މިނެޓްމެއިޑް ޕަލްޕީގެ ޖޫސް - ވަގުތު އިމޭޖޭސް: އަމީން ފަހުމީ

ދުނިޔޭގެ ނަންބަރު ވަން ޖޫސް ޕްރޮޑަކްޓެއްކަމަށްވާ "މިނިޓްމެއިޑް ޕަލްޕީ" ގެ ޖޫސް މުޅިން އަލަށް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މިއަދު މެންދުރު ސޯލްޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޖޫސް ރާއްޖެއަށް ތައާރަފްކޮށްދިނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެލްފެއާ ކުންފުނީގެ ޗެއާމަން އަދި ޗީފް ސްޕްރިޑެންޓެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ.

މިނެޓްމެއިޑް ޕަލްޕީ ޖޫސް ރާއްޖެއަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

ރާއްޖެއަށް މިއަދު ތައާާރަފް ކުރީ ދެ ފްލެވާއެކެވެ. އެއި މިނިޓް މެއިޑް ފަލްޕީގެ މިކްސް ފުރުޓް އަދި މިނިޓް މެއިޑް ފަލްފީގެ އޮރެންޖްއެވެ.

ކޮކާކޯލާ ކުންފުނިން މުޅިން އަލަށް ތައާރަފްކުރި މި ޖޫސް މިއަދުން ފަށައިގެން އާންމުންނަށް ލިބޭނެއެވެ. މި ޖޫހުގެ 290 އެމްއެލްގެ ފުޅިއެއް 12 ރުފިޔާއަށް ލިބޭނެއެވެ.

މިނެޓްމެއިޑް ޕަލްޕީ ޖޫސް ރާއްޖެއަށް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަމީން ފަހުމީ

މޭވާއިން ތައްޔާރުކޮށްފައިވާ މި ޖޫހަކީ ހަށިގަނޑަށް ވެސް ފައިދާ ހުރި ޖޫހެއްކަމަށާއި، ކޮންމެހެން ޖޫސް ހެދުމަށްޓަކައި މޭވާ ގަނެގެން އައިސް ބޭނުން ކުރުމުގެ ބަދަލުގައި މިނިޓްމެއިޑް ޕަލްޕީގެ ދެ ފްލޭވާގެ ޖޫސް ހެޔޮ އަގުގައި ގަނެގެން ބޭނުން ކުރުން މާ ރަނގަޅުވާނެ ކަމަަށް އެ ކުންފުނިން ހާމަކުރެއެވެ.

މިނިޓްމެއިޑްއަކީ މީގެ 60 އަހަރު ކުރިން ފަށައިގެން ޖޫސްތައްޔާރު ކުރަމުން އަންނަ ކުންފުންޏެކެވެ.

ކޮކާކޯލާ ކުންފުނިން ހާމަކުރިގޮތުގައި، މި ޖޫހަކީ ސިއްހަތަށްވެސް ފައިދާ ހުރި، އަދި ރޯދަ މަހުވެސް ރޯދަ ވީއްލުމަށްވެސް ބޭނުންކުރެވިދާނެ ޖޫހެކެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ކޮކާކޯލާއިން އެންމެ ސިއްހަތަށް ބަލައިގެން މުދާ އަބަދުވެސް ވިއްކަނީ. ދޮގެއް؟