ކައިވެނި ކުރަން ބޭނުންވެ ނަމަވެސް ރަނގަޅު ބައިވެރިޔަކު ނުލިބިފައި ތިބީ ކިތައް މީހުން ހެއްޔެވެ؟ ގައިމުވެސް އެއީ ގިނަ އަދަދެެކެވެ. އަންހެނުން ވެސް އަދި ފިރިހެނުން ވެސް އެމީހުންގެ އުމުރުން ވަކި ހިސާބަކަށް ދާއިރު ކައިވެނި ކުރާނެ ރަނގަޅު ބައިވެރިޔަކު ނުލިބިގެން އެކަމާއި ފިކުރު ކުރެއެވެ. ނަމަވެސް ބައެއް ފަހަރު ހަޤީޤީ މައްސަލައަކަށް ސަމާލުކަމެއް ނުދެވެއެވެ.

މިފަހަރު ދައްކަން މިއޮތީ އަންހެނުންގެ ވާހަކައެވެ. ބައެއް އަންހެނުން ބުނާ ގޮތުން އުމުރުން 30 އަހަރާއި ކައިރި ވާއިރު ވެސް މިއުޅެނީ ރަނގަޅު ބައިވެރިޔަކު ނުލިބިގެންނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އަހަރެން މިކިޔައި ދެނީ ތަޖުރިބާކާރުން ފޮތްތަކުގައި ލިޔެފައި ހުންނަ "ފިރިހެނެއްގެ ޝައުގުވެރިކަން އަންހެނަކަށް ނުލިބޭ ސަބަބުތަކެވެ."

ކުރީގެ ލޯބިވެރިޔާގެ ވާހަކަ ދެއްކުން

ބައެއް އަންހެން ޑޭޓަކަށް ގޮސްފައި ކުރީގެ ލޯބިވެރިޔާ ވާހަކަ އަލަށް ދިމާވާ ފިރިހެނެއް ކައިރީގައި ދައްކަން ޝައުގުވެރިވެއެވެ. އެކްސްގެ ރަނގަޅު ވާހަކަ އާއި ނަމަވެސް އެންމެ ފަހުން ދެމީހުންނަށް އެކުގައި ނޫޅެވުނު ސަބަބުތައް ކިޔައިދޭނެއެވެ. އެއީ ފިރިހެނުން އަޑުއަހަން ބޭނުންވާނެ ވާހަކައެއް ނޫނެވެ. ހާއްސަކޮށް ސީރިއަސް ރިލޭޝަންޝިޕަަކަށް ދާން ބޭނުންވާ ފިރިހެނަކު އެވާހަކަ އަޑުއަހަން އެއްވެސް ގޮތަކަށް ޝައުގުވެރިއެއް ނުވާނެއެވެ. އެވާހަކަތަކުން ފިރިހެނަކަށް ހީވާނީ ކުރިމަތީގައި ތިއިން އަންހެން ކުއްޖާގެ އެކްސް ލިބިއްޖެނަމަ އަދިވެސް އޭނާ އެކްސްގެ ކައިރިއަށް ދާނެ ކަމަށެވެ.

ކޮންމެ ކަމެއްގެ ވެސް ގޯސް ވިސްނުން

ކޮންމެ ކަމެއްގައި ވެސް އެކަމެއްގެ އޮންނަ އެންމެ ގޯސް ގޮތަކަށް ވިސްނާ ކުރިއަށް އޮތްތަނުގައި ތިމަންނަ އަށް ކަންތައްތައް ދިމާވާނީ ވަރަށް ގޯސް ކޮށް ކަމަށް ބުނެ ވާހަކަ ދައްކާނަމަ އެފަދަ އަންހެނަކާއި ވާހަކަ ދައްކަން ވެސް ފިރިހެނުން ޝައުގުވެރިއެއް ނުވާނެއެވެ.

ސިފަ

ކޮންމެ މީހަކީ ވެސް އެމީހެއްގެ ޒާތުގައި ރީތި މީހެކެވެ. ނަމަވެސް ރީތި ވުމަށް ސަމާލުކަން ނުދިނުމަކީ ގޯހެކެވެ. ރީތި ހެދުން ލުމަށާއި ރީއްޗަށް ހުންނަން ސަމާލުކަން ނުދޭނަމަ އޭނާ އާއި މެދު އެހެން މީހުންގެ ސަމާލުކަމެއް ވެސް ނުލިބޭނެއެވެ.

ރުޅި ގަދަވުން

ތިދެމީހުންގެ ގުޅުން އަދި މާބޮޑަށް ކުރިއަށް ނުދަނީ ކޮންމެ ކަމަކާއި ރުޅި އާދެވެން އޮތް ގޮތައް ހޯދާ އަވަހަށް ތިބާ ރުޅި އަންނަ ނަމަ ތިގުޅުން އިތުރަށް ކުރިއަށް ގެންދަން ފިރިހެނަކު ބޭނުމެއް ނުވާނެއެވެ.

ނުފޫޒު ގަދަވުން

އަންހެނުންނަކީ ވެސް އެމީހުންގެ ލޯބިވެރިޔާ ކޮންޓްރޯލް ކޮންމެވެސް ވަރަކަށް ހޯދަން ބޭނުންވާ ބައެކެވެ. ނަމަވެސް އޭނާގެ ހުރިހާ ކަމެއް ކޮންޓްރޯލްކޮށް ހުރިހާ ކަމަކަށް އަމުރު ކުރަން އުޅެފި ނަމަ ތިގުޅުން އިތުރަކަށް ކުރިއަކަށް ނުދާނެއެވެ. ދޫދޭން ޖެހޭ ފަހަރުތަކުގައި ދޫދޭން ވެސް ޖެހޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަދިކޮބައި އަންހެންވަންތަކަން؟؟؟؟

  2. ފިރިހެނުން ޝަޢުގުވެރިކުރާނެ ކަމެއް ނެތޭ. އަންހެނުން ޝައުގުވެރިވާކަހަލަގެ ފިރިހެނުން ތިބެންވީ ގޮތް ނިކަން ގެނެސް ދީބަލަ. މިހާރު އުޅޭ ގިނަ ފިރިހެން ކުދިން ތިބެނީ ބޮޑު ގޮނޑުފަލެއްހެން. ބޯކޮޅުން ފައި ކޮޅަށް ބަލާލިޔަސް ފެންނާނީ މުޑުދާރުކަން. ކުރީގަ އެންސޯންޓާރ ލޯޝަން އުނގުޅާގައިގެން މޫނުގަ ރަތްފުއް ޖަހާލާފަ ތިބޭއިރު މާ ރީތިވެފަ މާ ލޯބި. އޭރުގެ މީހުން މީހުން ދެކެ އެވާ ވަރަށް މިހާރު އުޅޭ ކުދިންނަށް ލޯބިވާންވެސް ނުވެސް އިނގޭނެ. ލޯބިވެޔޭ ކިޔާނެ. އެކަމަކު އެެއްވެސް އަސަރެއް ނުހުރޭ. އެހެންތާވާނީ މިހާރު އުޅޭ ކުދިން ވަނީކީ ލޯތްބެއް ނޫން. އުޅޭނީ ވީހާވެސް ގިނަ މަލުން ފޮނި ބޮވޭތޯ. ބަލާނީ އެންމެހާ ފާއިސް އަމަލުތައް ހިންގޭތޯ. ލަލަލަލަލަލަަލަލަލަލަލަަލަ

  3. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.