އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާސްގެ ސްޕޯކްސް ޕާސަން ރަވީޝް ކުމާރު

ގުދުސް އަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގަންނަން އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުން ކުށްވެރި ކުރަން އިންޑިއާއިން ދެކޮޅު ހަދައިފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާސްގެ ސްޕޯކްސް ޕާސަން ރަވީޝް ކުމާރު، އެމެރިކާ އިން ނިންމި ނިންމުމާ ބެހޭ ގޮތުން ވިދާޅުވީ އިންޑިއާއިން ވަކި ކޮޅަކަށް ނުޖެހޭނެ ކަމަށެވެ. އަދި އެކަމާ މެދު އިންޑިއާއިން ދެކޭ ގޮތް ބިނާ ވެގެން ވަނީ އިންޑިއާގެ އަމިއްލަ ފިކުރުގެ މައްޗައް ކަމަށާއި، އެހެން ގައުމަކުން އެކަމާމެދު ގެންގުޅޭ ވިސްނުމަކުން އިންޑިއާގެ ފިކުރަށް އަސަރު ނުކުރާނެ ކަމަށެވެ.

"ފަލަސްތީނުގެ މައްސަލައިގައި ވެސް އިންޑިއާއިން އަބަދުވެސް ގެންގުޅެނީ މިނިވަން އެއްގޮތް ސިޔާސަތެއް. އެ ސިޔާސަތައް ބިނާ ވެގެން ވަނީ އަހަރެމެންގެ ވިސްނުމުގެ މައްޗައް. އެއީ އެހެން ގައުމަކުން ގެންފުޅޭ ވިސްނުމަކުން އަސަރު ކުރާނެ ކަމެއް ނޫން." ރަވީޝް ކުމާރު ވިދާޅުވިއެވެ.

ރަވީޝް މިހެން ވިދާޅުވިއިރު އިންޑިއާއި އިޒްރާއީލާ ދެމެދު އޮންނަ ގުޅުން އަންނަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަދަހިވަމުންނެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާ އަށް ޒިޔާރަތް ކުރައްވާފައެވެ. މޯދީ އަކީ ފާއިތުވި 70 އަހަރު ތެރޭގައި އިޒްރާއީލަށް ޒިޔާރަތް ކުރެއްވި ހަމައެކަނި އިންޑިއާގެ ބޮޑު ވަޒީރެވެ.

ADS BY SHEESHA

ގުދުސް އަކީ އިޒްރާއީލުގެ ވެރިރަށް ކަމުގައި ޓްރަމްޕު ނިންމި ނިންމުން ކުށްވެރި ކުރަން އިންޑިއާއިން ދެކޮޅު ހަދާފައިވާ އިރު، އިންޑިއާއިން ވަނީ މިދިޔަ އޮގަސްޓު މަހުގައި، މިޔަންމާއިން ރޮހިންޖާ މުސްލިމުންނާ މެދު ހިންގި ލާއިންސާނީ ޖަރީމާތައް ހިމެނޭ އޮޕަރޭޝަނަށް ވެސް ތާއީދު ކޮށްފައެވެ.

ADS BY ASTERS

8 ކޮމެންޓް

  1. އިސްލާމްދީނާއި އިސްލާމުން ނެތިކޮށްލުމަށާއި އިސްލާމްދީނާއި އިސްލާމުންނާއި ދެކޮޅަށް ހިންގާ ކޮންމެ އަމަލެއްވެސް އިންޑިޔާއިން އަބަދުވެސް ތާޢީދުކޮށް ފުރިހަމައަށް އެއްބާރުލުންދޭނެ. ހިތާމައަކީ މިރާއްޖޭގެ ބަޔަކަށް އަދިވެސް އެވަރުގެ ބަޔެއް ނެތިގެން އުޅޭތީ. ދުނިޔޭގައި އޮތް އެންމެ އިންސާނިއްޔާތާއި ޚިލާފު ޢަމަލުތައް އެންމެ ގިނައިން ހިންގާ ގައުމު އިންޑިޔާއަކީ. އެކަމަކު މިމީހުން އެބަ އާދެއޭ ރާއްޖެއަށް އިންސާނީ ޙައްޤު ކިޔައިދޭން.

  2. ބަލަ ގަމާރު އިންޑިޔާ ކީއްވެތަ ކަޝްމީރު ޕާކިސްތާނަށްނުދީގެން އުޅެނީ ކަލޭމެންގެ ބިމެއް އެއީ އެކަމަކު ޕާކިސްތާން ވެސް އެއުޅެނީ ތާ އީންޑިޔާ ހަމަ ގަމާރީ ދޯ ކާފިރުންގެ އަސްލު ފެނޭ ދޯ ސުލްހަގައިމުކުރަންށޭކިޔާފަ ބުރަކައްޓައް ވަޅިހަރާލީ މުސްލިމްގައުމުތަކަށް ޑިމޮކްރަސީ އޭކިޔައިގެން އަމިއްލަ އަށްތަޅާ މަރުވަމުން ދަނީ ހުރި ހިތާމައެއްގެ ބޮޑުކަމެށް

  3. ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ތިން ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާ އަށް ޒިޔާރަތް ކުރައްވާފައެވެ. -ކުށެއް އިސްލާހު ކޮއްލާ-

  4. ތިދެން މާކުރިންވެސް އެނގޭކަމެއްނު. ކުފުރަކީ އެއްމިއްލަތެއްވީމަ، ތިޔައީކީ އަހަރެމެން ހައިރާންވާންޖެހޭ ކަމެއްނޫން.

  5. "އީމާން ވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތް ތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކު ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. "
    މާއިދާ ސޫރަތު ގެ 82 ވަނަ އާޔަތް.

  6. މި އިންޑިޔާގެ މުޑުދާރު ބުޑިސްޓުންނަކީ އަބދުވެސް މުސްލިމުންނާއި ދެކޮޅު ޖަނަވާރުން އުޅޭހެން އުޅޭ ކުއްތާތަކެއް.މިބަޅުން މަރާ ހުސްުރަންވީ ރާއްޖެއިނވެސް

  7. ދިވެހިރާއްޖެ ޗައިނާ އާއި ގުޅި، އިންޑިޔާގެ ވަސް ދިވެހި ފަސްގަނޑުން ފުހެވިގެންދާނެ ގޮތް ވެދުވެރި ކުރައްވާށިއެވެ.