ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އައިފޯން 8 އާއި 8 ޕްލަސް ކުރިމައްޗާއި ފުރަގަހުގައި ބިއްލޫރި ހިމަނައިގެން ތަޢާރަފް ކޮށްފިއެވެ.

އައިފޯން 8 އާއި 8 ޕްލަސްގެ ތިން ކުލަ ނެރުމަށް ވަނީ ހަމަޖެހިފައި އެއީ ސިލްވާ، ސްޕޭސް ގްރޭ އަދި ގޯލްޑްއެވެ.

އައިފޯން 8 ގައި ހިމެނެނީ އެޕަލްގެ އާ ޗިޕްސެޓެއްކަމުގައިވާ އެޕަލް އޭ 11 ބަޔޮނިކް ޗިޕްސެޓެވެ. އެޕަލް އިން ބުނާގޮތުގައި މި ިޗިޕްސެޓް އޭ10 އަށްވުރެ 25 އިންސައްތަ ހަލުވި ވާނެއެވެ. އައިފޯން 8 ގައި ހިމެނޭ އާ ފީޗާސްތަކުގެ ތެރޭގައި ބްލޫޓޫތް 5 އަދި އެލްޓީއީ އެޑްވާންސްޑް ހިމެނެއެވެ.

އައިފޯން 8 ގެ ޑިސްޕްލޭއަކީ "ޓްރޫ ޓޯން" ޑިސްޕްލޭއެކެވެ. މާނައަކީ ފޯނުގެ ވަށައިގެންވާ މާހައުލާ އެއްގޮތަށް ޑިސްޕްލޭގެ ކުލަ ލޮލަށް ފަސޭހަވާނެހެން ބަދަލުވެގެންދާނެއެވެ. މިއީ މިހާރުވެސް އެޕަލްގެ އައިޕެޑްތަކުގައި ބޭނުންކުރަމުން އަންނަ ފީޗާއެކެވެ.

މި ފޯންގައި ހިމެނޭ އެންމެ ތަފާތު އެއްކަމަކީ ކުރިން ބޭނުންކުރަމުން އައި އެލުމިނިއަމްގެ ބަދަލުގައި މި ފޯނުގެ ފަހަތުގައި ވަނީ ބިއްލޫރިއެވެ. ނަތީޖާއެއްގެ ގޮތުން އައިފޯން އެކްސްގެ އިތުރުން މިއީ ވަޔަލެސްކޮށް ޗާޖްކޮށްލެވޭ އެންމެ ފުރަތަމަ އައިފޯނެވެ.

މީގެ އިތުރުން މި ފޯންގެ ކެމެރާވެސް ވަނީ އެކި ގޮތްގޮތުން އިތުރަށް ވަރުގަދަވެފައެވެ. އެގޮތުން ކެމެރާގެ އާ ސެންސަރުން އިތުރަށް އަލި ކެޕްޗާކުރެއެވެ.  4ކޭ ވީޑިއޯ 60 އެފްޕީއެސްގައި ނަގާލެވެއެވެ އަދި ފުލް އެޗްޑީ 240 އެފްޕީއެސްގައި ނަގާލެވެއެވެ.

އައިފޯން 8 ގެ 64 ޖީބީ ފޯނެއްގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ. އެއީ 10679 ރުފިޔާއެވެ. 8 ޕްލަސްގެ 64 ޖީބީ ފޯނެއްގެ އަގަކީ 799 އެމެރިކާ ޑޮލަރެވެ. އެއީ 12312 ރުފިޔާއެވެ. ހަމައެގޮތަށް  އައިފޯން 8 ގެ 256 ޖީބީ ފޯނެއްގެ އަގަކީ 849 އެމެރިކާ ޑޮލަރެވެ. އެއީ 13083 ރުފިޔާއެވެ. 8 ޕްލަސްގެ 256 ޖީބީ ފޯނެއްގެ އަގަކީ 949 އެމެރިކާ ޑޮލަރެވެ. އެއީ 14624 ރުފިޔާއެވެ.

ADS BY SHEESHA

އައިފޯން 8 ވިއްކަން ފަށަނީ ސެޕްޓެމްބަރު 22 ގައެވެ. މި މަހު 15 ގައި ޕްރީއޯޑަރ ކުރެވޭނެއެވެ.

1 ކޮމެންޓް

  1. ތިއޮތީ ސެމްސަންގް ކޮޕީ ކޮށްފައި