެއްލިގެން ނުވާނެ.
  މަޖުބޫރު ކުރުވައިގެންވެސް ނުވާނެ

 10. ޗިޔާހެން އެންގޭތަ

 11. ހުރި ދެރަ ކަމެއްގެ ބޮޑު ކަމާއެވެ