އުމުރުން 65 އަހަރުގެ ބެގުމް ޖާން އަކީ މިޔަންމާ ސަރުކާރުން ހިންގަމުންދާ އަނިޔާވެރި ޖަރީމާތަކުން ސަލާމަތް ވުމަށް އެގައުމުން ބަންގްލަދޭޝްއަށް ފިލާފައިވާ ރޮހިންޖާ އަންހެނެކެވެ. ޖާންގެ ވާހަކަ އޭނާ ވަނީ އަލްޖަޒީރާއާ ހިއްސާ ކޮށްފައެވެ. އޭނާގެ ވާހަކަ ތިރީގައި މިވަނީއެވެ.

"އަހަރެންގެ ހަޔާތް ވެފައި މިވަނީ ވަރަށް ދިގު އުނދަގޫ ހަޔާތަކަށް. މީގެ 25 އަހަރު ކުރިން އަހަރެންގެ ފިރިމީހާ މަރުވިފަހުން އަހަރެން އުޅެމުން އައީ މަގުމަތީގަ ސަލާން ޖަހައިގެން. އަހަރެންގެ ދެ އަންހެން ކުދިންވެސް ކައިވެނި ކޮށްގެން އުޅޭތީ އަހަންނަށް އެހީވާނެ ފަރާތެއް ނުހުރޭ"

"އެއްރޭ އަހަރެން ހޭލީ ބަޑީގެ އަޑަށް، އެއަޑުތަށް ބަރުކަމުން އަހަންނަށް އުންދަގޫ ވެގެން. އެފަހުން އަދި އަހަންނަށް ނުނިދޭ، ބޮލުގަ އެއަޑުތަށް ވަނީ ހަރުލާފަ"

އެންމެންފެސް ފިލަން ފެށީ، އަހަރެންވެސް އެކަނި ނުވާންވެގެން އެމީހުންނާއެކު ފިލަން ދިޔައީ. އަހަރެން ބަންގްލަދޭޝްއަށްދާން ނެގި ދެދުވަސް. އެއީ ވަރަށް އުނދަގޫ ދަތުރެއް، އަހަރެން ހިނގަނީ އަސައެއްގެ އެހީގައި. ބައިވަރު މީހުން ބަންގްލަދޭޝްއަށް ދިޔަތަން އަހަންނައް ފެނުނު އެކަމަކު އޭގެ ތެރެއިން އަހަންނާއެކު އެހިވާން އެކަކުވެސް ނާދޭ. އޭގެ ކުރިން އަހަންނަށް އަޑު އިވިފަ އޮތީ އަސްކަރިއްޔާއިން ކޯރުގައި ޕެޓްރޯލު ބޯޓުތަކުގައި ޕެޓްރޯލް ކުރާ ކަމަށް. އެހެންވެ ބޯޓުގައި ކޯރު ހުރަސްކުރަން ވަރަށް ބިރުގަތް.

މިހާރު ބަންގްލަދޭޝްގައި ހުއްޓަސް އަދިވެސް މިޔަންމާ ސިފައިންނަށް ފެނިދާނެތީ ގަންނަ ބިރު ނުފިލާ. އެކަމަކު މިހާރު އުފާވޭ، ބަޑީގެ ބާރު އަޑު ނީވޭތީ.

އަހަރެންނަށް ހީވަނީ ދުނިޔެއިން އަހަރެމެންނަށް އެހީވާން އުޅޭހެން، އެކަމަކީ ހިތް ހަމަ ޖެހުން ލިބޭ ކަމެއް. އަހަރެން ބޭނުންވަނީ އަހަރެމެންގެ ވާހަކަތައް މުޅި ދުނިޔެއަށް އިވެން، އަހަރެން ބޭނުންވަނީ އަހަރެމެންނަށް ތަހައްމަލު ކުރަން ޖެހޭ ވޭނުގެ ވާހަކަ ދުނިޔެއަށް އިވެން، އެކަމަކު އެކަމުން ފައިދާއެއް ކުރާނެ ކަމެއް ނޭންގޭ. އަހަރެމެންގެ މުސްތަގުބަލެއް ނެތް، އަހަރެމެން ދިރިއުޅެމުން މިދަނީ ނާއުންމީދުގައި."

ADS BY SHEESHA

 

Comments are closed.