23:36
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ): ވޯޓު ހައްގުވާ މީހުންގެ ޖުމްލަ އަދަދަށް ވުރެ މާ ގިނައިން ވޯޓު އަޅާފައި ހުރި ގިނަ ފޮށިތަކެއް ހުރި ކަން އެބަ ފާހަގަވޭ. މިކަން ދެކޮޅު ޖައްސަން އަނެއްކާ މިރޭ ފޮށިތަކާ ކުޅޭނެ ކަމަށް ބެލެވޭ.
ވޯޓު ހައްގުވާ މީހުންގެ ޖުމްލަ އަދަދަށްވުރެ މާގިނައިން ވޯޓު އަޅާފައިހުރި ގިނަ ފޮށިތަކެއް ހުރިކަން އެބަ ފާހަގަވޭ. މިކަން ދެކޮޅު ޖައްސަން އަނެއްކާ މިރޭ ފޮށިތަކާ ކުޅޭނެ ކަމަށް ބެލެވޭ.
— Waddey (@waddey_) January 28, 2023
23:33
ٱلْحَمْدُ لِلَّٰهِ
މަރުހަބާ ރައީސް @ibusolihމީ އެތައްހާސް ބައެއްގެ މިންނެތް މަސައްކަތުގެ ނަތީޖާ. އެކުގައި މަސައްކަތް ކުރި އެންމެނަށް މަރުހަބާ! 💛 pic.twitter.com/UHFTUl9f1Y
— Labaan Shareef (@labaanshareef) January 28, 2023
23:29
23:20
އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަ ކުރާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ.
އެމްޑީޕީގެ މުސްތަގުބަލާ ދޭތެރޭ ކަންބޮޑުވެ، ހިތާމަކުރަން- ޝިޔާމް
22:48
މިއަދު ކުރިއަށް ދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާއި ސަޕޯޓަރުން އުފާ ފާޅު ކުރަނީ
Raees Solih Aa Ekuga Supporterun Ufaa Faalhu Kurun pic.twitter.com/LWgapObhCg
— Vaguthu Online (@VaguthuOnline) January 28, 2023
22:37
މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހަށް ލިބުނު ކާމިޔާބީ އެމްޑީޕީ ގިނަ މެމްބަރުން ފާހަގަ ކުރަނީ.
22:34
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް މިހާތަނަށް ލިބިފައިވަނީ 24،384 ވޯޓު.
22:33
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ނަޝީދަށް މިހާތަނަށް ލިބިފައިވަނީ 15،487 ވޯޓު.
22:07
މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުމުން ހާމަވެގެން ދަނީ ތަފާތު ފިކުރުގެ ގިނަ މީހުން ބައިވެރިކޮށްގެން މަޝްވަރާގެ އުސޫލުން ގައުމު ހިންގުމަށް، ގެންގުޅުއްވާ ސިޔާސާތަށް އެމްޑީޕީގެ މެންބަރުންގެ ބޮޑު ތާއިދު އޮތްކަން ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ
21:48
ރައީސް ސޯލިހް އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް މިރޭ 10:30 ގައި އެ ޕާޓީގެ މައި ހަރުގެއަށް ވަޑައިގަންނަވާނެ.
21:39
މިއަދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ފެނުނީ ގައުމުގެ އިޖްތިމާއީ ފޭރާން އިތުރަށް ހަލާކުވާނެ ހުތުރު މަންޒަރެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ
މިއަދު ފެނުނީ ގައުމުގެ އިޖްތިމާއީ ފޭރަން އިތުރަށް ހަލާކުވާނެ ހުތުރު މަންޒަރެއް - އާދަމް ޝަރީފް
21:32
އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މިއީ ރައީސް ސޯލިހްގެ ލީޑަޝިޕާ މެދު އެމްޑީޕީގެ މެމްބަރުންނަށް އޮތް އިތުބާރު ހާމަކޮށްދިން ކަމެއް ކަމަށް. ރައީސް ސޯލިހާ އެކީގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް މެމްބަރުން ގަބޫލު ކުރައްވާ ކަމަށް ޝައުނާ ވިދާޅުވި.
Congratulations to President @ibusolih on a landslide victory in today’s MDP Presidential Primary. Today’s outcome is testament to the confidence and faith that the party’s membership have in your leadership and ability to secure us victory in this year’s Presidential Elections. pic.twitter.com/19MWRnlZNs
— Shauna Aminath 🎈❓ (@anuahsa) January 28, 2023
21:28
ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފައި. މިއީ އެމްޑީޕީގެ މެމްބަރުން ރައީސް ސޯލިހަށް ކުރެއްވި އިތުބާރު ކަމަށް އެމަނިކުފާނު ވިދާޅުވި. މިއީ ތަފާތު ކުރުމެއް ނެތި، ރާއްޖެ ތަރައްގީ ކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި.
Congratulations Raees @ibusolih on your remarkable win in the MDP Primary. This shows the faith MDPians have in your progressive policies and the development you are bringing to the whole country without discrimination. pic.twitter.com/9eadvm6uII
— Faisal Naseem (@FaisalNasym) January 28, 2023
21:26
ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސްގެ ރައީސް އަދި ކާނި ހޮޓެލްސްގެ ސީއީއޯ އަބްދުﷲ ނަޝީދު.
Congratulations @ibusolih on your huge win in this election. You always dreamed of working for the people. #ibusolih2023. #MDP2023 pic.twitter.com/LoszrtdsC3
— Abdulla Nasheed (@kaaniablo) January 28, 2023
21:05
Mee democracy dhanna beyfulhunnakee! Saabahey @AimanuMohamed
Mee MDP akee! Primary nimuneema winning candidate fahathah mulhi party erun! Thihaa reethi misaaleh dhakkaaleethee maruhaba Aiman!#Ibu2023 pic.twitter.com/vZ9YvdzdN5— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) January 28, 2023
21:04
ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރެއްވުމާގުޅިގެން ކެމްޕެއިން ޓީމްތަކާ ސަޕޯޓަރުން ބާއްވާ ބޮނޑިބަތަކަށް މިރޭ 22:00 އަށް ޕާޓީގެ މައި ހަރުގެއަށް ވަޑައިގަތުމަށް އެންމެ ބޭފުޅުންނަށް ދަޢުވަތު އަރުވަން.#MDPKuriah #Ibu2023 pic.twitter.com/kU6d6EFsNW
— Ufaaveri Amaan Raajje (@ibu_2023) January 28, 2023
21:03
21:03
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބ. ތުޅާދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފި.
21:01
ރައީސް ސާލިހު ދިވެހި ރާއްޖެއަށް ގެނެސްދެއްވި ހަމަޖެހުމާއި، ސުލްހަ މަސަލަސްކަމާއި އަދި ކޮވިޑްގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކޮށް ދެއްވި ހިކުމަތްތެރިކަން ދިވެހި ރައްޔިތުން ބަލައިގެންފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްް ރައީސް ސާލިހު އަށް މަރުހަބާ! pic.twitter.com/dwl5ixCsvW
— Maldives Third-Way Democrats (@MTDSecretariat) January 28, 2023
21:00
ތ. ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް: އަލްހަމްދުﷲ، މާތް ﷲ ގެ ރަހްމަތާއެކު ކެމްޕެއިންގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތުން ރައީސް އިންތިހާބު ކާމިޔާބު ކުރައްވައި ޓިކެޓު ކަށަވަރު ކުރައްވައިފި. މި ކެމްޕެއިންގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން އިހްލާސްތެރި ޝުކުރު ދަންނަވަން.
ٱلْحَمْدُ لِلَّٰهِ, މާތްﷲ ގެ ހެޔޮރަޙުމަތާއިއެކު، ކެމްޕޭނުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންގެ މަސައްކަތުން ރައީސް އިންތިޚާބު ކާމިޔާބުކުރައްވައި ޓިކެޓް ކަށަވަރު ކުރައްވައިފި. މި ކެމްޕޭނުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން އިޚްލާސްތެރި ޝުކުރު ދަންނަވަން. pic.twitter.com/xKDRoamk7W
— Mohamed Nashiz (@Mnashiz) January 28, 2023
20:58
މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ބަލިވުމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީގެ މެމްބަރުންނަށް ވަރަށް ހާއްސަ މެސެޖެއް ދެއްވައިފި
20:52
ހަސަން ލަތީފް: ނަތީޖާ ޝީޓްތައް ބަލަމުން ދާއިރު, 'ވޯޓު ދިނުމުގެ ހައްޤު ލިިބިފައިވާ މީހުންގެ އަދަދު' އަށް ވުރެ ގިނައިން ފޮށްޓަށް ވޯޓުލާފައިވާ ކަމަށް ފެންނާން ހުރި ނަތީޖާ ޝީޓްތައް ދަނީ ފާހަގަވަމުން.
ނަތީޖާ ޝީޓްތައް ބަލަމުން ދާއިރު, 'ވޯޓު ދިނުމުގެ ހައްޤު ލިިބިފައިވާ މީހުންގެ އަދަދު' އަށް ވުރެ ގިނައިން ފޮށްޓަށް ވޯޓުލާފައިވާ ކަމަށް ފެންނާން ހުރި ނަތީޖާ ޝީޓްތައް ދަނީ ފާހަގަވަމުންނެވެ. #Anni2023#FikureggeDhirun pic.twitter.com/Bls12ncvxp
— Hassan Latheef🎈 (@HassanLatheef) January 28, 2023
20:51
މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ): ރައީސް ނަޝީދަށް ތާއީދުކުރާ 39000 މެމްބަރުން ޕާޓީން ބޭރުކޮށްް އަދި ބައެއް މެމްބަރުން އެކިޕާޓީތަކަށް އަރުވާލުމައްފަހު ބޭއްވި މި ހަޑިމުޑުދާރު އިންތިހާބު , ޑިމޮކްރަސީއަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައެއް ނުގަންނާނެ. މިއީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިހާބެއް.
ޜައީސް ނަޝީދަށް ތާއީދުކުރާ 39000 މެމްބަރުން ޕާޓީން ބޭރުކޮށްް އަދި ބައެއް މެމްބަރުން އެކިޕާޓީތަކަށް އަރުވާލުމައްފަހު ބޭއްވި މި ހަޑިމުޑުދާރު އިންތިހާބު , ޑިމޮކްރަސީއަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު ބަލައެއް ނުގަންނާނެ.
މިއީ ކޮރަޕްޝަނާ ފަސާދައިގެ ގުންޑާ އިންތިހާބެއް https://t.co/fxfOb86fHa— Ibrahim Rasheed (@BondeM4) January 28, 2023
20:29
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ޕާޓީ އެމްޓީޑީން، އެމަނިކުފާނަށް މަރުހަބާ ކިޔައިފި.
20:25
ހަސަން ލަތީފް: އަޅުގަނޑުމެން މިދަނީ ނަތީޖާ ޝީޓްތައް ބަލަމުން. ގިނަ ފޮށިތަކުގެ ނަތީޖާގައި ރައީސް ނަޝީދު އުޅުއްވަނީ ކުރީގައި. ބޮޑު ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ހިލާފަށް ގިނަ ވޯޓު ފޮށީގައި ހުރީމަ.
Alhugandumen midhanee natheejaa sheet thah balamun. Gina foshi thakuge natheejaa gai R. @MohamedNasheed ulhuvvanee kureegai. Bodu farageh e dhakkanee madhu baeh thanthanugai aadhayaa khilaafah gina vote fosheegai hureemaa.#Anni2023 #FikureggeDhirun
— Hassan Latheef🎈 (@HassanLatheef) January 28, 2023
20:09
މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އައްޑޫ ސިޓީގެ އަޣުލަބިއްޔަތު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޯއްދަވައިފި ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފި.
20:01
އައްޑޫ ސިޓީން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 1،989 ވޯޓު. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 1،846 ވޯޓު. 143 ވޯޓު ތަފާތު އައްޑޫ ނެގީ ރައީސް ސޯލިހް.
19:58
19:57
ފުވައްމުލައް ދާއިރާގެ ވަގުތީ ނަތީޖާ
ފުވައްމުލަކުގައި ބެހެއްޓި ފޮށި
ރައީސް ނަޝީދު: 217 ވޯޓު
ރައީސް ސޯލިހް: 269 ވޯޓު
މާލޭގައި ބެހެއްޓި ފޮށި:
ރައީސް ނަޝީދު: 54 ވޯޓު
ރައީސް ސޯލިހް: 108 ވޯޓު
ޖުމްލަ ވޯޓު:
ރައީސް ނަޝީދު: 271 ވޯޓު
ރައީސް ސޯލިހް: 377 ވޯޓު
19:47
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ އަދަދެއް ވޯޓު ލިބިވަޑައިގަތުމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އުފަލުން ފޮޅިއްޖެ
19:45
19:42
19:40
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް ބޮޑުތިލަދުންމަތީގައި ބެހެއްޓި ވޯޓު ފޮށިތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 35 ރަށް ކާމިޔާބު ކޮށްފި. ރައީސް ނަޝީދަށް ކާމިޔާބު ކުރެވިފައިވަނީ ދެ ރަށް.
19:39
އިސްކަންދަރުގައި ވޯޓު ގުނަން އުޅެނިކޮށް ދެ މީހަކު ވަދެ ހަމަނުޖެހުން ހިންގުމުން ފުލުހުން ވަނީ އެ ދެ މީހުން ހައްޔަރުކޮށްފައި. އެމީހުން ހައްޔަރު ކުރީ ވޯޓު ކަރުދާސްކޮޅު ވީދާލަން މަސައްކަތް ކުރަނިކޮށް. ވީދާލަން އުޅުނީ ހިންނަވަރު ދާއިރާގެ ވޯޓު ފޮށީގައި ހުރި ކަރުދާސްތައް.
މިހާރު އެ ދާއިރާގެ ވޯޓު ގުނަން ވަނީ ފަށާފައި. ވޯޓުލާ މަރުކަޒުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި.
19:23
އއ. މަތިވެރި ދާއިރާ، މާޅޮސް
ރައީސް ނަޝީދު: 59 ވޯޓު
ރައީސް ސޯލިހް: 75 ވޯޓު
ހއ. ދިއްދޫގައި ބެހެއްޓި ފޮށި
ރައީސް ނަޝީދު: 219 ވޯޓު
ރައީސް ސޯލިހް: 240 ވޯޓު
19:13
19:12
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ކުޅުދުއްފުށި ސިޓީން ބޮޑު ކާމިޔާބެއް ލިބިވަޑައިގެންފި.
19:12
ކ. ތުލުސްދޫ ދާއިރާ، ތުލުސްދޫ
ރައީސް ސޯލިހް: 15 ވޯޓު
ރައީސް ނަޝީދު: 12 ވޯޓު
19:11
ކުޅުދުއްފުށި ދާއިރާ
ކުޅުދުއްފުށި ދެކުނު
ރައީސް ނަޝީދު: 150 ވޯޓު
ރައީސް ސޯލިހް: 102 ވޯޓު
ކުޅުދުއްފުށި އުތުރު ދާއިރާ
ރައީސް ނަޝީދު: 95 ވޯޓު
ރައީސް ސޯލިހް: 117 ވޯޓު
ޖުމްލަ:
ރައީސް ނަޝީދު: 245 ވޯޓު
ރައީސް ސޯލިހް: 219 ވޯޓު
19:08
ނ. ވެލިދޫ ދާއިރާ:
ރައީސް ނަޝީދު: 92 ވޯޓު
ރައީސް ސޯލިހް: 192 ވޯޓު
19:07
19:03
މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ވަނީ 16،459 ވޯޓު ލިބިވަޑައިގެންފައި. ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 9،653 ވޯޓު. މިހާތަނަށް އައިއިރު ނުގުނާ އުޅެނީ 85 ވަރަކަށް ފޮށި. އެހެންކަމުން ބާކީ ހުރި ފޮށިތަކުގެ ނަތީޖާ އިން ވެސް ނަޝީދަށް ކުރި ހޯއްދެވޭނެ ކަމަކަށް ނުފެނޭ.
19:00
ތ. ތިމަރަފުށި ދާއިރާ، ތިމަރަފުށި
ރައީސް ސޯލިހް: 76 ވޯޓު
ރައީސް ނަޝީދު: 38 ވޯޓު
18:58
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކޮށްފިކަން މިހާތަނަށް ލިބިފައި ހުރި ނަތީޖާތަކުން ކަށަވަރު ކުރެވިއްޖެ.
18:57
18:56
18:46
18:36
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އދ. ކުނބުރުދޫންވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވި
18:35
18:34
ކ. މާލެ ދާއިރާ، ކ. މާލެ 1
ރައީސް ނަޝީދު: 66 ވޯޓު
ރައީސް ސޯލިހް: 88 ވޯޓު
ދ. ކުޑަހުވަދޫގައި ބެހެއްޓި ފޮށި
ރައީސް ނަޝީދު: 135 ވޯޓު
ރައީސް ސޯލިހް: 209 ވޯޓު
ތ. ގުރައިދޫގައި ބެހެއްޓި ފޮށި
ރައީސް ނަޝީދު: 56 ވޯޓު
ރައީސް ސޯލިހް: 55 ވޯޓު
އދ. މަހިބަދޫ ދާއިރާ، އދ. ކުނބުރުދޫ
ރައީސް ނަޝީދު: 0 ވޯޓު
ރައީސް ސޯލިހް: 47 ވޯޓު
މާލެ ސިޓީ، ގދ. މާލެ 3
ރައީސް ނަޝީދު: 101 ވޯޓު
ރައީސް ސޯލިހް: 194 ވޯޓު
18:30
ހއ. ކެލާ ދާއިރާ، ފިއްލަދޫ
ރައީސް ސޯލިހް: 49 ވޯޓު
ރައީސް ނަޝީދު: 21 ވޯޓު
ހއ. ކެލާ ދާއިރާ، ކެލާ
ރައީސް ނަޝީދު: 32 ވޯޓު
ރައީސް ސޯލިހް: 90 ވޯޓު
ފ. ނިލަންދޫ ދާއިރާ، ދަރަނބޫދޫ
ރައީސް ނަޝީދު: 15 ވޯޓު
ރައީސް ސޯލިހް: 41 ވޯޓު
ނ. ކެނދިކުޅުދޫ ދާއިރާ، ކެނދިކުޅުދޫ
ރައީސް ނަޝީދު: 53 ވޯޓު
ރައީސް ސޯލިހް: 128 ވޯޓު
18:28
ކ. ގުރައިދޫ ދާއިރާ:
ކ. ގުޅި:
ރައީސް ސޯލިހް: 48 ވޯޓު
ރައީސް ނަޝީދު: 22 ވޯޓު
ކ. މާފުށި
ރައީސް ސޯލިހް: 166 ވޯޓު
ރައީސް ނަޝީދު: 82 ވޯޓު
ކ. ގުރައިދޫ
ރައީސް ސޯލިހް: 150 ވޯޓު
ރައީސް ނަޝީދު: 60 ވޯޓު
ޖުމްލަ ވޯޓު
ރައީސް ނަޝީދު: 164 ވޯޓު
ރައީސް ސޯލިހް: 364 ވޯޓު
18:25
ގއ. ދެއްވަދޫ ދާއިރާ
ރައީސް ނަޝީދު: 71 ވޯޓު
ރައީސް ސޯލިހް: 79 ވޯޓު
ގަލޮޅު ދެކުނު ދާއިރާ (ޓީ-06)
ރައީސް ނަޝީދު: 142 ވޯޓު
ރައީސް ސޯލިހް: 163 ވޯޓު.
ގއ. ގެމަނަފުށީ ދާއިރާ، ކަނޑުހުޅުދޫ
ރައީސް ނަޝީދު: 49 ވޯޓު
ރައީސް ސޯލިހް: 33 ވޯޓު
18:24
ގެމަނަފުށީ ދާއިރާގެ ތިން ރަށް ނަޝީދަށް، އެއް ރަށް ރައީސް ސޯލިހަށް.
ގެމަނަފުށީ ދާއިރާގެ ތިން ރަށް ނަޝީދަށް، އެއް ރަށް ރައީސް ސޯލިހަށް
18:23
18:22
ގއ. ގެމަނަފުށި ދާއިރާ، ގެމަނަފުށި
ރައީސް ނަޝީދު: 76 ވޯޓު
ރައީސް ސޯލިހް: 62 ވޯޓު
ގއ. ދެއްވަދޫ، މާލެ ފޮށި
ރައީސް ސޯލިހް: 156 ވޯޓު.
ރައީސް ނަޝީދު: 115 ވޯޓު
ގއ. ކޮނޑޭ ދާއިރާ
ރައީސް ނަޝީދު: 21 ވޯޓު
ރައީސް ސޯލިހް: 19 ވޯޓު
18:17
މައްޗަންގޮޅި އުތުރު ދާއިރާ
ރައީސް ނަޝީދު: 124 ވޯޓު.
ރައީސް ސޯލިހް: 112 ވޯޓު.
18:15
ލ. ފޮނަދޫ ދާއިރާ، މާމެންދޫ
ރައީސް ސޯލިހް: 95 ވޯޓު
ރައީސް ނަޝީދު: 43 ވޯޓު
މާލެ ސިޓީ، މާލެ 1
ރައީސް ނަޝީދު: 73 ވޯޓު
ރައީސް ސޯލިހް: 129 ވޯޓު.
މާލެ ސިޓީ، މާލެ 2
ރައީސް ނަޝީދު: 59 ވޯޓު
ރައީސް ސޯލިހް: 127 ވޯޓު
ފުވައްމުލައް ސިޓީ، މާލެ ފޮށި
ރައީސް ސޯލިހް: 201 ވޯޓު
ރައީސް ނަޝީދު 194 ވޯޓު.
މ. ދިއްގަރު ދާއިރާ، ދިއްގަރު
ރައީސް ސޯލިހް: 91 ވޯޓު
ރައީސް ނަޝީދު: 19 ވޯޓު.
18:10
ނ. ވެލިދޫ ދާއިރާ:
ރައީސް ސޯލިހް: 192 ވޯޓު
ރައީސް ނަޝީދު: 91 ވޯޓު
ނ. މިލަދޫ ދާއިރާ:
ރައީސް ނަޝީދު: 22 ވޯޓު.
ރައީސް ސޯލިހް: 136 ވޯޓު.
18:08
ބ. ކެންދޫ ދާއިރާ، ކުޑަރިކިލު
ރައީސް ނަޝީދު: 29 ވޯޓު
ރައީސް ސޯލިހް: 21 ވޯޓު
ނ. ލަންދޫ ދާއިރާ
ރައީސް ސޯލިހް: 101 ވޯޓު
ރައީސް ނަޝީދު: 33 ވޯޓު.
ހއ. ދިއްދޫ މާލެ ފޮށި:
ރައީސް ސޯލިހް: 195 ވޯޓު
ރައީސް ނަޝީދު: 145 ވޯޓު
މާފަންނު އުތުރު ދާއިރާ، މާލެ ސިޓީ:
ރައީސް ސޯލިހް: 53 ވޯޓު
ރައީސް ނަޝީދު: 110 ވޯޓު
18:05
އއ. ބޮޑުފުޅަދޫން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް 27 ވޯޓު ލިބިފައިވާއިރު، ރައީސް ނަޝީދަށް އެންމެ ވޯޓެއް ވެސް ލިބިފަ ނުވޭ.
18:03
ދ. މީދޫ ދާއިރާ:
ރައީސް ނަޝީދު: 36 ވޯޓު
ރައީސް ސޯލިހް: 61 ވޯޓު.
އއ.މަތިވެރި ދާއިރާ:
ރައީސް ނަޝީދު: 19 ވޯޓު
ރައީސް ސޯލިހް: 57 ވޯޓު
ފ. ބިލެތްދޫ ދާއިރާ، ފީއަލީ:
ރައީސް ނަޝީދު: 28 ވޯޓު
ރައީސް ސޯލިހް: 101 ވޯޓު.
ގދ. ގައްދޫ ދާއިރާ، ވާދޫ
ރައީސް ނަޝީދު: 8 ވޯޓު
ރައީސް ސޯލިހް: 177 ވޯޓު.
18:01
ލ. ގަން ދާއިރާ، މުންޑޫ
ރައީސް ސޯލިހް: 26 ވޯޓު
ރައީސް ނަޝީދު: 0 ވޯޓު.
ހއ. ކެލާ ދާއިރާ، ކެލާ،
ރައީސް ނަޝީދު: 32 ވޯޓު
ރައީސް ސޯލިހް: 90 ވޯޓު.
ހއ. ކެލާ ދާއިރާ، ވަށަފަރު
ރައީސް ނަޝީދު: 4 ވޯޓު
ރައީސް ސޯލިހް: 8 ވޯޓު.
ހއ. އިހަވަންދޫ ދާއިރާ:
ރައީސް ނަޝީދު: 6 ވޯޓު
ރައީސް ސޯލިހް: 80 ވޯޓު
18:00
އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލުމަށް އައްޑޫސިޓީ މަރަދޫ ފޭދޫގައި ބެހެއްޓި ފޮށި، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކާމިޔާބު ކޮށްފި.
17:58
އދ. މާމިގިލި، ދާއިރާ، މާމިގިލި:
ރައީސް ނަޝީދު: 48 ވޯޓު.
ރައީސް ސޯލިހް: 23 ވޯޓު.
ގއ. ގެމަނަފުށީ ދާއިރާ، ކަނޑުހުޅުދޫ
ރައީސް ނަޝީދު: 49 ވޯޓު
ރައީސް ސޯލިހް: 33 ވޯޓު.
17:57
ބ. ކެންދޫ ދާއިރާ، ކިހާދޫ
ރައީސް ސޯލިހް: 18 ވޯޓު
ރައީސް ނަޝީދު: 11 ވޯޓު
ފ. ބިލެތްދޫ ދާއިރާ/ ފީއަލީ
ރައީސް ސޯލިހް: 101 ވޯޓު
ރައީސް ނަޝީދު: 28 ވޯޓު.
17:55
ކ. ހިންމަފުށި ވަގުތީ ނަތީޖާ:
ރައީސް ނަޝީދު: 22 ވޯޓު
ރައީސް ސޯލިހް: 34 ވޯޓު
17:55
ފ. ފީއަލީ:
ރައީސް ސޯލިހް: 101 ވޯޓު
ރައީސް ނަޝީދު 28 ވޯޓު.
17:53
ހދ. ނެއްލައިދޫ ވަގުތީ ނަތީޖާ:
ރައީސް ސޯލިހް: 107 ވޯޓު
ރައީސް ނަޝީދު: 33 ވޯޓު.
17:52
ގއ. ގެމަނަފުށި ދާއިރާ/ކަނޑުހުޅުދޫ:
- ރައީސް ސޯލިހް: 33 ވޯޓު
- ރައީސް ނަޝީދު: 49 ވޯޓު
17:51
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފި
17:50
ނ. މާފަރު ދާއިރާގެ ވަގުތީ ނަތީޖާ:
- ރައީސް ސޯލިހް: 52 ވޯޓު
ރައީސް ނަޝީދު: 65 ވޯޓު
17:49
މާފަންނު ދެކުނު ދާއިރާ (ޓީ12)
- ރައީސް ސޯލިހް: 150 ވޯޓު.
- ރައީސް ނަޝީދު 107 ވޯޓު
17:47
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގދ. މަޑަވެލިންނާއި އއ. ރަސްދޫން ރައީސް ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފި.
17:46
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ށ. ނަރުދޫ އާއި ނ. މަނަދޫ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވައިފި
17:46
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އއ. ބޮޑުފުޅަދޫން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވި
17:46
ށ. ޅައިމަގު ވަގުތީ ނަތީޖާ:
- ރައީސް ސޯލިހް: 87 ވޯޓު.
- ރައީސް ނަޝީދު: ހަ ވޯޓު.
17:44
އއ. ރަސްދޫ ވަގުތީ ނަތީޖާ:
- ރައީސް ނަޝީދު: 133 ވޯޓު
- ރައީސް ސޯލިހް: 91 ވޯޓު
17:43
ތުރާކުނުގެ ވަގުތީ ނަތީޖާ:
- ރައީސް ސޯލިހް: 55 ވޯޓު
- ރައީސް ނަޝީދު 5 ވޯޓު
17:42
ވ. ކެޔޮދޫ ވަގުތީ ނަތީޖާ:
- ރައީސް ސޯލިހް: 7 ވޯޓު
- ރައީސް ނަޝީދު: 1 ވޯޓު
17:41
ކ.ގުރައިދޫގައި ބެހެއްޓި ވޯޓް ފޮށީގެ ވަގުތީ ނަތީޖާ
- ރައީސް ނަޝީދު: 62 ވޯޓް
- ރައީސް ސޯލިހް: 148
17:39
ނ. މަނަދޫ ވަގުތީ ނަތީޖާ:
- ރައީސް ސޯލިހް: 140 ވޯޓު
- ރައީސް ނަޝީދު: 78 ވޯޓު.
17:32
ކުރިއަށް އޮތް ރިޔާސީ އިބްތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ވޯޓު ގުނަން ފަށައިފި.
17:28
ރަށްރަށުގައި ބަހައްޓާފައި ހުރި ވަރަށް ގިނަ ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ދަނީ ކުރަމުން.
17:26
މާލޭގެ ބައެއް ތަންތަނުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފި.
17:24
އައްޑޫގައި ހުރި ވޯޓު ފޮށިތައް ބަންދު ކުރާނީ 6 ޖަހާއިރު ކަމަށް އެމްޑީޕީން ބުނޭ. މި ތަންތަނުގައި ވޯޓުލުން ފެށިފައި ވަނީ ފުދޭ ވަރަކަށް ލަހުން.
17:24
ސީއެޗްއެސްސީ ގައި ހުރި ވޯޓު ފޮށީގެ ވަގުތު އިތުރުކުރުމާ މެދު ހިޔާލު ތަފާތުވެއްޖެ.
17:20
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީ ކާމިޔާބުކޮށްފައިކަން، އެމަނިކުފާނުގެ ކެމްޕެއިން ޓީމް އިން އިއުލާނު ކޮށްފި.
17:16
ގަޑިއަށް ފެށި ބައެއް ތަންތަނުގައި ހުރި ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި. އެކަމަކު ލަހުން ވޯޓުލާން ފެށި ތަންތަނުގައި ވަގުތު ވަނީ އިތުރުކޮށްފައި.
17:14
ހަސަން ލަތީފް: އެގްޒިޓް ޕޯލް ތަކުން ދައްކާގޮތުގައި ރައީސް މުޙައްމަދު ނަޝީދު %64.7 އާއެކު އޮތީ ކުރީގައި. الحمد لله. ރައީސް މުޙައްމަދު ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރައްވައިފި.
އެގްޒިޓް ޕޯލް ތަކުން ދައްކާގޮތުގައި ރައީސް މުޙައްމަދު ނަޝީދު %64.7 އާއެކު އޮތީ ކުރީގައި. الحمد لله. ރައީސް މުޙައްމަދު ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރައްވައިފި.
— Hassan Latheef🎈 (@HassanLatheef) January 28, 2023
17:09
އެމްޑީޕީ ޕްރައިމަރީގައި ވޯޓު ލާ ވަގުތު ހަމަވެއްޖެ. މިއަދު ވޯޓުލާން ފަށާފައި ވަނީ 9:00 ޖެހިއިރު، ވޯޓު ލުން ބަންދު ވާނެ ކަަމަށް ބުނެފައި ވަނީ 5:00 ގައި. މިއާއެކު މިހާރު ބައެއް ވޯޓުލާ މަރުކަޒުގައި ހުރި ފޮށިތައް ވަނީ ބަންދުކޮށްފައި.
17:04
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދެމުންދާ މެމްބަރުންނާ މެދުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި.
ވޯޓު ފޮށިތައް ފަޅާ މީހުންނަށް އެމްޑީޕީގެ ވަރުގަދަ އިންޒާރެއް!
17:03
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު އޮޅުވާލުމަށް މަސައްކަތްކުރަމުންދާ މީހުންނާ މެދު ފިޔަވަޅު އަޅައި އިންތިހާބު މޮނީޓާކުރުމަށް އުޅޭ ރައްޔިތުންގެ މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮބްޒާވަރުން ދޫކޮށްލުމަށް އެމަނިކުފާނު ގޮވާލައްވައިފި.
ވޯޓު ގަޑުބަޑުކުރާ މީހުންނާ މެދު ފިޔަވަޅު އަޅައި އޮބްޒާވަރުން ދޫކޮށްލާ - ނަޝީދު
16:48
Vote Laa Baeh Markaz Thakuga 5 Jahaa Iru Vote Lun Nunimeyne https://t.co/sRdp4m2KGM
— Vaguthu Online (@VaguthuOnline) January 28, 2023
16:39
އެމްޑީޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއަދު ކުރިއަށްދާ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށް.
މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވޭ. އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ވެސް އެމްޑީޕީން ދީފައިވޭ.
މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވަމެވެ.
— MDP Secretariat (@MDPSecretariat) January 28, 2023
16:28
REPORT| Vaadhaveri Campaign Eh, Ekamaku Mee Varah Nufennaane Kameh! https://t.co/NGkqVjcm2O
— Vaguthu Online (@VaguthuOnline) January 28, 2023
16:12
މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުން ރައީސް ނަޝީދުގެ ތިން ސަޕޯޓަރަކު ހައްޔަރު ކޮށްފި.
ފުލުހުން ވިދާޅުވީ, ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައިގައި ގދ. ރަފަތަންދޫން ދެ މީހަކު އަދި ތިނަދޫން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް.
16:12
މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ކަންތައް ހިނގަމުންދާ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ހައްޔަރުކޮށްގެން ނޫނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުއްޓައިނުލައްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ
ނަޝީދު ހައްޔަރުކޮށްގެން ނޫނީ ރައީސް ސޯލިހް ހުއްޓައެއް ނުލާނެ - އީވާ
16:02
ގދ. ތިނަދޫ ވޯޓުލާ މަރުކަޒުގައި ނަޝީދުގެ ސަޕޯޓަރިންނާއި ސޯލިހްގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނެޖުހުން ހިނގަނީ
VIDEO | Thinadhoo Vote Fotta Hedhi Thalhaa Marany pic.twitter.com/mvdpq1orha
— Vaguthu Online (@VaguthuOnline) January 28, 2023
15:59
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓް ލުން ކުރިއަށްގެންދާ ތ. މަޑިފުށީގައި ވޯޓު ފޮށި ފަޅާލުމާއި ގުޅިގެން، ދަގަނޑު ފޮއްޓަކަށް ވޯޓު އަޅަން ފަށައިފި
ވޯޓު ފޮށި ފަޅާލައިފި، މަޑިފުށީގައި ދަގަނޑު ފޮއްޓަަކަށް ވޯޓު އަޅަނީ
15:47
ޅ. ހިންނަވަރާއި މާލޭގައި ބަހައްޓާފައިވާ ހިންވަރުގެ ފޮއްޓަށް ގަވައިދާ ހިލާފަށް ވޯޓުލަމުންދާ ކަމުގެ ތުހުމަތު އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރައްވައިފި.
ހިންނަވަރު ފޮއްޓަށް ގަވައިދާ ހިލާފަށް ވޯޓުލަމުންދާ ކަމަށް ތުހުމަތުކޮށްފި
15:27
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް ނަޝީދުގެ މަންދޫބުން ބޭރުކޮށް, ގދ. ގައްދޫގައި ވޯޓުލާން ފަށައިފި.
ނަޝީދުގެ މަންދޫބުން ބޭރުކޮށްފައި ގައްދޫގައި ވޯޓުލާން ފަށައިފި
15:24
15:15
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނުކުންނަ ކެނޑިޑޭޓު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް, އާންމުންގެ ބާރުގެ ދަށަށް ނަގައިފި.
Mdp Primary: Vote Foshi Anmunge Baaruge Dhashah pic.twitter.com/Jo9teUJhFw
— Vaguthu Online (@VaguthuOnline) January 28, 2023
14:59
14:55
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް މިހާރު ކުރިއަށް ގެންދާ ވޯޓަށް، ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައި ބެހެއްޓި ވޯޓު ފޮއްޓެއް ފަޅާލައިފި
14:36
ނ. ލަންދޫގައި އެމްޑީޕީގެ ވޯޓުލުން ކުރިއަށް ދަނީ.
https://twitter.com/vaguthuonline/status/1619267429997359105?s=21
14:14
ގއ. ވިލިނގިލީ ވޯޓު ފޮށި ކައިރީގައި ހުންނަ މީހާއަށް ވޯޓު ދައްކާފައި ފޮއްޓަށް އަޅަމުން އަންނަ ކަމަށް ރައީސް ނަޝީދު ކެމްޕޭނު ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވެއްޖެ.
Ga. Villingili. vote karudhaas foshikaireega hunna meehaa ah dhakkaafa vote fottan vote lanee. @MDPSecretariat pic.twitter.com/fkLhjqE6S8
— Eva Abdulla 🎈❓ (@evattey) January 28, 2023
13:40
އެމްޑީޕީގެ ކޮންމެ ކެންޑިޑޭޓެއް ކާމިޔާބު ކުރިޔަސް، މިހާލަތުގައި ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބު ކުރައްްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ.
އެމްޑީޕީގެ ކޮންމެ ކެންޑިޑޭޓެއް ކާމިޔާބު ކުރިޔަސް، ޔާމީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ - އާދަމް
13:38
އެމްޑީޕީގެ ކޮންމެ ކެންޑިޑޭޓެއް ކާމިޔާބު ކުރިޔަސް، މިހާލަތުގައި ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކާމިޔާބު ކުރައްްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ
MDP Ge Konmme Candidate Eh Kaamiyaabu Kuriyas, Yameen Riyaasee Inthihaabu Kaamiyaabu Kuraane - Adamhttps://t.co/RCif4cVxM2
— Vaguthu Online (@VaguthuOnline) January 28, 2023
13:27
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިނެއް ހުޅުވާލައިފި. އަދި މި ހޮޓްލައިން ނަންބަރަކީ 7355545 ކަމަށް އެމްޑީޕީން ބުނެފައިވޭ.
13:25
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވޯޓުލައްވަނީ.
Voted 🗳️ in @MDPSecretariat Presidential Primary.
My vote is with candidate 2️⃣, President @ibusolih
He is what this country needs - to lead us towards an inclusive, prosperous, and developed country.
He has delivered! And will continue to deliver! #MDPKuriah #Ibu2023 pic.twitter.com/pGwKSSp47V
— Abdulla Shahid (@abdulla_shahid) January 28, 2023
13:24
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވޯޓުލައްވަނީ.
Voted 💛 pic.twitter.com/B838EFxL4U
— Aishath Jennifer (@JenniferAishath) January 28, 2023
13:18
ގދ. ގައްދޫ ވޯޓުލާ މަރުކަޒު ފުނޑާލައި، ހަމަނުޖެހުން ހިންގައިފި.
Gdh. Gadhdhoo Vote Laa Marukazu Fundaalaifi pic.twitter.com/wZtAMy9hjr
— Vaguthu Online (@VaguthuOnline) January 28, 2023
12:54
ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލީ ކަމަށް ބުނެ ގދ. ހޯނޑެއްދޫގައި އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ހުއްޓުވައިފި.
ލިސްޓުގައި ނެތް މީހަކު ވޯޓުލީ ކަމަށް ބުނެ ހޯނޑެއްދޫގައި ވޯޓުލުން ހުއްޓުވައިފި
12:50
މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުން ކުރިއަށްދާއިރު ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ސްޓޭންޑްބައިގައި ތިބުމަށް އެދިއްޖެ.
ކުރުސީ އަންގަނީ ނަޝީދުގެ ސަޕޯޓަރުން ސްޓޭންޑްބައިގައި ތިބެން!
12:41
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވޯޓުލާ މަރުކަޒުގައި އަވަގުރާނަ ގޮވި ވީޑިއޯއެއް އާންމުވެއްޖެ.
MD Mookey Vote Laa Marukazuga Avaguraana Govaifi https://t.co/qVA2KXL6hy
— Vaguthu Online (@VaguthuOnline) January 28, 2023
12:40
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވޯޓުލައްވައިފި
ރީކޯ އާއި ޝަރީފްގެ ފުރަތަމަ ވޯޓް, ވިދާޅުވީ ރައީސް ސޯލިހް ހޮވޭނެ ކަމަށް
12:29
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ކުރިއަށްދާ ޕްރައިމަރީގައި ވޯޓުލާ މީހުން ފާހަގަ ކުރުމަށް އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭ މައްސަލައެއް ފެންމަތިވެއްޖެ.
އެމްޑީޕީ ޕްރައިމަރީ: އިނގިލީގައި ޖަހާ ފާހަގަ ފޮހެވޭ މައްސަލައެއް
12:27
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް މިހާރު ކުރިއަށް ގެންދާ ވޯޓުގައި ފޮއްޓަކަށް ވަގު ވޯޓެއް އެޅިކަން ފަޅާ އަރައިފި.
12:15
ވޯޓު ފޮށި ބަހައްޓާފައި ހުރި ތާޖުއްދީން ސްކޫލުގައި ހަމަނުޖެހުން ހިންގަން ފަށައިފި.
https://twitter.com/vaguthuonline/status/1619232475850616835?s=21
12:10
ގދ. ހޯނޑެއްދޫގައި މިވަގުތަށް ވޯޓުލުން ވަނީ މެދުކަނޑާލާފައި. މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާތީ އެ މައްސަލަ ނުބަލަނީސް ވޯޓުލުން ކުރިއަށް ގެންދަން އެއްބާރުލުން ނުލިބޭނެ ކަމަށް.
Hoandedhoo gai mivaguthu vote lun kuriyah gendhiyun huttaalafa. List ga neiy meeha vote lee massala nubalanees vote lun kuriyah gendhiyumah alhugandu menge ebbaarulumeh neiy. @MDPSecretariat pic.twitter.com/6AsTfVQHVm
— Hussain Firushan #FreePalestine 🇵🇸🇲🇻 (@husnfirey) January 28, 2023
12:09
މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ލާ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ހިރިޔާ ސްކޫލްގައި ވޯޓާސް ލިސްޓް އޮޅުވާލި ކަމުގެ ތުހުމަތާއެކު ހަމަނުޖެހުން ހިނގައިފި
12:08
ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ތެރޭގައި ޖެހުނު މައްސަލަ ހައްލުކޮށް އަލުން ވޯޓުލާން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބޭ.
12:05
11:58
އީވާ ކުރެއްވި ޓުވީޓުގައި ވިދާޅުވި ގޮތުގައި އެ ތަނުގައި މައްސަލަ ޖެހިގެން އުޅެނީ ވޯޓާސް ލިސްޓުގައި ނެތް މީހަކު ވޯޓުލީ ކަމަށް ބުނެ.
https://twitter.com/evattey/status/1619227128767340544?s=20&t=JnL-CXrYYUnYZJfmIIJASg
11:56
ތާޖުއްދީން ސްކޫލްގައި ވޯޓުލުން ކުރިއަށްދާ ގޮތާ މެދުގައި ހިތްހަމަނުޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބޭ. އެތަނުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޝަކުވާ ކުރައްވާ އިރު، އިންތިހާބާ ބެހޭ ކޮމިޓީގެ މެމްބަރު އިބްރާހިމް ވަހީދު (އިބްރޭ) ވެސް އެބަ ހުންނެވި.
11:55
ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ގދ. ހޯނޑެއްދޫ ވޯޓު ފޮއްޓަށް ވޯޓާސް ލިސްޓުގައި ވޯޓު ނެތް މީހެއް އެގޭގެ އެހެން މީހެއްގެ ނަމުގައި ވޯޓުލާފައިވާ ކަމަށް. އަދި އެ ވޯޓު ފޮއްޓަށްލުމުގެ ކުރިން ކައިރީ ހުރި މީހާ އަށް ދައްކާފައި ވޯޓުލީ ކަމަށް އޭނާ ވިދާޅުވި.
Hoandedhoo vote fottah Voters List gai vote neiy meeheh egeyge ehen meehehge namugai vote laifi. Adhi e vote fottah lumuge kurin kairy huri meeha ah dhakkaafa lee. @ibusolih @MDPSecretariat pic.twitter.com/8bRLJr5zzU
— Hussain Firushan #FreePalestine 🇵🇸🇲🇻 (@husnfirey) January 28, 2023
11:52
We will win with a huge difference Insha Allah 💛 #MDPKuriah #Ibu2023 pic.twitter.com/oIWe9ekOef
— Mohamed Shan (@Sh_aann_) January 28, 2023
11:52
ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވޯޓުލައްވަނީ.
https://twitter.com/shaheeym/status/1619190814961434626?s=20&t=DpqsDvgu0ArdrmtzBwJc_Q
11:49
11:44
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ކުރިއަށްދާ ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު، މީޑިއާތަކަށް އިންޓަވިއު ނުދެއްވާ ރައީސް ނަޝީދު ގެއަށް ވަޑައިގެންފި.
ނަޝީދު ވޯޓުލައްވާފައި ވަޑައިގަތީ ގެއަށް، އިންޓަވިއު ނުދެއްވާ!
11:43
ނަޝީދުގެ ފަޅީގައި ހުންނެވި މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ ގއ. ކޮލަމާފުއްޓަށް ވޯޓުލީ ބަޔަކު މާލެކޮޅަށް ވޯޓުލާން ގެންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް.
11:40
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލެއްވީ މާފަންނު ހުޅަނގު ދާއިރާގެ ވޯޓު ފޮއްޓަށް.
11:38
11:34
Raees Vidhaalhuvanee Double Digit Ehge Thafaathun Molhu Vaane Kamah! https://t.co/PiOOTODMQP
— Vaguthu Online (@VaguthuOnline) January 28, 2023
11:32
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވޯޓުލައްވަނީ.
އެމް ޑީ ޕީ ރިޔާސީ ޕްރައިމަރީގެ ވޯޓްލައިފިން ! pic.twitter.com/iXrqBId2EZ
— Ahmed Athif (@ath1f) January 28, 2023
11:30
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް.
My first vote for @MDPSecretariat. ان شاء الله #MDPKuriah 💪gadhakoh Raees @ibusolih hoveyne pic.twitter.com/9Lza3zfcMy
— Ahmed Shareef (@ShareefRangondi) January 28, 2023
11:29
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ކުރިއަށްދާ ޕްރައިމަރީގައި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދު ވޯޓު ލައްވައިފި.
ރައީސް ސޯލިހު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ފޮއްޓަށް. ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ފޮއްޓަށް.
11:24
ރ. އަތޮޅުގެ ތިން ރަށެއްގެ ވޯޓު އެއް ވޯޓުފޮއްޓަކަށް އަޅަމުންދާތީ އެކަމާއި ކަންބޮޑުވެ، އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގައިފި
R. Atholhuge 3 Rashehge Vote Eh Fohtakah، Anehkkaaves Hamanujehun!https://t.co/BO1x0etZ0y
— Vaguthu Online (@VaguthuOnline) January 28, 2023
11:23
My first vote for @MDPSecretariat. ان شاء الله #MDPKuriah 💪gadhakoh Raees @ibusolih hoveyne pic.twitter.com/9Lza3zfcMy
— Ahmed Shareef (@ShareefRangondi) January 28, 2023
11:14
11:10
ނަޝީދު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލްގައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށް. ނަޝީދު ވޯޓުލެއްވުމަށް ފަހު، ޖަމާލުއްދީން ސްކޫލުން ނުކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން ވަނީ އެމަނިކުފާނާ އިންޓަވިއު ކުރައްވަން މަސައްކަތްކޮށްފައި. އެކަމަކު، ނަޝީދު ވިދާޅުވީ މިވަގުތު އިންޓަވިއު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް. އަދި ފަހުން އިންޓަވިއު ދެއްވާނެ ކަމަށް ވިދާޅުވި.
11:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިމަގާ ގުޅިފައިވާ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ އެ ސްޓޭޝަން ކަމަށްވާ އިސްކަންދަރު ސްކޫލްގައި ހަމަނުޖެހުން ހިނގައިފި
MDP Primary: Iskandharu School Gai Hamanujehun, Mandhoobehgge Gaigai Jehi!https://t.co/DSuguqWhTX
— Vaguthu Online (@VaguthuOnline) January 28, 2023
11:06
11:02
ނަޝީދު ވޯޓުލެއްވުމަށް ޖަމާލުއްދީން ސްކޫލަށް ވަޑައިގެންފި.
11:02
10:59
އިސްކަންދަރު ސްކޫލްގައި ބަހައްޓާފައި ހުރި އިތުރު ފޮއްޓެއް ކައިރީގައި ދެ ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވުން އުފެދިގެން އުޅޭތީ، ފުލުހުން ހަރަކާތްތެރިވަމުން އެބަދޭ.
10:53
10:50
ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ މި ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމަށް. އަދި ޑަބަލް ޑިޖިޓެއްގެ ތަފާތުން ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވި.
10:49
ވޯޓު އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެފަދަ ކަމެއް ހިނގާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށް.
10:48
ރައީސް ސޯލިހް: ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އާ މަންޒަރެއް ފެނިގެންދާ ދުވަހެއް މިއީ. ވޯޓުލާ ނިމި، ޑިމޮކްރަސީގެ ހަޔާތުގައި އާ މަންޒަރެއް ފެނިގެންދާނެ ދުވަހެއް. ސުލްހަވެރިކަމާ އެކު ވޯޓުލުން ނިމި އަނެއްކާ ވެސް އެކުގައި މަސައްކަތް ކުރަން ފެށޭނެ ކަމަށް އުންމީދު ކުރަނީ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެކުގައި އެންމެން ކުރާ މަސައްކަތުން.
10:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވައިފި.
10:43
ރައީސް ސޯލިހް ވޯޓުލެއްވުމަށް އިސްކަންދަރު ސްކޫލަށް ވަޑައިގެންފި.
10:37
Vote ekey bunefiyya galolhu onnanee thahyaarah! pic.twitter.com/g1RLnTO7Rw
— Rynu (@rynunazim) January 28, 2023
10:34
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް މިއަދު ކުރިއަށްދާ ޕްރައިމަރީގައި ގިނަ ޝަކުވާތަކެއް ހުރުމުން ބައެއް ތަންތަނުގައި ވޯޓުލުން ނުފެށޭ މައްސަލަތައް ފެންމަތިވެއްޖެ.
Shakuvaathah Hurumun Baeh Thanthanuga Votelun Nufeshey!https://t.co/DHCb8gHDhx
— Vaguthu Online (@VaguthuOnline) January 28, 2023
10:32
10:30
ރައީސް ސޯލިހް ވޯޓުލެއްވުމަށް ކުޑައިރުކޮޅެއްގެ ތެރޭގައި އިސްކަންދަރު ސްކޫލަށް ވަޑައިގަންނަވާނެ.
10:29
10:27
ލ. މުންޑޫގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއް ނެތި ގަޑީގެ ކުރިން ވޯޓުލާން ފެށި މައްސަލައެއް ފެންމަތިވެއްޖެ.
Mundoo Gai Nasheed Ge Mamdhoobun Nethi Vote laan Feshi Massala Eh!https://t.co/NRDK6Z3wei
— Vaguthu Online (@VaguthuOnline) January 28, 2023
10:27
ފުވައްމުލަކުގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކުގެ ވޯޓުލުން މިހާރު ފެށިގެން ކުރިއަށްދާ ކަމަށް މައުލޫމާތު ލިބޭ.
10:26
10:22
އިސްކަންދަރު ސްކޫލުގައި ހުރި ދުވާފަރު، އަލިފުށި ފޮއްޓަށް ވޯޓުލުން ނުފެށި ލަސްވަނީ ދެ ރަށުގެ މީހުން އެއް ފޮއްޓަކަށް ވޯޓުލާން ނިންމާފައިވާ މައްސަލަ ހައްލު ނުވާތީ އަދިވެސް ވޯޓުލާކަށް ނުފެށޭ. އެތަނުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގައި މަންދޫބެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް މައުލޫމާތު ލިބޭ. އަލިފުއްޓާއި ދުވާފަރު ދާއިރާ ރަޖިސްޓަރީ ކޮށްފައި ވަނީ ދެ ދާއިރާއެއްގެ ގޮތުގައި.
10:15
ރައީސް ނަޝީދު ވޯޓުލެއްވުމަށް ޖަމާލުއްދީން ސްކޫލަށް ވަޑައިގަންނަވާނީ މިއަދު 11 ޖަހާއިރު.
09:54
ފުވައްމުލައް ސިޓީގައި ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވޭ. އެ ތިން ފޮށީގައި ވެސް ވޯޓުލުން އަދިވެސް ނުފެށޭ ކަމަށް މައުލޫމާތު ލިބޭ. ވޯޓުލުން ނުފެށެނީ އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ނުނިމޭތީ.
09:51
ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ނުފެށި ލަސްވީ އިދާރީ ގޮތުން ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނުވެ އޮތުމުންނާއި ޓެކްނިކަލް ބައެއް މައްސަލަތަކާ ހުރެ. އަދި ދެ ކެންޑިޑޭޓުންގެ މަންދޫބުން ކުރަމުން އައި އެކިއެކި ޝަކުވާތަކާ ގުޅިގެން ވެސް ވޯޓުލުން ނުފެށި ލަސްވެފައިވޭ. ބައެއް ދާއިރާ އެއްކޮށްލައި ވޯޓުފޮށި ބަހައްޓާފައިވުމުން ވެސް ޝަކުވާކޮށްފައިވޭ. ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ވޯޓު ލިސްޓާއި ޝާއިއު ކުރި ވޯޓު ލިސްޓާ ދިމާ ނުވާ ކަމުގެ ޝަކުވާ ވެސް ލިބިފައިވޭ.
09:47
މި ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަން ވަޑައިގަންނަވާނެ އިރެއް އަދި އެނގިފައެއް ނުވޭ. އެމަނިކުފާނު ވޯޓުލައްވާނީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ގަލޮޅު ދާއިރާގެ ވޯޓު ފޮއްޓަށް.
09:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން ވަޑައިގަންނަވާނީ ހެނދުނު 10:00-10:30 އާ ދެމެދުގެ ވަގުތެއްގައި. އެ މަނިކުފާނު ވޯޓު ލައްވާނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ހިންނަވަރު ދާއިރާގެ ފޮއްޓަށް.
09:42
ގަލޮޅު ދެފޮށީގެ ނަނބަރާ ދާއިރާ ނަމާ ދިމާ ނުވޭ. @MDPSecretariat pic.twitter.com/Oj7L79ozN9
— Eva Abdulla 🎈❓ (@evattey) January 28, 2023
09:40
REPORT| 2 Raeesunge Kurimathilun: Ticket Hoadhavaanee Kaaku?https://t.co/ZwkrW58Egl
— Vaguthu Online (@VaguthuOnline) January 28, 2023
09:38
ވޯޓުލާ މަރުކަޒުތަކުގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ވޯޓު ލިސްޓާއި ޝާއިއު ކުރި ވޯޓު ލިސްޓާ ދިމާ ނުވާ ކަމުގެ ގިނަ ޝަކުވާ ލިބެމުން އަންނަ ކަމަށް ހަސަން ލަތީފް ދެންމެ ވިދާޅުވެއްޖެ.
Vote laa marukazugai thibi Officialun ge athugai oiy vote list aa shaaiu kuri vote list aa dhimaa nuvaa kamuge gina shakuvaa thakeh dhanee libemun. @ibusolih
— Hassan Latheef🎈 (@HassanLatheef) January 28, 2023
09:35
ފެލިދޫ ދާއިރާގެ ވ.ފުލިދޫ ވޯޓް ފޮށި، ވ.ފެލިދޫގައި ހުރި އެ ރަށު ވޯޓް ފޮށީގެ ވޯޓުލުން ކުރިއަށް ނުދާ ކަމަށްވޭ.
09:34
ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ދެންމެ ކުރި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުން ނެތި ލ. މުންޑޫގައި ވޯޓުލުން ފަށާފައިވާ ކަމަށް.
L. Mundoo gai 9:00 ge kurin, R. Nasheed ge mandhoobun nethi vote laan fashaifi. @ibusolih pic.twitter.com/RmChXczRiS
— Hassan Latheef🎈 (@HassanLatheef) January 28, 2023
09:31
އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގައި ވެސް ވޯޓުލުން އަދި ނުފެށޭ ކަމަށް މައުލޫމާތު ލިބޭ. އެގޮތުން ހިތަދޫ ދާއިރާގެ ވޯޓުލުން އަދިވެސް ނުފެށޭ.
09:30
މިވަގުތު ކަލާފާނު ސްކޫލާއި ސީއެސްސީގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު އެބަތިބި. އެ ދެ ސްކޫލްގައި ވަރަށް ބޮޑު ކިއޫއެއް އޮތް ކަން ފާހަގަ ކުރެވިފައިވޭ.
09:29
މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ސްކޫލްތަކުގައި. ބައެއް ތަންތަނުގައި ވޯޓުލުން ފެށިގެން ކުރިއަށްދާ އިރު، އެހެން ބައެއް ތަންތަނުގައި އަދި ވޯޓުލުން ނުފެށޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިމަގާއި ގުޅިފައިވާ ޕްރައިމަރީގެ ވޯޓުލުން ފަށަން ތައްޔާރުވެއްޖެއެެވެ.
ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން، ދެ ރައީސުންވެސް ނިންމަވާލެއްވީ މޮޅުވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށެވެ.
މި އިންތިހާބާއި ގުޅޭގޮތުން ނަޝީދު ވިދާޅުވިގޮތުގައި އެމްޑީޕީގެ ޕްރައިމަރީން ބަލިވެއްޖެ ނަމަ، ރައީސް ސޯލިހާއި ޕީޕީއެމްގެ ފަހަތަށް ވެސް ނާރުއްވާނެ ކަމަށާއި އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށެވެ.
މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މިއީ އެމްޑީޕީގެ ސިޔާސީ ތާރީހުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީ އަށް ވާނެއެވެ..
ހިނގާ ދަމާ ވޯޓްލާން އެންމެ ކަތުން ނެރެން ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ވޯޓްލާން ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....
އެއްގަލަކުން ފެހިކާ ދެ ރޮނޑެއްގެ މިސާލެއް، ތިއިން ކޮންމެ މީހަކީ ވެސް މި ގައުމަށްވުރެ އަމިއްލަ އެދުން ބޮޑުކަން އިސްކުރާ ބައެއްކަން މިދިޔަ ދުވަސްތަކުންވެސް އެނގިއްޖެ. މިސާލަކަށް ކޮލެރާ އާއި ސިގެއްލާ، ކޮންމެ ބައްޔެއް ޗޫސް ކުރިޔަސް ނުރައްކާ ކަމުގެ ކޮޅެއްނެތް. ހަމައެކަނި އޮތި އެ ދެބަލި ނޫންގޮތެއް ވިސްނާ ވެކްސިންޖެހުން.
ލާދީނީ އިބޫ އައުޓް
ދެ އަގައިގެ ވެރިޔާ ނަސީދު އަށް ވޯޓު ލައިފިން! އޭނާ ހޮވޭނެ!
ހިފާށޭ މަމެން އަތުގައި ހިނގާނަގާ ބުންވަރު ހިނގާދަމާ ކަނބުލޮއޭ މަމެންނާއިއެކު ވޯޓްލާން ދަމާ ކީކޭތޭ ޓެކްސީ އެއް ނުލިބުނޭ ކިއެއްކުރާ ޓެކްސީ އެއްތޭ ހިނގާ މަމެންނާއި އެކު ހިނގާފައި ދަމާ ހިނގާފައި ނުދެވޭނެއޭ ވަރަށް ހޫނު ގަދައޭ އެހެންތޭ ދެންހިނގާ މަމެން މޮޓޮރާ ފަހަތަށް އަރައިގެން ދަމާ އާން ހިނގާ ދަމާ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެންމެން އެކީގައި ވޯޓްލާން ދަމާ ހިފާ މަމެން އަތުގައި ހިނގާ ނަގާ ބުންވަރު ހިނގާ ލަމާވޯޓް ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ....
އިބޫގެ ޓީމުން ބޮޑއތި ވައްކަންތައް އެބަކުރޭ ފާޅުގަ.. އެކަން ބަލަން ހުރީ ވެސް އިބޫގެ ޓީމުން
ވޯޓު މައްސަލައިގެ ހަމަނުޖެހުން ކުރިޔަށް ދާނެކަމަށް ރޭވފަ އޮތީމަ އަންނި އަވަހަށް ގެއަށް ގޮސްފިއެވެ.
ރައީސް ސޯލިހް ހޮވިއްޖެންޔާވާނީ ވޯޓް އޮޅުވާލިކަމަށް..
ޥަގުު ހަދާގެން ވިޔަސް މޮލުވާނަން😚🤪
މަމެން ތިޔާ ނަތީޖާ އެއް ގަބޫލެއް ނުކުރާނަމޭ ވޯޓް ލުމުގައި ރަޖިސްޓްރީގައި ނެތް މީހުން ލައްވާ ވޯޓް ލާފައިވާ ކަން އެއީ ފެންނާން ހުރި ހަގީގަތޭ ހާމަކަން ބޮޑު ގޮތެއްގައި އިންތިޚާބުގެ ވޯޓް ލުމުގެ ކަންކަން ކުރިއަށް ގެންދިއުމުން ނޫން ގޮތެއް ނޯންނާނެއޭ މަމެން ތިޔާ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނޭ ގޮތެއް ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ ނޯންނާނެއޭ
މަރުހަބާ ނަޝީދު....😎🎉😁😂😂😂
ރާ ޓީވީ ވެސްގަނެފަ މަންދޫބުން ވެސް ގަނެފަ..އިބޫ ވިން