ނަގޫރޯޅި އެރުމުގެ ސަބަބުން ވެއްޓިފައިވާ ގަހެއް - ވަގުތު އިމޭޖެސް
00:57 އާދަމް ނަވާޒް
ނަގޫރޯޅީގެ ސަބަބުން ގެއަކަށް ގެއްލުންވެފައި - ފޮޓޯ: އައްޑޫލައިވް
00:53 އާދަމް ނަވާޒް

"ވަގުތު" އަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ގެއްލުން ލިބުނު ގެތަކުގެ އަދަދު 20 އަށް އަރައިފި. މީގެތެރެއިން 12 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ.

00:12 އާދަމް ނަވާޒް

އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު: ރައީސް އަބްދުﷲ ޔާމީން ވިދާޅުވެގެން، ރައީސް އޮފީހުގެ މިނިސްޓަރު މުޖުތާޒު ވެސް އަޅުގަނޑަށް ގުޅުއްވި. މި ހާލަތުގަ ކަމާގުޅޭ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވާކަމީ، އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް.

00:11 އާދަމް ނަވާޒް

އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު: ކުރިއަށް އޮތް ދެތިން ދުވަސްތެރޭ މަސައްކަތް ކޮށްގެން ހައްލެއް ލިބޭނީ. ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ދަނީ ލިބެމުން.

00:08 އާދަމް ނަވާޒް

އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު: ނަގޫރޯޅި އެރުމުގެ ސަބަބުން 13 ވަރަކަށް ގެޔަށް ގެއްލުންވެފައި އެބަހުރި. މީގެތެރެއިން ހަމަ ގިނަ ގޭގަ މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައި އެބަހުރި. އެގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހި ކަމެއް ހޯދައިދިނުމުގެ މަސައްކަތް މިދަނީ ކުރަމުން.

23:47 އާދަމް ނަވާޒް

"ވަގުތު" އަށް ލިބިފައިވާ މައުލޫމާތުތަކުން ފުރާޅު އެއްލާލި ގެތަކުގެ އަދަދު 13 އަށް އަރާ. އޭގެތެރެއިން ހަތް ގެއެއް ވަނީ މީހުން ދިރިނޫޅެވޭ ވަރު ވެފައި.

23:45 އާދަމް ނަވާޒް

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް: އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ހިތަދޫ ފަޔާ ސްޓޭޝަނުގައި މަސައްކަތްކުރާ ސިފައިންނާއި، ސަދަން އޭރިއާގެ ސިފައިން މިހާރު ދަނީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރި ވަމުން. މިހާރު ސިފައިން ނިކުމެ އެއްލާލާފައިވާ ގެތަކުގެ ފުރާޅު، ރަނގަޅު ކުރުމުގެ މަސައްކަތާއި، ވެއްޓިފައިވާ ގަސްތަށް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން. މި ކޮޅިގަނޑުގައި އިތުރު އިމާރާތަކަށް ގެއްލުމެއް ލިބިފައިވޭތޯ، އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ މޮނިޓަރ ކުރަމުން.

23:41 އާދަމް ނަވާޒް

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް: އައްޑޫ ސިޓީއަށް އައި ކޮޅިގަނޑެއްގައި ސ.ހިތަދޫގެ ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ. މިހާތަނަށް އެމްއެންޑީއެފް ސަދަން އޭރިއާއިން ބެލި ބެލުމުން، މި ކޮޅިގަނޑުގައި ހިތަދޫގެ ހަ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ. އޭގެތެރެއިން ތިން ގެއެއްގެ ފުރާޅު މައްޗަށް ބޮޑު ދެ ގަސް ވެއްޓުމާ ގުޅިގެން ވަނީ، ވަރަށް ބޮޑަށް ގެއްލުންވެފަ.

23:32 އާދަމް ނަވާޒް

ނަގޫރޯޅީގެ ސަބަބުން ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުން.

23:20 އާދަމް ނަވާޒް

ނަގޫރޯޅީގެ ސަބަބުން ހަތް ގެއެއް ވަނީ މީހުންނަށް ދިރިނޫޅެވޭ ވަރުވެފައި. އެގޮތުން އެ ގެތަކުގެ ފުރާޅު މުޅިން އެއްލާލާ، ވާރޭވެހި ވަނީ ގެއްލުންތަކެއް ލިބިފައި.

23:02 އާދަމް ނަވާޒް

މަންޒަރު ދުށް މީހުން ބުނީ ނަގޫރޯޅި އެރި ގަޑީގައި ދުއްވާފައި ދިޔަ ސައިކަލްތަށް ވެސް މީހުންނާއެކު އެއްލާލި ކަމަށް. އެހެންކަމުން މީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ކަމަށް މަންޒަރު ދުށް މީހުން ބުނޭ.

23:00 އާދަމް ނަވާޒް
ނަގޫރޯޅި އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް - ވަގުތު އިމޭޖެސް
22:57 އާދަމް ނަވާޒް

މަންޒަރު ދުށް މީހަކު ބުނީ ނަގޫރޯޅި އެރީ ސްކޫޕްއާ ދިމާލުން ކަމަށް، އަދި ފޭބީ ޕަވާ ޕާކް ރެސްޓޯރެންޓާއި ދިމާލުން ކަމަށް.

22:54 އާދަމް ނަވާޒް

ނަގޫރޯޅި އެރުމުގެ ސަބަބުން ބޭރުމަތި އަދި މެދުވަލުގެ ގެތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައި.

22:52 އާދަމް ނަވާޒް
ނަގޫރޯޅި އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް - ވަގުތު އިމޭޖެސް
22:44 އާދަމް ނަވާޒް

ނަގޫރޯޅި އެރުމުގެ ސަބަބުން ބޮޑެތި ގަސްތަކެއް ވެސް ވެއްޓުނުއިރު، ބައެއް ގެތަކުގެ ފާރުވެސް ވަނީ ވެއްޓިފައި.

22:42 އާދަމް ނަވާޒް
ނަގޫރޯޅި އެރުމުގެ ސަބަބުން ވެއްޓިފައިވާ ގަހެއް - ވަގުތު އިމޭޖެސް
22:41 އާދަމް ނަވާޒް

ނަގޫރޯޅި އެރި ސަރަހައްދުގެ ގެތަކުން ކަރަންޓް މިހާރު ކަނޑާލާފައިވާއިރު، ސިފައިން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

22:37 އާދަމް ނަވާޒް
ނަގޫރޯޅި އެރުމުގެ ސަބަބުން ވެއްޓިފައިވާ ގަހެއް - ވަގުތު އިމޭޖެސް
22:34 އާދަމް ނަވާޒް

އެ ސަރަހައްދުގެ ގިނަ ގެތަކެއްގެ ފުރާޅު އެއްލާލާފައިވާއިރު، މިހާރުވެސް ވާރާ ވެހެމުންދާތީ ފުރާޅު އެއްލާލި ގެތަކަށް ވާރޭވެހި ދަނީ ގެއްލުންތަކެއް ލިބެމުން.

22:31 އާދަމް ނަވާޒް
ނަގޫރޯޅި އަރާ ގެއްލުންވި ބުކްޝޮޕެއް
22:27 އާދަމް ނަވާޒް

ނަގޫރޯޅި އެރި ސަރަހައްދުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބޭ.

22:26 އާދަމް ނަވާޒް

ނަގޫރޯޅި އެރުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެސް ވި. ނަމަވެސް އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބޭ.

އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ

މި ނަގޫރޯޅި އަރާފައިވަނީ، މިރޭ 10:05 ހާއިރުއެވެ.

އިތުރު ތަފްސީލް އަންނަނީ...

ADS BY ASTERS

36 ކޮމެންޓް

  1. ކަނބުރުބޭ

    .ނުބައި ނުލަފާ މީހުން އުޅޭތަންތަނަށް ގިނަ ޒަލްޒަލާތައް އަންނާނެ

  2. މާތް ﷲ ގެ އިރާދަފުޅުން ވާ ގުދުރަތީ ކަންތައް، ތާކުން ތާކުން ނުޖެހޭ ސިޔާސީ ކަމެއްގެ ސަބަބުން ވީ ކަމެއް ގޮތުގައި ނުދެކޭށެވެ. އެމްޑީޕީއަށް ވޯޓު ލިޔަސް، ޕީޕީއެމްއަށް ވޯޓުލިޔަސް ތިޔަ ދެ ޕާޓީއަކީވެސް ދޮގުހަދާ އޮޅުވާލާ ބައެކެވެ. ނަގޫރޯޅިއަކީ ކޯފާ އެއްގޮތުގައި މީހުން ދެކެއެވެ،. އެކަމަކު ޕީޕީއެމްއަށް ވޯޓު ނުދީގެން އައްޑޫއަށް ނަގޫރޯޅިއެއް އެރިކަމަށް ގަބޫލުކުރާ މީހުންނަކީ ތަނެއް ދޮރެއް ނޭގޭ ބައެއްކަން ޔަގީންވެއެވެ.

  3. މުހައްމާދީދީ

    އައްޑުއަކީ މަގުފުރެދިފަ ތިބި ފާސިޤުން ގިނަ ތަނެއް

  4. އަންނިޔަށް އެދޭ މަދަދަށް އަވަހަށް ތިޔަ އައްޑޫމީހުންނަކީ ނަޝީދުގެ ވަބާގަޖެހިފަ ތިބި ބައިގަޑެއް

  5. ނަގޫރޯޅި އެއް އެރިޔަސް ރައީސް
    ޔާމީން ނޫނީ އައްނި ކުރި ކަމެއް އެއީ ދޯ ކަލޭމެންނަ؟؟؟

  6. ވަރަށް ބޮޑަށް ތާޢީދު ކެނެރީގޭ ދޮހޮއްތުބޭ މިހާރު ދުވާނެ ކްރިސްޓިއަން މިޝަނަރީޒް ތަކަށް

  7. އިސްލާމް ދީނުގެ އަދުއްވަކަން ބައިޔަތުހިފާގެން އުޅޭ މީހުންގެ ހާލަތު ފެނޭތޯ ؟

    • އަލީ ކައޭ ތީ ހާދަ ދީންވެރި މީހެކޭދޯ.. ތި ދައްކާ ވާހަކައިންވެސް އެބަ އިނގޭ އެކަން.. ޔަގީނޭ ފަސްވަގުތު ބަރާބަރަށް ސަޖިދަ ކުރާ މީހަކު ނުދައްކާނެ ކައޭ ތިދައްކާ ކަހަލަ ވާހަކައެއް

  8. ނަގޫރޯޅި ނާރާގެތަކުގެ މީހުންނަށާ ނަގޫރޯޅިނާރާ އެހެންރަށްރަށުގެ ގެތަކުގެ މީހުންނަށް މިކަން އިބުރަތަކަށް ފުދޭނެ

  9. ހެޔޮނުވާނެ

    ނަގޫރޯޅި ވެސް ދިވެހިން ސިޔާސީ ކޮށްފި އެވެ.......................... 😐

    • ނަގުލައްދާށި

      ސިޔާސީ ނަގޫރޯޅި ދިޔަ ސަރަހައްދުގަ ހުރި ނިޝާނު ތަކުން ފެންންން ހުރީ ޕިންކު ކުލަތަ ނޫނީ ރީނދޫ ކުލަތަ؟

  10. މިފަދަ ނުރައްާތެރި ހާދިޘާ ތަކުން ދިވެހިއުއްމަތް ސަލާމަތް ކުރައްވާނދޭވެ! އާމީން.

  11. މީހުން ﷲ ގެ މަގާއި ދުރުވެ ދުނިޔޭގެ ތެރެއަށް ގެނބިގެން ދާތީ އަންނަ އިންޒާރު..އައްޑޫގައި ފާފަތަކާށް އަޅައިގަންނަ މީހުން ގިނަކަން އެންމެން ވެސް ކިޔާ.... ދިވެހިން އިސްލާމް ދީނަށް ބޯލަނބާ ބަޔަކު ކަމުގައި ލައްވާށި

    • އައްޑޫ ދަރިއެއް

      އައްޑޫ މީހުން އެކަނިތޯ ފާފަތަކަށް އަރައިގަންނަނީ؟ ހުރިހާ ރަށެއްގަވެސް އުޅޭނެ ފާފަތަކަށް އަރައިގަންނަ މީހުންނާއި ރަނގަޅަށް އުޅޭ މީހުން. ކީއްވެބާ އައްޑޫ ލޭބަލް ކުރެވެނީ؟

    • އައްޑޫ ގަ އެކަންޏެއް ނޫން... ހުރިހާ ތަނެއްގަ ވެސް އުޅޭ... ހާދަ އައްޑޫ މީހުން ދެކެ ހަސަދަވެރިވާ މީހެކޭ ތީ..

  12. ވިސްނާ ފިކުރު ކުރޭ.

  13. ސަރުކާރުން ދިވެހިރައްޔިތުންގެ އިސްލާމީ ހޭލުންތެރިކަން އިތުރުކޮށް އަޤީދާވަރުގަދަކުރުމައްޓަކައި ވަރަަށްބޮޑަށްް މަސައްކަތްކުރަން ޖެހިއްޖެ ކަން މީގެ ހުރި ކޮެެންޓްތަކަށް ބަލާފައި އެގިއްޖެ.

  14. ޑިމޮކްރަޓިސްޓް

    ސަރުކާރުން ތީއްޗިހިންނަށް އެއްކަމެއްވެސް ކޮށްދޭނެ ކަމެއްނެތް!!! މުޅި ސިޓީއޮތީ ރީންދޫވެފަ!!! ނަޝީދު ތިމީހުނަށް އެހީވާނެ!!! ތީ ނަޝީދުގެ ބައް!!!

    • ޅަބޭ ދޮޙުއްތު

      ކަލޯ އެއޯ މެނައް ކިޔަނީ ޕީޕީ ސަރުކާރުތަ؟ ނޫނީ ދިވެހި ސަރުކާރުތަ؟ބަލަ އެއޯމެން އެތަނައް ލާ މުސާރަދީފަ އެތިބީ އަހުން އަޅުކަންކުރާކަށް ނޫނޭ! އަހުންގެ ކަންކަން ކުރަން ބައިތިއްބާފަ ތިބި ހާދިމުންނޭ އެއީ! ކަލޯ ދާންވީނު ރަސްކަމެއް އޮތްތާކަށް ތިވަރުވަންޔާ!

  15. އައްޑޫ މީހުން ކާއި ބޯފެއު!! މި ގަރާ ވާރެއި ފެނައް އެޑަގެން ޖޫސް ގަރަގެން ބޯފެއު😡

  16. ކީއްވެތަ ތިވަރަކަށް ރަންރީދުލޭމެން ތި ފުފިއަރަނީ ... ހަމަ ލާދީނީ ލާދީނީ ލާދީނީ ލާދީނީ

  17. ﷲ އަށް ބިރުވެތިވޭ. ކޮންޕާޓީއެއް ހަދައިގެން މިބައި މީހުން މިއުޅެނީ. މަޙްޝަރު މައިދާނުދައި ތިޔަ އެމްޑީޕީ އެއް ޕީޕީ އެއްގެ އަހުލުވެރިން ތިބޭނީ ވަކި ކޮންފަތަ؟ މީސްމީހުން ހިތަށްއެރިހާ ގޮތަކަށް މިއުޅެނީ. ދެންވީ ސަރުކާރަށް އެތިވަރުތަށް ގޮވަށް.

  18. ޚޮބާ ހޮވި ކައުންސިލުން ފިލަފެއި ތިބީ ދިރަ

  19. މީސް މީހުންނަަަައް އުޅެވޭ ގޮތުން ކަންކަން މިގޮތައް މިވަނީ......... ވަގުތް

  20. 2004 ގެ ސުނާމީ އަކީވެސް ލާދީނީ މީހުނަށް ސަޕޯޓްކުރާތީ އައި ކޯފާއެއް ދޯ.

    • ބްރޭކް މާސްޓާ

      ދަރިންނޭ.....ހެޔޮ ނުވާނެ ގުދުރަތްތެރިކަމާ ނުކުޅޭ.

    • އެއީ ވެސް ހަމަ ލާދީނީ ސަޕޯޓް ކުރާ މީހުނަށް އައި އިންޒާރެއް ޕާޓީ ނޫނެއްކަމަކު

  21. ލާދީނީ މީހުންނަށް ސަޕޯރޓް ކުރާ މީހުން އުޅޭ ތަންތަނަށް އެކި ކަހަލަ ގޮތް ގޮތަށް ކޯފާ އަންނާނެ

  22. ﷲކުޅަދުންވަންތަކަމާއެވެ.

  23. ކޯފާ ތިފޮނުއްވީ..!