އަންހެނުންނަށް ކުރާ އަނިޔާތަކާއި މެދު މީހުން ހޭލުންތެރި ކުރުވަން ނަގާފައިވާ ފޮޓޯއެއް
އަންހެނުންނަށް ކުރާ އަނިޔާތަކާއި މެދު މީހުން ހޭލުންތެރި ކުރުވަން ނަގާފައިވާ ފޮޓޯއެއް

ރޭގެ ވަގުތެއްގައި ޖޭޕީ އަށް ނިސްބަތްވާ މުންޑޫ ކައިންސިލުގެ ނައިބު ރައީސް، ރަހުމް ކުޑަކޮށް އެރަށު އަންހެނަކަށް ހަމަލާދީ އަނިޔާކުރި ޚަބަރު ދިވެހިން އެހީ ރުޅިވެރިކަމާއެކުއެވެ. އެ އަންހެން މީހާގެ ހައްގުގައި އެތައް ބަޔަކު ރޭ ވަނީ އަޑު އުފުލާފައެވެ. މުންޑޫ ކައުންސިލުގެ ނައިބު ރައީސް އަންހެން މީހާއަށް ކުރި އަނިޔާ އެ އަންހެން މީހާ ވަނީ "ވަގުތު" އަށް ކިޔައިދީފައެވެ.

ރޭ ކައުންސިލްގެ ނައިބު ރައީސް އަންހެނަކަށް ހަމަލާދިނީ އެއަންހެން މީހާ އާއި ކައުންސިލް ނައިބު ރައީސްގެ އަނބިކަނބަލުން ޒުވާބު ކުރުމުންކަމަށް "ވަގުތަށް" އެނގިފައި ވެއެވެ. އެ ދެމީހުން ޒުވާބު ކޮށްފައި ވަނީ އަނިޔާ ލިބުނު އަންހެނާ މުންޑޫ މެޖިސްޓްރޭޓު ކޯޓަށް ލި ސިޓީއަށް، ކޯޓުން ޖަވާބެއް ނުދީ އެ ސިޓީއަށް ވީނުވީ ގޮތެއް ބުނަން ނޭނގުމުންނެވެ.

އަނިޔާވި އަންހެން މީހާ ބުނީ އޭނާ އެހެން ކަމެއްގައި ކައުންސިލް އިދާރާ އަށް ދިޔަ ކަމަށެވެ. އަދި އެތަނުން ކައުންސިލުގެ ނައިބު ރައީސްއާއި ވާހަކަ ދެކެވޭތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކައުންސިލް ނައިބު ރައީސް ބުނީ "ބޮލަށް އުނދަގޫ ނުކޮށް ރައްކާވާށޭ" ބުނުމަށްފަހު ދޮރު ލެއްޕީ ކަމަށް އަންހެން މީހާ ބުންޏެވެ.

އެގޮތަށް ކަންތައް ކުރުމުންވެސް ކައުންސިލުގެ ހޯލުގައި ހުރެގެން ރީއްޗަށް އޭނާއާއި ވާހަކަ ދައްކަން މަސައްކަތް ކުރި ކަމަށް އެ އަންހެން މީހާ ކިޔައިދިނެވެ. އަދި މުންޑޫ ކައުންސިލުން މީޑިއާއަށް މައުލޫމާތު ދިން ގޮތާ ހިލާފަށް އޭނާ އެއްވެސް މުދަލަކަށް ގެއްލުމެއް ދީފައި ނުވާނެ ކަމަށާއި ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައި ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެ އަންހެން މީހާ ބުނީ އެރޭ 20:00 ހާއިރު އެރަށު ޖެޓީ ކައިރިއަށް އޭނާ ދިޔަ ކަމަށެވެ. އަދި އެތަނަށް 20:30 ހާއިރު ކައުންސިލުގެ ނައިބު ރައީސް އާއި އެހެން މީހަކު އައި ކަމަށް އޭނާ ކިޔައިދިނެވެ. އެ އަންހެން މީހާ ބުނީ އެތަނަށް އައިސް ކައުންސިލުގެ ނައިބު ރައީސް އޭނާގެ ވަށާ ހިނގަން ފެށި ކަމަށެވެ. އަދި އެ މަންޒަރު ދެން ހުރި މީހާ ފޮޓޯ ނެގި ކަމަށެވެ.

އަދި އަންހެން މީހާގެ ގައިގައި އަތް ލި ހިސާބުން ދެމީހުން ޒުވާބު ކުރަން ފެށި ކަމަށާއި ޒުވާބުގެ ތެރެއިން ކައުންސިލުގެ ނައިބް ރައީސް އޭނާއަށް މަރުގެ އިންޒާރުވެސް ދިން ކަމަށް އޭނާ ބުންޏެވެ.

އަދި އޭނާގެ ފަރާތުން ޖިސްމާނީ ގޮތުން ގެއްލުމެއް ލިބިދާނެތީ އެތަނުން ދުރަށް ދާން ހިނގައިގަތް އިރަށް، އޭނާގެ ބޮލުގެ ކަނާތްފަރާތުގައި ކައުންސިލުގެ ނައިބު ރައީސް ޖެހި ކަމަށް އަންހެން މީހާ ބުންޏެވެ. އަދި އެވަގުތު އޭނާގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލި ކަމަށްވެސް ބުންޏެވެ. އަދި އެތަނުން ދަމުން ކައުންސިލުގެ ނައިބް ރައީސް އޭނާގެ ބުރަކަށީގައި ބާރަށް ފައިން ޖެހި ކަމަށްވެސް އަންހެން މީހާ ކިޔައިދިނެވެ.

އޭނާ ބުނީ އެ މަންޒަރު ބަލަން ގިނަ އަދަދެއްގެ މީހުން ތިބި ކަމަށެވެ. ނަމަވެސް އޭގެތެރެއިން އެކަކުވެސް އޭނާގެ ދިފާއުގައި ތެދުނުވާ ކަމަށް ބުންޏެވެ.

"ތަންކޮޅެއް ދުރުގައި މީހުން ބަލަން ތިބި. ޒުވާބު ފެށުނީއްސުރެ އަނިޔާ ލިބެންދެން. އެއްވެސް މީހަކު އަޅާވެސް ނުލި. އެހީއަށް އެދި ގޮވަން ވެސް ގޮވިން. އެކަމަކު އެކަކުވެސް ނައި. މަންމައާއި އަވަށްޓެރިއަކު އައީ." އަންހެން މީހާ ބުންޏެވެ.

އަންހެން މީހާ ބުނީ އެތަނުގައި އޭނާއަށް އަނިޔާލިބުނު އިރު ބަލަން ތިބީ ކައިންސުލުގެ ނައިބު ރައީސްގެ ނުފޫޒު ގަދަ ކަމުން އޭނާގެ ދަށުވެފައި ތިބި އޭނާދެކެ ބިރުގަންނަ މީހުން ކަމަށެވެ.

އަންހެން މީހާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ "އިންޓާނަލް ބްލީޑް" ވުމުގެ އިތުރުން ކަންފަތުން ލޭ އަންނާތީ އިމަޖެންސީގައި ގަމަށް ފޮނުވަން ޖެހުނެވެ.

ADS BY SHEESHA

އަންހެން މީހާއަށް ހަމަލާދިން މުންޑޫ ކައުންސިލުގެ ނައިބު ރައީސް މިހާރު ވަނީ ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހާފައެވެ. އަދި އޭނާ އާއެކު ހުރި މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.

46 ކޮމެންޓް

  1. ހުސައިން ނާޝިދު

    މިދުނިޔޭގަ ބަހައްޓާވަރުގެ އަންހެނެއް ނުުން އެއީ. އަމިއްލަ ދެދަރިން މަރާނެ ކަމުގެ އިންޒާރު ދީ އެއްމާބަނޑު ދެދަރިން ބަފާ ބިލަށް ޖަހާފަ އުޅޭ އަންހެނެއް އެއީ. އަދި ބަފާ ކަށަވަރު ނުވާ އިތުރު ކުއްޖަކު އެބަހުރި. މިފެން ވަރުގެ އަންހެނުން މި ކުޑަ ކުޑަ މުޖުތަމައުން ގެއްލުވާލަން ޖެހޭ.

  2. ހުސައިން ނާޝިދު

    ތިޔަ ބުނާ އަންހެން މީހާ ކައިރީގަ އަހާބަލަ ކޮބައިތޯއަލަތު ކައިވެންޏަށް ލިބުނު އެއްމާބަނޑު ދެކުދިން. އެ ދެކުދިން މަރާލާނެކަމަށް އިންޒާރު ދިނުމުން ކުދިންގެ ބައްޕަ ވަނީ އެދެކުދިން ގެންގޮސްފަ. ކައިވެންޏެއް ނުކޮށް ހުއްޓާ ލިބުނު ދަރިފުޅު ކޮބައިތޯ އަހާބަލަ. މި ޒާތުގެ އަންހެނުން މެރިޔަސް ފާފައެއް ނުވާނެ.

  3. ާއަސްތާ ފިލައިގެން ސިއްރިޔާތުގައި ލޯބިކުރަމުން ދުވި ދެކުދިންނަށް މިވީ ނިހިނެއް؟ އަދި ގުޅޭނެ.

  4. ކޮބާ މައުމޫނު މިޙަބަރު ނައައްސަވާތޯ ހައިރާން ކަމާއި އެކު ކޮބާ ކުރީގެ ސީޕީ ރިޔާޒު ކޮބާ އަންހެނުންގެ ހައްގު ތައް ހިމާޔަތް ކުރާ ފަތަ ރާސީ ރޮޒޭނާ ކޮބާ ރީދޫ އެމަޑީޕީ އެންމެން ނިދާފއި މިއީ ސިއާސީ މީހަކާ ގުޅިފައި ހުރިކަމެއް ނޫންވީމަ.

  5. ތިދެން ތާރީކްޕޭ ތާރީކް ޖަހާފަ އޮއްބާލާނީ. ނޫނީ އެވެއްދިތަނަކުން ނެރޭނެ. ޙާލަތު....

  6. އޭނާހުރީ ހަމައިގަތަ؟

  7. އަލްޖިބުރީލް

    އަނިޔާ ނުކުރާނެ މައިތިރިވެގެން އަންހެނެއްކަން ދަނެގެނ ގޭގަ ހުރިނަމަ. އަބަދުވެސް އަންހެނުންނަށް ކުރާ އަނިޔާ ކަބާތަ ފިރިހެނުންނަށް ކުރާ އނިޔާ

  8. ތިކައުންސިލަރުވެސް އަވަހަށް މަހަށް ފޮނުވާލާ.

  9. އަހަންމަދަށް ބުނެލަން..މިހާރު ޖޭޕީ އާއި ޕީ ޕީ އެމް ވެސް އޮޅިފައިތޯ ތިޔަ ހުންނެވީ؟ ޕީ ޕީ އެމް އެދެ އަންނަ ރުޅިއެއްގެ ބޮޑުކަމުން...ރަނގަޅަށް ޚަބަރު ކިޔުމަށް ފަހު ކޮމެންޓް ލިޔުންވުން މުޙިއްމު....
    ގޮތެއް ފޮތެއް އުޑެއް ބުޑެއް ނޭނގޭ މީހުންވެސް ނަގާ މަތި ފަޑިއަށް އަރުވަން ވެއްޖެއްޔާވާނީ މިހެން.....

  10. ޒިންމާދާރު މަގާމެއްގައި ހުރެ ތިކަހަލަ ކަމެށް ކުރުމުން. ދޭންޖެހޭ އެންމެ ހަރުކަށި އެންމެ ދިގު އަދަބު ދިނުމަށް ގޮވާލަން.

  11. ހަޔާތް ކޮބާ ކައުންސިލް ގެ ރައީސް ގެ

  12. މިހާރުން މިހާރައް ކައުން ސިލަރު މަގާމުން ވަކިކޮއް އެމަގާމު އަންހެން މީހާއް ދޭންވީ އޭރައއޭރައް ކައުން ސިލަރު ހުރެދާނެ ނުން ހަތަރެސް ކަން ހަމަވެފަ

  13. ތި ކައުންސިލް ތަކާ މަޖިލީހަކީ މި ކުޑަކުޑަ ރާއްޖެ ފަސާދަވެ ނުހައްގު ފައިސާ ކާތަންތަން...ތިތަންތަން އުވާލެވޭނީ ކެރޭ އިސްލާމީ އުސޫލު ތަކުގަ ހިފައިގެން އުޅޭ ރައްޔިތު ބަޔަކު އުޅޭ ދުވަހަކުން ...ދިވެހިން ނަމުގަ މިތަިބަ ޖަނަވާރުން ތިބިހާ ދުވަހަކު މިތަން ދާނީ އަނދިރި ދުވަސްތަކަކާ ކުރިމަތި ލަމުން!!

  14. ހަގީގީ މައްސަލަ ސާފެއްނުވޭ.... ތިކަމުގެ ދެކޮޅު އެނގިނޫނީ ކޮންކްލޫޝަނަކަށް ނާދެވޭނެ... ތަހުގީގު ރަގަޅަށް ކުރާނެ ކަމަށް އުންމީދުކުރަން...ކޮންމެ ސަބަބަކާ ހެދިވިޔަސް ޖިސްމާނީ ގޮތުންދެވޭ އަނިޔާ ހަރުއަޑުން ކުއްވެރިކުރަން

  15. މިކަހަލަ ކަންކަން ސިޔާސީ ނުކޮއްބަލަ ދޯ..

  16. ޙަފްޞާ / މާލެ

    އަހައްމަދާ! ޚަބަރު ނުކިޔާތަ ތިޔަ ކޮމެންޓް ކުރަނީ؟ ޚބަރު ފެށުނު ތަނުގައި އެއޮތީ ލިޔެފަ " ޖޭޕީ އަށް ނިސްބަތްވާ އޭ" ރޯނާވިޔަސް ފުކެއް ބޮޑުވަރު!!!!

  17. ޕާރޓީ ފިކުރުގައި ބައެއްމީހުން ވޯޓުދެނީ މިކަހަަލަ ތަންދޮރު ނުދަންނަ ގަމާރުންނަށް..

  18. މިބަޔަކު އުފަންވުމުން ރަށްރަށް ފިތުނަކޮށްފި

  19. ހީވަނީ ހިންދީ ފިލްމެއްގެ މަންޒަރެއް ހެން.. މިކަހަލަ ކިތައް މީހުން އުޅޭނެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތައް ކުރާ. މިކަހަލަ ކަންތައްތައް މަދު ކުރެވޭގޮތަށް ޤާނޫނުތަކާއި ޤަވައިދުތަކުގެ ހަދައި ތަންފީޒު ކުރަންވީ.. އަދި މީނަ ވަގުތުން ކައުންސިލްގެ ނާއިބް ރައީސް ކަމުން ވަކި ކުރަން ފެނޭ އަދި އެރަށުގައި މީނަ ބެހެއްޓުމަކީ އެހެންމީހުންނަށް ހުރި ބިރެއް ކަންނޭގެ.މީހަކު މަރާލަން އިންޒާރު ދިނުމަކީ ކިހާ ބޮޑު ކަމެއް

  20. ސިޔާސީ މަގާމުތަކަށް ވޯޓްދޭ އިރު ތައުލީމީ ގާބިލް މީހުންނަށް ވޯޓްދޭން އެބަޖެހޭ ޕާޓީ އެއްފަރާތްކޮށް.

  21. ކައުންސިލަރުގެ ފޮޓޯއެއް ޖަހާލަދީބަލަ

  22. ޕީ.ޕީ.އެމް ކައުންސިލް މެމްބަރެއް ދޯ މީ. އެމް. ޑީ.ޕީ ކައުންސިލަރެއް ނަމަ ހުންނާނެ ފޯރި.

  23. ހިތާމަޔަކީ މިފަހަރުއޭނަ ކައިރީ ހުރި މީހާވެސްކުއްވެރި ވެއްގެ ހައްޔަރުވެސް ކޮއްފި މުއްދަތުވެސް ޖަހައިފި އެކަމަކު މާލޭގައި ތިހެނެ ނުވޭ ތަޅާ މަރާއިރުވެސް ހަމަފޮޓޯނަގާވީޑިއޯ ކުރުމުގާއެންމެންވެސް އުޅެނީ ހައްޔަރެއްނުކުރޭމުއްދަތެއްވެސް ނުޖަހާ!

  24. ވަކަރުގޭ ނައިބްރައީސް ތީ....ތިފިރިހެނާޔަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން! ޢަނިޔާވި ބޭފުޅާޔަށް އަވަސް ޝިފޢެއް ދެއްވާާށި!

  25. ތިއީ ކަމެއްލިބުނީމަ ވާގޮތް މިރޭ އައިޖީއެމްއެޗް ކައިރީގައި ހުރި ޕޮލިސް މީހާވެސް ތިކަހަލަ ގޮތަކަށް ބަހުރުވަ ހުރީ. އާންމުންގެ މީހުންނަށް ތުރެން ޕޮލިސް ސޮރުގެ އަނގަ ހަޑި އެކަމް ޔުނިފޯމް ގަ އެސޮރު ހުރީ

  26. ހެޔޮ އެދޭ މީހާ

    މަށައް ހީ ވަނީ މީހުން ގެ ސަމާލު ކަން ހޯދަން ކުރިކަމެއް ހެން ފެންވަރު އޮޅިގެން އޭނަ އުޅެނަީ. ހުވާ މި ބުނީ. އެހާ ކުޑަ ކަމެއް ވާއިރަށް ތި ނައިބު ރައީސް އެއް ވެސް ނުޖެހޭ ދޯ ގަޔައް ބޮލަށް އަރާކައް! ރަށުގެ ރައްޔިތުން ނަން ނަމޫނާ އަކައް ވާން ވީ މީހުން މިހިރީ އުޅޭ ގޮތް ދެން ކޮބާ ސަލާމަތެއް؟ މި މީހުން ގެެ ސަބަބުން ރަށު ގެ ރައްޔިތުން މި ޖެހެނީ ލަދު ގަންނަން!

    • ނާ ޤާބިލް މީހުން އިސް މަޤާމް ތަކަށް ހޮވަނޫވެސް އަހަރުމެން.. މަށް ކުއްވެރިޔޫ ހަމަ ރަށު ރައްޔިތުން.

  27. ނައިބް ތުއްތު

    ތިޔަ ކަހަލަ ބައިވަރު މައްސަލަ އެބަހުރި ޗޮކުން ގޮއްސަ. ތި ވެސް ދާނީ ހަމަ އެގޮތަށް

  28. ހަމަ މިހާރު ޖަލައްލާ

  29. ހަތިހާ އަންމަޑޭ، އަލިފުށި

    ހުސްތަ އޭނަ

  30. ކައުންސިލަރު އަންހެން މީހާގައިގަ ޖެހުން އެއީ މައްސަލައެއް އެކަމު ހަގީގަތުގެ ދެކޮޅު އޮންނާނެ. ތި އަންހެނާގެ ހަގީގަތް ބަލާލަބަލަ. ހެޔޮނުވާނެ ހަބަރު ފަތުރާއިރު ތެދު މައުލޫމާތު ކަން ކަށަވަރު ކޮއްފަ ފަތުރާބަލަ

    • ޚަބަރު ރަގަޅަށް ސާފުކުރަން މިހާރު ނޫހުގެ ފިތުނަ ޓީމަށް އަންގަން ޖެހޭނީ

  31. ައަބުދުއް ރަހިމްބަެ

    ޒަމާނީޑިމޮކްރަސީ

  32. ތީއަޅާލާނެ މީހަކުވެސް ނެތް އަންހެނެއްވީމަ ތިހެންތިހެދުނީ ހަމަމިހާރުން މިހާރަށް ތިމީހާ ކައުންސިލުކަމުން ވަކިކުރަން އުމަރު ނަސީރަށް ގޮވާލަން

  33. ކައުންސިލަރުން ހެދިގެން މިއުޅެނީ ކިހިނެއް؟ މާ ފޮނި ބޮޑުވެގެން އުޅެނީ ތިމާމެން ވަރު ބައެއް ނެތިގެން.