ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގަމުންދާ ހޮލިޑޭ އައިލެންޑް ރިސޯޓްގެ މުވައްޒަފުންނަށް އެލަވެންސްތައް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާތީ މުވައްޒަފުން އަދިވެސް އިޙުތިޖާޖު ކުރަމުން އެބަދެއެވެ.

މުވައްޒަފުންނަށް އެލަވެންސްތައް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާތީ މަސައްކަތް ހުއްޓާލީ މިދިޔަ ބުދަ ދުވަހުއެވެ.

ހޮލިޑޭ އައިލެންޑްގެ މުވައްޒަފަކު "ވަގުތަށް" މަޢުލޫމާތު ދެމުން ބުނީ ވަޒީފާއަށް ނިކުމެފައިވަނީ ދިވެހި ދެ މުވައްޒަފުން ކަމަށާއި އިތުރު މުވައްޒަފުން ތިބީ މަސައްކަތް ހުއްޓާލައިގެން ކަމަށެވެ.

އޭނާ ބުނީ ރޯދަ މަހުގެ އެލަވަންސް އާއި ފަސް މަހު ސާވިސް ޗާޖު އަދި ޓްރެވަލް އެލަވަންސް ވެސް ނުލިބޭ ކަމަށެވެ.

"ބުދަ ދުވަހުން ފެށިގެން އަދިވެސް އެލަވަންސްތައް ނުލިބޭތީ ހަމަ އިހުތިޖާޖްގައި މިތިބީ، ގާނޫނުން ލިބިދޭ ހައްގު ނުލިބޭތީ ހަމަ އިހުތިޖާޖުގައި މިތިބީ" އޭނާ ބުންޏެވެ.

އޭނާ ބުނީ މަސައްކަތް ހުއްޓާލީ ދެ ދުވަހުގެ ނޯޓިސްއެއް މެނޭޖްމެންޓަށް ދީފައި ކަމަށާއި މިހާތަނަށްދޭންޖެހޭ ފައިސާ ނުދީފިނަމަ ވަޒީފާއިން ވަކިވާނެކަން ވެސް އަންގާފައިވާނެ ކަމަށެވެ.

“ނޯޓިސް ދިނީ ވަޒީފާއަށް ނުނިކުންނާނެ ކަން ހާމަކުރުމަށާއި އަޅުގަނޑުމެންނަށް ސާވިސް ޗާޖް ދޭނެ ކަމުގެ ގެރެންޓީއެއް ދިނުމަށް،” އޭނާ ބުންޏެވެ.

ނަމަވެސް މެނޭޖްމެންޓުން ބުނީ އެކަމަށް ޖަވާބެއް ދެވެން ނެތް ކަމަށް ކަމަށާއި، މުވައްޒަފުން މިހާރު ވެސް ތިބީ އެލަވެންސްތައް ދޭނެ ދުވަހެއް އެންގުމުން ޑިއުޓީއަށް ނިކުންނަ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ އަޅުގަނޑުމެން ގެންގޮސް ކޮންމެވެސް އެއްޗެއްގަ ސޮއިކުރުވަން އުޅުނު ޑިއުޓީއަށް ނިކުންނަން، ނަމަވެސް އަޅުގަނޑުމެން އެންމެން އެންގީ ސޮއިކުރެވޭނީ އެލަންވެންސްތައް ދިނުމުން ކަމަށް، އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރުފިޔާ ހޯދަން، އެއީ އަޅުގަނޑުމެންނަށް ދޭންޖެހޭ އެއްޗެއް،” އޭނާ ބުންޏެވެ.

ADS BY ASTERS

2 ކޮމެންޓް

  1. އަދިވެސް ވެރިކަން ހޯދަން ތެޅިއަރުވާށެޭ ތިޔަ ގާސިމަކުކާރީ ބުނޭ. ތިކަލޭގެ ތިހިރަ ފުލުގޮއްޖެހެނީ ކަތިވަޅިގެއްލި މަރިޔަބުގެއްލޭިރުވެްސް ގެއްލޭނެ.

  2. ވަރައް ހާލުގަ އަޅުގަނޑުމެން މަސައްކަތް މިކުރަނީ ( ސަން އައިލެންޑު ) މުއަައްޒަފުންވެސް ...
    month no service chage 5
    ޓުރެވެލް އެލަވަންސް ، ރަމްޝާން އެލަވަންސް